“ކާކު….؟” ނާނާގެ އަޑުއިވެނީ ފިނިފެންމާ ގަސްތަކުގެ ތެރެއިންހެން ހީވާތީ، ރިޝްފާން އެދިމާއަށް މިސްރާބުޖެހިއެވެ. ނުނިމޭ »»«»»» 2 ވަނަ ބައި “ޝަބްނަމް…” އަޑުއައީ ހަމަ ފިނިފެންމާ ގަސްތަކުގެ ތެރެއިންނެވެ. އެއީ ހިތްގައިމު އަޑެކެވެ. އެ އަޑުގައި ޖާދޫވީ ބާރެއްވާކަހަލައެވެ. ދެވަނަ ފަހަރަށް އަހާލުމަށް ބޭނުންވެފައި، ގަނޑުވެފައި ކަހަލަ ގޮތަކަށް ރިޝްފާންއަށް ހުރެވުނީއެވެ. “ރިޝްފާން…” ދެންވެސް އިވުނީ އެ ހިތްގައިމު އަޑެވެ. ނަމަވެސް، އިތުރު ހައިރާން ކަމަކާއެކުގައެވެ. ރިޝްފާން މީހަކު ފެނޭތޯ ވަށައިގެން ހޯދަން ފެށިއެވެ. ނަމަވެސް، އިންސާނީ […]
ރިޝްފާން އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އެއޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. ހީވާކަހަލައެވެ. އުފަން ރަށް ނޫން ރަށެއްގައި ފުރަތަމަ ފަހަރަށް ނިދަން ޖެހުމުން، ރަށުގެ ހަނދާންތަކުން އުނދަގޫވާތީ ނިދަން އުނދަގޫ ވަނީއެވެ. އެއީ ވަރަށްގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ނިދާ ތަންމަތި ބަދަލުވުމުންވެސް ބައެއް މީހުންނަށް އެހެން ދިމާވެއެވެ. މިއީ ރިޝްފާން އޭނާގެ އުފަން ރަށް ކަމުގައިވާ ސ. މަރަދޫއިން ބޭރަށް ކުރި ފުރަތަމަ ދަތުރެވެ. އެހެންކަމުން، އާއިލާއާއި ދުރުގައި، އޭނާގެ ރަޙުމަތްތެރި […]