އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. ބިންމަށްޗަށް ވެށްޓި ފުނޑުވެފައިވާ ތަށްޓައް އަހަރެންގެ ކަޅިގޮސް ހުއްޓުނެވެ. ފުނޑުފުނޑު ވެފައިވާ ކުދިކުދި ބިއްލޫރި ކޮޅުތަކުން އަހަރެންގެ ސޫރަ ރީތިކޮށްފެނެއެވެ. އަހަރެން އަހަރެންގެ އަމިއްލަ ސޫރަފެނިފައި ގަތީ ފަކުރެވެ. ކުރީމޭނުބައެވެ. އައީ އިންތިހާއަށް ރުޅިއެވެ. އެއްއިތެއްގައި ރީތި ދިގު ފަންއިސްތަށިގަނޑު މިހާރުވަނީ ހޭވިފައެވެ އެތަންމިތަނުން ބުރިބުރިވެ ހަލާކުވެފައެވެ. ދޮން ރީތި އޮމާން ހަންގަނޑުވަނީ ކަޅު ކުލާގެ ލަކުނުތަކުން ފުރިބާރުވެފައެވެ. ލޯކައިރި ވަނީ ކަޅުވެފައެވެ. ހަށިގަނޑުވަނީ އަނަރޫފަވެ ކަށިކޮޅަކަށް ވެފައެވެ. އަހަރެން […]