މުޅި ގައިގައި އަދިވެސް ވަނީ ގަދަ ރިހުމެކެވެ. ގައިގެ އެތަން މިތަން ހިރުވައެވެ. ގައިގެ އެކި ތަންތަނުން ވަނީ ލޭ އަރާފައެވެ. ނިދާލެވޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. ނަމަވެސް ގައިގައި އަޅަމުން ދާ ވޭނުގެ ސަބަބުން އަހަރެން މިވަނީ ރޭގަނޑުގެ ނިދިން ވެސް މަހުރޫމު ވެފައެވެ. މީ ހައްތާހާވެސް އަހަރެންގެ ކުށެވެ. އެ ކުށުގެ ސަޒާއެވެ. އަޅާލާނެ ޔާރެއް އިޔާރެއްވެސް މިއަދު އަހަރެންގެ ގާތުގައި ނެތެވެ. އަހަރެންގެ ސަބަބުން ލޯބިވާ އާއިލާގެ މީހުން އަހަރެން ދޫކޮށްލީއެވެ. ލޯބިވާ […]