އާ ދުވަހަކަށް އިރުއަރަނީ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ކޮޓަރީގައި ހުރި ފެންލައިޓުން މަޑުމަޑުން އަލިކަން ކޮޓަރިތެރެއަށް ފޭދެމުން ދެއެވެ. ގަދަ ނިދީގައި އޮތް ޔާނާ އަށް ހޭލެވުމާއެކު އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ގަޑިން ހައެއް ޖަހަނީއެވެ. އިރު އަރައިފިކަން އެނގުމުން ކަންބޮޑުވިއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީމައެވެ. ނަމާދު ޤަޟާ ކޮށްލުމަށްޓަކައި ފެންވަރައިލުމަށް އަވަސް އަވަހަށް ތުވާލި ނަގައިގެން ގޮސް ފާހާނާ އަށް ވަދެއްޖެއެވެ. ޔާނާ އަކީ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ކުއްޖާއަށް ވުމުން ޔާނާގެ […]
އިބާއަކީ ރީތި ކުއްޖެކެވެ. އޭނާގެ ރީތިކަމުގެ ސަބަބުން އެތައް ފިރިހެންކުއްޖެއްގެ އަމާޒުފަތްގަނޑަކަށް ވެފައިވާ މަޝްހޫރު ކުއްޖެކެވެ. ލިބިފައިވާ ރީތިކަމެއްގެ ސަބަބުން އޭނާގެ ކިބައިގައި އިންތިހާއަށް ބޮޑާކަމާއި ކިބުރުވެރިކަންވެއެވެ. މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމުން އޭނާ ދިރިއުޅެމުންދަނީ ގަނޑުވަރެއްފަދަ ގެއެއްގައި ރަސްދަރިކަނބަލެއް ފަދައިންނެވެ. ފެޝަނަށް ލޯބިކުރާ ޒަމާނީ ކުއްޖެކެވެ. އިބާއަކީ ސްކޫލްގެ ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖެކެވެ. ކިޔެވުމަށް އަރާހުރި ކުއްޖެއް ނަމަވެސް އޭނާގެ ކުލާހުގައި ކިޔަވަމުންދާ ސުހާއާއިމެދު އޭނާގެ ހިތުގައި ހަސަދަވެރިކަންވެއެވެ. އޭނާއަށްވުރެ ސުހާ ކިޔެވުމަށް […]