ދުވަހަކީ އުޑުމަތި ސާފު ހިތް ފަސޭހަ ދުވަހެކެވެ.ޖެހޭ ނަލަ ވައި ރޯޅިތަކުން ހިތްތައް ތާޒާވެއެވެ.ގޯތިތެރޭގައި ބަހައްޓާފައިހުރި ދޫނިކޮށިން ދޫނިތައް ގޮވާ އަޑު އިވުމުން އިތުރު ހިތްގައިމު ކަމެއް ލިބެއެވެ.އަކީލް އޮތީ ޖޯލިފަތީގައިި ދޫނިކޮއްޓަށް ބަލާށެވެ.މިދޫނިކޮއްޓަކީ އަކީލް ބައްޕަ ޢީދު ހަދިޔާ އަކަށް އަކީލްއަށް ދިން ދޫނި ކޮއްޓެކެވެ.މިހާރު ދޫނިކޮށީގައި ވަރަށްގިނަ ދޫނި އެބަތިއްބެވެ.މިއީ ވަރަށް ބޮޑު ދޫނި ކޮއްޓެކެވެ. “ދަރިފުޅާ!އަކީލް” ބައްޕަ ގޮވާލި އަޑު އިވިގެން އަކީލް ބަލާލިއެވެ.އަކީލްއަށް ބައްޕަ ދޮރުން ވަންނަތަން ފެނުނެވެ.ބައްޕަ އަތުގައި ބޮޑު […]