އަހަރެންނާއި އަހަރެންގެ ލޯބިވެރިޔާ ނިޔާމް ތިބީ ރަށުގެ ބަނދަރުގެ ބޭރަށް ހަދާފައިވާ ހިލަ ތޮށިމަތީގައެވެ. އެއީ އަބަދުވެސް އަހަރެމެންގެ ލޯބީގެ ބައްދަލުވުންތައް ބާއްވާ ތަނެވެ. އެއީ މީހުންނަށް ފެންނަ ގޮތަށް ހުންނަ ހާމަ ތަނެކެވެ. މަސްބާނާ މީހުންތައް އަބަދުވެސް އެތާނގައި ހަރަކާތްތެރިވެއެވެ. މީހުން ނުވާ އެކަހެރި ތަނަކުން ބައްދަލުވުން އަހަރެމެންނަކަށް މުހިންމެއް ނޫނެވެ. އަހަރެމެންނަކީ އެހެން ލޯބިވެރިންހެން އިޝްޤީ ޖަޒުބާތުގައި މަސްތުވާ ބައެއް ނޫނެވެ. އެފަދަ އެއްވެސް ވިސްނުމެއް އަހަރެމެންގެ ދެމީހުންކުރެ އެކަކުވެސް ނުގެންގުޅެމެވެ. ކަޅު ހެދުމާއި […]