މި ވާހަކަ އަޕް ކުރުުުން ލަސްވާނެ އެއީ ކުޑަ މައްސަލައެއް ވާހަކާއިގއިަ އުޅޭތީ.ނަމަވެސް މި ދުވަސްކޮޅު ތެރޭގައި އެހެން ވާހަކައެއް ގެނެސް ދޭނަން…..
ކުރީގެ ބަޔާ ގުޅިގެން :ކުއްލިއަކަށް ގޭ ތެރޭ ހުރި ހުރިހާ އުއްބައްތިތައް ނިވުނެވެ.ސުހާ އަށް މިކަން ފާހަގަ ވިއެވެ.ނަމަވެސް އޭނާގެ ކޮއްކޮ ބިރުގަނެދާނެތީ މި ކަން ހިތުތެރޭބޭއްވިއެވެ. މީގެ 5 ދުވަސް ފަސް ސުހާ އާއި އޭނާގެ އާއިލާ އާއި ރައްޓެހިންދަތުރު ދާން ތައްޔާރުވިއެވެ.އެންމެން ދޯންޏަށް އަރާ ނިމުމުން ކައްޕި ދޯނި ދުއްވާލިއެވެ.ދިޔަ ދަތުރު މަތީ ގަޢި އެންމެން ލަވަ ބާޒީ ކުޅުނެވެ.އެކަމަކު ސުހާ ފިޔަވައެވެ.ސުހާ އޭނާގެ އަމިއްލަ ނަފުސަށް ސުވާލުކުރިއެވެ.އެ އުއްބައްތިތައް ނިވުނީ އަމިއްލަ އަށް ހެއްޔެވެ؟ނޫނީ އެއީ ރޫޙާނީ ކަމެއް ހެއްޔެވެ؟ މީ އެދުވަސް ފަހުން ސުހާ ގެ ހިތުގައި އުފެދޭ ސުވާލުތަކެވެ.ސުހާ އެކަނި އިންނަން ފެށުމުން އޭނާގެ ގާތް ރައްޓެއްސެއް ކަމުގައިވާ ހަނާ އޭނާއަށް ސުވާލުކުރަން ފެށިއެވެ.”ސުހާ އެކަނި އިންނަން ފެށީމަ މިއައީ،ކަމެއް ވީތަ؟”.”ކަމެއް ނުވޭ ބޮލުގަ ރިއްސާތީ މިއުޅެނީ، ވެދާނެ ދޯނި މަތީގައި އިނީމާ ކަމަށް ވެސް ،އެ ރަށަށް ދިޔާމައި ރަގަޅު ވާނެ”. އެންމެން އެ ރަށައް ފޭބުމުން އެކި ކަންކަމާ ހެދި އުޅުނެވެ.ސުހާ ވެސް އަންހެން ވެރިންނާއެއްކޮށް ކެއްކުމުގައި މަޝްއޫލު ވެއްޖެއެވެ.”ސުހާ ދައްތަ އަށް ވަލުފަރާތުން ފަތް ކޮޅެއް ގެނެސް ދީބަލަ”.ސުހާ އެ އެދުމަށް ފުރަގަސްނުދޭން ވެގެން ވަލުފަރާތަށް ގޮސް ފަތްތަށް ބިންނަން ގުދު ވެލިތަނާ އަންހެނެއް ތަންކޮޅެއް ދުރުން ފާޅުވިއެވެ.މި އަންހެނާ ފެނިފައި ސުހާ ގަތް ބިރުން އަތުގައި އޮތް ފަތް ބޮނޑި ވައްޓާލާފައި ދުއްވައިގަތެވެ. އެނާއަށް އެ އަންހެނާ ކުރިމަތިން ފެނުމުން ހުރިތަނަށް އަނބުރާ ގަތެވެ. ސުހާ ހޭލެވުނު އޭނާގެ މަންމަ ގައިގައި ފެން އުނގުޅަނީއެވެ.ދުރުގައި އޭނާގެ އާއިލާ މީހުން ތިއްބެވެ.އެނާ ހަމައަކަށް އެޅުމުން ހުރިހާ ކަމެއް ހަނދާނަށް އައެވެ.އެނާ އަވަހަށް އޭނާ މަންމެނަށްަ މިވާހަކާ ކިޔައިދިނޭ ނަމަވެސް އެކަކު ވެސް މި ވާހަކަ ޤަބޫލެއް ނުކުރިއެވ.ެ ސުހާމެން އެރަށަށް އައީ ހުންނަން ކަމުން ފިރިހެންވެރިން ޓެންޓު ޖެހިއެވެ.މިއަދު ދިމާވި ހާދިސާެ ސަބަބުން ސުހާ އަވަހަށް ނިދަން ވަނެވެ.ސުހާ އޮވެއޮވެ ނިދޭ ގޮތެއް ނުވިއެވެ.ތާޒާ ވައި ކޮޅެއް ހޯދާލަން ނިކުންގަޑީ………………………………………….
ކަޅުފޮއި ރޭގަނޑެކެވެ.ހަނދުގެ އަލިކަމެއް ނުވާ ހިސާބުގައި ބޮއްކެއް ގެ އަލިކަމެއް ވެސް ނެތެވެ.ސަނާ އާއި ސުހަ އިނީ ގޭ ފާރުމަތީ އިށީންދެގެންނެވެ. ކުއްލިއަކަށް…………………………….