ހިޔާލުތަކުން ބޭރުވެވުނީ ޢަޞްރު ނަމާދު ބަންގީގެ އަޑަށެވެ. ކުރެވެމުން މިދަނީ ކޮންފަދަ ޚިޔާލެއްކަން އެނގުމުން އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ. ދެލޯ މަރާ ފިއްތާލެވުނީ އެ މައުސޫމު އަންހެންކުއްޖާ އަށް އަނިޔާވެރިވެވެނީ އޭ ހީވުމުންނެވެ. މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި، މި ޒުވާނާ ޚިޔާރުކުރީ މިސްކިތެވެ. އޭރުވެސް ބަންގީގެ އަޑު މެދުނުކެނޑި އިވެމުންދެއެވެ. ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު އެ ބެލްކަނީއާ ދިމާއަށް ބަލާލެވުނީ އިޚްތިޔާރަކާ ނުލައެވެ. ******************************************** އެލީނާމެންގެ އެޕާޓްމެންޓްގައި ހިފާލާފައިވަނީ ކޮންމެ މީހެއްގެ ބަނޑުފުރިގެންދާހާ މީރު […]
ވިލާ ކޮލެޖް ބަސް ސްޓޮޕް އަށް ބަސް ހުއްޓުމުން އެލީނާ ފޭބިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ބަޓަރފްލައި އަބާޔާ ކޮށިކޮށްލަމުން ފޭބިއިރު މަގުމަތީގައި ފެންގަނޑު އޮތުމުން އެލީނާގެ މޫނަށް ފޫހިކަމުގެ ކުލަވަރު އެރިއެވެ. ތުން އޫކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ. އިސްޓާކީނު ތެމިދާނެތީ ވަރަށް މަޑުމަޑުން ބަލައިގެން ދިޔަ އެލީނާ ސިހުނީ ބަރުގޮނު އަޅާލި އަޑަށެވެ. އޭރު ބޮޑު ލޮރީއެއް އޭނާއަށް ދިމާއަށް އާދެއެވެ. މިއީ ފަހުވަގުތުކޮޅޭ ހިތަށް އަރާ އެލީނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ނަމަވެސް ސިކުންތުކޮޅެއްގެ […]
ވިއްސާރަ ދުވަހެކެވެ. މުޅި ޖައްވު ގުގުމާލާފައިވަނީ ވެހެމުންދާ ބޯވާރޭގެ އަޑުންނެވެ. މަޑުމަޑު ކުއިލްޓް އެއްގެ ދަށުގައި އެވިއްސާރައިގެ އެންމެ ފުރިހަމަ އަރާމު ޙާޞިލްކުރަމުން ދަނީ، އަރާމު ނިންޖަކުން ނިދާލާފައި އޮތް އެލީނާ އެވެ. އެރީތި މޫނުމަތީގައި ފަނޑު ހިނިތުންވުމެއްވީއިރު، ހިޔާލެއް ފިކުރެއް ނެތްފަދައެވެ. ބަލަމުންދަނީ އުފާވެރި ހުވަފެނެއްހެން ހީވާ ކަހަލައެވެ. ނަމަވެސް މިހުރިހާ ކަމަކަށް ނިމުމެއް ގެނައީ 6 ޖެހުމުން އެލާމްވާން ފެށި އެލީނާގެ ފޯނެވެ. މޯޅިއަކަށް ދެމިލަމުން އެލީނާ ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. މޫނުމަތިން ހާމަވަމުންދަނީ […]