Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާއެވެ!! އަޑު އަހާށެވެ!!!

Unkn0wn Level 110 Stories
May 2, 2013 2 Mins Read
2 Comments

“އަދަބުވެރި ކަމުގައި މާ ގޮތް ބޮޑު މީހަކު ނުހޯދާށެވެ. ތިބާގެ ދިރިއުޅުން ފޫހިކޮށްލަފާނެއެވެ. ނުވަތަ މާ ލާނެތް، މާ ގޮތްކުޑަ މީހަކާ ގާތް ނުވާށެވެ. ތިބާ ބަދުނާމުވެ ޤަދަރު ހިނގައިދާނެއެވެ. އަދަބުވެރި ކަމުގައި މެދުމިނެއް ގެންގުޅޭށެވެ. އަދި ކޮންމެސް ވަރެއްގެ ލާނެތްކަމެއް ވިޔަސް ހެވެއެވެ.

ދޮން މީހެއްގެ މޫނުގެ ކުލަވަރު ފެނި އާގަމަ ނުވާށެވެ. ފަހަރެއްގައި ހަނދު ކޭތަހިފީކަމުގައި މީހުން ހީކޮށްފާނެއެވެ. ތިބާފަދަ ކުއްޖަކު އެހެން އުޅުމަކީ އެއްވެސް އިންސާފެއް ނޫނެވެ. ކަޅުރޭގަނޑެއްފަދަ މީހެއްގެ މަސްތުގައި ވެސް ނުޖެހޭށެވެ. އަހަންނަކީ އަވިގަދަ މެންދުރަކަށް ފަހު އަންނަ ފިނި ހަވީރެކެވެ. ނުވަތަ އަނދިރި ރޭގަނޑަކަށް ފަހު އަންނަ ހިތްގައިމު ފަތިހެކެވެ.

މާ ދިގު މީހަކު ހޯދަނީ ކީއްކުރަން ހެއްޔެވެ؟ ތިބާއަކާ ނުގުޅެއެވެ. ނުވަތަ އެހާ ކުރުމީހެއްގެ ޝަޚުޞިއްޔަތު ފެނި ހިތްމަޑު ނުކުރާށެވެ.

ކުރުމީހުންގެ ތާރީޚަށް ބަލާއިރު އެފަދަ މީހުން ގިނައިން އުޅެފައި ތިބީ ހަނގުރާމަތަކުގައެވެ. ތިބާ އިސް އުފުލާލައިފިނަމަ އަހަރެންގެ ހިނިތުންވެފައިވާ މޫނު އުނދަގުލަކާ ނުލައި ފެންނާނެއެވެ. އިސްދަށަށް ޖަހާލުމުން އަހަރެންގެ ހިތުގެ ތެޅުން އަޑުއިވޭނެއެވެ.

މުއްސަނދީންގެ މެހެފިލްތަކުގައި ރަނިކަންކުރުމުގެ ހުވަފެން ނުދެކޭށެވެ. ޖަވާހިރުގެ މަޅިއެއް ތިބާގެ ކަރުގައި ބައްދަފާނެއެވެ. ފަޤީރުންގެ ބަސްތީގައި ނުހިނގާށެވެ. ކިސަޑުގައި ހިނގުމަކީ ތިޔަ ކީރިތި ދެފަޔަށް އެކަށީގެންވާ ކަމެއް ނޫނެވެ. މުއްސަނދިކަމުގެ ދަންމަޅި އަހަރެންގެ ކަރަކު ނެތެވެ. ފަޤީރުކަމުގެ ކިސަޑުގަނޑެއްގައި ބަކަތަޅާކަށް ވެސް އަހަރެން ނުޖެހެއެވެ.

ތިބާގެ ލޯބީގައި ފުރާނަދުއްވާލަން ތައްޔާރަށް ހުރިކަމުގައި މީހުން ކުރާ ދަޢުވާ އަޑުނާހާށެވެ. އެކަންތައް ދާނީ ބޮނޑު ނިގުލަށެވެ. ފަހުން ލޯބިވެދާނެކަމަށް، ތިބާދެކެ ލޯބިނުވާ މީހަކު ފަހަތުން ވެސް ނޫޅޭށެވެ. ފުރަތަމަ ނަޒަރުންވެސް ތިބާދެކެ ލޯބި ނުވާނީ މޮޔައެކެވެ. ދެ އަކުރުގެ ލަފްޒުގައި ވާ ބަރުދަން ވަޒަންކުރަން އަހަރެން ދަންނަމެވެ. އަދި އެ ލަފްޒުން ތިބާ އަށް ވެދުންކުރުމުގައި އަހަރެން ދަހިވެއްޗެއް ނުވާނަމެވެ.

މުސްކުޅިއެއްގެ މުލައްދަނޑީގައި ނޭލޭށެވެ. ބިނދިދާނެއެވެ. ޅަކުއްޖެއްގެ އުނގުން ޖާގަހޯދަން ވެސް ނޫޅޭށެވެ. އިރުކޮޅަކުން އޮންނާނީ ތިބާގެ އުނގަށް އަރައެވެ. އަހަރެންގެ މުލައްދަނޑިވަނީ ކަލާގެ ޙިމާޔަތަށްޓަކައި ވަޤުފުކޮށްފައެވެ. އަދި އަހަރެންގެ އުނގަކީ ކަލާއަށްޓަކައި މަލުގެ މަސަންދަކަށް ހަދާނަމެވެ.

މާ ދޫހެލޭ މީހެއްގެ ޖާދޫގައި ނުޖެހޭށެވެ. ތިބާގެ އިޙުސާސްތައް އޭނާ އަޑެއް ނާހާނެއެވެ. މިނަށް ވުރެ ބަސްމަދު ވުމަކީ ފިރިހެންވަންތަކަން ކަމުގައި ވެސް ހީނުކުރާށެވެ. ތިބާދެކެ ވާ ލޯބި އޭނާއަކަށް ބުނެއެއް ނުދެވޭނެއެވެ. ތިބާގެ އަޑަކީ އަހަންނަށް އެންމެ ހިތްގައިމު މިޔުޒިކެވެ.

އަދި އަހަރެންގެ ބަސްތަކުން، މާމުއީގެ ފޮނިކަން ތިބާއަށް އިޙުސާސްވާނެއެވެ. ތިބާ، ފުރަތަމަ ފެނުނު ދުވަސް މިއަދުވެސް ހަނދާންވެއެވެ.

ފިނިފެންމަލެއްފަދަ ތި ރީތި ކަމަށް ހިތާހިތުން ތަޢުރީފު ކުރީމެވެ. އެދުވަހަށް އެއްހަފްތާވިއެވެ. އެކަމަކު އެކަމަކު ހިތާމައެއް ނުކުރަމެވެ. ތިބާޔާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެކަމަށް އުއްމީދު ކުރެވުނީމައެވެ. ތިބާޔާ ފުރަތަމަ ވާހަކަދެއްކި ދުވަސް މިހާރުވެސް ޚިޔާލުކުރެވެއެވެ. ފަރި ހިނިތުންވުމާއި، ހިތްއުފާކޮށްދިން ބަސްތަކަށް ޝުކުރުވެރިވީމެވެ. އެދުވަހަށް އެއްހަފްތާވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ. ތިބާޔަށް މިހިތުގެ އަޑު އިއްވާދެވޭނެ ކަމުގެ ޔަގީން ކަން އޮތީމަ އެވެ. ތިބާޔަށް މިހިތުގެ ގޮވުންތަކުގެ އަޑު އިއްވިދުވަސް މިހާރުވެސް ސިފަކުރެވެއެވެ.

މިހިތުގެ އަޑުއަހަން ކަލާނޫން އެހެން މަލެއް މިބިމުން ބޭނުން ނުވާކަމަށް ބުނީމެވެ. އެދުވަހަށް އެއްހަފްތާވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ. ތިބާއަށްޓަކައި މިހިތުގައި ދެވިފައިވާ މަގާމް ގަބޫލު ކުރާނެ ކަމަށް ޔަގީން ކުރެވުނީ މައެވެ. އެ މަގާމުބޭނުން ނުވާކަން ހާމަ ކުރި ދުވަސް މިހާރުވެސް ވަނީ ލިޔެވިފައެވެ. ތެދުވެރި ކަމުގައި ތިފަދަ ދެވަނައެއް ނުދެކޭކަމުގައި ބުނީމެވެ. އެދުވަހަށް އެއްހަފްތާވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ. ތިބާއަކީ އެކުވެރިއެއް ކަމުގައި ދުށުމަށް އެދި ރަޙުމަތްތެރި ކަމުގެ އަތެއް ދިއްކޮއްލީމައެވެ. ތިބާ ހިތްއެދޭ މަންޒިލަށް ވާޞިލުވެވުނު ދުވަސް މިހާރުވެސް ހަނދާންވެއެވެ. ތި ޙަޔާތަކީ އުފާވެރި، ފާގަތި ޙަޔާތަކަށް ވުމަށްއެދި ދުޢާ ކުރީމެވެ. އެދުވަހަށްވެސް އެއްމަސްވިއެވެ. އެކަމަކު ގިސްލަ ގިސްލާ ރުއީމެވެ. ތިބާ އަބަދަށްޓަކައި މިހަޔާތުން ވަކިވިކަން އެންގި މެސެޖް ލިބުނީމަ އެވެ.”

އަހަރެންގެ ހިތް އަދިވެސް އެދި ގޮވަނީ ތިބާއަށެވެ…. ލޯބިވާއެވެ!! އަޑު އަހާށެވެ!!

Tags:

ހިތާމަބޭވަފާއަހަރެންލޯބިލޯބިވާ

Share Article

Follow Me Written By

Unkn0wn

Level 110 Stories

Other Articles

Previous

އެ ގުޅުން – ފަހުބައި

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 16

Next
May 2, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 16

Previews
May 1, 2013

އެ ގުޅުން – ފަހުބައި

2 Comments!

  1. ހަޒޫ says:
    May 4, 2013 at 10:55 am

    ވަރަށް އިބްރަށްތެރި ވާހަކަ އެއް…

  2. pinky says:
    May 18, 2013 at 7:01 pm

    އޯސަމް 🙂

Comments are closed.



All Right Reserved!