ބޮޑު ޗުއްޓީ
އެއީ 2020 ވަނަ އަހަރުގެ ބޮޑުޗުއްޓީއެވެ. އަހަރެން ދައްތައަކާއިއެކު ކ. ހުރާއަށް ދިޔައީމެވެ. އަހަރެން ކޮންމެ ޗުއްޓީއެއްގާ ކަހަލަ ގޮތަކަށް ހުރާ އަށް ދަމެވެ. އާއިލާމީހުންނާއި ރައްޓެހިންގެ ކާރިއަށެވެ. ހުރާ ގައި އަހަރެން އުޅުނީ ފޫހި ކަމެއް ނެތިއެވެ. ހުރާ ގައި ހަފްތާއެއް ވޭތުކޮށްފައި އަހަރެން ރަށަށް އައީ ރަށުގައި އޮތް ފުޓްސަލް މެޗަށެވެ. ހުރާއިން އައި ގޮތަށް ފެންވަރާ ރީތިވެލައިގެން ދިޔައީ އަފްރީން އާއި އަވްލީން އާއި އެއްކޮށް މެޗްބަލާށެވެ. އަހަރެމެންގެ ނަމުން ނަމަ އަފޫ އާއި އަވީއެވެ. މެޗްބަލަން ގޮސްފައި މެޗު ނުފެށޭތީވެ އެތާ ކައިރީގައި ހުރި ގެއެއްގައި އިން އަންހެން ކުއްޖެއް ކައިރީގައި މަޑުކޮށްލީމެވެ. މެޗު ފެށުމުން އަވަހަށް ދަނޑު ކައިރިއަށް ދިޔައީމެވެ. އިއްތިފާގުން އަހަރެމެންނަށް ލައްވައި ލީ ގޯލުކައިރީގައި ހުރި ހުސް ތަންކޮޅެކެވެ. އޭރު މާފުށިން މެޗްގެ ބަލަން އައިސްތިބި މީހުންގެ ތެރެއިން ތިން ފިރިހެން ކުދިން ވެސް އެތާ ތިއްބެވެ. އެމީހުން ގޯލް ކީޕަރަށް ހިތްވަރު ދޭ ވަރަކަށް އަހަރެމެން ދިޔައީ އޭގެ އިދިކޮޅަށް އެމީހުންނަށް ރައްދު ދެމުންނެވެ. އެކުދިން މަސައްކަތް ކުރީ އަހަރެމެންގެ ނަން ހޯދާށެވެ. ވާހަކަ ދެއްކޭތޯ އެވެ. ނަމަވެސް އަހަރެމެން ތިން މީހުންނަކީ މާ ވަރަށް މީހުންނާ ވާހަކަ ދައްކާ ބަޔެއް ނޫނެވެ. އެހެންކަމުން ސްކޫލުގައި ވެސް އަހަރެމެން މަޝްހޫރު ވެފައިވަނީ ފޮނި ކުދިންގެ ގޮތުގައެވެ. މެޗްގެ ފުރަތަމަ ހާފް ނިމި ދެވަނަ ހާފް ފެށިއެވެ އެވެ. އެތަނުން އެއް ކުއްޖަކު އަހަރެމެންނަށް ތައާރަފު ވިއެވެ. އެއީ ޝަޔާލްއެވެ. ދެން ތިބީ ވިޝާލުއާއި ދާނިޝް އެވެ. އަހަރެމެންވެސް އެމީހުންނަށް ތައާރަފު ވެލީމެވެ. އޭގެ އަނެއް ދުވަހު އަހަރެން ފޭސްބުކަށް ވަންއިރު ހުސައިން ވިޝާލް ކިޔާ އައިޑީ އަކުން ފްރެންޑް ރިކުއެސްޓެއް ފޮނުވާފައި އިނެވެ. އަހަރެން ފޮޓޯތައް ބެލުމުން އެއީ ރޭގައި ދިމާވި ތަނުން ކުއްޖަކު ކަން އެނގުނެވެ. އަހަރެން ފްރެންޑް ރިކުއެސްޓް އެސެޕްޓް ކުރިތާ މިނެޓެއްވެސް ނުވެ މެސެޖެއް އައެވެ. ހުސައިން ވިޝާލް ހައި ޖަހާފައި އިނެވެ. އަހަރެންވެސް ރިޕްލައި ކޮށްލީމެވެ. މިހެން ގޮސް ކަޕް ނިމުނު އިރު އަހަރެމެން އެންމެން ވަނީ ވަރަށް ގާތް ރައްޓެހިންނަށް ވެފައެވެ. އަހަރެންނާއި ވިޝާލްގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަ ވަމުންނެވެ. މިހެން ގޮސް ދުވަސްކޮޅެއް ފަހުން އޭނާ އަހަރެން ގާތު ރައްޓެހިވާން އެހިއެވެ. އަހަރެން ރައްޓެހިވީމެވެ. ދުވަސްކޮޅެއް ފަހުން އަހަރެން މާފުށްޓަށް ދިޔައީ އާއިލާއެންމެންނާއި އެކުގައެވެ. މާފުށްޓަށް ގޮސްފައި އަހަރެންނަށް ފުރަތަމަ ވިޝާލް ފެނުނީ މިސްކިތުން ފައިބައިގެން އަންނަނިކޮށެވެ. ދެން އަހަރެން މަންމަމެން ރައްޓެހި ގެއަކަށް ވަދެ އެގޭ ކުއްޖަކު ގޮވައިގެން އަހަރެން ދިޔައީ ވިޝާލްމެންގެއަށެވެ. ވިޝާލްގެ މަންމައާއި ބައްޕައާއި ކޮއްކޮއާއި ވެސް ދިމާވިއެވެ. އެގޭގައި ގަޑިއެއްހާ އިރު ހޭދަ ކޮށްފައި މަންމަމެން ފެނުމުން ދާން ހިނގައިގަތީމެވެ. އަދި ތިނެއް ޖަހަން އުޅެނިކޮށް އެގެއަށް ގޮސް މިދަނީ ފުރަން ދާން ކަމުގައި ބުނީމެވެ. ބަދަލުގައި އޭނާވެސް ސްޓޭ ސޭފް އޭ ބުނެލިއެވެ. މިއީ އަހަރެން ބޮޑު ޗުއްޓީ ހޭދަކުރި ގޮތެވެ.
