*އެކަހަލަ ކަމަކަށް ހުޝިޔާރުވެ ހުރި އައިޒިކް ޔާޝްގެ އުނަގަނޑުގައި އޭނާގެ ދެ އަތް ވަށާ ލިއެވެ. ޔާޝްއަށް ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި ހެން ހީވުމުން މަޑު މަޑު މަޑުން އެއްލޯ ހުޅުވާ ބަލާލި އެވެ.*
އައިޒިކް ހުރީ ޔާޝްގެ މޫނަށް ކަޅި ޖަހައި ނުލައި ބަލާށެވެ. ޔާޝް ލޯ ހުޅުވައި ބަލާއިރު ގައި އައިޒިކްގެ ތޫނު ނަޒަރު ޔާޝްއަށް ހުއްޓިފައި ހުރިކަން އެނގުމުން ވަގުތުން އިސް ދަށަށް ޖަހައިލިއެވެ. ޒިޔާން އަށް ދެމީހުން ހުރި ގޮތް ފެނުމުން މަޖާ ވިއެވެ. ޒިޔާން ގޮސް އައިޒިކްގެ ކަންފަތް ކައިރީގައި ހަޅޭއް ލަވައި ގަތެވެ. ހަމަ އެޔާ އެކު އައިޒިކް ސިއްސައިގެން ދިޔައެވެ. އެތާގައި މީހުން ތިބީ ކަން ވެސް އެނގުނީ ދެނެވެ. އަވަހަށް ޔާޝްގެ ހަށިގަނޑު ތެދުކޮށް ލާފައި އައިޒިކް ދުރަށް ޖެހިލިއެވެ. ޔާޝް ކޮލެޖަށް ދާން ރެޑީ ވާން ކަމަށް ބުނެ އަވަހަށް ކޮޓަރި ޔަށް ދިޔައެވެ.
ޔާޝް އަވަހަށް ކޮޓަރި އަށް ވަދެ ދޮރު ލެއްޕިއެވެ. ޔާޝް ކޮޓަރި ދޮރުފަތުގައި ލެގިލައިފައި ހިތާވި ފަޅީގަ އަތް އެޅި އެވެ. ޔާޝްގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅުމުން ނެވެ. އެއީ ފުރަތަމަ ފަހަރަށް އައިޒިކް އާއި ގާތް ވެވުމުން ކަމެއް ނޫނީ ބިރުން ކަމެއް ހުދު ޔާޝް އަކަށް ވެސް ނޭނގެއެވެ. ހިނދުކޮޅަކަު އެހެން ހުރުމަށްފަހު ޔާޝް ގަޑި ބަލާލިއެވެ. އޭރު ގަޑިން އަށެއް ޖަހާފިއެވެ. ޔާޝް އަވަހަށް ފެންވަރައިގެން ނިކުމެ އިސްތަށިގަނޑު ހިއްކަ މުން ގަޑި ބަލާލިއެވެ. އޭރު ގަޑިން އަށް ގަޑި ބައިވަނީ އެވެ. ޔާޝް އަވަހަށް އަލަމާރިން ލާނެ ހެދުމެއް ނެގި އެވެ. އެއީ ފިނިފެންމާ ޖަހާފައި އޮތް ރީތި ދިގު ވައްތިރި ހެދުމެކެވެ.
ޔާޝް އަވަހަށް ހެދުން ލާފައި އިސްތަށިގަނޑު ފަން ކުރާ އެއްޗުން އިސްތަށިގަނޑު ފަންކޮއް ލިއެވެ. އަދި އިސްތަށިގަނޑު ދެފަރާތަށް ފުނާ އަޅާފައި ވާތް ފަރާތުގައި ހުރި އިސްތަށިތައް ކަންފަތް ބިއްދޮށުގައި ހައްޔަރު ކޮއްލިއެވެ. މޫނުގައި ކުޑަ ފައުންޑޭޝަން ކޮޅެއް އުނގުޅާފައި މޫނުގައި ފުއް ޖެހެއެވެ. ތުންފަތުގައި ގަދަ ރަތް ކުލައެއް ޖައްސާފައި އެސްފިޔަ ތަކުގައި މަސްކަރާ އުނގުޅާ ލިއެވެ. އެންމެ ފަހު ކަމަކަށް ސެންޓު ޖެހެއެވެ. ޔާޝް އަވަސް އަވަހަށް ދަބަހަށް ނޯޓް ފޮތާއި ގަލަމާއި އެއްޗެހި އަޅާ ހަމަކުރި އެވެ. ގެންދަން ހުރި ބައެއް ގަނޑުތައް ހަމަ ކޮއްލަމުން ހުރިހާ އެއްޗެއް ހިފައިގެން ތިރިއަށް ފޭބީމެވެ.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
މި ބައި ލަހުން ނެރުވުނީތީ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އަދެން?އަދި މި ބައި ވެސް ކަމުދާނެ ކަމަށް ހީކުރަން ?
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
?~ނުނިމޭ ~?
