Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމަޖާލޯބި

ޔާޝް އޯރް ރީޝާ ކީ ކަހާނީ

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
May 12, 2021 8 Mins Read
10 Comments

އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަން އަތިރިމަތީގައި އިން ރިޔާޝް އިނީ ޤުދުރަތީ ރީތި މަންޒަރުތަކަށް ގެއްލި ހުސްވެފައެވެ. ބަލާބެލުމަށް އޭނާ އިނީ ވަރަށް ފުން ޚިޔާލެއްގެ ތެރޭގައިހެން ހީވެއެވެ. ކަނޑުގެ ރީތި، އޮމާން ލޮނުގަނޑާ ދިމާލަށް ބަލަމުން ދިޔަ ރިޔާޝްގެ މޫނުމަތީގައި ވީ ދެނެގަންނަން އުނދަގޫ ކުލަވަރުތަކެކެވެ. އެއްބައިފަހަރު ހިނިތުންވެލާފާނެއެވެ. އަނެއްބައި ފަހަރު ވަރަށް ބޮޑު ކަމަކާ ދޭތެރޭ ވިސްނާހެންވެސް ހީވެދާނެއެވެ. މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތަކުން އޭނާ އެ ވިސްނަނީ ވަރަށް ބޮޑު ކަމަކާ ދޭތެރޭހެން ހީވެއެވެ. ކޮންމެވެސް އަންހެން ކުއްޖަކާ ދޭތެރޭ ވިސްނަނީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، އަޅުގަނޑަށް މާ ޔަގީންކަމާއެކު ރިޔާޝްގެ ހިތުގައި މިވަގުތު އޮތް އެއްޗެއް ދެނެގަންނާކަށް ނޭނގެއެވެ.

ޚިޔާލުތަކަށް ގެއްލިފައި އިން ރިޔާޝްއަށް ސިހުމެއް ލިބުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލިކަމުގެ އިޙުސާސެއް ކުރެވުމުންނެވެ. ފަހަތް ބަލާލި ވަގުތު އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ފަހަތުގައި ތިބި އޭނާގެ ކޮއްކޮ ރިއާޝްއާއި އޭނާގެ އެކުވެރިން ފެނުމުންނެވެ. ބަދަލުގައި ހިނިތުންވުމެއް ރައްދުކޮށްލަމުން ރިއާޝް އޭނާގެ ދޮންބެގެ ކަނާތްފަރާތުގައި އިށީނުމުން، ދެން ތިބި ކުދިންވެސް ރިޔާޝްގެ ކައިރީގައި އިށީނދެލިއެވެ.

“ޔާޝް ދޮންބެ ކޮންކަމާ ތި ވިސްނަނީ..؟ އިން ގޮތުން ހީވަނީ ވަރަށް ބޮޑު ކަމަކާ ދޭތެރޭ ފިކުރު ކުރާހެން..” ރިޔާޝްގެ ވައަތްފަރާތުގައި އިން އަހުޝަމް ރިޔާޝްގެ ކޮނޑަށް އަތް ވައްޓާލަމުން އަހާލިއެވެ. “ކަލޭނޭ މަ ހިތަށް އަރާ މި ފިރިހެނުން ހަމަ މީހަކު ފެންނަ އިރަށް ކޮނޑަށް އަތް ވައްޓާނުލާ ވާހަކަ ނުދެއްކެނީ ބާވައޭ.. މި މީހުންނަށްވެސް މި މީހުންގެ ސްޓައިލަށް ތުއިވާން އެނގޭ ދޯ.. މަވެސް ޓްރައިކޮށްލަން ވެއްޖެ” ރިއާޝްގެ ކައިރީގައި އިން ނަޔާއަށް މަޑަކުން ނީނދެވުނެވެ. ރިއާޝްމެންނަށް ޖެއްސުމަށް ކައިރީގައި އިން ލަމްހާގެ ކޮނޑަށް އަތްވައްޓާލިއެވެ. މި ކުއްޖާފުޅުގެ އަނގަގަދަ ކަމާހުރެވެސް ތާއެވެ! ބެހޭކަށް ނުބެހޭކަށް ކަމެއް ނޯވެއެވެ. އަދި ޚާއްސަކޮށް ގުރޫޕް ފިރިހެން ކުދިންނާ ދިމާކޮށް، ފާޑުކިޔާ މަލާމަތްކޮށް، ޒުވާބުކޮށް ހެދުމަކީ އޭނާއާއި ރީޝާގެ ބޮޑު ވާޖިބެވެ. އެކަން ނުކުރާނަމަ ދުވަސް ފުރިހަމައެއް ނުވާނެއެވެ.

“ޕިސް ޕިސް ނަޔޫ.. ސާބަހޭ.. ތިވަރަށް މަލާމާތް ކުރާކަށް ނުވާނެ.. ތިވައްތަރަށް އުޅެނިކޮށް ފެންނާނީ ފިރިހެނަކާ އަވަލާފަ އޮތް ތަން ތޯއްޗެއް..” ލަމްހާ އެހެން ބުނުމުން ކައިރީގައި އިން ޝިފާ ޖަހާލީ ހިނިގަނޑެކެވެ. “އައްޗި.. މަ…؟ ބްރޯ.. މި ދުނިޔެމަތީގަ ފިރިހެނަކާ އަވަލުމަކީ މި ނަޔާ ބިންތި އަހުމަދު ޝާކިރު އިބްނު އައްސައްޔިދު ކުރާނެ އެންމެ ފަހު ކަންތައް..” ޗޮކެއް ކަނޑާލަމުން ނަޔާ ބުނެލީ ދެރަނުވާން ވެގެންނެވެ. “ހުއް.. ކަލޭމެން އަންހެން ކަނބާފާނުތައް ތީ ދެން ވަރަށް ތުއި ނުދެއްކޭ ބައެއްހެން ހީވަނީ.. ވަރަށް ސަޅި ދެން.. ބަލަ މަންޖެއާ ރީސާ އުޅެނީ ވަކި މާ ތާހިރުކޮށެއް ނޫނޭ އެހެން މީހުންގެ ވާހަކަ ދައްކާކަށް.. ފެންނައިރަށް ބައްދަ ބައްދާފަ، އެއްވައްތަރު ހެދުން ފަހާފަ، ފާޑުފާޑުގެ ޕޯސްތައް ކޮށްފަ އިންސްޓާއަށް އަޕްލޯޑުކޮށްފަ ދެން އެ އުޅޭ ޕުރީޝާއެއްތޯ ބުރީޝާއެއްތޯ އުޅޭ ހިންދީ ޑްރާމާގަނޑު ހަމަ އަންނަ އިރަށް ބިންމަތީގަ ދެފައި ތަޅަތަޅާފަ ދެން ހީވަނީ ވޫސްލާފަ ހަތްއުޑު މައްޗަށް އަރާހެން..” ދެއަތް ފުޅާކޮށްލަމުން ދޮންވެލިގަނޑުމަތީ އޮށޯވެލައިގެން އޮތް ލިޔަމް ފަތިވަރު ދަމާލީ ނަޔާއަށް ޖެއްސުމަށެވެ. “ޔަގީނެއްނު.. މިއަދު އެ ރީސާ ކަޕޫރު ނާންނާތީ އެގޮއްޔެގެ ވާޖިބު މީނދަ ފެންނަ ނަޔާ އެ އަދާކުރަނީ.. ޔަގީނޭ އެ ސަންތިގަނޑު މި ނަޔާ އަށް މުސާރަ ދިނީކަން..” އަހުޝަމް ބުނެލީ ރީޝާއަށް ޖެއްސުން ކޮށްލުމަށެވެ. ރީޝާ ނެތް ތަންތާނގައި ރީޝާގެ ގައިން މަސް ކެއުމަކީ އެސޮރުގެ މާ ބޮޑު އުފަލަކީ ތޯއްޗެކެވެ.

“އޭ ޔޫ ތަކަހޮޅި އެންޑް ތަކުރުފާނު.. މަގޭ ރީޝްއާ ދިމާލަށް އެއްޗެހި ނުކިޔާ އިނގޭ.. އޭ ބުރީޝާއެއް ނޫން ޕުރީޝާއެއްވެސް ނޫން އެ ޑްރާމާގެ ނަމަކީ.. ޔޭ ހެ ޗާހަތޭން.. ތީއެ ހަނދަކީ.. ހޫނނނ.. ނޭނގުނަސް އަދިވެސް ދުލުން ގޮން ޖަހަން އުޅޭތި.. ތިއޮތީ ވެފަ ކަލެއަށް..” ދެއަތް އަރިކަށީގައި ވިއްދާލަމުން ނަޔާ އެހެން ބުނެލި ގޮތުން ކައިރީގައި ތިބި ރިހުލާއާއި ޒާނާއަށްވެސް ނުހީ ނުތިބެވުނެވެ. ލިލީގެ ހިނިގަނޑުވެސް މިވަގުތު ހުރީ ސަތޭކައިގައެވެ.، ލުހާގެ ހިނިގަނޑުގެ ބާރުމިން މިވަގުތު ހުރި ވަރު ސައްޙަވާނީ ނުދެއްކިއްޔާއެވެ. އެ މަންޖެ ހޭ އަޑަށް ކަނޑުގެ ބާނިތައްވެސް އަރައިގެން އައި ގޮތުން ހީވީ ސުނާމީއެއް އެރީހެނެވެ. އެފަކީރު ހީހީ ގޮސް ބިންމަތީގައި ދެމުނު އިރުވެސް ނަޔާމެން މީހަކަށް ރޭކާނުލާތާ، ގަހެއްގައި އިން ކާޅަކަށްވެސް ރޭކާނުލާކަން ޔަޤީނެވެ.

“ހޫމް ހޫމް.. ދެން އޯކޭއޭ.. ބަލާބަލަ ލުހާ ފަކީރު ބިންމަތީގަ ދެމެނީ އެއޮށް މިހާރު.. ހެޔޮނުވާނެ އެހެން ހަދަން.. ނަޔާ.. އަސްލުވެސް ކީއްވެ މިއަދު ރީޝް ނައީ..؟ މަންޖެއަށް އެންމެ ރަނގަޅަށް އެނގޭނީ އެ ގޮއްޔެއަށް ކަމެއް ވިޔަސް، ނުވިޔަސް..” ހާލަތު ހަމަޔަކަށް އަޅުވާލަމުން ރިއާޝް އަހާލީ ނަޔާ ކައިރީގައެވެ. “ހޫމް.. ވީ ގޮތް ދޯ.. އެއީ ދަންނަވަން ވަރަށްވެސް ދަތި ވާހަކަފުޅެއް އިނގޭތޯ.. އެ މަންޖެ މިއަދު ހެނދުނު ހޭލައިގެން މަށަށް ގުޅާފަ ބުނީ މިއުޅެނީ ސީގުޅައެއް ހަޖަމު ނުކުރެވިގެންނޯ.. ރޭ މެންދަމުއްސުރެ ފާޚާނާ އިން ނޭރިގެންނޯ މިއުޅެނީ.. ދެން މަށާ ރަންނުއާ ދެމީހުން އެ ގެޔަށް ގޮއްސަ ޖުއްލާބު ގުޅައެއް ކާންދީގެން ކަލޯ ގަޔާ ހުއްޓޭ ކަންތައް.. ޕިސް ޕިސް.. ސަހާދެއް މި ބުނީ.. ރޭގަ ކޮންމެސް ނުބައި އެއްޗެއް ކައިގެން އެ އުޅެނީ.. މަށަށް ޔަގީން.. އެހެންވެ މަ ކައިރި ބުނީ މިއަދު މީޓިން އަކަށް ނާދެވޭނެޔޯ..” ނަޔާ ވީގޮތް ކިޔައިދީ ނިމުނު އިރު ދެން ތިބި މީހުން ތިބީ ހީހީ ހަލާކުވެފައެވެ. “ހަހަހާ.. ރީސާ ފާހަނައިން ނޭރުނީޔޯ.. ހަހަހާ..” ލިޔަމްގެ ކައިރީގައި އިށީނދެގެން އިން އަރީޝްއާ އަހުޝަމް އެއްފަހަރާ ކަހަލަ ގޮތަކަށް ހީނގަނެފައި ރީޝާއާ ދިމާލަށް މަލާމާތްކޮށްލިއެވެ. އެހެންނަމަވެސް، ނަޔާ ލޯއަޅާލި ތަން ފެނި ދެމީހުންވެސް ހިނިގަނޑު މަތަކޮށްލުމަށްފަހު މަޑުމަޑުން ތިބީ އަދި އަޖަލު ހަމަވާން ބޭނުން ނުވާތީއެވެ.

އެ ހުރިހާ ސަކަރާތެއް ޖަހަމުން ދިޔަ އިރުވެސް، ރިޔާޝް އިނީ މަޑުމަޑުންނެވެ. ކޮންމެވެސް ކަމަކާ ހާސްވެފައި އިންހެންވެސް ހީވެއެވެ. އެންމެ ފަހުން ނީނދެވިގެން އޭނާ ނަޔާ ގާތު އަހާލީ ހިތުގައި އުފެދެމުން ދިޔަ ލޯބީގެ މަސްގުޅަތައް ހަޖަމު ނުކުރެވިގެން ތޯއްޗެކެވެ. “ނަޔާ.. ރީޝް މިހާރު ރަނގަޅުތަ؟ އަދިވެސް ބަލިވެތަ އުޅެނީ..؟” އެންމެ ފަހުން ރިޔާޝް އަހާލީ ނީނދެވިގެންނެވެ. އެއާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ރިޔާޝްއާ ދިމާލަށް ބަލަން ތިބި އިރު އެންމެންގެ މޫނުމަތީގައިވެސް ވީ ލާނެތް ހިނިތުންވުމެކެވެ. “އެހެމް އެހެމް.. ދޮންބެ ކީއްކުރަން ރީޝާގެ ހާލު ބަލަނީ..؟” ލިޔަމް ލާނެތް ރާގެއްގައި އަހާލިއެވެ. “ޝަޓް އަޕް! މަ ސުވާލު ކުރީ ނަޔާއާ ދޯ.. ކަލޭމެން ހަމަ ކޮންމެހެން ހަދާފަވެސް ޖެހޭ ދޯ އަނގަލާން..” ރިޔާޝް ދެބުމަ ގޮށްޖަހާލިއެވެ. “ނަޔާ.. އަސްލުވެސް ބުނެބަ.. ރީޝް އޯކޭތަ..؟” ރިޔާޝް އަނެއްކާވެސް އަހާލިއެވެ

“ދޮންބޭ.. ރީޝް އޯކޭއޭ.. ރަންނުވެސް އެބަ އުޅޭ ރީޝްމެން ގޭގަ.. ރަންނު ބުނި ރީޝްއަށް ބަލާނަމޯ.. ނއެކަމު މަށަކަށް ހިއެއްނުވެ ދޮންބެ އޯކޭ ހެނެއް.. އަހަރުންނަށް ރީިތިކޮށް ހުރިހާ އެއްޗެއް ދެން ކިޔައިދޭންވީނު ސިއްރުނުކޮށް..” ނަޔާގެ ބަދަލުގައި މިފަހަރު ޖަވާބު ދިނީ ޝިފާއެވެ. ޝިފާ އެހެން ބުނުމުން އެންމެންވެސް ސަކަރާތް ޖެހުން ހުއްޓާލުމަށްފަހު، ރިޔާޝްއާ ދިމާލަށް ބަލަން ތިބީ ޖަވާބެއްގެ އިންތިޒާރުގައެވެ. އެންމެން އޭނާއާ ދިމާލަށް ތިބުމުން ރިޔާޝް އިސްދަށަށް ޖަހާލާ ފުން ނޭވާއެއް ދޫކޮށްލީ މިއީ އަބަދުވެސް އެމީހުން ކުރާ ސުވާލެއްކަން އެނގުުމުންނެވެ. ޖަވާބު ދޭން ބޭނުން ނުވިޔަސް، އަމިއްލަ ކޮއްކޮތަކެއް ފަދައިން ދެކެމުން އަންނަ ކުދިންތަކަކަށް ދޮގު ހަދާ އޮޅުވާލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން މިއަދު އެކުދިންނަށް ހުރިހާ އެއްޗެއް ކިޔައިދީ، އެކުދިންގެ ލަފަޔާ މަޝްވަރާ ހޯދަން ރިޔާޝް ބޭނުންވެއެވެ

“އޯކޭ.. ދޮންބެ ކިޔައިދީފާނަން..” ރިޔާޝް އެހެން ބުނުމުން ދެންތިބި ހުރިހާ ކުދިންވެސް ތިބީ ރިޔާޝް ދެން ބުނާނެ އެއްޗަކާމެދު ވަރަށް ޝައުޤުވެރި ވެފައެވެ. “ތިކުދިންނަށްވެސް އެނގޭނެ ކަންނޭނގެ ދޮންބެ ރީޝާ ދެކެ ލޯބި ވާކަން.. ދޮންބެ ބޭނުންވަނީ މިހާރު ވީހާވެސް އަވަހަކަށް ރީޝްއަށް ޕްރޮޕޯޒް ކުރަން.. ތިކުދިންގެ ހެލްޕް ވަރަށް ބޮޑަށް ބޭނުންވާނެ..” ކުރުގޮތަކަށް ރިޔާޝް ހުރިހާ ވާހަކައެެއް ކިޔައިދީ ނިންމި އިރު، ދެން ތިބި ކުދިންގެ މޫނުމަތީގައިވީ ލާނެތްކަމުގެ ކުލަވަރުތަކުގެ އިންތިހާއެވެ. “ހޯ ހޮއެ ހޮއެ.. ސާބަހޭ ދޮންބޭ ސާބަހޭ..” އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އަތްޖަހާލުމުން ލިޔަމް ސޮރު އަޑުގެ ނެތްކޮޅަށް އެހެން ބުނެލި ގޮތުން މޫދުގައި އުޅޭ މަސްތައްވެސް ބިރުގަންނާނެ ތޯއްޗެކެވެ.

“ހޫމް.. އަހަރުންގެ ހެލްޕް ލިބޭނެ.. އެހެންވީމަ މާދަމާ ރޭ ދޮންބެ ކުރަންވީ ކަމަކީ އަހަރުން ބުނާ ތާކަށް ބުނާ ގަޑިއަކަށް އަންނަންވީ.. ގެންނަން ޖެހޭ އެއްޗެއްސާ، ލާން ޖެހޭ އެއްޗެހިވެސް އަހަރުން ހަމަޖައްސާނަން.. އޯކޭތަ..؟ ދޮންބެ ދެން ޕްރޮޕޯޒަލް ސްޕީޗެއް ރެޑީ ކުރަންވީ ރީޝްއަށް.. ދެން ހުރި ހުރިހާ ކަމެއް އަހަރުންނަށް ދޫކޮށްލާ.. އޯކޭތަ..؟” ރިއާޝް ބުނެލި ގޮތުން ހީވަނީ މާ ކުރިންވެސް މިކަމަށް ތައްޔާރު ވެގެން ހުރި މީހެއް ހެނެވެ.”ޔާ.. އޯކޭ.. އެކަމް ރީޝް އަންނާނެތަ..؟” ރިޔާޝް އަހާލީ ޔަގީންނުވާތީއެވެ. “އާނ.. ތިކަން ހަމަޖައްސާނެ ނަޔާ.. ނަޔާމެން ގޭގަ ތި ހުރިހާ ގަނޑެއް ގަންނާނީވެސް.. ނަޔާމެން ގެއަށޭ ބުނެފިއްޔާ އެ ގޮއްޔެ ދުން ޖަހާފަ ދާނެ..” އަހުޝަމް ބަލައިލީ ނަޔާއާ ދިމާލަށެވެ. “އޭ.. ދެން ނޯ.. އަހަރުން ގޭގަ ކީއްވެތަ..؟ ދެން މުޅި ތާ އޮންނާނީ މަލުގެ ފިޔަތަކާ، ތަނޑުތަކާ، ގޮފިތަކާ އޭތި މީތި.. ކަލެން އެންމެން ދާނީ ކޮންމެ ފަހަރަކު ފިލްމު ބަލަން އައިއްސަވެސް މުޅި ތަން ގޮނޑަކަށް ހަދާފަ.. އެކަކަށްވެސް ނުކެރޭނެ ސާފުކުރާކަށް.. ހުރިހާ ބުރައެއް މަ ފަކީރަށް.. އުހުނ އުހުނ.. މިފަހަރު މަގޭ ގެޔަކަށް ނުވައްދާނަން..” އަހުޝަމް ހަމަ އެހެން ބުނުމާއި އެކު ނަޔާ ވަގުތުން ދެކޮޅުހެދިއެވެ.

“ނޫނޭ ނޫނޭ.. މިފަހަރު އަހަރުން ހުރިހާ ކަމެއްވެސް ކުރާނަން.. ޕްލީޒް ޕްލީޒް ޕްލީޒް.. އަހަރުންނަށް ނޫނިއްޔާ މަންޖެގެ ލޯބިވާ ރީޝްއަށްޓަކައި ވެސް ކީއްވާނީ މިވަރު ކޮށްލަދޭން ބްރޯ..” އާދޭހުގެ ރާގެއްގައި ރިއާޝް އެހެން ބުނެލުމުން ނަޔާ އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ. އެއްބަސް ނުވާހާ ހިނދަކު އެމީހުން ކުރު ނުކުރާނެކަން އެނގުމުން ބަލި ގަބޫލުކުރަން ނަޔާ ފަކީރަށް މަޖުބޫރެވެ. “ހޫމް އޯކޭ.. އެކަމު ފަހުން ބިރިޔާނީ ކާންދޭންވާނެ.. ޑީލް…؟” ފުރުސަތުގެ ބޭނުންހިފާ ނަޔާ ޝަރުތު އިއްވާލިއެވެ. އެއާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ނިތުގަ އަތްއަޅާލިއެވެ. “ޝިޓް! މިފަހަރު އަހަރުންގެ ޖީބުތައް ހުސްވާނެ..” ލިޔަމް ބުނެލީ ނަޔާ ބިރިޔާންޏަކަށް އޯޑަރު ޖަހާ ކޮންމެ ފަހަރަކު ފަސް ހަ ތަށިވެސް ކާލަފާނެތީއެވެ. “އެ އޯކޭ ވާނެ.. އެންމެނަށް ބަހާލާނީއޭ ބްރޯ.. ނަޔާ.. ދަ ޑީލް އިޒް އޮން..” ރިޔާޝް އެހެން ބުނެލީ ހިނިތުންވެލުމުންނެވެ. މާދަމާ ރެޔަށް ތައްޔާރުވުމުގް ގޮތުން އެންމެންގެ މެދުގައި އެއްޗެހި ބަހާލާ، ހުރިހާ ކަމެއް މަޝްވަރާކޮށް ނިންމައިގެން އެންމެން ގެޔަށް ދާން ތެދުވިއިރު ގަޑިން ހުރީ ނުވައެއްވެސް ޖަހާފައެވެ.

*******

“ރީޝޫ.. ސްވީޓީ.. މީޓިން ވަރަށް ވައި މިއަދު މަންޖެއާ ރަންނުއާ ނެތީމަ..” ރީޝާގެ ކޮޓަރިއަށް ވަތް ގޮތަށް ނަޔާ އެނދުމައްޗަށް ވެއްޓިގަތީ ވަރުބަލިވެފައި ހުރުމުންނެވެ. “މިހާރު އޯކޭ ދޯ..؟” ނަޔާ އަހާލީ ރަނާ ކައިރީގައެވެ. “އޭ ރަންނު އައިސްބަ މަށާ އެއްކޮށް ވަރަށް އަވަހަށް ފިހާރައަކަށް ޖައްސާލަން ދާން..” ނަޔާ އެހެން ބުނެލީ ރަނާއަށް ހުރިހާ ވާހަކަތަކެއް ކިޔައިިނުމުގެ ބޭނުމުގައެވެ. ނަޔާ ލޮލުން ދިން މެސެޖު ފެނި ރަނާވެސް އެނދުން ފައިބައިގެން އައިސް ނަޔާއާ އެއްކޮށް ކޮޓަރިން ނުކުންނަން ދިޔައެވެ. “އޭ ބްރޯ.. މަ އެކަނި ބަހައްޓާފަ ނުދޭ.. ހެޔޮނުވާނެ.. މަ ފޫކޮޅުގަ ހާދަ ވަރަކަށް ރިއްސައޭ އެބަ..” އަޑުގެ ނެތްކޮޅަށް ރީޝާ ހަޅޭއްލަވައިގަތީ ނަޔާމެން ދާން އުޅޭތީއެވެ. ނަޔާ ރަނާގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެކޭ ބުނެލުމުން ރަނާ ފޯނު ހިފައިގެން ގޮސް ޔޭ ހެ ޗާހަތޭން ގެ އެންމެ ފަހު އެޕިސޯޑްގެ އަޕްޓޭޑް އަޅުވާފަ ދިނުމުން ރިޝާ ހަމަޖެހުނެވެ. މިގޮއްޔެގެ ކަންތައްވެސް ބޮޑެއްނޫންތޯއެވެ؟ ކުޑަކުއްޖަކަށްވުރެ ކަންތައް ފަލައެވެ. ޔާޝް ދޮންބެ މި ގޮއްޔެ ދެކެ ލޯބި ވީ ކީއްވެކަމާމެދުވެސް ސުވާލު އުފެދޭނޫންތޯއެވެ؟ ޔާޝް ދޮންބެއާ އިނދެގެން ޔާޝް ދޮންބެ މި މަންޖެ ބަލާނީ ކިހިނެއް ކަމާމެދުގައިވެސް އަޅުގަނޑުގެ ހިތުގައި ވަނީ ސުވާލުމާކެއް އުފެދިފައެވެ.

*******

“ޕިސް.. ތި ރީތިކޮށް އިނދެބަލަ ކޮޔާ.. ރީޝާގެ ދޯޕައްޓާ ހަރުކުރަމުން ނަޔާ ބުނެލީ ރީޝާ މާ ވަރަކަށް ތެޅޭތީއެވެ. އޭރު ރަނާއާއި، ލިލީއާއި، ލަމްހާ ރީޝާގެ މޭކަޕް ކުރުވާ، ގަހަނާ އެޅުވުމައިގެން އުޅުނެވެ. “ޕިސް.. ދެން ނަޔޫ.. މީ ކޮންކަމެއްތަ..؟ އަސްލު ކީއްވެގެންނޯ މި އުޅެނީ..؟” މީގެ އިރުކޮޅެއް ކުރިން ހަތްދިހަ ފަހަރު ކުރި ސުވާލު ރީޝާ އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. “ދެން ރީޝޫ.. ރީއްޗަށް އިނދެބަލަ.. މަ ބުނެފީމެއްނު ފަހުން އިނގޭނޭ ދޯ.. ދެން މަ… އާ އައްދިއްޔޯއި..!!!” ނަޔާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ނަޔާގެ އަނގައިން ބޭރުވީ ހަޅޭކެވެ. “އާންޓީ.. ކިހިނެއްވީ..؟”ރިޝާ އަހާލީ ހާސްވެފައި އިނދެއެވެ. “ކިހިނެއްހޯ ވީ.. މަންޖެ ކައިރި ކިތައްފަހަރު ބުނެފިން މަޑުން އިންނާށޭ.. މިހާރު މަގޭ އަތަށް އެ ހެރުނީ ޕިނޭ..” ނަޔާ ރީޝާއާ ދިމާލަށް ލޯއަޅާލިއެވެ. “ސޮރީ.. ދެން އިންނާނަމޭ މަޑުން..” ރީޝާ ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. “އޯހ ޝިޓް.. އޭ މަ ދަނީ އިނގޭ އެތަނަށް.. ތިމީހުން ނިންމާފަ އާދޭ ރީޝް ގޮވައިގެން..” ނަޔާ ފޯނުން ގަޑި ބަލައިލުމަށްފަހު ތެޅިގަނެފައި ދަބަސް ހިފައިގެން ނުކުތީ ރީޝާގެ ދޯޕައްޓާ ލިލީއާ ހަވާލުކުރަމުންނެވެ. އޭރު ރީޝާ ފަކީރު އިނީ ވާނުވާގައެވެ.

*******

“ކޮބާ ރެޑީތަ..؟ ޕިސް ދޮންބޭ.. އުމުރުން ނަވާރަ އަނހަރުވެ ވިއްސަށް އަޅާއިރުވެސް ޓައި އަޅާކަށް ނޭނގޭ ދޯ.. އާދެބަލަ މަގޭ ގާތަށް..” އަހުޝަމް ރިޔާޝްގެ ކަރުގައި ޓައި އަޅުވަންވެގެން އުޅުނީ މާ މޮޅު މީހަކަށް ހެދިގެންނެވެ. އެންމެ ފަހުން މިއޮށްފަދަ ޚާއްސަ ރޭ އަޅުގަނޑުމެންގެ ލޯބިވާ ދޮންބެގެ ކަރުގައި ޓައި އޮޅިފައި އެ އޮތީ ހަރުފައެއް ހެނެވެ. ކުރާނީ ކީއްތޯއެވެ؟ ފިރިހެނުންގެ ގޮތެވެ. “ޕިސް ޕިސް.. އާދެބަލަ މަގޭ ގާތަށް ތި ޓައި އަޅުވާނަން.. ކަލޭމެންނަކަށް ނުވިއެއްނު.. އަދި މި އަހުއްޓިވެސް މާ މޮޅު މީހަކަށް ހެދިގެން އަޅުވަން އުޅެގެން ދެ ރާއްޖޭގަ ދެފައި އޮތުމެކޭ ތަފާތެއް ނެތް ނިންމާލި އިރަކު..” ރަނާ އެހެން ބުނެލުމަށްފަހު ރިޔާޝްގެ ކަރުގައި ރީތިކޮށް ޓައި އަޅައިދިނުމުން އަހުޝަމު ބޯ ކަހާލީ ކަޑަވެފައި ހުރެގެންނެވެ. ރަތް ކުލައިގެ ގަމީހާއި ކަޅުކުލައިގެ ޖިންސާ އެއްކޮށް ކަޅު ކުލައިގެ ޓައިއެއް އަޅާފައި ހުރުމުން އަޅުގަނޑަކަށް ކަމަކު ނުދެއެވެ. އެހެންނަމަވެސް ރީޝާ އަށް ކަމުދަނިކޮށް އެ ނިމުނީނޫންތޯއެވެ؟

“ކަލޭނޭ.. މިތަން މިރޭ ސާފުނުކޮށް ގޮއްސިއްޔާ ނިމުނީ ކަންތައް..” ބޮޑު ޗޮކްލެޓު ކޭކެއް ހިފައިގެން އައިސް ގެއަށް ވަތް ނަޔާ ހުރީ ގޭތެރެ އޮތް ގޮތުން ބޮލަށް އުނދަގޫވެފައެވެ. އެހެންނަމަވެސް ނަޔާގެ ވާހަކައަށް އެއްވެސް މީހަކު ސަމާލުކަން ދިންހެނެއް ހިއެއްނުވެއެވެ. ޚުދު ނަޔާއާށްވެސް އެތަން ތައްޔާރު ކުރެވިފައިވީލެއް ފުރިހަމަކަމާއިމެދު ތަޢުރީފް ކުރެވުނެވެ.

މުޅި ސިޓިންރޫމުގައި ރަތް ފިނިފެންމަލުގެ ފިޔަތައް އުކާލެވިފައި ހުރި ގޮތުން ވައްތަރީ ފިނިފެންމަލުގެ ބޯ ދޫލަޔަކާއެވެ. ހުރިހާ ބޮކިތަކެއް ނިވާލާފައި ހުރިއިރު، އެކި ތަންތާނގައި ވީ އުއްބަތިތަކުގެ ހުޅުކޮޅުތަކުގެ ރަން އަލިން އެ މާހައުލު ޖަރީކުރެވިފައިވީލެއް ވަރަށް ފުރިހަމައެވެ. ސިޓިންރޫމުގެ މެދުގައި ހިތެއްގެ ބައްޓަމަށް ހުރި ބިއްލޫރި މޭޒުގެ މަތީގައި ކޭކު ބަހައްޓާފައި ނަޔާވެސް އެހެންމީހުންނަށް އެހީވުމައިގެން އުޅެން ފެށިއެވެ. ކޮއްކޮއެއް ފަދައިން ދެކެމުން އައި އޭނާގެ ލޯބިވާ އެކުވެރިޔާއަށްޓަކައި އެފަކީރު ވީ ޤުރުބާނީ ކުޑަތޯއެވެ؟ ނަޔާ އެކަންޏެއް ނޫނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ހުރިހާ ކަމެއް ރާވާ، އިންތިޒާމްކޮށް ހަމަޖެއްސީތީ ރިއާޝް، އަހުޝަމް، ލިޔަމް، އަރީޝް، ލަމްހާ، ލުހާ، ޝިފާ، ރިއްލު، ޒާނާ، ލިލީ، އަދި ރަނާއަށްވެސް ތަރުހީބު ދޭވަރުވެއެވެ.

އެންމެން އަވަދިނެތި މަސައްކަތް ކުރަމުން ދަނިކޮށް ނަޔާގެ ފޯނަށް ލިލީގެ މެސެޖެއް އައުމުން ނަޔާ ފޯނު ހުޅުވާލިއެވެ. “އޭ.. ރީޝް އައިއްސި.. އަވަސް އަވަސް އަވަސް.. އެންމެން ފިލާ.. ޔާޝް ދޮންބެ ރެޑީވޭ.. އަވަސް އަވަސް..” ތެޅިގަނެފައި ނަޔާ އަވަހށް ގޮސް ސޯފާގެ ފުރަގަހަށް ވަދެ ފިލިއެވެ. ދެން ތިބި މީހުން ދޮރުފޮތި ގަނޑުގެ ނިވަލަށާއި، މޭޒު ދަށަށާއި، އެމީހަކަށް ވަދެވުނު ތަނަކަށް ވަދެ ފިލިއެވެ.

ގޭ ދޮރުން ވަދެގެން އައި ރީޝާގެ ރީތިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އަރައިގެން ހުރި އުސް ފައިވާނުގެ ސަބަބުން މާ ފަރި ހިނގުމެއްގައި ނުހިނގުނަސް މިރޭ ރީޝާ ހީވަނީ ހަމަ ފަލަކުން ނެއްޓިގެން އައިސް ހުރި ތަރިއެއްހެންނެވެ. ރަތް ކުލައިގެ ވިދާ ބަބުޅާ ކަކުލާ ހަމައަށް އަރާ، އެ ހެދުން ވަނީ ހުދުކުލައިގެ އެސްތަކުންނާއި ޑިޒައިންތަކުން ޖަރީކުރެވިފައެވެ. އެ ހެދުން ރީޝާގެ ހިމަތޮޅި ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، އެ އައިބުކަމެއް ނުވާ، ލޫޅާފަތި ހަށިގަނޑު ރިޔާޝްއަށް ފެނި މިރޭ މޮޔަނުވެއްޖެ ނަމަ ރަނގަޅެވެ. ތިރިން ލާފައި ހުރި ހުދުކުލައިގެ ހަރުވާޅާ އެއްކޮށް ކޮނޑުގައި އަޅާފައިވާ ހުދުކުލައިގެ ދޯޕައްޓާ ވަނީ އެހެން ފަހަރުތަކާ ޚިލާފަށް ރީތިކޮށް ހަރުކޮށްލެވިފައެވެ. އަބަދު ދެފަރާތަށް ގަތާފައި އޮންނަ އެ ކަޅުކަން ގަދަ، ދިގު، ރާޅު އިސްތަށިގަނޑު މިރޭ ސްޓައިލް ކޮށްލެވިފައިވާ ގޮތް ނުހަނު ފުރިހަމައެވެ. އަޅާފައިވާ ގަހަނާތަކުން ރީޝާގެ ރީތިކަން މިރޭ ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ކޮށްފައި ހުރި ލުއި މޭކަޕުން ރީޝާގެ ވަށް މޫނުކޮޅު މިރޭ ވަކިން ރީތިހެން ހީވެއެވެ. އުއްބައްތިތަކުގެ ރަން އަލީގައި ރީޝާގެ ދޮން ދޮން މޫނުކޮޅު ފެންނަލެއް ވަކިން ފުރިހަމައެވެ.

އެތެރެއަށް ވަދެގެން އައި ރީޝާއަށް ވަށައިގެން ބަލައިލެވުނީ ތަން ތައްޔާރު ކުރެވިފައިވީލެއް ފުރިހަމަ ކަމުންނާއި ރީތިކަމުންނެވެ. މިއީ ނަޔާމެން މިރޭ މާ ވަރަކުން އޭނައަށް ދޭން ބުނި ސަޕްރައިޒްބާވައޭ ހިތަށް އެރިއެވެ. އެކަމަކު މިއަދަކީ ވަކި ޚާއްސަ ދުވަހެއްވެސް ނޫނެވެ. އޭނާގެ އުފަންދުވަހެއް ނޫނެވެ. އެހެން މީހެއްގެ އުފަންދުވަހެއްވެސް ނޫނެވެ. ދެން މިހާ ޚާއްސަ ރެޔަކަށް މިރޭ ވާންވީ ކީއްވެހެއްޔެވެ؟

*******

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ

ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ

ބޭނުމީ ދާއިމީ ލޯތްބޭ ދިނުން ހަމަ ކަލާ

ބޭނުމީ ގާތުގާ ލޯބިން އުޅޭށޭ ކަލާ

ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ

ސިހިފައި ރީޝާއަށް ފަހަތް ބަލާލެވުނީ ރިޔާޝް ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެ ފިރިހެންވަންތަ އަޑު އިވުމުން ގައިގާ ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނުހެން ހީވިއެވެ. އަތުގައި އޮތް ގިޓާއިން ރީތި ރާގެއް ކުޅެމުން ލަވަ ކިޔަމުން ދިޔަ ރިޔާޝްއަށް ބަލަހައްޓައިގެން ރީޝާއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. މިރޭ ރިޔާޝް ރީތިކަމާއި ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައިވާހެން ހީވެއެވެ.

ލަވަ ކިޔާ ނިންމާލުމަށްފަހު ރިޔާޝް ގިޓާ ސޯފާމަތީގައި ބާއްވާލިއެވެ. ސޯފާގެ ފުރަގަހުގައި ފިލާ އޮތް ނަޔާ ދިން ފިނިފެންމާ ހިފައިގެން ރިޔާޝް ގޮސް ރީޝާގެ ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެ އިނީ އެއީ ރޭވިފައިވާ ގޮތް ކަމަށް ވާތީއެވެ.

“ރީޝް.. ވަރަށް ދުވަސް ވެއްޖެ މިވާހަކަ ބުނަން އުޅޭތާ.. މިފަހަރު މި ބުނަނީ ވަރަށް ބޮޑު އުންމީދަކާއެކު.. ރީޝް ނޫނެކޭ ނުބުނާނެ ކަމަށް.. ރީޝް.. އައި ލަވް ޔޫ.. އައި ލަވް ޔޫ.. މިހެން ގޮސް އެތައް ސަތޭކަ ފަހަރަކު އަހަންނަށް މި ޖުމްލަ ތަކުރާރު ކުރެވުނަސް އެއަކުން އަހަރެން ރީޝް ދެކެ ވާ ލޯބި ހާމައެއް ނުކުރެވޭނެ.. އައި ލަވް ޔޫ.. ރީޝް.. އަހަރެންގެ ހިތުގެ ޝިފާއަށް ވެދީފާނަންތަ..؟ މުޅި އުމުރަށްވެސް އަހަރެންގެ ޙައްގަކަށް ވެދީފާނަންތަ..؟” އަސަރާއި އެކު ރިޔާޝް އެހެން ބުނެ ނިންމާލި އިރު ރީޝާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އޭނާގެ ފުރަތަމަ ލޯބި އޭނާއަށް ކާމިޔާބު ވީތީއެވެ. ހީލަމުން ރިޔާޝް ދިން ފިނިފެންމަލުގައި ހިފާލަމުން އާނއެކޭ ބުނެވުނީ ކިތަން ބަހުރުވައިން ކިތަން ފަހަރުކަމެއްވެސް ރީޝާއަކަށް ނޭނގުނެވެ. ރީޝާ ބޯ ޖަހާލިތަން ފެނި ރިޔާޝް ވަގުތުން ތެދުވެ ރީޝާގެ ގައިގައި ބައްދާލިއެވެ. އެއާއެކު މުޅި ތަން އަލިވެ އެންމެންވެސް ފިލާ ތިބި ތަނުން ނުކުމެ އަތް ޖަހަން ފެށިއެވެ. މިއީ އަޅުގަނޑުމެންގެ ލޯބިވާ “ޔާޝް އެންޑް ރީޝާ ކީ ކަހާނީ” ގެ ފެށުމެވެ.

ނިމުނީ

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

❤️❤️ޢީދު މުބާރިކް ❤️❤️

Next

ހިތް ބޭނުމޭ ދުލުން 2

Next
May 12, 2021

ހިތް ބޭނުމޭ ދުލުން 2

Previews
May 12, 2021

❤️❤️ޢީދު މުބާރިކް ❤️❤️

10 Comments!

  1. ?Ril? says:
    May 12, 2021 at 10:48 pm

    Wow ❤️❤️Masha Allah ❤️❤️❤️vrh vrh Sali mi yaash or ❤️❤️❤️reesh kee kahaanee ❤️❤️❤️
    Hama vrh reethi ❤️❤️❤️
    Hheehhe reesh vxx dhw sifakurun tha vrh ❤️❤️❤️❤️❤️Hama Sali ingey ❤️❤️❤️. Heehee halaaku vi baeh than kookoo kiyaafaa heheh???❤️❤️❤️
    Keep it up naayuuu ❤️❤️❤️
    Speechless ❤️❤️❤️
    Waiting for ur ehn stry ❤️❤️
    Love uuu soo much ❤️❤️❤️
    Stay safe ❤️❤️

  2. ahul says:
    May 12, 2021 at 11:23 pm

    Woww so nice stry
    Vrh vrh reethi ingey
    Yaash dhonbe haadha rom ey dhw … Reesh n yaash dhonbe ah maruhabaa
    Suhboo magey hini gandeh .. ma hama ehaavarah henun tha
    Reesh vrh reethi ingey
    Btw kobaa uge aneh stry ge next part still waiting dhoonee
    Mmmmyyyyssmm n llyyyssmm
    Tc st

  3. Nayaa Nayaa says:
    May 13, 2021 at 8:59 am

    salaam dear readers… mi othii alhuganduge dhevana kuru vhk… mii alhuganduge loabivaa kokko REESHa CORONA ah haassa koh dedicate kohlan beynunvaa stry eh… reeshooo here is ur surprise lwbiiiii… mii magey faraaathun manje ah oi eid hadhiyaa ingey…
    alu mi vhkaiga vrh gina mistakes eba huri.. jumla nimey thanthaanga fullstop nujehumaa, komaa koalhi bandhu nukurevumaa, enme fahu paragraph ga sukun mistakes vx eba huri… mii aslu avas avahah type koh ninmaafa submit kuran vegen ulhuniima ehaa gina mistakes e hurii.. fahun check kohlaane vagutheh vx nuvi submit kurumuge kurin… hope u readers won’t mind…
    EID MUBAARAK MY LOVELY READERS
    SH
    SS
    TVGC

  4. Nayaa Nayaa says:
    May 13, 2021 at 11:36 am

    hellloooooo magey lwbi reesh sweetie…
    hahahaha aaan magey kokko eh vejjeyyaa jeheyne dhw reethi vaan brw… hehe… salhi dhw.. hmm hmm dhen kuru vhk mihisaabun mi ninmaalii liyun… ma ulhunii aslu readers ah eid hadhiyaa egge gothun 2 prt ekkoh liyefa up kuran vegen… ekamu hama manje ah takaa ma kohdhin kanthah mii… shukuruveri vey dhariyaa
    hmm hmm salhi ey salhi ey manjey… vrh fakkaa ingey
    heheh seeburi vhk vx dhakkan vaaneyey brww… eii mihaaruge fashion ey vhk thakuge.. aan dhen mihaaru athuga bodu bendeyju gandeh alhaigen ma mi othii hiri nulevifa athah thadhuvaa varun.. aan saabahey hariyaa e thakaholhi yaa thakurufaanu maraalaafa noonii dhoo nukuraathi koyaa… that’s my lil sis…
    hahaha avahah dhey ingey.. rangalhah see laigen annaathi dharifoo… anekkaa ullaabu gulhaeh beynunthr? noon dhw.. mihaaru ok dhw…
    EID MUBAARAK REESHOOO
    YHH NAYAA GE FARAATHUN VX COMEDY LAND GE HURIHAA KUDHINNAH EID MUBAARAK..
    BYE BYE REESH LWBIIII

  5. Nayaa Nayaa says:
    May 13, 2021 at 2:05 pm

    aaekey ahulooooo
    manje jahaalaa hini ganduge asley mii hama.. ehennu vaanii dhw..
    aaekey shukran shukran dhoonii
    yhh dhonbe vrh rom dhw.. dhen ingeynu dhonbege goi manje ah vx dhw 😉 hehe
    tysssssssssssmm aulh lwbikolhuuuu ingey for ur lovely cmmnt
    stry ge aneh bai mihaaru mi liyanii… hiivanii miadhu haviiru submit kohlevey varu vaanehen… so sorry for making u all wait… hama bxy kamun nulivenii ey
    ss nd tc
    eid mubaarak darl
    lyssssssssssmm
    magey salaam thikolhah

  6. Nayaa Nayaa says:
    May 13, 2021 at 2:10 pm

    hi ril sisooooo
    aaaww tysssm sisooo
    ehenthr? hama speechless vx vaahaa riithi thr? awwn thanq
    hahaha yaash dhonbe nd reesh dhww.. dhen ingeynu emiihunge goi dhw.. hehe
    hmm reesh riithi vaane abadhuvx ehehehe
    tyssssm once again sisooo for ur lovely ccmnt…
    lymmmmmmmmm
    eid mubaarak

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 13, 2021 at 8:06 pm

      Ey ekm Magey isthashi gandu raalheh nuvaane.. Fan vaaney koyaa.. And mi stry ga we all met dhw??????

    2. Nayaa Nayaa says:
      May 14, 2021 at 4:59 am

      ekamu preesha ge isthashigandu raalheh noon thr koya… e manje hunnanii raalhu koffa dhw

    3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 14, 2021 at 8:25 pm

      Koya eii raalheh nooney… Olhaafa ehnnu ehuree… E manje isthashi gandu vx fan vaaney.. Hehe mashakah neynge manje thikiyanee Kon kahala raalheh kameh ???

  7. Your fav bab says:
    December 8, 2024 at 6:19 pm

    I thought story ge title in Hindi story eh hen!!!!!
    LOL😂😂😂😂😂😂

Comments are closed.



All Right Reserved!