Skip to content
އެސްފިޔަ

❤️އިހުސާސް ❤️

ކޮއްކޮގެ ހިތާ ކުރެވޭ މިއީ އަދެދެއްނުވާ ޝަކުވާރޮމުން

ކޮއްކޮގެ ހިތޭ ބަނޑުންވަނީ ޝަކުވާގެ ލިސްޓުގެ ދިގުކަމުން
އެންމެންގެ ލޯތްބާ ލުންއަޅާ އެދެމޭ ނިކަން ބަލިކަށި މިހިތް
އެންމެ ނުރުހޭ ނަޒަރަކުން ބިރުވެސްގަނޭ ދެކެ އެކުވެރިން
އުނދަގޫ ވެޔޭ ހިއްސާކުރަން މަގެ ސިއްރުތަށް ތިޔަ އެކުވެރިން
އުނދަގޫ ވެޔޭ އިތުބާރް ކުރަން ތިޔަ މިތުރުނަށް މަގެ ހާލަތުން
އަޅުގަނޑު ދެކޭ ގޮތް ހަމަ ބުނަން ޖެހިލުންވެޔޭ އެކުވެރި ކުދިން
ރުޅިގަދަ ވެދާނެތި ވިސްނަމޭ ލަފްޒެއް ނިކަން ބުނުމުގެ ކުރިން
އަބަދުވެސް ގޮތްދޫކުރަން މީހުން އެދޭ ގޮތްތައް ހަދަން
އަބަދުވެސް ހިތްބިރުގަނޭ ވަކިވެސް ވެދާ ނެތި އެކުވެރިން
ވޭ ނުތަނަވަސް އެކުވެރިންނާ އެކު ހޭދަކޮށްލާ ވަގުތުގާ
ވޭނުލިބި އުފަލެއް ކޮއްކޮއަށް ހީހަދާއިރު އެކުވެރިން
އުނދަގޫ ވެޔޭ ހަމަ ކޮއްކޮ އަށް ގޮތް ނިންމުމަށް ކަންކަންކުރާ
އުދަނގޫ ވެޔޭ މީހުން ގިނަވި ތަންތަން ތެރަށް ގޮސް އުޅެލުމުން
މީހުން ބުނާ ބަދު ބަސްތަކޭ ހިތުގާ އިނގޭ ބިންވަޅު ނެގޭ
ހީލާހަދަން ދެން އުނދަގު ވޭ ހިތުގައި އެބަސް ތައް ވާ ކަމުން
ނަފްސަށް ކުރަން އިތުބާރު ވެސް އުނދަގޫ ވެޔޭ ހަމަ ކޮއްކޮއަށް
ނަފްސާއި ހިތް އެދި އެދި ގޮވާ އުނދަގޫ ވެޔޭ ގޮތްތައް ހަދަން
އާކަންތަކެއް ހަމަ ދަސްކުރަން ޖެހިލުންވެޔޭ ލަދުވެސް ގަނޭ
އާހޯދުމެއް ހޯދާލުމަށް ހިތްވެސް މަގޭ ދެކޮޅޭ ނިކަން
ބޭނުންވަނީ އެކަނިން އުޅެން މީހުންގެ ނަޒަރުން ދެން ފިލަން
ބޭނުންވަނީ ހިނތުންވެލަން ހިތުގާ މިވާ ބިރުތައް ފިލަން

މިއީ އެވޮއިޑެންޓް ޕާރަނަލިޓީ ޑިސްއޯޑަރ ހުންނަ ކުއްޖެއްގެ އިހުސާސް ތަކުގެ މައްޗަށް ބިނާކޮށް ލިޔެފައި ވާ ޅެމެކެވެ.

 

Comments (2)

  1. Nayaa

    alheyyyy… haadha emotional ey… hama fen klhi vejje… vrh salhi ingey lailac dhoongnaa… waiting for another lhen… ss

  2. Lailac Baby

    In reply to nayaa
    ❤️❤️❤️Tysssssssssssmmmmmmmm
    Nayoo
    Aslu nayaa mee ge stry thakashaa poem thakh gavaaidhun cmnt kuraathee im really happy ❤️❤️❤️❤️ Nd swwry ingey nayaa ge stry ah cmnt nukureveythee. Aslu hama busy kmun nuvane. Stry poem eh mihaaru submit kohfin❤️❤️❤️❤️

Comments are closed.