Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

އެ ގޭތެރެއިން – 2

Momogirl Level 1
April 25, 2021 2 Mins Read
0 Comments

ރީތި ފެހި ކުލައިން އެ ކޮޓަރި ފަރުމާ ކުރެވިފައިވާ އިރު ބޮޑު ބެލްކަނީ އަކާއި އެނދަކާއި އަލަމާރި އެއް ހުއްޓެވެ. *

                         

                އަހަރެން އަވަސް އަވަހަށް ފޮށީގައި ހުރިހާ އެއްޗެއް އަތުރާ ލީމެވެ. ފެންވަރައިގެން ނިކުމެ ލާނެ ހުދު ކުލައިގެ އަތް ދިގު ޓީޝާޓަކައި ވިލު ނޫކުލައިގެ ޖިންސް އެށް ނެގުމަށް ފަހު އަހަރެން ފެންވަރަން ވެގެން ފާހަނަޔަށް ވެއްނީމެވެ. ހޫނު ފެނުން ފެންވަރައި ލެވިގެން ހަށިގަނޑަށް ބުނަން ނޭނގޭ ފަދަ އަރާމެއް ލިބުނެވެ. އަވަހަށް އެއްޗެހި ލައިގެން އިސްތަށިގަނޑު ހިއްކާފައި ވޫލުކޮޅަކުން އެ ރީތި އިސްތަށިގަނޑު ހައްޔަރު ކޮއްލިއެވެ. ނަމަވެސް ނުސިޔާން ތެރި ކުދި ކުދި އިސްތަށިތައް ޔާޝްގެ ނިތްކުރި މައްޗަށް ވެއްޓިފައި އޮތެވެ. 

                                      

                         ކޮޓަރިން ނިކުތް އިރު ޒިޔާނާ ކާން ހަދާ އުޅެއެވެ. ކުއްލިއަކަށް ގޭގެ ބެލް އެޅުމުން ޒިޔާނާ ދޮރު ހުޅުވާން ދާން ނިކުތް އިރަށް އެއަށްވުރެ ކުރިން ޔާޝް ގޮސް ދޮރު ހުޅުވި އެވެ. ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި ޔާޝް ހުއްޓުން އަރާފައި ހުރީ އެވެ. އެއީ ރީތި ވަރަކަށް އިސްކޮޅު ހުރި މީހެކެވެ. ލައިގެން ހުރި ގަޔަށް ފިޓު އަޅިކުލައިގެ އަތް ކުރު ޓީޝާޓުން އެ ބާމަތި ފުޅާ ކަސްރަތީ ހަށިގަނޑު ނުލާހިކު ރީއްޗަށް އިނގެ އެވެ. އެ ކަޅު ކަން ގަދަ ކަޅި އާއި އެ ކަޅު ކަން ގަދަ އިސްތަށިގަނޑު ކަން ފަތް ނިވާ ވާވަރަށް ދިގު ކުރެ ވިފައި ވެއެވެ. އައިޒިކް ވެސް ޔާޝް އެކޭ އެއްގޮތަށް ޔާޝްގެ ރީތިކަމަށް ތަޢުރީފު ކުރެވުނެވެ.

 

                         ދެމީހުން ނަށް ހޭވަރިކަންވީ ދާއިން ވާހަކަ ދައްކަން ފެށުމުން ނެވެ. “ތިއީ ބައްޕަ އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް އަދި މާދަން ފެށިގެން ކޮލެޖަށް ދާން ވަނީ ހަމަޖެހިފައި އައިޒިކް ވެސް ދާނެ ޒިޔާން އާއި ޔާޝް އާއި އެއްކޮށް ކޮލެޖަށް”. ކާންހަދާފައި ޒިޔާނާ ކާން ގޮވާލުމުން އެންމެން ވެގެން ގޮސް ކާމޭޒު ކާރީ ހުރި ގޮނޑީގައި އިށީނދެ ކެއުމަށް އިންސާފު ކުރަން ފެށި އެވެ. ކާ ނިމިގެން އެންމެން ތިބީ ސިޓިން ރޫމް ގައެވެ. އެ ހުރިހާ އިރު ވެސް އައިޒިކްގެ ތޫނު ނަޒަރު ހުއްޓިފައި ވަނީ ޔާޝް އަށް ށެވެ. އެކަމް ޔާޝްއަށް މީގެން ކަމެއް ރޭކާ ވެސް ނުލައެވެ. ދާއިންގެ އެދުމަށް އައިޒިކް ގެޔަށް ލާން ޒިޔާން ދިޔަ އެވެ. ޔާޝް އިތުރަށް އެތާގައި މަޑުކުރަން ބޭނުން ނެތިގެން ނިދާން ކަމަށް ބުނެ ކޮޓްރިއަށް ވަނެވެ. ކޮޓަރި އަށް ވަދެ އެއްޗެހި ބަދަލުކޮށްގެން ޔާޝް އެނދަށް އެރިއެވެ. ނަމަވެސް ޔާޝްގެ ސިކުނޑީގައި އެނބުރެމުން އަންނަނީ އައިޒިކްގެ ޙިޔާލް ތަކެވެ. ޔާޝް އެހެން ފުން ވިސްނުމެއް ގައި އޮއްވާ ނިދުން އިރެއް ވެސް ނޭނގެއެވެ. 

 

                         ޔާޝްއަށް ހޭލެވުނީ ފޯނު އެލާރްމް ވާން ފެށުމުން ނެވެ. އެއީ ފަތިސް ނަމާދަށް ބަންގި ގޮވަނީ ކަން އެނގުމުން އަވަހަށް ތެދުވެ ފާހަނަޔަށް ވަދެ މޫނު ދޮވެ ލައިގެން ނިކުމެ އަލަމާރި ތެރެއިން ލާން ވެގެން އަތްދިގު ޓީޝާޓަކައި ބޮޑު ހަރުވާޅެއް ނެގި އެވެ. އަވަހަށް އެއްޗެހި ލައިގެން ނަމާދު ކޮއްގެން ނިކުތް އިރު ޒިޔާނާ ބަދިގޭގައި އުޅެ އެވެ. ޔާޝް ފެނުމުން ޒިޔާނާ ހިނިތުންވެލިއެވެ. ރައްދު ގައި ޔާޝް ވެސް ހިނިތުންވެލިއެވެ. “މަންމާ ކޮބާ ދޮންބެ އާއި ބައްޕަ” ޔާޝް އަހާލިއެވެ. ޒިޔާނާ ބުންޏެވެ. “މަންމަ ނިކުތް އިރު ބައްޕަ އުޅޭ ފާހަނައިގަ ދޮންބެ އަށް ވެސް ގޮވައިލަން އެކަމަކު ނޭނގެ ތެދުވި ކަމެއް!… ދަރިފުޅު ދޭބަލަ ދޮންބެއަށް  ގޮވައިލަން”. ޒިޔާނާ މިހެން ބުނުމުން ޔާޝްގެ ސިކުނޑިއަށް މޮޅު ޙިޔާލެއް އައެވެ. 

 

                           އަލަމާރިން ފިނިފެން ފުޅިއެއް ނަގާ ގެން ޒިޔާންގެ ކޮޓްރިއަށް މިސްރާބު ޖެހި އެވެ. ޔާޝްގެ ނަސީބު ރަނގަޅު ކަމުން ކޮޓަރީގައި ދޮރު ހުރީ ތަޅު ނުލައެވެ. ޔާޝް ބަލާލި އިރު ގައި ޒިޔާން ވަރަށް އާރާމްކޮށް ނިދާފައި އޮތެވެ. ޔާޝް ވަރަށް މަޑުމަޑުން ގޮސް އެނދު ކައިރީ ހުއްޓިފައި އަތުގައި އޮތް ފެން ފުޅީގެ މަތު ނަގައި ޒިޔާން މޫނަށް އަޅާލިއެވެ. އެއާއެކު ޒިޔާން ފޫކޮޅުގައި ކައްޓެއް ޖަހިހެން ކޮއްޅަށް ޖެހުނެވެ. 

 

       

(ނުނިމޭ) 

Share Article

Follow Me Written By

Momogirl

Level 1

Other Articles

Previous

ލޯބި…..ހަތްވަނަ ބައި

Next

ބްލެކް އެންޑް ވައިޓް

Next
April 26, 2021

ބްލެކް އެންޑް ވައިޓް

Previews
April 25, 2021

ލޯބި…..ހަތްވަނަ ބައި



All Right Reserved!