Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި…..ހަތްވަނަ ބައި

Princess Level 210 Stories100 Comments
April 25, 2021 2 Mins Read
2 Comments

އަނބިމީހާގެ ކޯތާފަތަށް ވަގުތުން ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. އަދި އަހަރެން ހުރުމުން ބާލަން ނުކެރޭނެ ކަމަށް ބުނެ ފާޚަނާ އަށް ވަދުނެވެ. އަހަރެން ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު އެނދުގައި ޖައްސާލީމެވެ. މާ ގިނައިރެއް ނުވެ އަނބިމީހާ ފާޚަނާއިން ނުކުތެވެ. އަހަރެންނަށް ހިނިތުން ވެވުނެވެ. އަދި އެނދުގައި އޮށޯންނަން އައުމަށް އަހަރެން ބުނުމުން އަނބިމީހާ އައިސް އެނދުގައި އޮށޯތެވެ. އަހރެން އަނބިމީހާ ގައިގައި ބައްދާލައިގެން އޮވެ ނިދީމެވެ. އަނބިމީހާ ވެސް އަހަރެންގެ ގައިގައި ބައްދާލައިގެން އޮވެ ނިދިއެވެ.

އަހަރެންނަށް ހެނދުނު ހޭލެވުނުއިރު ގަޑިން ހެނދުނު 9 ޖަހައިފިއެވެ. އަހަރެން ކައިރީ އަނބިމީހާ އެއް ނެތެވެ. އަހަރެން އަވަހަށް ފާޚާނާއަށް ވަދެ ފްރެޝް ވެލައިގެން ނުކުމެ ރީތިވެލައިގެން ކޮޓަރިން ނުކުތީމެވެ. އޭރު ގޭތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ހަލަބޮލިވެ އުޅުނެވެ. އަހަރެން ގޮސް ބަދިގެ އަށް ވަން އިރު އަންހެނުންތައް ސައި ހެދުމުގައި އުޅެއެވެ. އަހަރެންގެ ލޯ އެންމެ ފުރަތަމަވެސް ހޯދާލީ އަހަރެންގެ އަނބިމީހާއެވެ. އަހަރެން ބަދިގެ އަށް ވަނުމުން މީހުންތައް ކައިވެނީގެ ފުރަތަމަ ރޭ ކިހިނެއްތޯ އަހަން ފެށިއެވެ. އަހަރެން ބޯ ކަހަމުން ރަނގަޅޭ ބުނީމެވެ. އަނބިމީހާ ގާތު އެހުމުންވެސް ރަނގަޅޭ ބުނިކަމަށް މަންމަމެން ބުންޏެވެ. އިރުކޮޅެއް ނުވެ ސައި ހަދާ ނިމިއްޖެއެވެ. އަހަރެން އަވަސްވެގަތީ އަނބިމީހާ އާ އެއްކޮށް ސައިބޯށެވެ. ސައި ބިން ހަދާފައި ހުރީ ރޮށްޓާ، ކުޅިމަހާ، ރިހަޔާ، އަދި މަސްހުންޏެވެ. އަހަރެން ސައި ބޮއުނީ ކުޅިމަހާ ރޮށްޓާ ލައިގެންނެވެ. އަހަރެން އަނބިމީހާ އާ އެއްތަށްޓަކުން ކާން ފެށުމުން މަންމަމެން ވަރަށް ދިމާކުރިއެވެ. އެހެންނަމަވެސް އަހަރެން އެކަމަކާ އެހާ ބޮޑަކަށް އަޅައެއް ނުލަމެވެ. އަހަރެންގެ އަނބިމީހާ ވަރަށް މޮޅަށް ކައްކާ އޭ ކިޔާފައި އިސް ދިމާކުރަން ފެށިއެވެ. އަނބިމީހާ ވަރަށް ލަދުގަތެވެ. އަދި އަނބިމީހާ ލަދު ނުގެންނެވުމަށް އަހަރެން ބުނީމެވެ.

އަހަރެން ސައިބޮއެ ނިމުމުން ބައްޕަ އައިސް އަހަރެން ގާތު ދަތުރެއް ރޭވުމަށް ބުންޏެވެ. އަހަރެން ވަގުތުން އެއްބަސް ވުމަށްފަހު ބައްޕަ އާ ދެމީހުން ވެގެން ދަތުރު ރާވާލީމެވެ. ދަތުރު ދާން ހަމަޖެއްސީ ބައްޕަގެ އެންމެ ގާތް ރަށްޓެހި އަހުމަދުގެ ރަށް ކަމަށްވާ ބ. ކެންދޫ އެވެ. އަހަރުމެން އުޅޭ ރަށް އެރަށާ މާ ދުރަށް ނުވާނެއެވެ. ފުރާ ގަޑިއަކީ މެންދުރުފަހު 1 ޖަހާއިރު ކަމުން އަހަރެން އަނބިމީހާ އާ ދެމީހުންވެގެން ފޮށްޓަށް އެއްޗެހި އަޅާ ނިންމާލީމެވެ. އެހެން މީހުންވެސް މާ ގިނައިރުތަކެއް ނުވެ ފޮށްޓަށް އެއްޗެހި އަޅާ ނިންމާލާފައި މެންދުރު ފުރުމުގެ ކުރިން ކާ އެއްޗެއް ހެދުމުގައި އުޅެއެވެ. އަހަރެން އެނދުގައި ޖައްސާލީމެވެ. އިރުކޮޅެއް ނުވެ މެންދުރު ނަމާދު ބަންގި ގޮވަން ފެށިއެވެ. އަހަރެން އަވަހަށް ވުޟޫ ކޮށްލައިގެން މިސްކިތަށް ދިޔައީމެވެ.

އަހަރެން މިސްކިތުން އައި އިރު އެންމެން ކާން އުޅެއެވެ. އަހަރެންވެސް ބައިވެރިވީމެވެ. އަހަރެން ކައި ނިމުމަށްފަހު ކުޑަކޮށް ފްރެޝް ވެލީމެވެ. އަނބިމީހާ ވެސް ފްރެޝް ވެލިއެވެ. އަހަރުމެން 2 މީހުން ރެޑީ ވެގެން ނުކުން އިރު އެންމެންވެސް ގުދަން ރެޑީގައި ތިއްބެވެ. އަހަރުމެން 2 މީހުންގެ ފޮށި ބައްޕަގެ ކާރަށް  އެރުވުމަށް ފަހު އަހަރެން އަނބިމީހާ ގޮވައިގެން އަހަރެންގެ ސައިކަލުގައި ބަނދަރަށް ދިޔައީމެވެ. އަހަރުމެން ގޮސް އެތާ ވައި ޖައްސާލަން ތިބީ އެމީހުން އަންނަންދެނެވެ. މާ ގިނައިރެއް ނުވެ އެމީހުން އައިއްސިއެވެ.  އެމީހުން އައުމުން އެންމެން އަވަސްވެގަތީ ފުރާށެވެ. އަހަރުމެން ބ. ކެންދޫ އަށް ދިޔައީ އަހަރެންގެ ބައްޕަގެ ލޯންޗުގައެވެ.

ބ. ކެންދޫ އަށް ލެފުނީ އަޞްރު ނަމާދު ބަންގި ގޮވަނިކޮށެވެ. އެއީ ވަރަށް ރީތި ރަށެކެވެ. ވަރަށް ރީތި މާ ގަސްގަސް ހައްދާފައިވާ ރަށެކެވެ. އެކިކަހަލަ ގަސް ހުއްޓެވެ. އެންމެ ތިޔާގި ކަމަށް ދައްކަނީ ބަނބުކެޔޮލާ، އަނބާ، ޖަނބުރޯލު ފަދަ ބައިވަރު އެއްޗެއްސެވެ. އަހަރުމެން ބަނބުކެޔޮލަށް ކީ ކެންދޫ ބަނބުކެޔޮލެވެ. އެއީ އެންމެ ގިނައިން އެރަށުން ފެނުނީ ބަނބުކެޔޮލެވެ. އަހަރުމެން އަހުމަދުގެ ގެއަށް ދެވުނީ 10 މިނެޓުންނެވެ. އަހަރެން ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ފެންވަރައިގެން ޖައްސާލިތަނުން ވަރަށް ފަސޭހައިން ނިދުނެވެ. އަހަރެންގެ އަނބިމީހާ ވެސް އަހަރެންނާއެކު ނިދިއެވެ. އަހަރެންނަށް ހޭލެވުނީ ހަވީރު 5 ޖަހަނިކޮށެވެ. އަހަރެން އަވަސްވެގަތީ އަޞްރު ނުކުރެވޭކަން ހަނދާނަވުމުން އަޞްރު ނަމާދު ކޮށްލާށެވެ. އަހަރެން ވުޟޫ ކޮށްލައިގެން އައިސް އަނބިމީހާ އާއެކު ނަމާދު ކޮށްލައިގެން ކޮޓަރިން ނުކުތްއިރު މަންމަމެން ވާހަކައިގައި ތިއްބެވެ.

….ނުނިމޭ…..

ލިޔުންތެރިޔާގެ ބަސް: މި ބައިވެސް ވަރަށް ރީތި ވާނެ ކަމަށް އުއްމީދުކުރަން. ވަރަށް އަވަހަށް އަނެއް ބައި ގެނެސްދެވޭތޯ ބަލާނަން. އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ…….

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ލޯބިވާ ކޮއްކޮ – 2

Next

އެ ގޭތެރެއިން – 2

Next
April 25, 2021

އެ ގޭތެރެއިން – 2

Previews
April 25, 2021

ލޯބިވާ ކޮއްކޮ – 2

2 Comments!

  1. Nayaa Nayaa says:
    April 25, 2021 at 2:51 pm

    woww… madamoooo…. habeys mi part vx.. kudahtha vx vrh buxy dhw… nyoo vx.. ekam i am trying my best hama story kuriyah gendheveythw… but iulaan nerunu fahun negative cmmnts eba libey nyoo ah… maadhamaa school in dhimaavanu dhw… aadhaab foi gengosdheynan ingey miadhu course ah dhamun… lysssssssssssssssssssssmm kudahthaaaaa

  2. Princess says:
    April 25, 2021 at 5:21 pm

    Nayaa thank you ????? ya v busy dhen out part genesdheveynee free dhuvaahku

Comments are closed.

Next Episodeލޯބި…..އަށްވަނަބައި←


All Right Reserved!