Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި 6

Princess Level 210 Stories100 Comments
April 20, 2021 2 Mins Read
1 Comment

ގަޑިން ރޭގަނޑު އަށެއް ޖަހައިފިއެވެ. އަހަރެން ލޯގަނޑު ކުރިމަތީގައި ހުރެ ކައިވެންޏަށް ތައްޔާރު ވަމުން ދިޔައީމެވެ. އަހަރެންގެ ބޭރުފުށުން އަހަރެން ކިތަންމެ ހިތްހަމަޖެހޭ ކަން ދެއްކިޔަސް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަހަރެން ރީތިވެ ބުނުމަށްފަހު އެނދުގައި އިށީނީމެވެ. އަހަރެން ހިތް ނުތަނަވަސް ވަނީއެވެ. އެކި ކަހަލަ އެއްޗެހި ހިތަށް އަރަނީއެވެ. އެކި ކަން ކަމާމެދު ވިސްނާ ފިކުރު ކުރެވެނީއެވެ. އަހަރެންނަށް އެ ޚިޔާލު ތަކުން ބޭރު ވެވުނީ ކޮޓަރިއަށް ވަދެގެން އައި އަހަރެންގެ މަންމަ ފެނުމުންނެވެ. މަންމަ އައިސް އަހަރެންގެ ކައިރީގައި އިށީނދެ ވަރަށް ނަސޭހަތް ދިނެވެ. އެވަގުތަކީ ބައްޕަ ވެސް އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. ބައްޕަ ވެސް އަހަރެންނަށް ވަރަށް ނަސޭހަތް ދިނެވެ. ފިރިމީހާ އަނބިމީހާ އަށް ވަފާތެރި ވާން ޖެހޭނެ ކަމާ، އަނބިމީހާ އަށް ދޮގު ހަދައިގެން ނުވާނެ ކަމާ، އަނބިމީހާ ރަނގަޅަށް ބަލަންވާނޭ ކަމާއި، މި ކަހަލަ ބައިވަރު ނަސޭހަތް މަންމަ އާއި ބައްޕަ ދިނެވެ. އަހަރެން އެ ނަސޭހަތް ރަށް ރަނގަޅަށް ކަނުލާ އަޑުއެހީމެވެ.

އަހަރެން ލޯބިވެރިޔާ ކޮބައިތޯ ބަލައިލަން ދިޔައިރު ލޯބިވެރިޔާ އަށް ލޯބިވެރިޔާގެ މަންމަ އާއި ބައްޕަ ވެސް ނަސޭހަތް ލައި ދޭ އަޑު އިވެއެވެ. އަހަރެން އެކަމާ ވަރަށް އުފާކުރީމެވެ. ލޯބިވެރިޔާގެ މަންމަ އާއި ބައްޕަ ދިޔުމުން އަހަރެން ލޯބިވެރިޔާގެ ކޮޓަރިއަށް ވަދުނީމެވެ. ލޯބިވެރިޔާ ފެނުމުން އަހަރެންނަށް ހިނިތުން ވެވުނެވެ. ހުދު ކުލައިގެ ވެޑިންގް ޑްރެސް އެއްގައި ލޯބިވެރިޔާ ފެންނަލެއް އެހާމެ ހިތްގައިމެވެ. އެ ދޮން މޫނު ހުދު ކުލައިގެ ޝޯލް އެއްގެ ތެރެއިން ފެންނައިރު ވަރަށް ރީއްޗެވެ. އަހަރެން ލޯބިވެރިޔާގާތު އިށީނުމަށްފަހު ލޯބިވެރިޔާ ގައިގައި ވަރަށް ބާރަށް ބައްދާލީމެވެ.

ކައިވެނި ކުރަން ހަމަޖެހިފައިވާ ގަޑިއަކީ އަށް ގަޑި ސާޅީސް ފަހެކެވެ. ކައިވެނި ހަފްލާ އަށް މީހުން ހަމަވުމުން އަހަރުމެން ދެމީހުން ކޮޓަރިން ނިކުމެ އަހަރުމެން ދެމީހުންނަށް ހަމަޖެހިފައިވާ ގޮނޑީގައި އިށީނީމެވެ. ކައިވެނިކޮށް ނިމުން އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ކައިވެނި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަމަ އެ ގޭގައެވެ. ކައިވެނި ޕާޓީ ފެށޭ ގަޑި އަކީ ނުވައެއް ޖަހާއިރުއެވެ. އެހެންކަމުން އަހަރުމެންނަށް ވަގުތުކޮޅެއްގެ ލިބުނެވެ. އަހަރުމެން ދެމީހުން ކޮޓަރިއަށް ވަދެ ކުޑަކޮށް ހަމަޖެހިލީމެވެ. އެވަގުތުކޮޅު ވެސް އަހަރެން އަހަރެންގެ އަނބި މީހާ ދެކެ ވާ ލޯބި ދައްކައިދިނީ މެވެ.

ޕާޓީ އަށް މީހުން އަންނަން ފަށައިފިއެވެ. އަހަރެން އަނބިމީހާ އާއި އެކު އަހަރުމެން ތިބެން ޖެހޭ ތަނަށް ގޮސް ތިބީމެވެ. ކޮންމެ މީހަކުވެސް ސަލާމް ކޮށްލައިފައި ހަދިޔަލެއް ދީފައި މަރުހަބާ ކިޔުމަށްފަހު ދަނީއެވެ. މާގިނައިރު ހުންނަން ޖެހުމުގެ ސަބަބުން އަހަރުމެންގެ ފަޔަށް ވަރަށް ތަދުވިއެވެ. ނަމަވެސް ފެން މާގިނައިރެއް ނެތް ކަމަށް އަނބިމީހާ އަހަރެން ގާތު ބުންޏެވެ. ޕާޓީ ނުމުމަކާ ހަމަ އަށް ހިނގައްޖެއެވެ. އަހަރެން އަނބިމީހާ ގޮވައިގެން ކެއުމަށްޓަކައި ތަށްޓަށް ކާ އެއްޗެހި އަޅައިގެން މޭޒުދޮށުގައި ތިބީމެވެ. އެވަގުތު އަހަރެން އަނބިމީހާގެ އިނގިލީގައި ރަން އަނގޮޓިއެއް އަޅުވާދިނީމެވެ. އަނބިމީހާ ވެސް އަހަރެންގެ އިނގިލީގައި އަނގޮޓިއެއް އަޅުވާދިނެވެ. ކައި ނިމުމަށްފަހު އަހަރެން އަނބިމީހާ  ގޮވައިގެން އަހަރުމެންނަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވަދުނީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސަބަބަކީ އަހަރުމެންގެ ކޮޓަރި ރީތި ކޮށްފައި ހުރީމަ އެވެ.

އެނދުމަތިގައި ފިނިގެނާމަލުގެ ދިޔަތަނުން ހިތެއް އަޅާފައި އޮތެވެ. އެ ކޮޓަރި ފަރުމާ ކޮށްފައިވަނީ އަހަރެންނާއި އަނބިމީހާ އަށް އެންމެ ރީތި ދެ ކުލައިންނެވެ. އެއީ ފެހި ކުލަ އާއި ދަނބު ކުލައެވެ. އަހަރެން ވެފައި ހުރީ ވަރުބައްޔެއްގެ ސަބަބުން ފާޚަނާ އަށް ވަދެ ފެންވަރާލައިގެން ނުކުތީމެވެ. އޭރު އަނބިމީހާ ފެންވަރަށް ރެޑީ ވެގެން ހއަހރެން ފާޚާނާއިން ނުކުންނަންދެން ހުއްޓެވެ. އެވަގުތު އަނބިމީހާ އިސްދަށަށް ޖަހާލީ އަހަރެން ގަޔަށް އެއްޗެއް ނުލާ ހުރުމުންނެވެ. އަހަރެން ފާޚަނާ އިން ނުކުތުން އަނބިމީހާ ފާޚަނާ އަށް ވަންނަން ދިޔައެވެ. އޭނާ ފާޚަނާ އަށް ވަންނަން ދިޔައީ ވެޑިންގް ޑްރެސް އާ އެއްކޮށް ކަމުން އަހަރެން ވެޑިންގް ޑްރެސް ބާލައިގެން ވަނުމަށް ބުނީމެވެ.

އަނބިމީހާ ކިހިނެއްބާ ހަދާނީ؟ ފިރިމީހާ ހުއްޓާ ހެދުން ބާލަފާނެބާ؟ ނޫނީ ހެދުން ނުބާލާ ފާޚަނާ އަށް ވަންނާނީބާ؟ މި ސުވާލުތަކުގެ ޖަވާބާ މެދު ވިސްނާލާށެވެ. އަދި އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ….

ނުނިމޭ…..

ލިޔުންތެރިޔާގެ ބަސް: މި ބައިވެސް ރީތިވާނެ ކަމަށް އުއްމީދުކުރަން. ވަރަށް އަވަހަށް އަނެއް ޕާރޓް ގެނެސްދެވޭތޯ ބަލާނަން އިންޝާ ﷲ އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 33

Next

އެ ގޭތެރެއިން – ޓްރެއިލާރް

Next
April 20, 2021

އެ ގޭތެރެއިން – ޓްރެއިލާރް

Previews
April 20, 2021

އަންނަންދެން ހުންނާނަން ލޯބިން 33

One Comment

  1. Princess says:
    April 21, 2021 at 10:44 pm

    Mee mi vaahakaige 6 vana part next part maadhama genesdheveytho balaanan insha Allah inthixaaru kohlahvaa stay safe and love you readers ?????

Comments are closed.

Next Episodeލޯބި…..ހަތްވަނަ ބައި←


All Right Reserved!