Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ލޯބިވާ ކޮއްކޮ

Thooba Level 1
April 11, 2021 2 Mins Read
5 Comments

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝައިނާ އިނީ ހަމަ ރޯންށެވެ. އެ ހިތާމަވެރި ހާދިޘާ އަށް ފަހު ޝައިނާ ގެ ކަމަކީ ހަމަ ރުއިމެވެ. މިއަދުވެސް ޝައިނާ އިނީ އޭނާގެ އެ ބަނަ މާޒީގެ ހަނދާން ތަކަށް ގެނބިފައެވެ.

2 މަސް ކުރި ، ” ސައި ކޮއްކޮ ނުދުވެބަލަ، ދޮންތަ ވަރުބަލި ވެއްޖެޔޭ ! ” ހީހީފަ ދުވަމުން ދިޔަ 8 އަހަރަކަށް ދާ ސައިރާގެ ފަހަތުން ޝައިނާ ދިޔައީ ވަރުބަލި ވެފައިހުރެއެވެ. ސައިރާ އަކީ ނޫ ކުލައިގެ ކަޅިއެއް ލިބިފައިވާ ދޮން ، މަ ޑު ހަންގަނ ޑެއް ލިބިފައިވާ ސަކަ މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ހަމަ އެގޮތަށް ޝައިނާ އަކީ ވެސް ދޮން ، މަޑު ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ޝައިނާގެ ހުންނަ ތަފާތަކީ އެ މަޑު ފެހި ކުލައިގެ ކަޅިއެވެ. އެދެކުދިންނަކީ ވަރަށް ގުޅޭ އެކީ މަޖާކުރާ ، ސަކަރާއި ޖަހާ ދެކުދިންނެވެ. މިއަދަކީވެސް ހަމަ އެކަހަލަ ދުވަހެކެވެ. ސައިރާ އަކީ ޝައިނާ އަށް ވުރެ ކުޑަކުއްޖެއް ކަމުގައިވިއަސް އެތަނުން އެންމެ ބާރަށް ދުވަނީ ސައިރާ އެވެ. ” ސައިރާ ތި ފޮތް ދީބަ ދޮންތި ފިލާވަޅު ހަދަން ވެއްޖެޔޭ ! ” ” ނޫން ނުދޭނަންް ދޮންތާ ! ދޮންތަ އަދި މިއަދު ސައިއާ އެއްކޮށް ނުވެސް ކުޅެޔޭ ، ދޮންތަ ތިއިންނަނީ މިއަދު ހަތަރު ދަމުން ތިޔަ ފޮތެއް ނަގައިގެން ފިލާވަޅު ހަދަންށޭ ކިޔާފައެވެ. އަދިވެސް ހަމަ ނުނިމެނީތަ ؟ ނޫޅެން ނުދޭނަން ” ދެން ސައި ތީ ދޮންތި މާދަމައަށް ނިންމަން ޖެހޭ ފިލާވަޅެކޭ ! ” ޝައިނާ ބާރަށް ދުވެފަ ގޮސް ސައިރާއާ އެއްވަރު ކުރި އެވެ. ސައިރާ އަތުން ފޮތް އަތުލިއެވެ. ” ދޮންތަ ސައި ދެކެ ލޯއެއްބެއް ނުވެ ، ކޮއްކޮ މަރުވިޔަސް ދޮންތަ ދެރައެއް ނުވާނެ ” ” ސައި ކޮއްކޮ މަރެއް ނުވާނެއޭ ، އެކަށްކުވެސް މަރެއް ނުވާނެ ” ” ނޫން ދޮންތާ ކޮންމެ މީހަކުވެސް ކޮންމެސް ދުވަހަކުން މަރުވާނެއެ ” ” ޕިސް ، ޕިސް ސައި އަނިއްކާ މިއަދުވެސްް ، ދޮންތަ ބުނީމެއްނު އެކަށްކުވެސް މަރެއް ނުވާނެއެވެ . އެއީ މީހުން ކުދިން ބިރުގަންނުވަން ކިޔާ އެއްޗިއްސޭ ! ދެން ތި ވާހަކަ ނުދައްކާ އާދެ ކާޓޫން ބަލަން ” ޝައިނާ އަކީ 13 އަހަރު ވާ އިރުވެސް އިސްލާމް ދީނާއި ދުރުގައި އުޅޭ ކުއޮޖެކެވެ . މަރަކީ ޝައިނާ އެއްގޮތަކަށްވެސް ޤަބޫލުކުރާ އެއްޗެއް ނޫނެވެ . އެކަމަކު ސައިރާ މިއާ މުޅިން އިދިކޮޅެވެ . ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރާ ކުއްޖެކެވެ . މަރަކީ ކޮންމެ މީހަކުވެސް ކުރިމަތި ލާންޖެހޭ އެއްޗެއް ކަން ސައިރާ ޤަބޫލުކުރެއެވެ .
” ސައިރާ ، ޝައިނާ އާދޭ މަންމ އާ އެއްކޮށް ނަމާދު ކުރަން . ” ސައިރާ އަށް އޭނާގެ މަންމަ ޝިއުނާ ނަމާދަށް ގޮވިކަން އެނގުމުން ޓީވީ ނިއްވާލާފަ ދިޔައީ އަވަހަށް ނަމާދު ކުރާށެވެ . ޝިއުނާ އަކީ ވެސް ނަމާދު ކުރާ އަޙުލާގު ރަނގަޅު މީހެކެވެ . ޝިއުނާ ވެސް މިހާރު ޝައިނާ އަށް އެތަށް ފަހަރެއްގެ މަތިން ވިސްނަދީފިއެވެ
.
— ނުނިމޭ —

ނޯޓް : މީ އަޅުގަނޑު މި ސައިޓަށް ލާ ފުރަތަމަ ވާހަކަ ކަމުން މި ވާހަކައިގަ އެއްވެސް ކުށެއް ވާނަމަ އަޅުގަނޑު އެ ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ކިޔުން ތެރިންނަށް މި ވާހަކަ ރީތިވާނެ ކަމަށް އުންމީދު ކުރަމެވެ. މި ވާހަކަ ކިޔުން ތެރިންނަށް ކިޔަން ލިބޭނެ އިރާދު ކުރެއްވިއްޔާ ކޮންމެ ހަފްތާ އެއްގެ ހުކުރު ނޫނީ ހޮނިހިރުދުވަހުއެވެ .

Share Article

Follow Me Written By

Thooba

Level 1

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 3

loabi viyas
Next

ލޯބި ވިޔަސް… 1 ވަނަ ބައި

Next
loabi viyas
April 11, 2021

ލޯބި ވިޔަސް… 1 ވަނަ ބައި

Previews
April 11, 2021

ނަފްރަތުން ވެވުނު ލޯބި 3

5 Comments!

  1. Lailac Baby says:
    April 12, 2021 at 1:12 pm

    Nice?????

  2. zahuu says:
    April 12, 2021 at 6:14 pm

    Hy please take this as a possitive comment…??
    ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ޝައިނާ އިނި ހަމަ ރޯންށެވެ.އެ ހިތާމަވެރި ހާދިޘާ އަށް ފަހުޝައިނާ ގެ ކަމަކީ ހަމަ ރުއިމެވެ.މިއަދުވެސް ޝައިނާ އިނީ އޭނާގެ އެ ބަނަ މާޒީގެ
    ހަނދާން ތަކަށް ގެނބިފައެވެ.
    So feshumakah genisfa iny mibai but ninmumugai e hingaa dhi ya khaadhisa eh genesfai eh nei….. Feshhu muga othy hithaamaveri khaadhisa ekey but i mean two months before ga e hithaama veri khaadhisa genesfai eh nethey… You alah liyaa vaahaka eh kamun dhn okay but alhugandu mi buni kanthahthah balaala dhey thi……?? Stry hama best ❤️❤️❤️

    1. zahuu says:
      April 12, 2021 at 6:21 pm

      Oh my god ? sorry alhugandu ah neygigen comment kurevifa ainee alhugand heekuree thireega einee jahaafa nimifaee kamah i am sorry please forgive mee…
      Aee ahaa rangalha e thankolhah nubeli ineema ( I AM SORRY)

  3. zahuu says:
    April 12, 2021 at 6:24 pm

    Sorry alhugandu heekuree nunimey jahaafa inthaa iny nimifaee jahaafa kamah i am really sorry

  4. qu een says:
    April 12, 2021 at 7:08 pm

    U kn rasheh the
    Anyways vaahaka vrh reethi vaanehen heevey
    Good luck

Comments are closed.



All Right Reserved!