އިމްތިހާން
ދުނިޔެއަކީ އިމްތިހާނެކެވެ. ދިރިއުޅުމުގައި ދިމާވާ ކޮނަމެ ކަމަކީވެސް އިމްތިހާނެކެވެ.އަހަރެންގެ އުމުރުން ފަސް އަހަރުން ފެށިގެން އަހަރެމެންގެ އާއިލާގެ ދިރިއުޅުން ބަދަލުކުރީ ރާއްޖޭގެ ވެރި ރަށް ކަމުގައިވާ ކ.މާލެއަށެވެ. އަހަރެން ރަށަށް ބަދަލުވީ އަހަރެންގެ އުމުރުން ދިހަ އަހަރުގައި ކާފަ ނިޔާވުމުންނެވެ. ގޭގައި މާމަ ނޫނީ އިތުރު އަންހެނެއް ނުހުންނާތީއެވެ. ތިއްބަސް ދިރިއުޅެނީ ގެއެއްގައެއް ނޫނެވެ.ރަށަށް އެހާ ދުވަސް ކޮށްފާ އައީމަ ކުރީގެ ރަހްމަތްތެރިންގެ މަތިން ހަނދާނެއްވެސް ނުހުރެއެވެ.ވޭތުވެދިޔަ އެއްވެސް ޗުއްޓީއެއްގައި އަހަރެން ރަށަށް އައިސްފައިވެސް ނުވާތީއެވެ.ރަށަށް ފުރަތަމަ އައި ދުވަހުވެސް ތިން ރައްޓެހިން ލިބުނެވެ.އެއީ ޝައިހާ، ޝިއުނާ އަދި އިއުޝާއެވެ. މީގެ ތެރެއިންވެސް އަހަރެމެންނަށް ގިނައިން އުޅެވުނީ ޝައިހާ އާއި އެއްކޮށެވެ.މީހުން ބުނާތީ އަޑު އަހަމެވެ. އަހިވަކާއި ޖެހި ފާވާނީ އަހިވަކެކެވެ.ގޯސްމީހަކާއި ޖެހިއްޖެއްޔާ އެންމެ ރަނގަޅުމީހާވެސް ގޯސްވެދާނެއެވެ.އަހަރެންނަށް ވެސްވީ އެހެންނެވެ.ޝައިހާއަކީ ކޮންކަހަލަ މީހެއްކަން ނޭނގި ހުރެ ގިނަ ވަގުތު ހޭދަ ކުރީމެވެ.އެކުގައި އެކި ތަންތަނަށް ދާން ފެށީމެވެ.އަހަރެން ރަށަށް ބަދލުވީ ގްރޭޑް 4 ކަށެވެ.ސުކޫލު ނިންމާފައި އަންނަ ކޮންމެ ދުވަހަކު ޓޭންގަށް ލާކަހަލަ މަހެއް ދޭންފެށީމެވެ.ސިއްރުންނެވެ.ފުޅިފުޅިއަށާއި ކޮތަޅުތަނަށް ލައިގެންނެވެ.އެއީ ތުއްތު އަހަރެންނަށް ގެނެސްދީފައި ހުރި މަސް ޓޭންކެކެވެ.މަންމަގާތު ދޮގުހަދާފައި އިއުޝާމެންގޭ އަތިރިމައްޗަށޭ ކިޔާފައިފައި މުޅި ރަށުގައި ބައިސިކަލު ދުއްވަމެވެ. އަހަރެންނަށް ޝައިހާއާއި އެއްކޮށް އުޅެން ފެށުމުން އަހަރެންނަށް ބައިވަރު އެކުވެރިން ލިބުނެވެ.ނަމަވެސް ޝައިހާއާއި އަހަރެންގެ އެހެން އެކުވެރިންނާއި ހާސްބައި ތަފާތެވެ.އެހެން އެކުވެރިން ޝައިހާހެން އެއްޗެހި ބޭނުންވެގެންނެއް ނޫޅެއެވެ.ތެދަށް ބުނަންޏާ އަހަރެންގެ ލޯ ހުޅުވުނީ ޝައިހާގެ އެކްސް ބޯއީފްރެންޑާ ޝިއުނާ ރައްޓެހިވިކަން އެނގުމުން އޭނަ ކަންތައް ކުރި ގޮތުންނެވެ.ހެކުކުރަން ވަރަށް މޮޅުކުއްޖަކު އަހަރެންގެ ބެސްޓީސް ތެރޭގައި ހިމެނެއެވެ.އެއީ ރީމާއެވެ.ޝައިހާގެ އެކްސް ބޯއީފްރެންޑްގެ އައިޑީ ރީމާ ލައްވައި ހެކު ކޮށްގެން އެއަޑީއިން ބްރޭކްއަޕް މެސެޖު ފޮނުވީއެވެ.ނުވީތާކަށް އޭނަގެ އައިޑީއިން އެދެމީހުންގެ ޗެޓުގެ ސްކްރީންޝޮޓުތަކެއް ނަގައި އެ ލީކް ކޮށްލީއެވެ.މަންމައަށް އެސްކްރީންޝޮޓުތަށް ލީކުކޮށްލީ ކާކުކަން އެނގުނީމާ ވަރަށް ރުޅިއައެވެ. ޝިއުނާއާއި ދޭތެރޭގައި ޝައިހާ ކަންތައް ކުރިގޮތުން އަހަރެންގެ ލޯ ހުޅުވުނެވެ.ޝައިހާ އަހަރެންގެ ޕެންއަށް އަޅާފައި ހުރި ސްކްރީންޝޮޓުތައް ޑިލީޓު ކޮށްލީމެވެ.އޭގެ ފަހުން ޝައިހާއާއި އެއްކޮށް އުޅުން މަދުކުރީމެވެ.ގެއަށް ބަލާއަޔަސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެންނެއް ނުދަމެވެ.ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ އުޅުނަސް ކުރިން އުޅުނުހާ ގާތްކޮށެއް ނޫޅެވެއެވެ.މާތް ﷲގެ ރަހުމަތްފުޅުން މިއަދު އަހަރެން އެފަދަ ބަދަލުހިފާ މީހެއްގެ ކައިރިން ސަލާމަތްވާން ހިތްވަރު ލިބުނީތީ ޝުކުރުކުރަމެވެ.އަހަރެމެން އެއްމެން ދެކުނީ ޝައިހާއަކީ އަހަރެމެންނަށް ކުރިމަތިވި އިމްތިހާނެއް ކަމުގައެވެ.އެންމެން ޝައިހާއާއި ކުރިމަތިލީ ހިތްވަރާއި އެކުގައެވެ. މިހާރު ރަށުގައިވެސް ޝައިހާއާއި ހެޔޮ ހިތުން ވާހަކަ ދައްކާ މީހަކު ނޫޅެއެވެ.
ޝުކުރިއްޔާ
One Comment
Comments are closed.

first vaahaka varah reeethi..keep it up