“ދިރިއުޅުމަކީ އަބަދު އެއް ގޮތައް އޮންނާނެ އެއްޗެއް ނޫނެވެ. ޢެކިދުހު ކުރިމަތިލާން މިޖެހެނީ އެކި ކަންކަމާއެވެ. ހީނުކޮށް ހުއްޓާ ދިމާވާ ބޮޑެތި ކަންކަމުން މާޔޫސްވެ ގޮތް ހުސްވާ ފަހަރުވެސް މަދެއްނޫނެވެ. ބުނެދެން ބޭނުން ކިތަންމެ ވާހައެއް ހުއްޓަސް،ކިތަންމެ ވަރަށް ކިޔްއިދޭން މަސައްކަތް ކުރިއަސް، އަގައިން އެންމެ ބަހެއް ބުނުމަށް ވެސް ނުކުޅެދޭ ހާލަތް ތަކާއި ކުމަތިލާން އެބަޖެހެއެވެ. ދެއަތް އުރާލާ ފަސްއެނބުރެން ބޭނުން ވިއަސް ފިލޭނެ ހެއްޔެވެ؟ ބަދަލު ކުރަން ބޭނުންވާ ކިތަންމެ ކަމެކެވެ…….”ދިރިއުޅުމަކީ ހަނގުރާމައެކޭ” ކިޔާ އަޑު އަހަރެން ވެސް އެހީމެވެ…އާއެކެވެ!!! ދިރިއުޅުމަކީ ވަރަށް ބޮޑު ހަނގުރާމަ އެކެވެ…””
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ތާޝާ އޭނަ ލިޔަންއިން ފޮތް ލައްޕާލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ދެލޯ މަރާލީ ހިތައް ކުޑަވެސް ހަމަޖެހުމެއް ލިބޭތޯއެވެ…..އެފަކީރުގެ ހިތުގަ އަޅާ ވޭން އިނގޭނީ ހަމަ އެފަކީރަކަށް ނޫންހެއްޔެވެ. އުފާވެރި ދިރިއުޅުން ބޮޑު ތޫފާނަކަށް ބަދަލުވީ ހީވެސް ނުކޮށް ހުއްޓައެވެ.
ޒިބާން މިހާރު އޭނައައް ނަފްރަތު ކުރާނެއެވެ. ކުށެއް ނެތް ކަން އަންގައިދެން ތާޝާ ވެސް ބޭނުންވެއެވެ. ހަގީގަތް ކިޔާދެން ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އެންމެ ކުޑަމިނުން ޒިބާން އޭނަ ދައްކާ ވާހަކަ އަޑުއަހާނެ ކަމާމެދުވެސް ޝައްކެވެ……………..
ތާޝާއަށް ދިމާވީ ކޮންކްމެއް ބާ އެވެ؟ އެކަންތައް ކިޔައިދޭނެ ހިތްވަރު ތާޝާއަށް ލިބޭނެ ބާއެވެ؟ ޒިބާން އެއީ ތާޝާގެ ކާކުބާއެވ؟ ޒިބާން ތާޝާ ދައްކާވާހަކަ އަޑުއަހާނެ ހެއްޔެވެ؟ ހަގީގަތް އިނގުމުން ދެންވާނީ ކިހިނެތްބާއެވެ؟
…………………………………………………………………………………………..
މިއީ އަޅުގަނޑު މި ސައިޓުގަ ލިޔާފުރަތަމަ ވާހަކައެވެ، އެހެންކަމުން ހުރިހާ ކިޔުންތެރިންގެ ސަޕޯޓު ލިބޭނެކަމަށް އުންމީދުކުރަމެވެ.
…އައިޝާ…
