Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކި ދިޔަޔަސް

🌹YEOJA🌹 Level 610 Stories100 Login100 Comments
March 30, 2021 6 Mins Read
7 Comments

އެކި އެކި މާމެލާމެލީން ޖަރީކޮށްފައިވާ ބަގީޗާ ތެރޭގައި ހުރި ހުދު ކުލައިގެ އުނދޯލީގައި މަލާ އިނީ ޤުދުރަތީ ހިތްގައިމު މަންޒަރު ތަކަށް ގެއްލިފައެވެ. ފަތިހުގެ ތެތް ފިނި ވަގުތު ކަމުން މުޅި މާހައުލުގައި ހިފާ ލައިފައި ވަނީ ފިނީގެ އަސަރެވެ. ރޭގަނޑު ފައިބައި ފައިވާ ފިނީގެ ސަަބަބުން އެ ބަގީޗާ ތެރޭގައި ވާ ވިނަތައް މަތިވަނީ ތެތްވެފައެވެ. ފަތިހަށް ފޮޅެމުން  އަންނަ މާމެލާމެލީގެ ހިތްގައިމު ވަސް އެތާ ދުވައެވެ. ދޭތެރެ ދޭތެރެ އިން މަލާ އޭނާ ގެ ނޭފަތް އެތެރެ އަށް ދަމާލައިފައި ލޯމަރާލަނީ އެ ހިތްހަމަ ޖެހުން ފުރިހަމަ ގޮތުގައި ހޯދުމަށެވެ. ބަލާބެލުމަށް ވެސް އެ ތަނުގައި ޝާޙީ ވައްތަރު ޖަހައެވެ.  މަލާގެ މަންމަ ސާދާ ގެ މިންނެތް މަސައްކަތް އެ ބަގީޗާ ގެ ކަންކަނުން ފެންނަމުން ދެއެވެ.  މަލާ ދެކެ ލޯބިވާ ވަރަށް ސާދާ އެ ބަގީޗާ ދެކެ ވެސް  ލޯބި ވެއެވެ.

ފޮޅިފައި އިން ފިޔާތޮށި ކުލައިގެ ފިނިފެން މާ ބިނދެލައިގެން މަލާ މިސްރާބުޖެހީ ރަށުގެ އިރުމަތި ކޮޅަށެވެ. އިރުއަރަން ވާއިރަށް އެ މަންޒަރު ބަަލައިލަން ދާން ވެގެން މަލާގެ ފިޔަވަޅު ތައް އަވަސް ކުރަމުން ދިޔައެވެ. ޤުދުރަތީ މަންޒަރު ތަކަކީ މަލާ އެންމެ ހިތް އެދޭ  މަންޒަރު ތަކެވެ. އެހެންކަމުން ޤަވާއިދުން އިރު އޮއްސުމުން ދާ މަންޒަރު އަދި އިރު އަރާ  މަންޒަރު ބަލަން މަލާ ދެއެވެ.  ރަށުގައި ދިރިއުޅެން ލިބޭ މަދު ދުވަސް  ކޮޅުގެ ފައިދާ  މަލާ ނަގަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.

މީގެ ހަފްތާ އެތް ފަހުން މަލާ ގެ ކައިވެނި ރަށުގައި ބޭއްވުމަށްފަހު މަލާ އަދި އޭނާ ގެ ވާންއުޅޭ ފިރިމީހާ ޝައިހާން ވަނީ މާލެ ބަދަލުވާން ނިންމާފައެވެ. ޝައިހާން އަކީ މަލާގެ އަލަތު ލޮއިއްބެވެ. ސުކޫލުތަކުގެ ދައުރުން ފެށިގެން އައީ މި ލޯބީގެ ވާގަނޑު ވަރުގަދަ ކުރުމަށް ދެމީހުން ވެސް ކައިވެނީގެ މަތިވެރި ގުޅުން ފަށަން ވެގެން ނިންމީ ޝައިހާން އިސްވެ ހުރެއެވެ.  މަލާގެ ކުރިން ވެސް ޝައިހާން ވަނީ އެތައް އަންހެން ކުދިންނާ ކާ ރައްޓެހިވެފައެވެ.  ޝައިހާން އަކީ މިހާރުގެ ނަމުން ނަމަ “ޕްލޭބޯއީ” އެވެ. މަލާ އާއި ރައްޓެހިވިފަހުން ޝައިހާން އޭނާ ގެ އެ އާދަ ދޫކޮށްލީ އޭނާގެ ހިތުގައި ވެސް މަލާގެ މަޢުސޫމް ސޫރަ ބިންވަޅު ނެނގި ފައި ވާތީއެވެ.

ޢާންމުކޮށް މަލާ އިރުއަރާ  މަންޒަރު ބަލަން އައިސް އިންނަ ތަނުގައި މިއަދު އޭނީ ޝައިހާން ނޫން ދެވަނަ މީހެއް ނޫނެވެ. އުފާވިވަރުން މަލާ އޭނާގެ ފިޔަވަޅުތައް އަވަސް ކޮށް ލިއެވެ. ނަމަވެސް ޝައިހާން އާއި ގާތް ވީ ވަރަކަށް ފިޔަވަޅުތައް މަޑު ކޮށްލީ އޭނާ އަށް ސަޕަރައިޒް އެތް ދިނުމުގެ ބޭނުމުގައެވެ.  މަލާ ގޮސް ޝައިހާން ގެ ދެ ލޮލުގައި އޭނާގެ ދެއަތް އަޅާލިއެވެ. އެއާއެކު ޝައިހާން ގެ ހަށިގަނޑަށް ލޮޅުމެތް އައިކަން މަލާއަށް އިޙްސާސް ވިއެވެ. ” މަލޫ އިޓްސް ޔޫ ރައިޓް ؟ ،” ހިނިގަނޑެއް ޖަހާ ލަމުން ޝައިހާން ބުނެލިއެވެ.

” ދެން ވަރަށް ފޫހި ކީއްވެ ތަ އަބަދު ޝައިހާން އަށް އިނގެނީ” ތުންކޮޅު ހަދާ ލަމުން ޝައިހާން ގެ ކައިރީގައި އިށީނދެ ލަމުން ބުނެލިއެވެ. ” އަޅޭަ މައި ލޯބި ގަނޑޫ ، ދެން އިނގޭ ނެ އެތް ނު. މަލޫގެ ސްމެލް އައިޑެންޓިފައި ކުރަން މިހާރު ވަރަށް މޮޅު ވާނޭ ” މަލާގެ އުނަގަނޑުގައި ހިފާ ގާތް ކޮށްލަމުން ޝައިހާން ބުނެލިއެވެ. އެއާއެކު މަލާގެ މޫނުމައްޗަށް ޖަންބުކުލަ ވެރިވެގަތެވެ. މިތަން ބަލަން އާޝޯހުވެފަައި ޝައިހާން އިނެވެ. އެއާއެކު ލަދުން މިފަހަރު މަލާ ޝައިހާން ގެ ކޮނޑުގައި ބޯ އަޅާ ލަމުން އަރަމުން ދިޔަ އިރަށް ނަޒަރު ހުއްޓާލިއެވެ.

 

ދުވަސްތައް ހަލުއިކަމާއެކު ފާއިތުވުމުން ގޮސް މަލާމެން ގެ ކައިވެނި ގާތް ވަމުން ދިޔައެވެ. ވާންޖެހިފައި ވާ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ވެނިމިފައެވެ. މަލާ އަކީ ސާދާ އާއި އަހްމަދު ގެ ހުރި ހަމައެކަނި ދަރިފުޅު ވުމުން ކިތަންމެ ކުލަ ގަދަކޮށް މި ކައިވެނި ބާއްވަން ނިންމިޔަކަސް މަލާ އާއި ޝައިހާން ބޭނުންވަނީ ކުޑަގޮތަކަށް މި ކައިވެނި ނިންމާ ލުމަށެވެ.

ޝައިހާން ގެ އަނގައިން އަނބި ޤަބޫލުކޮށްފީމޭ ބުނި ހިނދު އެތަނުގައި ގުގުމައިގެން ދިޔައީ އެންމެން ގެ ތަރުހީބު ގެ އަޑެވެ. މަލާގެ ލޮލަށް ވަނީ އުފާވެރިކަމުގެ ކަރުނަ ޖަމާވެފައެވެ. ނޭނގޭ ހިތްހަމަ ޖެހިމެތް މަލާ އަށް ލިބިގެން ދިޔައެވެ. ކައިވެނީގެ ވަލީމާ ކުރިއަށް ގެންދިއުން އޮތީ ރަށުގެ ހިއްކައިފައި ވާ ސަރަހައްދު ގައެވެ. އެތަން ވަނީ އެކި ވައްތަރު ގެ މާމެލާމެލީގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި އެވެ. އަލަތު ދެމަފިރިން ތިބެން ހަމަ ޖެހިފައިަނީ ރަތް ކުލައިގެ ފިނިފެންމާ ތަކުން ޖަރީކޮށްފައިވާ ދޮން ފަސްގަނޑުގައެވެ.

މަލާގެ ރީތިކަން މިރޭ އެތައް ގުނައެތް ފުރިހަމަ އެވެ. ހުދުކުލައިގެ މާމެއިޑް ވެޑިން ޑުރެސް އެތް ލައިފައި ވާއިރު އެ ހެދުމުގައި  ހުދުކުލައިގެ ލޭސްފޮތި ބޭނުން ކޮށްގެން ވަނީ އާދައިގެ  ގޮތަކަށް  ހަދާ ލައިފައެވެ. ހަމަ އެއާއެކު އަޅާފައި ވަނީ ހުދު ކުލައިގެ ޝޯލް އެކެވެ. ޝައިހާން ވެސް މިރޭ ވަކި ބޭރު މޮޑެލް އަކާ ދޫނުކުރާނެ އެވެ. ކަޅުކުލައިގެ ކޯޓް ފަޓްލޫނު ލައިފައި ވާއިރު ކަރުގައި ވަނީ މެރޫން ކުލައިގެ އޮފީސް ޓައީ އެތް އަލާފައެވެ . އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހިތް ލާލާ ފައެވެ.

ކައިވެނީގެ މި ކުޑަ ހަފްލާ ނިމުނު އިރު ވަނީ އެގާރަ ޖަހާ ބޮޑު ވެފައެވެ. ކައިވެނީގެ އަލަތު ރޭ ދެމަފިރިން ވެސް ހޭދަކުރަން ނިންމާފައި ވަނީ ރަށުގައި ހުރި ފެންވަރު ރަނގަޅު ގެސްޓު ހައުސް އެތް ގައެވެ.

ކައިވެނީގެ ރެއަށް މަލާ މެން އުޅެން ހަމަ ޖެހިފައި ވާ ކޮޓަރި ވަނީ ފުރިހަމަ އަށް ތައްޔާރު ކޮށްފައެވެ. ކުދި ކުދި އުއްބައްތި ތަކުންނާ ރަތް ކުލައިގެ  ފިނިފެން މާތަކުން އެ ކޮޓަރި ވަނީ ފުރާލެވިފައެވެ. މާހައުލުގައި ވަނީ މަސްތީ ކަމެތް އެކު ލެވިފައެވެ. އޭސީގެ ފިނިކަން ސޯޅަ އިގައި ހުރި އިރު ކޮޓަރިތެރެ ވަރަށް ފިނި އެވެ.

ދެމަފިރިންގެ ވެސް ކައިވެނީގެ ރެއި ހޭދަކުރީ އެކަކު އަނެކަކު ގެ އަތުތެރޭ ގައެވެ. މިރެއަކީ ހަމަ ގައި މަށް ވެސް ދެމީހުންގެ ހިތް ތަކަށް  އުފާވެރިކަން ގެނެވުނު ރެއަކަށް ވާނެއެވެ.

އޭގެ ދެ ދުވަސް ފަހެ އެވެ. ރަށުގެ ތަރައްޤީވެފައިވާ ބަނދަރުގެ ވާޓަރު މަތީގައި ތިބި މަލާ އާއި ޝައިހާން ފަޅަށްވަދެގެން އަައި ބޮޑު ލާންޗު އަށް ބަލާ ލުމަށްފަހު އެތާ ތިބި އާއިލާގެ މެމްބަރުން ނަށް ވަދާޢީސަލާމް ކުރުމާ ގެން އަވަސްވެގަތެވެ. މަލާ އޭނާގެ މަންމަ އަދި ބައްޕަ ގައިގައި ބައްދާ ލުމަށްފަހު ލާންޗު އަށް އެރި އިރު ދެ ލޮލުގައި ކަރުނަ ވެއެވެ. ބޮޑުވަމުން އައިސް ސުރެ އުޅެމުން ދިޔަ މައިންބަފައިން ނާ ދުރަށް ދާން ޖެހުމުން އޭނާ ވަނީ އިންތިހާއަށް ދެރަވެ ފައެވެ.

މާލޭގެ ފަޅުމައްޗަށް ލޯންޗް ގާތް ކުރުމާއެކު ޝައިހާން އަދި މަލާ އެއިން ފޭބިއެވެ. ޝައިހާން ގެ އާއިލާ ދިރިއުޅޭ ގެއަށް ދާން މިސްރާބުޖެހިއެވެ. އެދެމީހުންގެ ކައިވެނި ކުރެވުނު ދުވަސް ނޫން އޭގެ އަނެތް ދުވަހު އިސްމާލު އަދި ޒުހޭރާ ވަނީ މާލެ އައިއްސައެވެ.

މަލާ އަށް ޝައިހާން ގެ މަންމަ ހޫނު މަރުހަބާ އެއް ކިއެވެ.

ހީކުރި ވަރަށްވުރެ މަލާ އަށް ޒުހޭރާ ރަނގަޅެވެ. ދެމީހުން ގެ ގުޅުން ބަދަހި ވާތަށް މާގިނަ އިރެއް ނުވެއެވެ.

މާލެ މެން އައިތާ ހަފްތާ އެތް ވީފަހުން ޝައިހާން ވެސް ޢަމަލީ މައިދާއަށް ނިކުންނަން ފެށި އެެވެ. އިސްމާލު ހިންގާ އޮފީހުގައި ޝައިހާން  މަސައްކަތް ކުރާއިރު މަލާ ވެސް ދަނީ އޭނާ ކިޔެވި ދާއިރާއިން ކަމަށް ވާ ޓީޗިން އިން ރަނގަޅު ވަޒީފާއެއް ލިބޭ ތޯއެވެ.

ދުވަސް ތައް ފާއިތު ވަމުން ދިޔައީ ހިތް ހަމަ ޖެހުމާ އުފާވެރި ކަމުގައެވެ. މަސައްކަތު ގައި އުޅުނެތް ކަމަކު މަލާ އަދި ޝައިހާން ވެސް ލޯބީގެ ވަގުތު ތައް އެކަކު އަނެކަކާ އެތް ކޮށް ހޭދަ ކުރެއެވެ. ދެމީހުންގެ ކައިވެނީގެ ބިންގާ ވަރުގަދަ ކުރުމަށްޓަކައި ދެމީހުން ވެސް މަސައްކަތް ކުރެއެވެ. އެކަކު އަނެކަކު ދެކެ އިންތިހާ ދަރަޖައަށް ދެމީހުން ވެސް ލޯބި ވެއެވެ. ދުވަހަކު ވެސް ވަކި ނުވާނޭ ކަމަށް އެތައް  އަހުދުކާ ވަޢުދެއް ވާއިރު ދެމީހުންނަށް ވެސް ނޭނގެނީ ދެމީހުން ގެ ތަޤްދީރު ގައި ލިޔެވިފައިވަނީ ކީއްކަމެވެ .

އެހެން ދުވަހެއް ގެ މެންދުރު ވަގުތެވެ. އޮފީސް ނިމުމަށްފަހު ޝައިހާން އޭނާގެ ސައިކަލު ގައި މިސްރާބުޖެހީ ކައިރީ ހުރި ސުކޫލުގައި ހުރި މަލާ ބަލާ ދިއުމަށެވެ. ދެމީހުންގެ ވެސް މަސައްކަތް ނިމޭނީ އެތް ގަނޑިއެތް ގައި ކަމަށް ވާތީ ގެއަށް ވެސް ދެމީހުން އަންނަނީ އެކު އެކީގައެވެ.  ފުދޭވަރަކަށް ބާރަށް ޝައިހާން ސައިކަލު ދުއްވަމުން އިޔައީ މަލާ  މިހާރު ނިމިފައި ހުންނާނޭ ތީ އެވެ.  ސުކޫލު ހުންނަ ގޯޅިއަށް އެޅުމާއެކު ސައިކަލުގައި އިން ޝައިހާން އަށް ދެލޯ ބޮޑު ކޮށްލެވުނީ ޝައިހާން އާއި ދިމާއަށް ބާރު ސްޕީޑުގަައި އައި ކާރުފެނިފައެވެ. ބުރަކި ޖައްސަން އުޅުނު އިރު މާ ލަސް ވެއްޖެއެވެ. ސައިކަލު ކާރުގަައި ޖެހުނު ތަނުން ޝައިހާން ވިއްސާ ގެން ދިޔައީ މާދުރަށެވެ. އެ މަންޒަރު ބަލަން ދެލޯ ބޮޑުކޮށްގެން ހުރި މަލާ ގެ ކުރިމައްޗަށް އައިސް ވެއްޓުނު ޝައިހާން ފެނިފައި މަލާ އަށް ކަންފަތުގައި ދެއަތް އަޅާ ގެން ހުރެ ހަޅޭލަވާގަނެވުނެވެ. އިސާހިތަކު މުޅި އެތަން ޝައިހާން ގެ ލެއިން ކަޅިވަމުން ދިޔައެވެ. އެތަނަށް މީހުން އެއްވަމުން ދިޔައިރު އެކަކު އެންބިޔުލާންސް އަށް ގުޅާ ފިއެވެ. އޭރު ޝައިހާން ގެ ލޯ ވަނީ ކުޑަކޮށް ހުޅުވިފައެވެ. ކުޑަކޮށް ހުޅުވިފައި ވާ ލޮލުން ކަރުނަ އަންނަމުން ދިޔައިރު ކަނާއަތް ދިއްކޮށްލެވުނީ މަލާ އާއި ދިމާލަށެވެ. ޝައިހާން ގެ މި ޙަރަކާތުން މަލާ އަށް ހަމަ ބިމަށް އާދެވުނު ފަދައިން ރޮއެގަންނަމުން ޝައިހާން އާއި ދިމާލަށް ދުއްވާ ގަތެވެ.

ދިއްކޮށްލާ ފައިވާ ޝައިހާން ގެ އަތުގައި މަލާ ހިފާ ލަމުން އެތާ ކުޑަކަކޫޖެހިއެެވެ. ” ނޫން ނޫން ޝައިހާން ތެދުވޭ ދެލޯ ނުމަރާ ޕްލީޒް ”  ޝައިހާން ގެ ދެލޯމެރޭހެން ހީވާތީ މަލާ އަތް ރޮއެގަންނަމުން ބުނެވުނެވެ. ކުއްލިއަކަށް ޝައިހާން މަލާގެ އަތައް ބާރު ކޮށްލަމުން އަނގަ ހުޅުވާ ލިއެވެ. ” މަލާ އައިލަވްޔޫ ވަރަށް ލޯބިވޭ. މަލާ ނުރޯއްޗޭ އަހަރެން އަބަދުވެސް މަލާ އާއި އެކު ވާނަން ” ނޭވާ ކުރުވެފައި ވާ މީހެއް ފަދައިން ޝައިހާން ބުނެލިއެވެ.

” އައިލްވޫ މޯރް ޝައިހާން ކޮންކަހަލަ ވާހަކަ އެތް ތި ދައްކަނީ އަހަރެން ދޫކޮށްފައި ނުދާއްޗޭ ” ރޮވޭ ހާލުގައި މަލާ ބުނެލިއެވެ.  ދެން ފެނިގެން ދިޔައީ ހިފާ ލެވިފައި މަލާގެ އަތުން ޝައިހާން ގެ އަތް ވަކިވިތަނެވެ. ޢުމުރަށް ވެސް ޝައިހާން ލޯމަރާލީއެވެ އޭނާ ގެ އަޖަލު އައިސް ހަމަ ވުމުންނެވެ. ހުއްޓުން އަރާފައި މަލާ އެތް ފަހަރު ޝައިހާން އަނެތް ފަހަރު ވާގިނެތިފައި އޮތް ޝައިހާން ގެ އަތައް ބަލާލި އެވެ. އެއާއެކު އޭނާ ހަބަރު ހުސްވެގެން އެތަނަށް ވެއްޓުނެވެ.

 

ކުޑަކޮށް ދެލޯ ތަޅުވާލަމުން މަލާ ލޯ ހުޅުވާ ލިއެވެ. އޭރު ކައިރީ ރޮވިފައި ސާދާ އިނެވެ. އޮށޯވެ ގެން އޮތް އެނދުން ތެދުވެ ވަށައިގެން ނަޒަރު ހިންގާލުމާއެކު މި ތިބެވުނީ ހޮސްޕިޓަލް ގައި ކަން މަލާއަތް އިނގުނެވެ.މީގެ ގަނޑިއިރެއް ކުރިން ހިނގާ ދިޔަ ހާދިސާ ފިލްމެއް ގެ ސިފައިގައި މަލާގެ ސިކުޑީގެ އެނބުރެމުން ދިޔައެވެ.  އެއާއެކު އަޑުން އަޑު ނަގާ މަލާ އަތް ރޮއެގަނެވުނެވެ. އޭނާގެ ދެއަތުގެ ވެސް ވަކި ހިސާބެއްގައި ވަނީ ޝައިހާންގެ ލޭ ހިކިފައެވެ. ” ދަރިފުޅާ ހިތް ވަރު ކުރޭ ދުނިޔެ އަކީ ވަގުތީ ތަނެއް އެމީހެއްގެ އަޖަލު ހަމަ ވުމުން ކޮންމެ މީހެއް ވެސް ހެއްދެވި ފަރާތަށް ގެންދަވާނެ. ދެން ހިނގާ ދާން ޝައިހާން ގެ މޫނު ދައްކާ ތަނަށް ދާން ”

މަލާގެ ކޮނޑުގައި ހިފައިގެން އެނދުން ނަގަމުން މަލާގޮވާގެން ސާދާ ދިޔައީ ޝައިހާން ބޭއްވި ފައިވާ ވޯޑު އަށެވެ.  ޝައިހާން ގެ އެކްސިޑެންޓް ހަބަރު ލިބުމާއެކު ސާދާ މާލެ އައީ އެ ދުވަސްކޮޅު އަޙްމަދު ވެސް ރަށުގައި ނެތީމައެވެ.

ޝައިހާން ބޭއްވި ފައި ވާ ވޯޑު އަށް ވަދެގެން ދިޔައިރު މަލާ އަށް ފެނުނީ ޝައިހާން ގެ މޭމަތީގައި ބޯ އަޅައިގެން ރޯން އޮތް ޒުހޭރާ އެވެ. ކައިރީ ގައި ޒުހޭރާ ގެ ކޮނޑުގައި ހިފަހައްޓައިގެން ހުރި އިސްމާއީލް ހުރީ ނުރޯން މަސައްކަތް ކޮށްގެންނެވެ. މަލާ ވެސް ދުވެފައި ގޮސް ޝައިހާން ގެ ކައިރީ ހުއްޓެލިއެވެ. ލޮލުން ކަރުނަ އައެމް ކަމަކު މާލާ ހުރީ ނުރޯނަ މަސައްކަތް ކޮށްގެންނެވެ. ޝައިހާން ގެ ވަކިވެދިޔުމާއެކު މަލާގެ ހިތަށް އެތަކެއް ޒަޚަމް ތަކެއް ވިއެވެ. އެހެނީ ވަކިވެގެން އެދިޔައީ އޭނާގެ އަލަތު ލޮއިއްބެވެ ، އޭނާގެ ފިރިމީހާ އެވެ. ޝައިހާން ގެ ކަށުކަމާކެމީގެ ކަންކަން ނިމުމާއެކު އޭނާވަޅުކެވިގެން ދިޔައެވެ. ޝައިހާން ގެ މަހާނަ ގައު ކައިރި މާލާ ހުރީ އެތަނުން ދާން ބޭނުން ނުވެ ފައެވެ. އެންމެ ފަހުން ސާދާ އާއި ޒުހޭރާ ގެ އެދުމަށް އޭނާ އެތަނުގައި އިނދެ ލާފައި ގެއަށް ދާން ދިޔައެވެ. ހިނގަމުން ގޮސް ފަހަތައް އެނބުރި ޝައިހާން ގެ މަޙާނަ އަށް ބަލާ ލުމަށްފަހު ދެލޮލުން ފައިބަން ރެޑީވެފައި ހުރި ކަރުނަ ތައް ފޮހެލީ ދެން ނުރޯނަމޭ ބުނާފަދަ އަކުންނެވެ.

 

(ނިމުނީ )

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ނިކަން ލޯބިން-29

Next

ނިކަން ލޯބިން -30

Next
April 1, 2021

ނިކަން ލޯބިން -30

Previews
March 30, 2021

ނިކަން ލޯބިން-29

7 Comments!

  1. zahuu says:
    March 30, 2021 at 3:03 pm

    Wow vr reethi?? you ge vaahaka thah kiyan ekam comment nukureveny sign in vaan jeheytheeve?

  2. YEOJA says:
    March 30, 2021 at 3:28 pm

    Hellooo dear readers❤️❤️❤️
    Hope u all will like my new kuru vaahaka❤️❤️❤️❤️❤️
    Keep waiting for my long stry ingey ISA ❤️❤️❤️❤️kiyaalan libeyne ❤️❤️
    Stay safe and❤️❤️ tvgc reader❤️❤️❤️
    Ly❤️❤️❤️

  3. Nayaa Nayaa says:
    March 30, 2021 at 3:32 pm

    vrh reethi vhlk eh ril sisoooo… waiting for ur new stry…
    keep it up
    lyssssssssssmm
    SS
    TC

  4. Dheem&Eekku says:
    March 30, 2021 at 8:14 pm

    varah reethi mi story.. ending ga rovun hama .
    waiting for your another beautiful story

  5. Iyaadh says:
    March 31, 2021 at 6:25 am

    v vnv v reethi vhk eh ??
    mi vhk gai muda mahsalaeh eba uohey… ‘އެއް’ liyan va thanthanah ‘އެތް’ vx liyefa eba huri….. dhen nerey vhk eh gai mi mahsala nuhunnaane kamah ummeedhu kuran

  6. Purple gurl says:
    March 31, 2021 at 7:00 am

    Hiiiii Manjey
    Mi part vx varah reethi
    Waiting for a new story
    ML❤️❤️❤️❤️❤️
    Tvgc

  7. zahuu says:
    March 31, 2021 at 7:57 pm

    Wow hama rangalhah vs rovihji?

Comments are closed.



All Right Reserved!