Skip to content
އެސްފިޔަ

ލޯބި.

ބިރުގަތް ލޯބި.

ކޮންމެ އިންސާނަކީވެސް ދިރިއުޅުމުގެ މައިދާނުގައި ލޯބީގެ ހިތްޗާއި ފޮނި އިޙްސާސް ކުރެވިފައިވާ އަދި ކުރަންޖެހޭ ހަނގުރާމައިން އެއްބަޔަކު ބަލިވެގެން ދާއިރު، އަނެއް ބަޔަކަށް ފަސޭހަކަމާއެކު ކާމިޔާބު ލިބެއެވެ. މީވެސް ޤުދުރަތުގެ މަތިވެރި ރޭވުން އެހެންނޫންތޯއެވެ.

އަހަރެންނަކީ މެދުރާއްޖެތެރެއޭ މިކިޔާ ހިސާބުގަނޑުގެ ކުޑަކުޑަ ރަށެއްގެ ބައިބޯ އާބާދީގެ ތެރެއަށް ނޭވާލަމުންދާ ޒުވާން ފިރިހެން ކުއްޖަކީމެވެ. ޢިލްމީގޮތުން ހައިބަ ބޮޑު ކިއްލާއެއް ރަށުގައި ހުއްޓަކަސް، އަހަރެންނަށް އެހާ އުސްހިސާބަކަށް ނުދެވުނު ކަން އެއީ އަހަރެންގެ ބަދުނަސީބެވެ. އެކަމަކު ވަރަށް ކުޑައިރުއްސުރެ އާމްދަނީ ހޯދުމަށްޓަކައި މަހަށްދިޔުން އެއީ އާއިލާ ކުރިއެރުވުމަށް އަހަރެންނަށް އެޅުނު އާ ބާރެކެވެ. އަހަރެންގެ ދައްތަ އިނދެގެންއުޅޭ ބޭބެއަކީ މުޅި ސަރަޙައްދުގައިވެސް ކާމިޔާބު އިންޖިނިއަރަކަށް ވުމުން، މުޅި ޒޯނުގައިވެސް އަހަރެންގެ އާއިލާ އަކީ ތަޢާރަފު ވެފައިވާ އަދި ރަށުގެ ގިނަބަޔަކު ދަންނަ ބަހެކެވެ.

ކުޑައިރުއްސުރެވެސް އަހަރެންނަކީ ކުޅިވަރަށް ޙާއްޞަކޮށް ފުޓްބޯޅައަށް ލޯބިކުރާ، ފުޓްބޯޅަ ކުޅެއުޅޭ ކުޅުންތެރިޔާއަށް ވުމާއެކު، ޒުވާނުންގެ ތެރޭގައި އަހަރެންނަށް މުޚާތަބު ކުރެވެނީ ރާއްޖެއަށް މަޝްހޫރު މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ނަމުންނެވެ. އަދި އަހަރެންނަކީ ބުޅާ ހަތްހާލި ކާފަދަރިން އަހަރަކު ޓީމެއްގައި ގޯޅިތައް ދިފާޢު ކުރަމުންދާ ތަޖްރިބާމަދު ގޯލްކީޕަރަކީމެވެ. އެ ނަމަކުން މުޚާތަބު ކުރުމުން ރަށުގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ މުސްކުޅިންނަށްވެސް އެއީ އަހަރެންނަށް އެނގޭނެއެވެ.

ލިޔުންތެރިޔާގެ ބަސް: މިއީ އަޅުގަނޑު މި ސައިޓަށް އަޕްލޯޑް ކުރާ ފުރަތަމަ ސިލްސިލާ ވާހަކަ އެވެ. ވީމާ މި ވާހަކައިގައި ކުށް ހުރިނަމަ އެކަމަށް މަޢާފު ކުރައްވާ، ކޮމެންޓު ކޮށްލަދެއްވުން އެފެން. އަދި މި ވާހަކައިގެ އާ ބައެއް ކޮންމެ ދުވަހަކު ގެނެސްދެވޭތޯ ބަލާނަން. އިންޝާ ﷲ.

 

Comments (2)

  1. Princess

    Salaam. Dear readers. Mi vaahakaige 1 part miadhu genesdheveytho balaanan. Insah Allah. Stay safe readers.??

  2. Nayaa

    hey sis. trailer vrh salhi. hama speech less. waiting for the first prt
    lysm
    SH
    SS
    TC

Comments are closed.