ދައްތަ ފެހި ހެދުން.
ދައްތަ ހަށިގަނޑުން މަގޭ މިންތަކެއް ނަގައިފިޔޭ
ތިއްތި ތިއްތި ފޮއްޗަކުން ތިން ހެދުން ކަނޑައިފިޔޭ
މަންމަ އަށްވުރެ ވަކިން ދެރަނުވާނެޔޭ ފެހުން
ނިންމަމުން ހެދުން ފަހާ މަންމަ ގާތު ބުނެލިޔޭ
ކޮއްކޮ ދެން މި ލާބަލާ ލޯގަނޑުން ބަލަބަލާ
ދައްތަ ބުނެ މިހެން އެކީ ތިން ހެދުން މެ އެއްލިއޭ
ގޯނިހެންނެ ހީވަނީ ތިން ހެދުން މެ ސިފަވަނީ
ބޯ އަޅައި ނުގައިން ކަރުން ހަށިގަނޑަށް މެހިއްޖެޔޭ
ދައްތަ ހާދަހާ މޮޅޭ ފައްކަލޭ ހެދުން ފަހަން
ކޮއްކޮ އާއި ބޭބެ މެން އެއް އަޑުން ގޮވާލިއޭ
ދެރަނުވާށެ ދަރިފުޅާ އެއްފަހަރު މިހެން ވިޔަސް
ދުރުނުވާށެ ތިޔަކަމުން މަންމަ ބުނެ އެހީވިޔޭ
މީހަކަށް މި ދޭތެރޭ ނޭނގި ދެރަ ކަމެއް ވިޔަސް
ހީ ހެދުން ރަނގަޅު ކަމެއް ނޫނެ މަންމަ ބުނެލިއެވެ.
_ނިމުނީ_
ލިޔުންތެރިޔާގެ ބަސް:މިއީ އަޅުގަނޑު މި ސައިޓް އަށް އަޕްލޯޑް ކުރާ ފުރަތަމަ ޅެމެވެ.އެހެންކަމުން ޅެމުގައި ކުށް ހުރިނަމަ ފާހަގަ ކޮށްލަދެއްވައި،ކޮމެންޓް ކޮށްދެއްވުން އެދެމެވެ.ވަރަށ އަވަހަށް އަޅުގަނޑު ދިގު ވާހަކަ އެއް މި ސައިޓަށް އަޕްލޯޑް ކުރެވޭތޯ ބަލާނަމެވެ.
5 Comments!
Comments are closed.



first lhan vax varah reethi..and waiting for vaahaka….tc..stay safe
Salaam dear readers. Mee alhugadu mi site ah upload kuri furathama lhen. Varah avhah dhigu vaahaka eh mi site uploade kurevetho balaanan. Insha Allah.love you readers???
Dhigu vaahak liyumahtakai alhugadu mihaaru midhanee massakayy Kuramun. Iraadhakurevviyyaa maadhamaa alhugandu furathama dhigu vaahak kiyaakan libeyne. Insha Allah. Stay safe readers. Love you and Miss you.??????
Hey kudahthaa… vrh lwbi lhemeh. Masha allh. waiting for ur long stry. keep it up. lot’s of love from ur naa kokkyyyy
SH
SS
TC
love u soooooooo muuchhhhh kudahthaaaaaaa….
Thanks maa Kokky????lots of love from me nayaa Kokky ????? Iraadhakurevviyyaa varah avahah dhigu vaahaka eh genesdheynan ingey???love you so much nayaa Kokky????