Skip to content
އެސްފިޔަ

މާތް އަޚްލާގު

މާތް ރިވެތި ހުލްގުގެ އެސަބަބުން، ކާމިޔާބޭ ދެއްވަނީ

ނިޔަނެތިވި އަޚްލާގުގައި ހިފެއްހެއްޓުމުން ލިބިގެން ދަނީ

 

މާތް ފަރާތުގެ ހަޟްރަތަށް އަދު ދަންނަވާ ފުރިހަމަ ދުޢާ

ޝައްކު ލިބިގެން އޮއެވަރެއްގާ ފެތުނަކަސް ތެދަކީ މިއީ

 

މާތް ފޮތުން ކިޔަވާ އަވަސްކޮށް، ތެދު މަގުން ފަރުޟާއި އެކީ

ޒިކުރުކޮށް ތައުބާ އެވާންވީ ކުދިކުށަށް، އަވަހަށް މެއީ

 

ބޮޑު ކުށަށް އަވަހަށްމެ މާފް ދޭނެ ފަރާތީ މާތް އިލާހް

ދެރަވަނީ މިޒަމާނު ޅަ ސިކުނޑިއަށް މިކަން ނޭނގޭނެތީ

 

ކެތްތެރިވެގެން އުޅެވިއްޖެ ނަމަ، ދުނިޔޭގަ އެއޮތީ ކާމިޔާބު

ކުރިމަގު އުޖާލާ ވާނެޔޭ މިހަޔާތުގާ އެވަމުން ދަނީ