Skip to content
އެސްފިޔަ

ހިތެއްގެ އުދާސް

 

ކުރެވޭ މިއީ ޝަކުވާ ހިތާ ނުލިބޭނެހޭ ދުވަހަކު އުފާ
ހުރެވޭ މިތާ އެކި ގޮތްތަށް ކުރަމޭ ފިކުރު ގޮތްހުސްވެފާ
އަދަދެއްނުވާ މަސްކަތްތަކުން ކުރިޔަސް މިތާ އަހަރެން ބިޒީ
އަދުވެސްވެޔޭ އުއްމީދުތަށް ހިތުގައިމަގޭ އާރޯވެފާ
އެދެމޭ ލިޔަން ވާހަކަ މިތާ ލަވަޔާ ޅެމާ ހުއްޓާނުލާ
އެދުމޭ މިއީ ވާހަކަތަކާ މޮޅު ލަވަ ލިޔުން ހިނިތުންވެފާ
އެދެމޭ ކިޔަން ލަވަތައް މިމޮޅު ރާގާއި މިޔުޒިކު އެއްވަރަށް
އެދެނީ މިހިތް ބަބުޅާވިދާ ތަރިއެއް ފަދައިން މޮޅު ލަވަކިޔަން
ރާގާއި މިޔުޒިކު ދަސްކުރަން ލިބިފާ ނެތޭ މިވަސީލަތެއް
ލާލާލަލާ ދެން ހަމަ ކިޔާށޭ އަދު ބުނާނޭ ޓީޗަރެއް
ރައިތަމް ތަކާ ބަސްއަމުނުވާ ގޮތްތައް ކިޔާދޭ މާހިރެއް
ރައިވަރް ހަދާ ގޮތް ދޭ ކިޔާކަށް އަދު ނެތޭ ވީ ޝާއިރެއް
ވާހަކަ ލިޔަން ވަގުތެއްނެތޭ ދުވަހީ ޓައިމްޓޭބަލް ފުރާ
ވާހަކަ ލިޔަން ބޭނުން ވަގުތު އެތަކެއް މެވާނޭ އައްސަވާ
ވިސްނަން ސިކުނޑި ތާޒާ ކުރަން ވަގުތަށް އެދެން
ވެސްމީކިހާ ބޭނުންތެރިވި ކަމެކޭ އިނގޭ ލިޔުމުގެ ކުރިން
އެޕިސޯޑު އެންމެ ލިޔަން އަނާ ބައިދެގަޑިއިރު ހުންނަން އިނގޭ
އެހެނަސް ވަގުތު އެވަރަށް މަށަށް ހަފްތާތެރޭ ނުލިބޭމެއޭ
އެންމެން ކުރާ ޝަކުވާ މިއީ ވާހަކަ ނުނެރެ ލަސްވާތިއޭ
އެކަކަށް ވިޔަސް އަހަރެން އުޅޭ މި ބިޒީ އުޅުން ހޭ ނޭގެނީ
ކުރަމޭ ދުޢާ ﷲ އަށް ދުވަހެއް މިނޫން ދެއްވާތޮއޭ
ވަގުތޭ މިހުސް ވާހަކަ ލިޔަން އަދު ހަމަ މަށަށް ދެއްވާތޮއޭ

 

 

Comments (4)

  1. crazy idiot

    mee lhamah dho???anywayss varah reethi…keep it up

  2. Wonder

    So true dear.. with a busy schedule it’s very difficult to write.. In sha Allah better days will come ahead.. and mihaaruves free vagutheh libunyma kithanme kudakoh ves liyeleema rangalhu vaane. Dear ge new stories adhi Lhen thakah hama v unthizaaru kuran kurimaguga fenumah. Even if it takes time i know the readers will wait.. surely i will! Best of luck in everything. U can do it❤️❤️❤️

  3. Lailac Baby

    Thank u soo much wonder?????i cant tell how much ur lovely comment made me happy ??? im really glade that I have such a surpotive friend ???? isa ill write stories as i get time????and ill always surport ur stories ?????ur such an amazing friend ???? wish u best of luck in every part of life???TC???

  4. Lailac Baby

    Hi crazy idiot ??
    Yess this is a lhen???
    Hope you like it ???
    Stay safe ???

Comments are closed.