Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (ފަހުބައި)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 14, 2021 6 Mins Read
9 Comments

އައިލީން ސިއްސާގެން ދިޔައީ މީހަކު އޭނާ ގެ އަތުގައި ހިފާފައި އޭނާ ގެ ގަޔާކައިރި ކޮށްލުމުންނެވެ. ކާކުތޯ ބަލައިލަން ވެގެން އިސްއުފުލާލި އައިލިން ދިޔައީ ސިއްސާގެންނެވެ. އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ޔާނިޔު ހުއްޓެވެ. އިވާން ގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔައީ ޔާނިޔު އައިލިން އާއި ގާތް ވިމައެވެ. ” ސާބަސް އިވާން ރަށައް އަރައިގެން އުޅޭއިރު އަހަރުމެންނަށް އަންގާލުމެތް ވެސް ނޯވޭ ދޯ ، މިހާރު އަހަރުން މަތިން ހަނދާން ނެތުނީ ދޯ ” ޔާނިޔު ބުނެލިއެވެ.

” މިއަދު ހަމަ މިއައީ ، ކަލޭމެން ވެސް ނުފެންނަންޏާ ބުނެވޭތަ ، ކަލޭމެން ދެމީހުން ކަމެތް ތަ ؟ ” އިވާން އަހާލިއެވެ. ” ހޫމް ، އަހަރެމެން ދެމީހުން ކަމެތް ” އާދައިގެ ރާގަކަށް ޔާނިޔު ބުނެލިއެވެ. އޭއާއެކު އައިލީން ގެ ހިތް ތެޅެލިއެވެ. އެހެން ހުރެފައި ޔާނިޔު އައިލީން ގެ އަތުގައި ހިފާލަމުން އެތަނުން ދުރަށް ދިޔައެވެ.

” އައިލީން އާރް ޔޫ އޯކޭ ؟ ” ވަކި ހިސާބަކަށް ގޮސް ޔާނިޔު އައިލިން ގެ އަތުން ދޫކޮށްލަމުން އަހާލިއެވެ. ” ހޫމް ” އައިލީން ބުނެލިއެވެ. ” ހިތްހަމަ ނުޖެހިފާތަ އަހަރެން އެގޮތަށް ކަންތައް ކުރީމާ ، އެޒް އަ ފްރެންޑް ، ވީމާ އަހަރެން އެހީވީ ” ޔާނިޔު ބުނެލިއެވެ.

” ނޫން އެހެންނެތް ނޫން ، އިޓްސް އޯކޭ ” އައިލީން ބުނެލިއެވެ. އޭރު ވެސް އޭނާ ގެ ހިތުގައި ފްރެންޑް މިލަފްޒް ވިއެވެ. ޔާނިޔު އޭނާ ދެކެނީ އެކުވެރިއެތް ހެން ހެއްޔެވެ ؟ މިސުވާލު އައިލީން ގެ ހިތުތެރޭގައި ވިއެވެ. ” އައިލީން އަހަރެން ރުޅިވެފިން ނުހާ އާ ” ޔާނިޔު ބުނެލިއެވެ. އެއާއެކު އައިލީން އިސްއުފުލާލާ އެ މޫނަށް ބަލާލިއެވެ. އެ ދެލޮލުގައި ވަނީ ހިތާމައާއި ހުސްކަމެވެ. ” އެއީ ކިހިނެތް ވީ ” އައިލީން އަހާލިއެވެ. ” ނަތިންގް އޭނާ އަހަރެންނާ ރައްޓެހިވީ ޓައިމް ޕާސްކޮށްލަށް ” ދެރަވެފައި ހުރެ ޔާނިޔު ބުނެލިއެވެ. ޔާނިޔު ގެ މޫނުމަތިން ވެސް އެކަމަށް ހިތާމަކުރާކަން އިނގެއެވެ. ކުޑައިރުކޮޅެށް ކުރިން އުފާވެފައި ހުރި އައިލީން ގެ ހިތް މާޔޫސް ވީ ޔާނިޔު ލޯބިވަނީ އެހެން އަންހެން ކުއްޖެއް ދެކެއޭ ހިތަށް އެރުމުންނެވެ. ” އަހަރެން ދެން ދަނީ އިރުއޮއްސެނީ ނު ” މިހެން ބުނެފައި ޔާނިޔު ދިޔައެވެ. އައިލީން ވެސް މާގިނައިރު ނުހުރެ ގެއަށް ވަންނަން ހިނގާގަތެވެ.

އަހަރުގެ ފަހު އިމްތިހާނު ނިމިގެން ދިޔައީ ޔާނިޔު އުފާކޮށްލަދިން ފަދަ ނަތީޖާ އެއް ނެރެދީފައެވެ. އައިލީން މެން ވެސް އެންމެ ފަހު އަހަރު ކިޔަވަން ތައްޔާރުވަމުން ދިޔައެވެ. ވޭތުވެގެން ދިޔަ މަދު ދުވަސްކޮޅުގައި ޔާނިޔު ވެސް ވަނީ ނުހާ މަތިން ހަނދާން ނައްތާލާފައެވެ. ނަމަވެސް އޭނާ އަށްޓަކައި ވީ ލޯބި އެހިތުގައި އަދިވެސް ވިއެވެ. ޔާނިޔު އާއި އައިލީން ވެސް ވަނީ ކުރިއާއި ބަލާފައި ވަރަށް ގާތްވެފައެވެ. އައިލީން އާއި ޔާނިޔު އެކުގައި އެތަށް ވަގުތު ތަކެށް ހޭދަކުރަމުން ދެއެވެ. އެކުގައި ސައިކަލު ބުރުޖަހަން ދިޔުމާ ، މޫދައް ދިޔުމާ ވާހަކަ ދައްކަން ތިބެވެސް ހަދައެވެ. ޔާނިޔު ގެ ހިތުގައި ވެސް އައިލިން އަށްޓަކައި ހާއްސަކަމެތް އުފެދިގެން ދެއެވެ. މިދެމީހުންނެކޭ އެއްފަދައިން ލިޔާން އަދި ރައިހާ ވެސް ދަނީ އުފާވެރިކަމުގައި ދުވަސްތައް ގުނަމުންނެވެ. އެދުވަހަށް ފަހު އައިލިން އަށް އިވާން އަބަދުހެން ރަށަތެރޭން ފެނެއެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކާ އެއްގޮތަކަށް ވެސް ވާހަކަ އެތް ނުދައްކައެވެ. މާޒީ ގައި ކަން ހިނގާފައި ވާ ގޮތުން ދެމީހުން ވެސް އެކަކު އަނެކަކާ ދެން ކުރިމަތިލާނެ ހިތްވަރު ނުހުންނަނީއެވެ. އައިލިން ކިޔަވާ ނިމެންދެން ޔާނިޔު އިންތިޒާރުކުރަމުން ދިޔައީ އޭނާ ގެ ލޯބި ކާމިޔާބުކުރުމަށެވެ. އައިލީން ގެ ހަރަކާތް ތަކުން އެކަނި ވެސް އައިލިން ހިތުގައި އޭނާ އަށްޓަކައި ހާއްސަކަމެތް ވާކަން އިނގެއެވެ.

އެގާރަ މަސް ފަސް :

އެންމެ ފަހު އިމްތިހާނު ނިންމައިގެން ގެއަށް އައި އައިލިން އަދި ރައިހާ ވެސް ދިޔައީ ޕޭޕަރާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ. މީ އަބަދުވެސް ދެމީހުން ގެ ހާލެވެ. އެދުވަހެއް ގެ އިމްތިޙާނުނިންމުމަށް ފަހު އަބަދުވެސް އެއާއި ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ. ވަކި ހިސާބަކަށް ދިޔަތަނުން ލިޔާން އާއި ދިމާވިއެވެ. މީގެ އެއްދުވަސް ކުރިން ޔާނިޔު ވަނީ ޑޮކްޓަރަށް ދައްކަން މާލެ ގޮހެވެ. ލިޔާން އާއި އެކު ވާހަކަ ދައްކާލަން ހުރުމަތްފަހު އައިލީން ގެއާއި ހިސާބަށް ދާން ދިޔައީ ލިޔާން އާއި ރައިހާ އަށް ވަގުތުކޮޅެށް ދޭށެވެ.

” ރައީ ފައިނަލީ ސުކޫލް ޑޭސް ނިމުނީ ދޯ ، ދެން މި ވެއިޓް ކުރަނީ މެރީ ކުރެވޭނެ އިރަކަސް ، ” ލާނެތް ރާގަކަށް ލިޔާން ބުނެލިއެވެ. އެއާއެކު ރައިޙާ ގެ މޫނު ރަތް ވިއެވެ. ކަޅި ޖަހާނުލާ ލިޔާން ބަލަން ހުރުމުން ރައިހާ އިތުރަށް ލަދުގަތެވެ. އިސްޖަހާގެން ހުރި ލައިހާ ދެލޯބޮޑުވީ ލިޔާން އޭނާ ގެ ކޯތާފަތަށް ބޮސްދިނުމުންނެވެ. ” ދެން ލިޔާނޫ ” ތުންކޮޅު އޫކޮށްލަމުން ރައިހާ ބުނެލިއެވެ. ” ކޮން ދެނެއް ކިޔާކަށް ކޮބާ އަހަންނަށް ވީ ހަދިޔާ ” ލިޔާން އޭނާ ގެ ކަނާއަތު ކޮލުގައި އިނގިލި ޖައްސާލަމުން ލާނެތް ރާގަކަށް ބުނެލިއެވެ. ލިޔާން އެބުނީ ކީއްކަން ވިސްނުމުން ރައިހާ ލަދުގަތެވެ. މަޑުމަޑުން އޭނާ ގެ މޫނު ލިޔާން ގެ މޫނާ ކައިރިކުރަމުން ގޮސް ލިޔާން ގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ. އެއާއެކު ލިޔާން ހިނިތުންވެލަމުން ރައިހާ ގައިގައި ބައްދާލަމުން އައިލަވް ޔޫ އޭ ބުނެލިއެވެ. ރައިހާ ރަކި ހިނިތުންވުމެތް ހަދިޔާކޮށްލިއެވެ. މި ކުޑަކުޑަ ލޯބި ލޯބި ހަރަކާތުން ވެސް އެދެމީހުން ދެމެދުގައިވާ ފުން ލޯބި އިނގެއެވެ.

އޭގެ ތިންދުވަސް ފަހުން ޔާނިޔު ވެސް ރަށަށް އައެވެ. އާ އަޒުމާ އެކުއެވެ. އައިލީން ގެ ވެސް ސުކޫލު ނިމިފައިވާ ތީ ދެން އެދެމީހުން ދެމެދުގައު އެއްވެސް ހުރަހެތް ނެތެވެ.

އެއްދުވަހެއް ގެ ހަވީރުގެ ވަގުތެވެ. އައިލީން ތައްޔާރުވަމުން ދިޔައީ ރައިހާ އާއި އެކު ހިނގާލަން ދިޔުމަށެވެ. ދެ އެކުވެރިން ވެސް އެތްތަން ނުވެލާތާ ދުވަސްގަނޑެށް ވުމާއެކު ދެމީހުން ވެސް ރާވާލީ ތުނޑިއަށް ދިޔުމަށެވެ. ކަޅުކުލައިގެ ކަކުލާ ހަމަ އަށްނަ ވަށްތިރި ހެދުން ނުލާހިކު ސާދާއެވެ. އެއާއެތް ކޮށްއަލާފައިވަނީ ކަޅުކުލައިގެ ޝޯލް އެކެވެ. އައިލީން ގެ މޫނުމަތި އުޖާލާ ވެފައި ވާއިރު ލޯބި ގޮތެށް ހުރެއެވެ. ރައިހާ މެން ގެ އާއި ހިސާބަށް ދިޔައިރު ދޮރުމަތީގައި ރައިހާ ފޯނު ކަންފަތުގައު ޖަހާގެން ވާހަކަ ދައްކަމުން ދިޔައެވެ. ރައިހާ ގެ މޫނުމަށްޗައް އަރަމުން ދިޔަ ކުލަވަރުން ވާހަކަ ދައްކަމުން އެދަނީ ލިޔާން އާއި ކަން ޔަޤީން ވިއެވެ. މި ތަން ބަލަން އައިލީން ހުރީ ހެވިފައެވެ. އެކުވެރިޔާ އަށްޓަކައި އައިލީން ހުންނަނީ ވަރަށް އުފާވެފައެވެ. ލިޔާން ގެ ސަބަބުން ރައިހާ ގެ އަނދިރިވެފައިވާ ހަޔާތައް ވަނީ އުޖާލާވެފައެވެ. އެހެން އިރުކޮޅަކު ހުރެފައި އައިލީން ރައިހާ އާއި  އެތްވަރު ކުރިއެވެ. ” ދެން ސާބަސް ތި ދެމީހުން ތި ވަނީ އަދި އެކަކު އަނެކަކު ދެކެ ލޮއިތްބެއް ، އަހަރެން ވެސް ހަމަ ކޮސްވެއްޖެ ” އައިލިން ރައިހާ އާއި ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. ” ހޫމް ދެން ހެވޭ އަހަރެން ވެސް ބަލާނަން އައިލީ މި ވައްތަރަށް ނޫޅޭތޯ ” ފޯނު ކަންފަތުން ދުރުކޮށްލަމުން ރައިހާ ބުނެލިއެވެ. އައިލީން ހިނިގަނޑެއް ޖަހާލިއެވެ. ދެމީހުން ވެސް އެހެން ތިބެފައި ހިނގައި ގަތީ ތުނޑިއަށް ދާށެވެ. ރައިހާ މެން ގެއާ މާދުރުނޫން ކަމުގައި ވިޔަސް ފަނަރަ މިނެޓް އިން އެހިސާބަތް ދެވޭނެއެވެ.

” ރައީ ، ޔާނިޔު އަހަރެން ދެކެ ލައިކް ވޭބާ ، އަހަރެންނަށް އަދިވެސް ހީވަނީ އޭނާ ލޯބިވަނީ ނުހާ ދެކެ ހެން ، ކުރީ ދުވަހު އަހަރެން މެސެންޖާ އިން ސްޓޯރީތައް ބަލަނިކޮސް ދެކުނިން ޔާނިޔު ނުހާ ގެ ފޮޓޮއެތް ލާފައި އައިމިސްޔޫ އެން ލަވްޔޫ މިހެން ޖަހާފައި އިންތަން ، ” އިސްޖަހާލަމުން އައިލީން ބުނެލިއެވެ. އިވާން އަށް ފަހު ދެން ހިތުގައި ހާއްސަކަމެތް ދެވުނީ ޔާނިޔު އަށެވެ. އޭނާ އަށް އިތުބާރު ކުރެވެނީ ޔާނިޔު އަށެވެ. އިވާން އަށްޓަކައި އެ ހިތުގައި ނުވާވަރަށް ޔާނިޔު ދެކެ އައިލީން އަށް ލޯބިވެވިއްޖެއެވެ. ” ނޭނގެ އަހަންނަކަށް ، ވަރަށް ހީވޭ ޔާނިޔު އައިލީ ދެކެ ލައިކް ވާހެން ވެސް ލިޔާން ވެސް ނުކިޔާދޭ އަހަރެން ބުނީމާ ވެސް އާދޭސް ވެސް ކުރިން ދެން އެދެމީހުން ދެމެދުގައި ހުރި ސީކްރެޓްސް ތަށް ހޯދާކަށް ވެސް ނުވާނެއެތް ނު ، ލިޔާން ވެސް ނާހާނެ އަހަރެމެން ދެމީހުންގެ ސީކްރެޓްސް އާއި ބެހޭ ގޮތުންނެށް ” ދޮން ވެލިގަނޑާއި ކުޅެމުން ރައިހާ ބުނެލިއެވެ. ދެ އެކުވެރިން ވެސް އެތަށް އިރަކު ވާހަކައިގައި ތިއްބެވެ. ދެމީހުން ވެސް ހީވަނީ ޒަމާންތަކަކަށް ފަހު ދިމާވި ދެމީހުން ހެންނެވެ. އެހެން އިރުކޮޅަކު ތިބެފައި ރައިހާ އެތް ފަރާތަކަސް ދިޔައީ ލިޔާން ގުޅުމުންނެވެ. އައިލީން އެކަނި މާއެކަނި އެތާ އިށީދެގެން އިން އިރު ހިޔާލުތަކުގައި ވަނީ ޔާނިޔު އެވެ. ޔާނިޔު އާއި ބައްދަލު ނުވާތާ ވެސް މިހަރު ދެ ދުވަސްވަނީއެވެ. މަގެއްގެ މައްޗަކުން ވެސް ނުފެނެއެވެ. އެހެން ހިޔާލުތަކުގައި އިންދާ އައިލީން ސިއްސާގެން ދިޔައީ މަތިން އޭނާ ގަޔަށް މަލުގެ ފިޔަތަކެތް ވެރުމުންނެވެ. ތެޅިގަނެފައި އައިލީން އަށް ތެދުވެވުނެވެ. އޭރު ބައެތް ފިޔަތަށް އޭނާ ގެ ޝޯލް ގެ އެކި ދިމާލުގައި ހަރުވެފއި ހުއްޓެވެ. ފިޔަތަށް ވެރުނު ތަނަކާ މެދު ސުވާލު އައިލީން ގެ ހިތުގައި އުފެދުނެވެ. އެހެން ހުރެފައި އައިލީން މީހެއްގެ ހިލަން ވެގެން ފަހަތް ބަލާލިއެވެ. އެއާއެކު އޭނާ އަށް ފެނުނީ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޔާނިޔުއެވެ. ޔާނިޔު ގެ މޫނުމަތީގައި ވާ ހިނިތުން ވުން އަންހެން ކުދިންގެ ހިތްތަކާ ކުޅެލާނެކަން ގައިމެވެ. ” ޔާނިޔު ..” އައިލީން ގެ ތުންފަތް ފޫއަޅުވާލައިފައި ޔާނިޔު ގެ ނަން ނިކުތެވެ. އޭނާ ގަޔަށް ވެރުނު ފިޔަތަކަކީ އެއީ ޔާނިޔު ގެ ކަމެތްކަން ވަގުތުން އިނގުނެވެ.

ޔާނިޔު ގެ އެތް އަތް ފުރަގަހަށްލާގެން ހުރި އިރު އައިލީން ހުރީ ވާނުވާގައެވެ. ” އައިލީ ” ޔާނިޔު ވަރަށް ލޮއިއްބާ އެކު އައިލިން އަށް ގޮވާލިއެވެ. ޔާނިޔު ގެ އަޑު ކަންފަތުގައި ޖެހުމުން އައިލީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އައިލީން އިސްޖަހާލީ ޔާނިޔު ބަލާވަރުން ލަދު ގަނެގެންނެވެ. ދެން ޔާނިޔު ކޮށްލިކަމަކުން އައިލީން ގެ ދެލޯ ބޮޑުވިއެވެ. ޔާނިޔު އެތް ފައި މައްޗަށް ތިރިވިއިރު އޭނާ ގެ އަތުގައި ރަތް ކުލައިގެ ފިނިފެންމާ  ބޮނޑިއެތް އޮތެވެ. ” އައިލީ އައި ލަވްޔޫ ، އަހަރެން އައިލީ ދެކެ ވަރަށް ލޯބިވޭ ، އަހަރެން ގެ މީހަކަށް އައިލީން ވާނަންތަ ” ޔާނިޔު އަހާލިއެވެ. އައިލީން ގެ ދެލޯ ކަރުނައިން ފުރުނެވެ. އެންމެ ފަހުން އޭނާ ގެ ލޯބި ކާމިޔާބު ވީތާއެވެ. ” ޔެސް ޔާން އައިލަވް ޔޫ ޓޫ ” ދެއަތް މެއާލާ ބޮނޑިކޮށްލަމުން އައިލިން ބުނެލިއެވެ. އަދި ޔާނިޔު ދިއްކޮށްލި މާބޮނޑީގައި ހިފާލިއެވެ. އެ މާބޮނޑި އެއީ އޭނާ ގެ ހަޔާތުގައި ވެސް ހާއްސަވެގެން ވާ އަގުބޮޑު އެއްޗަކަށް ވާނެއެވެ. ޔާނިޔު އައިލީން އާއި ކައިރި ވެލުމަށް ފަހު އޭނާ ގެ އަތުގައި ހިފަމުން ހިނގާލަން ދިޔައެވެ. ” އެކަމަކު ޔާން ރައީ ވެއްޖެ އެދިމާލުގާ އޭނާ އަންނަން ދެން މަޑުކުރަން ވާނެއެތް ނު ” ކަންބޮޑުވެފައި ހުރެ އައިލީން ބުނެލިއެވެ. ” ރައިހާ މިހާރު ވާނީ ލިޔާން އާއި އެކު އަހަރުން ދެމީހުން ވެސް އައީ ޕްލޭން ކޮށްގެންނޭ ، އައިލީ އިނގޭތަ ލިޔާން ވެސް ފުރަތަމަ ރައިހާ އަށް ޕްރޮޕޯސް ކުރި ނައިޓްގާ ފުރަތަމަ ވެސް ގެއަށް ދަމުން ރައިހާ އައިލީ އާ މެދު ކަންބޮޑުވެފައި އައިލީ ހޯދި އެން މިއަދު އައިލީ ވެސް ، ތިދެމީހުން ތީ ހަމަ އެކުވެރިކަމަށް ހުރި ނަމޫނާ އެތް އިނގޭ ” އައިލީން ގެ އުނަގަނޑުގައި އަތް އަޅުވާލަމުން ޔާނިޔު ބުނެލިއެވެ. ޔާނިޔު ގެ ބީހުމުން އައިލިން ގެ ގައިގައި ކަރަންޓް ޖެހުނު ފަދައެވެ. ” ވީ އާ ބެސްޓީސް ފޮރްއެވާ އޭ ޔާން ” އައިލިން ބުނެލިއެވެ.

އެތަކެށް އަޑިގުނޑަން ތަކަކަށް ފަހު އައިލީން އާއި ރައިހާ އަށް އެދެމީހުން ގެ ލޯބި ކާމިޔާބު ކުރެވިއްޖެއެވެ. ކެތްތެރިކަމާ އެކު ދެމީހުން ކުރި އިންތިޒާރު ގެ ނިމުން ފޮނިވިއެވެ.

އެހެންދުވަހެތް ގެ ރޭގަނޑުގެ ވަގުތެވެ. އައިލީން އާއި ޔާނިޔު ތިބީ އަތިރިމަތީގެ ދޮންވެލިގަނޑުގައި ޖައްސާލައިގެންނެވެ. ދެމީހުން ގެ އަތް ވެސް އެކަކު އަނެކަކުގެ އަތާ ގުޅިފައި ވާ އިރު ނުލާހިކު ލޯބިކަމަށް ދައްކައެވެ. ” އައިލީ އައި ލަވްޔޫ ވަރަށް ބޮޑަށް ، އަބަދުވެސް އައިލި ކައިރި ހުންނަން ބޭނުމީ ، އައިލީ އާއި އެކު ވާން ބޭނުން ، އައިލީ ގެ އެންމެ ގާތުގައ ވާން އަހަރެން އަބަދުވެސް ބޭނުން ، އަހަރެން ހިއެތް ނުކުރަން އަސްލު ނުހާގެ ފަހުން އަހަންނަށް އެހެން ކުއްޖެއް ދެކެ މިހާވަރަށް ލޯބި ވެވިދާނެކަމަކަށް ބަޓް އައިލީ މިޙާރު އަހަރެން ގެ ހިތަކީ ހަމައެކަނި އައިލީ ގެ އެއްޗެށް މިހިތް ތެޅެނީ ވެސް އައިލީ އަށްޓަކައި ، އިންޝާﷲ އަހަރެން ދުވަހަކު ވެސް އައިލި އެތް ދުލެތް ނުކޮށްލާނަން ” ވަރަށް އަސަރާއެކު ޔާނިޔު މިހެން ބުނެލުމަށް ފަހު އައިލީން ގެ ނިތްކުރިއަށް ބޮސްދިނެވެ. ލިބުނު އަރާމެތް ގެ ސަބަބުން އައިލިން އަށް ލޯމަރާލެވުނެވެ. ” އައިލަވް ޔޫ މޯރް ޔާން އަހަރެން ވެސް އަބަދުވެސް ޔާން ގެ ގާތުގައި ވާނަން އިންޝާﷲ ” ޔާނިޔު ގައި ގައި ބައްދާލަމުން އައިލިން ބުނެލިއެވެ. ޔާނިޔު ވެސް އޭނާ ގެ ދެއަތް އައިލީން ގެ ބުރަކަށީގައި ވަށާލިއެވެ. އެރޭ އެހިތްގައިމު މަންޒިލް ގައި ތިބެގެން ދެމީހުން ލޯބީގެ އެތަށް އަހުދަކާ ވަޢުދެއް ވިއެވެ. އެކުގައި ދުވަސްތަށް ގުނުމަށް އަޒުމުކަނޑައެޅިއެވެ. އަބަދުވެސް އެކަކު އަނެކަކާ އެކު ވުމަށް ވަޢުދު ވިއެވެ.

(ނިމުނީ)

 

ލިޔުންތެރިޔާގެ ބަސް:♥️♥️

މި ވާހަކަ ފޫހިކަމެތް ނެތި ކިޔަމުން ގެންދިޔަ ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.♥️ އަޅުގަނޑުގެ މިވާހަކަ އަށް ދެއްވި ތަރުހީބަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.♥️ އިންޝާﷲ އަދި މިކަހަލަ އެހެން ވާހަކަ އެތް ވެސް ތިޔަކިޔުންތެރިންނާ ހިސާބަތް އަޅުގަނޑު ގެނެސްދޭނަން.♥️ އަޅުގަނޑުގެ ވިސްނުން ހުރީ ވާހަކަ އެތް އެތްކޮށް ނިންމާލާފައި ގެނެސްދޭން އެހެން ކަމުން ދުވަސްކޮޅެތް ނަގާނެ، ނަމަވެސް ދޭތެރެ ދޭތެރެ އިން އަޅުގަނޑު ގެ ކުރުވާހަކައެތް ކިޔާލަން ލިބޭނެ އިންޝާﷲ.♥️♥️ އަޅުގަނޑުގެ މިވާހަކަ އަށް ދެއްވިކަހަލަ ތަރުހީބާ ސަޕޯރޓް އަޅުގަނޑުގެ އެހެން ވާހަކަ އަކަށް ވެސް ލިބޭނެ ކަމަތް އުންމީދުކުރަން ♥️♥️??.

ސްޓޭ ސޭފް ހުރިހާ ރީޑާރސް.❤️?

އިންޝާﷲ ވިލް މީޓް ޔޫ ރީޑާރސް ސޫން ،❤️?

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

އަބަދުވެސް ވާނަން ގާތުގައި (2)

Next

ޖެނީ (6)

Next
March 14, 2021

ޖެނީ (6)

Previews
March 14, 2021

އަބަދުވެސް ވާނަން ގާތުގައި (2)

9 Comments!

  1. YEOJA says:
    March 14, 2021 at 9:56 pm

    Hello readers❤️❤️
    Unmeedukuran last part hurihaa kiyunterinah kamudhaane kama ❤️❤️
    And vrh miss vaane hurihaa kudhin mathin ??❤️❤️vxxx . ❤️But ISA soon kuruvaahaka eh Nama vxx vrh avaha up kohdeyna ❤️❤️diguvaahaka liyamun mihaaru midhany ❤️❤️❤️
    And thanks❤️ for everyone’s support .❤️❤️
    ISA will meet u all soon
    Lysm readers❤️❤️❤️
    Stay safe and take care ❤️❤️

  2. Butterfly Girl says:
    March 15, 2021 at 7:18 am

    Masha Allah bestie vrh reethi last part vx❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ALHAMDHULILAAH finally aileen & yaaniu vx gulhunee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Varah vvvvvvvvvvvv vvvvvvvvv reethi ingey mi vaahaka feshigen nimen dhen vx❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for a new story of u bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u sooo so much bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Stay Safe & take care bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. YEOJA says:
      March 16, 2021 at 7:29 pm

      Thank u sooo much bestie❤️❤️❤️
      Vrh ufaavehje vehje bestee Ah Last part kamudhiyaamaa❤️❤️
      Yhhh Fainally enmena vxx happy life eh libuny❤️❤️❤️
      Awwwwwnnn❤️ thank u again ❤️❤️❤️❤️
      New stry eh ISA genesdeynan liyevunu haa avahaka ehenoon kuru vaahaka Eh ❤️❤️genesdeynan exam tha nimuny ingey. ❤️❤️❤️❤️U know eh u exam thah is near Ehn ve ❤️❤️
      Love u moreee❤️❤️❤️
      Stay safe and take care u too ❤️❤️

  3. Naa says:
    March 15, 2021 at 2:50 pm

    Awwwn yeoja Varah Reethi ingey mi vaahaka
    Kuriakah bunanya, my favourite of all time mee

    1. YEOJA says:
      March 16, 2021 at 7:31 pm

      Awwwwwnnn ❤️❤️thank u soo much Naa❤️❤️❤️
      Yeoja vrh happy vehje Naa ah Mi stry kamudhiyaamaa ❤️❤️
      Awwwnnn❤️❤️ galde to know this is ur favourite ❤️❤️
      Stay safe ❤️❤️

  4. Naa says:
    March 15, 2021 at 2:51 pm

    Alhey eii kurukoh ingey

    1. YEOJA says:
      March 16, 2021 at 7:32 pm

      Typing mistake dhw❤️❤️
      it’s okkk Naa❤️❤️

  5. YEOJA says:
    March 16, 2021 at 6:29 am

    Hello readers
    Baeh kudhin ge cmnts huree pending gaa❤️??? . But kiyaalaafin e hurihaa kudhin ge vxx cmnt ❤️❤️❤️
    Thank uuu vrh bodah thi dey support ah
    Glade to know mi stry hurihaakudhina vxx kamudhiyakan❤️❤️❤️
    ISA kuru vaahaka eh up kohlaana yeoja ge kuri ah oi exams tha nimuny maa ❤️❤️
    Stay safe ❤️❤️
    Lysm❤️❤️

  6. YEOJA says:
    March 16, 2021 at 7:35 pm

    And thank u soo much❤️ redlailacrose,❤️ flame girl and❤️ luvza
    Cmnts baa close vefaa iny maa Mi thin readers ge cmnts ah replie nudevuny❤️????. Vrh happy vi cmnts tha kiyaafaa ❤️❤️??
    Thanks again ❤️❤️❤️
    Stay safe and take care ❤️❤️❤️

Comments are closed.



All Right Reserved!