Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (8)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 13, 2021 4 Mins Read
5 Comments

ފަހަތުން މީހެއްގެ ހިލަމެތް ވެގެން ފަހަތް ބަލައިލި ރައިހާ އަށް ދެލޯ ބޮޑުކޮށްލާފައި އަނގަމަތީގައި އަތް އަޅާލެވުނެވެ. އޭނާ ގެ ކުރިމަތީގައި އެއްފައި މައްޗައް ކޮޅަށް އޭނީ ލިޔާން ނޫން ދެވަނަ މީހެއް ނޫނެވެ. ލިޔާން ގެ އަތުގައި އެކިވައްތަރު މާމެލާމެލިން ތައްޔާރު ކޮށްފައި ވާ މާ ބޮޑިއެތް އޮތް އިރު މިރޭ ލިޔާން ގެ ފިރިހެން ވަންތަކަން ވަނީ އެތައް ގުނައެތް އިތުރު ވެފައެވެ. ވާން މިއޮޅެނީކީއްކަން ރޭކާލުމާއެކު ރައިހާ ގެ ދެލޯ އިހުނަށް ބޮޑުވިއެވެ. ލިޔާން އަށް މިތަން ފެނުމުން ލާނެތް ހިނިތުންވުމެތް ތުންފަތަށް ވެރިކޮށްލިއެވެ. ” ރައީ ، އައިލަވްޔޫ ، އަހަރެން ގެ ހައްޤަކަށް ރައިހާ ވާނަން ތަ ، އަހަރެން އަބަދުވެސް ބޭނުމީ ރައިހާ އާއި ގާތުގައި ވާން އެކުގައި އަމާން ކަންމަތީގައި ދުވަސްތައް ގުނަމުން ދާން އަހަރެން ނާ އެކު ރައިހާ ވާނަން ތަ ؟ ” ހިތްވަރުކޮށްލާފައި ލިޔާން އޭނާ ގެ ހިތުގެ އަޑު ރައިހާ އަށް އިއްވާލިއެވެ. އިވިގެން ދިޔަ ބަސްތައް ހަމަ ރަނގަޅަށް ވެސް ރައިހާ ރޮއްވާލިއެވެ. ނަމަވެސް ލޮލުން އޮހުރުނީ ހިތާމައިގެ ކަރުނައެތް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. ރޮވިފައިވާ ހާލު ރައިހާ ބޯޖަހާލިއެވެ. އަދި ލިޔާން ދިއްކޮށްލި މާބޮނޑީގައި ހިފާލިއެވެ. ” ޔެސް ޔެސް ލިޔާން އަހަރެން ލިޔާން ގެ މީހަކަށް ވާން ތައްޔާރު ، އައިލަވް ޔޫ މޯ އެން ފޮރެވާ ، އަހަރެން ގެ އިންތިޒާރު މިހާ ފޮނިވާނެކަމަކަށް ނުވިސްނަން ، މިރޭ މީ އަހަރެން ހަޔާތުގައު އައި އެންމެ އުފާވެރި ނައިޓް ، ދުވަހަކު ވެސް ހަނދާނެތް ނުނެތޭނެ” އަސަރާއެކު ރައިހާ ބުނެލިއެވެ. ރައިހާ ގެ ބަސްތަކުން ލިޔާން އަށް ވެސް އަސަރު ކުރިއެވެ. އޭނާ އަށް ނޭނގި ރައިހާ ހާދަހާ ކަރުނައެތް އޮހުރުވާފަހުންނާނެ އޭ ހިތަށް އެރުމުން ލިޔާން ރައިހާ ގައިގައި ބައްދާލިއެވެ. ދެމީހުން ގެ ލޮލުން ވެސް ކަރުނަ އަންނަމުން ދިޔައިރު ހިތާމަ ވެރި މަންޒަރެކެވެ. ” ދެން ރައީ ނުރޮއޭ، ދެން ދުވަހަކު ވެސް ރައީ ގެ ތި ލޯބި ލޯބި ދެލޮލުން ކަރުނަ އަޔަކަ ނުދޭނަން ، އަބަދުވެސް ރައީ އާއި ގާތުގައި ވާނަން ، ރައިހާ ގެ މޫނުގައި ދެއަތުން ހިފާލަމުން ލިޔާން ބުނެލިއެވެ. ރައިހާ އުފާވެފައި ހުރި ވަރުން ލިޔާން ގެ މޭގައި ބޯއަޅާލިއެވެ. އެހެން އޮތް އިރު ކުއްލިއަކަށް އައިލީން މަތިން ހަނދާން ވުމުން ލިޔާން އާއި ދުރަށް ޖެހިލިއެވެ. ” ޔާން އައިލީ އެކަނި ހުންނާނީ އަދިވެސް ނާދޭ ކޮންމެސް ގޯޅިއެތް ބަލާލާށޭ ކިޔާފާ ގޮސްފާ ވީ އަދި ހަބަރެތް ނުވޭ ، ” ކަންބޮޑުވެފައި ހުރެ ރައިހާ ބުނެލިއެވެ. ” ހާސްނުވެބަލަ ރައީ ، އައިލީން ގެ ބޮޑީގާޑް އާއި އެކު އޭނާ އެބަހުރި ސަލާމަތުން ” ލިޔާން ހިނިގަނޑެތް ޖަހާލަމުން ބުނެލިއެވެ. ” އެ އާން އެ ޔާނިޔު ދޯ ، އަހަރެންނަށް ވަރަށް ގުޅޭ އެދެމީހުން މިބުނީ ޔާނިޔު އާއި އައިލީ ނޫންތަ ؟” ލިޔާން އަށްބަލާލަމުން އައިލީން ބުނެލިއެވެ. ” ހޫމް ، ތިވާހަކަ ޔާނިޔު ކައިރި ބުނަން ވީ ” ލިޔާން ބުނެލިއެވެ. މި ގޮތަށް ވާހަކަ ދައްކަން ލިޔާން އަދި ރައިހާ ތިބިތާ ފަނަރަމިނެޓް ނުވަނީ އައިލީން އަދި ޔާނިޔު އައެވެ.

” ދެން މިހާރު ހުންނާނީ މާފޮޅުވިފައޭ ، ގެއައް ދާން ހިނގާ ، ” އައިލީން ލާނެތް ފާޑަކަށް ބުނެލިއެވެ. ” ކަލޭމެން ދެމީހުން އަންނަން ދެން މިތިބީ އަހަރުން  ޔަގީނޭ ތިދެމީހުން ވެސް ތިޔައީ މާ ފޮޅުވާފަކަން އެހެން ވެތާ ލަސް ވަނީ ” ލިޔާން އެތް ވެސް ވަކި އައިލީން އަކަށް ދުލެތް ނުކުރިއެވެ. ”ސާބަސް ތި ދެމީހުންނަށް ޕްރައިވެސީ އެތް ދިނީ ، ” ޔާނިޔު ބުނެލިއެވެ. ” ހޫމް ދެން އޯކޭ ، ރައީލޯބީ ދެން ދޭގެއަތް ގުޅާނަން އިނގޭ ” ނުލާހިކު ލޯބިން ލިޔާން ބުނެލިއެވެ. ރައިހާ ލަދުން ހުރެ ބޯޖަހާލަމުން އައިލީން އަތުގައި ހިފަމުން އެތަނުން ދިޔައެވެ.

” އޯވްން ، ރައިހާ އަހަރެން ވަރަށް އުފާވެއްޖެ ފައިނަލީ އިޓްސް ސަކްސެސް ފުލް ދޯ ، ދެން ނުރޯތި އިނގޭ ” ރައިހާ ގައިގައި ބައްދާލަމުން އައިލީން ބުނެލިއެވެ. ” އަހަރެން ވަރަށް އުފާވި އަސްލު ލިޔާން ގެ ސްވީޓް ސައިޑް އަދި އަލަށް މި ފެނުނީ އަހަރެންނަށް ރޮވުނު އޭނާ ޕްރޮޕޯސް ކުރި ގަނޑީ ” ރައިހާ ބުނެލިއެވެ. ” އަޅޭ ، ތި ދެމީހުންނަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން ” އައިލީން ބުނެލިއެވެ. ވަކި ހިސާބަކުން ރައިހާ ގެއަތް ލާފައި އައިލީން އޭނާ ގެ ގެއަތް ދިޔައެވެ.

ދުވަސްތައް ފާއިތުވާލެތް ހަލުވިވަމުން ދިޔައެވެ. އަހަރުގެ މެދާ ހަމައަށް އެރި އިރު ކިޔެވުމުގައި އައިލީންމެން އުޅެނީ ނުލާހިކު ބުރަކޮށެވެ. ލިޔާން އާއި ރައިހާ ގެ ލޯބީގެ ގުޅުން ވެސް އަމާން އޮމާން ކަންމަތީ ދާއިރު ދެމީހުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާކަން އިނގެއެވެ. ސުމާ ވެސް އާއިލާ އާއި އެތް ކޮށް ކައިރީ އޮތް އެހެން ރަށަކަށް ކިޔަވަން ބަދަލުވުމުން ލިޔާން އާއި ރައިހާ ތިބެނީ ހިތްހަމަ ޖެހިފައެވެ. ފުރަތަމަ ކޮޅު އެދެމީހުންނަށް ސުމާ ގެ ފަރާތުން އެތައް އުނދަގުލެތް ވިއެވެ. އައިލިން ވެސް ދިރިއުޅުމާގެން ކުރިއަށް ދަމުން ދިޔައެވެ. އިވާން ގެ ހަނދާން ތަށް އަދިވެސް އެ މަޢުސޫމް ހިތުގައި ވާއިރު ، އެ ހަނދާން ތަކުން ދުރަތް ދާން އެތަކެތް މަސައްކަތެއް ކުރެއެވެ. ފާއިތު ވި ދުވަސްތަކުގައި ޔާނިޔު އާއި އައިލީން ގެ ގުޅުން ވަރަށް ގާތްވިއެވެ. އެކުގައި ވަގުތު ހޭދަކުރުން ވެސް ގިނަވެއެވެ. ޔާނިޔު ގެ މައިންބަފައިން ނަކީ އައިލީން ގެ މައިންބަފައިން ނާ ގާތް ބަޔަކަށް ވުމުން ޔާނިޔު އަށްޓަކައި އަބަދުވެސް އައިލީން މެންގޭގެ ދޮރުވަނީ ހުޅުވިފައެވެ.އައިލީން އަށް ވެސް މެއެވެ. ޔާނިޔު ދޭތެރެ ދޭތެރެ އިން އައިލީންމެން ގެއަށް ގޮސްވެސް ހަދައެވެ. މިކަމުގެ ސަބަބުން އައިލީން ގެ ހިތުގައި ޔާނިޔުއަށްޓަކައި އައު ވިންދެއް ޖަހަން ފެށިއެވެ. ދެވަނަ ފަހަރަށް ފިރިހެން ކުއްޖަކާ މެދު މިކަހަލަ ނަޒަރަކުން ދެކެވިދާނެކަމަކަށް އައިލީން ހިއެތް ނުކުރެއެވެ. އިވާން ގެ ފަހުން އޭނާ އަށް ފިރިހެނުންނަށް އިތުބާރުކުރުން ވަނީ ދަތިކަމަކަށެވެ. ލޯބި މިލަފްޒަށް ވެސް އައިލީން ނަފްރަތު ކުރެއެވެ. އޭނާ ދެކޭ ގޮތުގައި ހުރިހާ ފިރިހެނުންނަކީ ވެސް އެއީ އެތްވަރެއް ގެ ބައެކެވެ. އައިލީން ގެ މިހިޔާލު ބަދަލުކޮށްލީ ޔާނިޔުއެވެ. ޔާނިޔު ދެކެ ގަޔާވާކަން ވެސް ފުރަތަމަ އައިލިން ހިއްސާކުރީ ރައިހާ އާއިއެވެ. އައިލީން އަށްޓަކައި އޭނާ ހުރީ އުފަލުން މޮޔަވާވަރުވެފައެވެ. އެކުވެރިޔާ ގެ މި އުފަލުގައި ރައިހާ ފުރިހަމައަށް ބައިވެރިވިއެވެ. ލިޔާން އަށް ވެސް މިކަން އިނގުނީ ރައިހާ ގެ ފަރާތުންނެވެ. ފުރަތަމަ ކޮޅު ދިމާކުރިއެތް ކަމަކު ފަހުން ފަހުން އައިސް ލިޔާން އައިލީން އަށް ހިތްވަރުދީ ހަދަނީ ޔާނިޔު ކާމިޔާބުވާނެއޭ ބުނަމުންނެވެ.

ދުވަސްތަށް އުފާވެރިކަމުގައި ގުނަމުން ދިޔައިރު އައިލީން ގެ އުފާވެރި ދުވަސްތަކަށް ކަޅުކަމެތް އައީ ޔާނިޔު އޭނާ އާއި އެތް ކުލާހެތް ގައި ކިޔަވާ ކުއްޖެށް ކަމަށް ވާ ނުހާ އާއި ރައްޓެހިވިކަން އިނގުމުންނެވެ.

ޔާނިޔު އަށްޓަކައި ހިތުގައި ވާ އުންމީދުތަށް ފުނޑުފުނޑުވެގެން ދިޔައެވެ. ލޯބީގައި އޭނާ އަށް ވަމުން ދާ ނާކާމިޔާބީ ތަށް އިޙްސާސް ވާ ކޮންމެފަހަރަކު އައިލީން ރޮއްވާލައެވެ. މިފަދަ ވަގުތުގައި އައިލީން އަށް ހިތްވަރުދީ ހެދީ ރައިހާ އެވެ.

އެއްދުވަހެތް ގެ ހަވީރުގެ ވަގުތެވެ. ރައިހާ މެން ގެއިން އަންނަނިކޮށް އައިލީން ހުއްޓުން އެރީ ކުރިމައްޗަށް އައިސް ހުއްޓުނު މީހާގެ ސަބަބުންނެވެ. ކުރިމަތީގައި އެހުރީ އިވާން ނޫން އެހެން މީހެއް ނޫނެވެ. އިވާން ގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމެވެ. އިވާން އާއި ރުޅިވިފަހުން މިއަދު މީ އަލަށް އިވާން ފެނުނު ދުވަހެވެ. ކުރިއާއި ބަލާފައި އިވާން ގައިގައި ހަރުދަނާ ވައްތަރު ޖަހައެވެ. ތުނިތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިއާއި ކަނދުރާ އާއި ހަމައަތް އަންނަ ބުޅި އިސްތަށިގަނޑު މިހާރު ކުޑަކޮށް ފަންވެފައި ވުމުން އިވާން ގެ ފިރިހެން ވަންތަކަން ވަނީ އިތުރުވެފައެވެ. އެހެންޏާ އިވާން ފެނުމުން ހިތައް ވާ އެތްގޮތް ވެސް އައިލީން އަކަށް ނުވިއެވެ. މިކަމާ އޭނާ ހައިރާން އެތް ނުވެއެވެ. މިހާރު އޭނާ ގެ ހިތްވަނީ ޔާނިޔު އަށް ހިބަކޮށް ދީފައެވެ. އެ ހިތަށް މިހާރު އިވާން ގެ އެތްވެސް ހަރަކާތަކުންނެތް އަސަރެއް ނުކުރާނެއެވެ. އެހެން ހުރެފައި އިވާން އައިލީން އަށް ހިނިތުންވުމެތް ދިނެވެ. އައިލީން ވެސް ކުޑަކޮށް ހިނިތުންވެލިއެވެ. ދެން އައިލީން ސިއްސާގެން ދިޔައީ މީހަކު އޭނާ ގެ އަތުގައި ހިފާފައި އޭނާ އާއި ގަޔާކައިރި ކޮށްލުމުންނެވެ. ހައިރާން ވެ ހުރެ އައިލީން އެ ޒުވާނާ އާއި ދިމާލަށް ބަލާލުމާ އެކީ ދިޔައީ ސިއްސާގެންނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ކަނޑުމަތިން ކަނޑުމަތި

Next

އަދިވެސް ލޯބި ބޭނުމޭ. . (2)

Next
March 13, 2021

އަދިވެސް ލޯބި ބޭނުމޭ. . (2)

Previews
March 13, 2021

ކަނޑުމަތިން ކަނޑުމަތި

5 Comments!

  1. redlailacrose says:
    March 13, 2021 at 9:17 pm

    Oow???the stry is really beautiful ??? ey yaaniu dhw???? waiting for next episodes ?? nd alhugandu innaane new poem eh post kohlafa??? hope to see your comments ?? stay safe

  2. YEOJA says:
    March 13, 2021 at 9:31 pm

    Hello readers❤️❤️❤️
    Hope mi part vxx hurihaa kiyunterinah ❤️❤️kamudhaane kama❤️❤️❤️❤️
    ISA next part tmorw up kohdeveythoo ❤️❤️balaalaana ingey tmorw school day eh vee maa faharehgaa upkohdeveyleh Las vedhaane❤️❤️❤️❤️❤️❤️❤️
    And dhn othy mi vaahakaage last part❤️❤️❤️❤️❤️ . Swy mi stry ehaa digu nuveemaa ❤️❤️❤️❤️❤️❤️❤️
    Stay safe ❤️❤️and take care ❤️❤️

  3. Butterfly Girl says:
    March 14, 2021 at 8:36 am

    Awwwn bestie vrh reethi ingey mi part vx masha Allah ❤️❤️❤️❤️❤️❤️❤️❤️❤️
    Awwwn Alhamdhulilaah Finally Raiha & liyaan gulhunee dhw❤️❤️❤️❤️❤️❤️❤️❤️
    Naseebakun Aileen ah vx Yaaniu deke lwbi veveihje dhw❤️❤️❤️❤️❤️❤️❤️❤️
    Vrh cerious vehje Aileen salami E kuree Yaaniu henn bodah heevanee❤️❤️❤️❤️❤️
    Keep it up bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for the last part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u sooo so much bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. YEOJA says:
    March 14, 2021 at 2:05 pm

    Hlw readers❤️
    stry ge last part alugadu dhn me ❤️❤️submit kohlaafin ❤️❤️
    Let’s hope to see it soon ❤️❤️
    Stay safe ❤️❤️

  5. Flame Gurl says:
    March 14, 2021 at 4:56 pm

    maashaa allah mi bai vx hama best ingeyy. curiously waitin for the nxt.. stay safe dear

Comments are closed.

Next Episodeވާން އެދެމޭ ގާތުގާ (ފަހުބައި)←


All Right Reserved!