Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (7)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 12, 2021 4 Mins Read
5 Comments

ބޯންއިންފެންތަށި މޭޒުމަތީ ބަހައްޓަމުން ސުމާ ރުޅި ވެރިނަޒަރަކުން ލިޔާން އަށް ބަލާލިއެވެ. ” ރައިހާ އާއި ހަދައިގެން ދޯ އަހަންނާ ތިގެން ރުޅިވަނީ ، ރައިހާ ދޯ އެއީ ލިޔާން ލައިކް ވެއޭ ބުނި އަންހެނަކީ ” ސުމާ އަހާލިއެވެ. ” ހޫމް ، އެހެންމާ ދެމީހުންނަށް ވެސް އެންމެ ރަނގަޅުވާނީ ރުޅިވީ އާ ” ސީރިއަސް ވެލާފައި ލިޔާން ބުނެލިއެވެ.

” މައްސަލައެތް ނެތް ، އަހަރެން އެހެން ނޫނަސް ލިޔާން އާއި ގުޅުނީ ކޮންމެހެން ލޮއިއްބަކުންނެތް ނޫން ، ސޯ ގުޑް ބާއި ” ނިކަން ހަމަޖެހިލާފައި މިހެން ބުނެލައިފައި ސުމާ އެތަނުން ދިޔައެވެ. ލިޔާން ގެ ހިތަށް ކުޑަވެސް ހަމަޖެހުމެތް ލިބުނީ ސުމާ އެތަނުން ދިޔައިމައެވެ. ދެން އޭނާ އާއި ހަދައިގެން ރައިހާ އަކަށް ހިތާމަ ކުރާނެ ފުރުސަތެއް ނުދޭނަމެވެ. ރައިހާ އަށް ހުސްވެސް ދެން ދޭނީ ލޯބިއެވެ. ހިތާހިތުން ލިޔާން މިހެން ބުނެލިއެވެ. ފާއިތު ވި ދުވަސްތަކުގައި އޭނާ ގެ ހިތުގައި ރައިހާ ގެ ނަން ފަޑުނުވާނެ ވަރަށް ވަނީ ލިޔެވިފައެވެ. ރައިހާ އަށްޓަކައި އެހިތުގައި ނިމުމެތް ނުވާނެ ވަރަށް ލޯބި ވިއެވެ. ރައިހާ ގެ އިންތިޒާރު ފޮނިވާނެކަން ހިތައް އެރުމުން ލިޔާން އަށް ހިނިތުންވެވުނެވެ.

ސުކޫލުގެ ގަނޑިތައް ފަހަރަކު ގަނޑިއަކަށް ފަހު ގަނޑިއެތް ނިމެމުން ދިޔައެވެ. މިއަދު ލިޔާން ގެ ބަދަލުވެފައިވާ ސިފަ ފެނި ރައިހާ އިނީ ބަސްހުއްޓިފައެވެ. ސުމާ ވެސް މިއަދު ލިޔާން އާއި މާ ދުރުދުރުން އުޅޭއިރު ލިޔާން ވެސް ސުމާ ކައިރިއަކަށް ދާކަށް ނޫޅެއެވެ. ރައިހާ އެކޭ އެއްފަދައިން އައިލީން ވެސް ހުރީ ހައިރާން ވެފައެވެ. ލިޔާން އޭނާ އެއްޔެ ދެއްކި ވާހަކަ ތަކާ މެދު އެހާ އަވަހަށް ގޮތެށް ނިންމުމުން އުފާވެސް ވިއެވެ. އޭނާ އިނީ ޔާނިޔު ކައިރި މި ވާހަކަ ބުނަން ކެތްމަދުވެފައެވެ.

” އައިލީން ، އަހަރެން ރައިހާ ދެކެ ލޯބި ވެވިއްޖެ ، އަހަރެން ބޭނުން އޭނާ ކައިރި ރައްޓެހިވާން އަހަން ، އެކަމަކު ތަންކޮޅެށް ސްޕެސިއަލް ކޮށް ، ރައީ އަހަންނަށް ވަރަށް އިންތިޒާރުކޮށްފި އެހެންވެ އަހަރެން ބޭނުން ސްޕެސިއަލް ކޮށްލަން ”  ހަވީރު ގެ ގަނޑީގައި ލިޔާން ޔާނިޔު އަދި އައިލީން އާއި އެގޭ ކައިރި އޮންނަ އަތިރިމަތިން ބައްދަލުކޮށްލާފައި ބުނެލިއެވެ. ލިޔާން ގެ ފަރާތުން އިވުނު ވާހަކަ ތަކުން އައިލީން ހުއްޓުން އެރިއެވެ. އެހާމެ އުފާވިއެވެ. އުފަލުން ކުޑަކޮށް ހަޅޭލަވާގަނެފައި ކުރެވޭ ނުކުރެވޭ އެތް ނޭނގި ހުރެ ކައިރީ އިން ޔާނިޔު ގައިގައި ކުޑަކޮށް ބައްދާލެވުނެވެ. އައިލިން ގެ މިކުއްލި އަމަލުން ލިޔާން އަދި ޔާނިޔު ވެސް ދިޔައީ ސިއްސާގެންނެވެ. ކުރެވުނީ ކީއްކަން ރޭކާލުމާއެކު އައިލީން ޔާނިޔުގެ ގައިން ދޫކޮށްލިއެވެ. އައިލީން ގެ މޫނުމަތީގައި އޭރު ރަތް ކަމެތް ވިއެވެ. ” ސޮރީ ރައީ އަށްޓަކައި ހެޕީވީވަރުން ، ” އައިލީން ބުނެލިއެވެ. ” އިޓްސް އޯކޭ ” ޔާނިޔު ބުނެލިއެވެ. އައިލީން ގެ ހިތުގެ ހިނގުން ވެސް ވަނީ އޭރު އަވަސްވެފައެވެ. ޔާނިޔު ގެ ފިރިހެންވަންތަ ހަށިގަނޑުގައި އޭނާ އަށް ބައްދާލެވުމުން ނުކުރެވޭހާ ތަފާތު އިޙްސާސެތް ކުރެވުނެވެ. ” ދެން އައިލިން ބުނެބަލަ ދޯ ، އަހަރެން ރައިހާ އަށް ޕްރޮޕޯސް ކުރަން ހެލްޕް ވާނަން ތަ ޔާނިޔު އާއި ދެމީހުން ” ލިޔާން އަހާލިއެވެ. ” ތީ އަހާކަހަލަ ސުވާލެތްތަ ލިޔާނޫ ، އަހަރުމެން އެހީވާނަމޭ ދޯ ޔާނިޔު ، އެކަމަކު ކޮންދުވަހަކު ޕްރޮޕޯސް ކުރަން ތިވިސްނަނީ ” އައިލީން އަހާލިއެވެ. ” ތެދެއް ލިޔާން އަހަރެންނަށް ވެސް އެހީވެވޭނީ ކުރާ ދުވެހެތް ބުނީމައެތްނު ، މިހާރު ޓެސްޓް ތައް އަންނާތީ ލާސްޓް އިޔާ ވީމާ ކިޔެވުމާގެން މިއޮޅެނީ ” ޔާނިޔު ބުނެލިއެވެ. ” މި ވިސްނަނީ މި ވީކެންޑުގެ ފްރައިޑޭ އަށް ” ވިސްނުމެތްގައި އިނދެފައި ލިޔާން ބުނެލިއެވެ. ” އެހެންމާ މިއަދު މީ ބުދަ ސޯ އެންމެ ދުވަހެތް ބާކީ ދޯ” އައިލީން ބުނެލިއެވެ. ” ހޫމް ” ލިޔާން ހޫމް އަޅުވާލިއެވެ. ” އެކަމަކު ލިޔާން ބުނަން ރައިހާ އަށް ދެން އިތުރަށް ދެރައެތް ދިނަސް ކަލޭގެ ދުވަސް ދިޔައީ ” ލިޔާން އާއި ދިމާލަށް ސީރިއަސް ވެލާފައި ގޮތް މުށްކަވާފައިވާ އަތް ދައްކާލަމުން އައިލީން ބުނެލިއެވެ. އެއާއެކު ޔާނިޔު އަށާ ލިޔާން އަށް ހިނިގަނޑެށް ޖަހާލެވުނެވެ. ” ދެން އަހަރެން ރައީ އެތް ދެރައެތް ނުކުރާނެ އެތް ނު ، އައިލަވް ހާ ސޯމަޗް ” ދީވާނާ ވެފައިވާ މީހެތް ފަދައިން އިދެފައި ލިޔާން ބުނެލިއެވެ. ” އެކަމް އައިލިން ދެން މީހަކާ ނުގުޅެނީތަ އަދިވެސް އިވާން ކަންތަކުގާ ތަ ، އަހަރެން ބުނާނީ ދެން އޭނާ މަތިން ހަނދާން ނުކުރާށޭ ، އަހަރެން ވެސް މިހުރީ އޭނާ އާއި ހުރިހާ ގުޅުމެތް ކަނޑާލާގެން ” ލިޔާން ބުނެލިއެވެ. ދެން އެތަނަށް ވެރިވެގަތީ ހަމަހިމޭން ކަމުގެ ސުކޫތެކެވެ.

” ސޮރީ އައިލީން ، އެޓޮޕިކް އަށް ދާކަށް ބޭނުމެތް ނޫން އަސްލަކު” ޔާނިޔު ލިޔާން ގައިގައި ވިކާގަތުމުން ލިޔާން ބުނެލިއެވެ. ” އޯކޭ އޭ ދެން އެކަމަކު އަހަރެންނަށޭ ކިޔާގެން ތި ތިން މީހުން މެދުގައި އޮތް ފްރެންޑްޝިޕް ރޫޅާ ނުލާތި އިނގޭ ” އައިލީން ބުނެލިއެވެ.

” ރޫޅިފާ މި އޮތީ ދެން އިތުރަށް ގާތްވާކަށް ނޫޅޭން ދެން ހިނގާ ގެއަށް ދާން ހިނގައިގަންނަން އިރުއޮއްސެނީނު ” ޖޯލިން ތެދުވަމުން ލިޔާން ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ލިޔާން ފަހަތުން އައިލީން އަދި ޔާނިޔު ވެސް ހިނގާގަތެވެ.

ބުރާސްފަތި ދުވަސް ފަހަނައަލާ ދިޔައިރު ލިޔާން ރައިހާ އަށް ޕްރޮޕޯސް ކުރަން ތައްޔާރުވިއެވެ. ރައިހާ  ގެ ކަންކަމާ ހަވާލުވީ އައިލީން އެވެ. ހުކުރުދުވަހުގެ ރޭގަނޑު އަތިރިމަތީގައި މިހުރިހާ ކަމެތް ރޭވީ އެރެއަކީ އެއީ ހަނދުވަރުދޭ ރެއަކަތް ވުމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. އައިލީން ބަލައި އަންނަން ވާއިރަށް ރައިހާ ދިޔައީ ތައްޔާރުވަމުންނެވެ. ކްރީމް ކުލައިގެ ކަކުލާ ހަމައަތް އަންނަ މި ހެދުމުގެ އަތް ފުޅާކޮށްލާފައި ވާއިރު އަތުގެ އުނޅަބޮށިން ކުޑަ ތަންކޮޅެތް ތިރިއަށް   ވާގޮތަށް ވަނީ މެރޫން ކުލައިގެ ރޭނދާ ކޮޅެއް އަޅާލެވިފައެވެ. އެއާއި ގުޅޭ ގޮތުން ވަނީ މެރޫން ކުލައިގެ ޝޯލް އެތް ރީތި ގޮތަކަށް ބޮލުގައި އޮޅާލެވިފައެވެ. އެންމެ ފަހު ކަމަކަށް ސެންޓްކޮޅެށް ޖަހާލުމަށް ފަހު ކޮޓަރިން ބޭރަށް ރައިހާ ނިކުން އިރު އައިލީން ސޯފާގައި ރައިހާ ގެ މަންމަ ޒިޔާދާ އާއި ވާހަކަ ދައްކަން އިނެވެ. ” އަހަ އެއޮތް އައީ ރައިހާ ، ” ޒިޔާދާ ރައިހާ އައި ތަން ފެނުމުން ބުނެލިއެވެ. ރައިޙާ އަށް ފުރަގަސްދީގެން އިން އައިލީން ފަހަތަށް އެބުރެލިއެވެ. ފުރަތަމަ ވެސް އެދުލުން ނިކުތީ ރައިހާ ގެ ރީތިކަމަށްޓަކައި ތަޢުރީފް ގެ ބަހެކެވެ. އައިލީން އާއި އެތްވަރުކޮށްލަމުން ރައިހާ ޒިޔާދާ ކައިރި ދަނީކަމަށް ބުނެ އައިލީން އާއި ދެމީހުން ދޮރާ ދިމާލަށް ދާން ހިނގާގަތެވެ. ” ދެކުދިން ބަލައިގެން އުޅޭތި ، އަވަހަށް ލަސް ނުވަނީސް އަންނާތި އިނގޭ ” ޒިޔާދާ ރައިހާ މެންނަށް އަޑު އިވޭވަރަށް ބުނެލިއެވެ. ރައިޙާ އާއެކޭ ބުނަމުން ހަރުގަނޑުން ކަޅުކުލައިގެ ކުޑަކޮށް އިސްބުޑުކޮޅެށް ލެވިފައި އިން ބޫޓަށް އަރައިގެން ނިކުންނަށް ހިނގައިގަތެވެ.

” އައިލީ އެކަމަކު އަހަރުމެން މީ ދުވަހަކު ވެސް ހަނދުވަރުދޭ ތަން ބަލަން ދާ ބައެތް ނޫނޭންނޫ ސަން ރައިޒް އާއި ސަންސެޓް ބަލަން ދިޔަޔަކަސް، އަނެތް ކާ އައިލީ ވެސް އަހަރެން ވެސް ވަރަށް ބިރުގަނެ އެތް ނު އެކަނި ނައިޓް ޓައިމް ގާ ބޭރުގައި އުޅޭން ” ރައިހާ ހާސްވެފައި ހުރެ  ބުނެލިއެވެ. ” ސާބަސް އައުކަމެތް އެކްސްޕީރިއަންސް ކޮށްލިހާ އެތް ނުވާނެ އެތްނު ، އެހެންނޫނަސް ބޮޑީގާޑެއް ހަމަޖައްސާފައޭ ހުންނާނީ” ހިނިގަނޑެތް ޖަހާލަމުން އައިލީން ބުނެލިއެވެ. ” އޭން ، ކާކު ؟ ” ހައިރާން ވެހުރެ ރައިހާ ސުވާލުކޮށްލިއެވެ. އޭރު ދެމީހުން ވެސް ވަނީ އަތިރިމައްޗާއި ފުދޭވަރަކަށް ކައިރި ވެފައެވެ. ” ޔާނިޔު ” އައިލިން ބުނެލިއެވެ. ”އައިލީ ހަމަ ރަނގަޅަށް ވެސް ޔާނިޔު އާއި ކަމެތް ދޯ އަހަރެންނަށް ވަރަށް ހީވޭ ” ލާނެތް ރާގަކަށް ރައިހާ ބުނެލިއެވެ. ”ޕިސް ކަލޭނޭ ނޫނެކޭ ، ޖަސްޓް ފްރެންޑްސް އޭ ” އައިލީން ބުނެލިއެވެ. ފްރެންޑްސް މި ބަސް އައިލީން ހިތާހިތުން ކިޔާލިއެވެ. އެއާއެކު އޭނާ ގެ ހިތަށް ގޮތެއް ވެލިއެވެ. އޭނާ އަށް ޔާނިޔު އާއި މެދު ދެކެނީހަމައެކަނި އެކުވެރިއެތް ގެ ނަޒަރުން ހެއްޔެވެ ؟ . މިސުވާލު އައިލީން ގެ ސިކުނޑީގައި ކޮށްޓާލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރާލީ މި ހިޔާލުތަކުން ދުރަތް  ދިޔުމުގެ ނިޔަތުގައެވެ. ” އައިލީ ކޮންތާކު ތިބޭނީ؟”.  އަތިރިމައްޗާ ހަމައަށް އާދެވުމުން ރައިހާ ބުނެލީ އައިލީން އާއި ދިމާލަށް ބަލާލަމުންނެވެ. އޭނާ ގެ ނަޒަރު ކުރިމަތިގައި ވާތަނަކަށް ނުހުއްޓުނެވެ. ” ރައީ ކުރިއަތްހިނގާ އިނގޭ އަހަރެން އެބަ އަންނަން އޭނާ ގޯޅިން ޔާނިޔު އާދޭތޯ ބަލާލައިފާ ” މާ ދުރުނޫން ހިސާބެތް ގައި ހުރި ގޯޅިއަކަށް އިޝާރާތް ކުރަމުން އައިލީން ބުނެލިއެވެ. ކިތަންމެ ޖެހިލުން ވިއެތް ކަމަކު ރައިހާ އެކަމަށް އެއްބަސް ވިއެވެ. އައިލީން ދިޔުމާއެކު އަތިރިމައްޗާ ކައިރި އާއި ދިމާލަށް ރައިހާ މިސްރާބުޖެހިއެވެ. ކައިރި ވިވަރަކަށް ތަން ދިއްލިފައި ވާކަން ފާހަގަ ކުރެވުނެވެ. ކައިރިވި ވަރަކަށް ރައިހާ އަށް ވަންނަތާ ދެފަރާތުގައި ޖަހާފައި ހުރި އުއްބަތްތި ތައް ފެނުނެވެ. އުއްބައްތީގެ އަލިން މުޅި މާހައުލުގައި ވަނީ މަޑު އޮރެންޖް ކުލައިގެ އަލިއެކެވެ. ވަކި ވަރަކަށް މަލުގެ ފިޔަތަށް ވެލިގަނޑުމަތިން ފާހަގަ ވަމުން ދިޔައެވެ. ރައިހާ ގެ ހިތަށް އެތަކެތް އެއްޗެށް އަރާ ފައިބަމުން ދިޔައެވެ. މަޑުމަޑުން ރައިހާ ކުރިއަށް ހިނގަމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ރައިހާ ހުއްޓުނީ މަލުގެ ފިޔައިން ފުރިފައިވާ ހިތެއް ގައެވެ.  ހައިރާން ވެފައި ރައިޙާ އެކި ދިމާ ދިމާ ބަލަން ހުއްޓޭވެ. ފަހަތުން މީހެއްގެ ހިލަމެތް ވެގެން ފަހަތް ބަލައިލި ރައިހާ އަށް ދެލޯ ބޮޑު ކޮށްލާފައި އަނގަމަތީގައި އަތް އަޅާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

އަންހެނަކަށް ވީތީ

Next

ތިޔަ ލޯތްބަށް އެދެމޭ – 7

Next
March 12, 2021

ތިޔަ ލޯތްބަށް އެދެމޭ – 7

Previews
March 12, 2021

އަންހެނަކަށް ވީތީ

5 Comments!

  1. YEOJA says:
    March 12, 2021 at 5:52 pm

    Hello❤️❤️ readers❤️❤️
    Unmeedu kuran mi part vxx kiyunterina ❤️❤️kamudhaane kama ❤️❤️
    Next part tmrow ISA ❤️❤️
    Stay safe❤️❤️ readers❤️❤️
    ????

  2. YEOJA says:
    March 12, 2021 at 5:54 pm

    Hello readers❤️❤️
    Unmeedu kuran mi part vxx kamudhaane ❤️❤️kama❤️❤️
    Next part ISA tmrow❤️ submit❤️ kohlaana❤️❤️❤️❤️❤️
    Stay safe ❤️❤️and ❤️❤️take care readers ❤️❤️❤️

  3. Flame Gurl says:
    March 12, 2021 at 6:07 pm

    wooow! hama speechless ingey dear.. baraabarah com nukurias vhk kiyan… hehe.. whn is the nxt prt? curiously waiting for the nxt prt.. luv yaa..

  4. redlailacrose says:
    March 12, 2021 at 7:13 pm

    The stry is really beautiful ??? alhey liyaan rai ah propose kuran dhw e ulhenee ???im so happy ailee nd yaaniu gulhen beynumee??ur really talented dear ?? keep going like this ?? waiting for next episodes ???

  5. YEOJA says:
    March 13, 2021 at 3:15 pm

    Hello readers❤️❤️❤️
    Stry inaany menduru haakai haairu submit kohlaafaa . ❤️❤️Swry late veemaa miadu yeoja thankoleh busy day eh veemaa lahun submit kohlevuny ❤️❤️❤️❤️
    Next part avaha publish veythoo balamaa dhw❤️❤️❤️❤️
    Stay safe ❤️❤️

Comments are closed.

Next Episodeވާން އެދެމޭ ގާތުގާ (8)←


All Right Reserved!