
ނީޝް

ގަޑި އެލާރމް ވި އަޑަށް 19 އަހަރުގެ ނީޝްއަށް ހޭލެވުނެވެ. ”ނީޝް ހޭލައިފިތ؟؟“. ގެއަށް ވަންނަމުން އައި ނީޝްގެ ބައްޕަ ރަޝާދު ނީޝްގެ ދައްތަ ނިއުހާ ގާތުން އެހިއެވެ. ”ނޫން ޑެޑީ.. އަދި ނީޝްކޮ އޮތީ ނިދަން.. ޑެޑީ ބްރެކްފާސްޓް ކާން ވީނު..“. 21 އަހަރުގެ ނިއުހާ ހިނިތުންވެލަމުން ބުންޏެވެ. އެދެކުދިންގެ މަންމަ ނައޫފާ ވަނީ ނީޝްއަށް 3 އަހަރު ތެރޭ ވަނީ އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އޭގެފަހުން މުޅި ގޭތެރެ ބަލަހައްޓަނީ ހީވާގި ނިއުހާއެވެ.
ނީޝް ދުވެގޮސް ފާހާނާއަށް ވަދެ ކުޑަގޮތަކަށް ފެންވަރާލިއެވެ. ނީޝް ފާހާނާ އިން ނުކުމެ ގައިގާ އޮޅާލާފައި ވާ ތުވާލި ބިންމައްޗަށް ވައްޓާލި އެވެ. ނީޝްގެ ބޮޑު ކްލޯޒެޓް ހުޅުވުމުން ފެންނަނީ އެންމެ ފަހުގެ ފެޝަން ހެދުންތަކެވެ. އޭނާ ނެގީ ޖިންސް ފޮތިން ފަހާފައި ވާ ޖެކެޓަކާއި ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެކެވެ. ތުންފަތުގައި ޖައްސާލީ ރަތް ކުލައިގެ ލިޕްސްޓިކެކެވެ. ހިތް ފުރެންދެން ބުލޫ ލަވް ސެންޓް ޖަހާލަމުން އަތް ދަބަހަށް”އެސެންޝިއަލްސް“ އަޅާލިއެވެ. ”ނީޝްކޮ ނުކަންތަ ބްރެކްފާސްޓް..“. ކުޑަގޮތަކަށް ދުވެފައައި ނީޝް ފެނިފައި ނިއުހާ އަހާލިއެވެ. ”ސޮރީ.. ދޮންތާ… ވަގުތެއް ނެތް.. ކޮލެޖް ކެންޓީނުން އެއްޗެއް ގަނެލާނީ… ބާއީ..“. ގްރައުންޑް ފްލޯ އައް ދެވުން އިރު ނީޝްގެ އެކުވެރި ލައިސާ ބަލާއައިސް ހުއްޓެވެ. ނީޝް އާއި ލައިސާ ގޮސް އެރީ ލައިސާގެ ދައްތަ މައިޝާގެ ކާރަށެވެ. ”އަހަ.. ނީޝްކޮ މިކޮޅަށް އައީ ދޯ… ކޮބާ ފޭމް..؟؟. މައިޝާ ސުވާލު ކޮށްލީ ކާރު ދުއްވަމުންނެވެ. ”ސޭމް އޭޒް ޔޫޝުއަލް… ފައިއްތި އެބަ އާދެޔޯ ނެކްސްޓް މަންތް ތެރޭ މައިޝްތި އަންނަން ވާނެ ފައިއްތި ބަލާ… އިނގޭ..“. ”އާނ.. ހޭވް އަ ގްރޭޓް ޑޭ..“. މައިޝާ އެހެން ބުނެފައި ކާރު ދުއްވާލިއެވެ.
*****
ނުނިމޭ
Comments (1)
Comments are closed.
Stry vrh reethi ?? mee 1st episode tha nooney trailer tha??? and next part ah waiting.and could u please comment on my storys ? ??? stay safe ?? stay home ??