Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ

❤️ lailac ❤️ Level 210 Stories100 Comments100 Login
February 25, 2021 One Min Read
0 Comments

“ދަރިފުޅާ ޖަޒްލާ. އަވަހަށް ތެދުވޭ. މިހާރު އެއޮތް ކޮލެޖަށް ދާގަޑި ޖެހެނީ.” ފުންނިދީގެ އާލަމުން ޖަޒްލާއަށް ބޭރުވެވުނީ އޭނާގެ މަންމަ ކޮލެޖަށް ދާން ގޮވުމުންނެވެ. މަޑުމަޑުން އެސްފިޔަތަށް ތަޅުވާލުމަށްފަހު ލޯހުޅުވައިލި ޖަޒްލާގެ ލޮލަށް އެންމެ ފުރަތަމަވެސް ފެނުނީ އޭނާގެ ގާތުގައި އަރާމްކޮށް ނިދާލައިފައި އޮތް ނިއަމްއެވެ.
ޖަޒްލާ މަޑުމަޑުން ތެދުވެ އިށިންދެލިއެވެ. އެއަށް ފަހު ދަރިފުޅުގެ ބަނޑުގައި ގިލިގިލި ކޮއްޓާލިއެވެ. މަންމަގެ ގޯނާތަކަށް ކެތްނުވެގެން ނިއަމް ލޯ ހުޅުވައިލިއެވެ. ހެމުންހެމުން ތެދުވި ނިއަމް އޮޅުލައިގަތީ ޖަޒްލާގެ ކަރުގައެވެ. ޖަޒްލާ ނިއަމް އުރާލައިގެން ފާޚަނާ އަށް ވަނެވެ. އެކުއްޖާ ފެންވަރުވާ ރީތި ކޮށްލުމަށް ފަހު ޖަޒްލާ ފާޚަނާ އަށް ވަދެ ފެންވަރައިލިއެވެ.
ފެންވަރައިލައިގެން ނުކުތް ޖަޒްލާގެ ދެންމެ ފޮޅުނު ތާޒާ ޅަ ފިނިފެންމަލެއް ފަދަ މޫނުގައި ކުރެހިފައިވީ އުފާވެރިކަމުގެ ލުއި ހިނިތުންވުމެކެވެ.އަވަސް ހަރަކާތްތަކަކާ އެކު ޖަޒްލާ ތައްޔާރުވެ ނިންމާލިއެވެ.
ޖަޒްލާ ބޭރަށް ނިކުތް އިރު މަންމަ ހުރީ ސައިހަދާފައެވެ. “މަންމާ މިއަދު އަޅެ ސައިހަދަން ކީއްވެތަނުގޮވީ؟” ޖަޒްލާގެ އަޑުގައި ވަނީ ޝަކުވާއެވެ. “ދަރިފުޅު ނިދާފަ އޮތީމަ މަންމަ ނުގޮވިއްޔޭ.އަހަނ މާމަ ދޫނި ހާދަލޯތްބޭ. މިއަދު ސްޓޯބެރީ ހެދުމެއްލައިފަ ދޯ!” ޖަޒްލާ ކުރި ސުވާލަށް ޖަވާބުދެމުން ޝިފާނާ ބުނެލިއެވެ. “ބައްޕަ މިހާރު މަސައްކަތަށް ދިޔައީ ދޯ” ޖަޒްލާ ޝިފާނާ އަށް ދޯ ދިނެވެ.
ސައިބޯލައިގެން ޖަޒްލާ ކޮލެޖަށް ދިޔުމަށް އެޕާރޓްމެންޓް އިން ބޭރަށް ނުކުތެވެ. ޖަޒްލާ ކޮލެޖަށް ދަނީ ހިނގާލައިފައެވެ.ގެއިން ކޮލެޖަށް ދިޔުމަށް އޮންނަ ރާސްތާކުރުވީމަ އެވެ.ފައިމަގުގައި އުޅެން ފަސޭހަވީމައެވެ. އެހެނަސް ލޯބީގެ އައްސޭރިޔަށް ކުރާ ދަތުރު ވެސް ޖަޒްލާ އަށް މިހާ އޮމާންވެފައި ފަސޭހަވާނެ ބާއެވެ؟ ތޫފާނެއް އައިސްފިނަމަ އޭގެ ވަޔާއި އޮއިގެ ތެރޭގައި ޖަޒްލާ ބެހިގެން ނުދާނެ ބާއެވެ؟ ޖަޒްލާ އާއެކު ހަޔާތުގެ ދަތުރުގައި މަދަދު ގާރަކަށް އޭނާގެ ދަރިފުޅު ވާނެބާއެވެ؟ ޖަޒްލާގެ މައިންބަފައިން ލޯބީގެ ހަނގުރާމައިގައި އޭނާ އަށް އެހީވާނެބާއެވެ؟ ޖަޒްލާ ގެ ދަރިފުޅުގެ ބައްޕަ އަކީކާކު ބާއެވެ؟ އެދެމީހުން ވަކިވީ ކީއްވެ ބާއެވެ؟

މިހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށް ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ ގެ ފުރަތަމަ ބަޔަށް އިންތިޒާރު ކޮށްލައްވާ.
އިރާދަ ކުރެއްވިއްޔާ މިއަންނަ ބުރާސްފަތި ދުވަހު މިވާހަކައިގެ ފުރަތަމަ ބައި ނެރެވޭނެއެވެ.

Share Article

Follow Me Written By

❤️ lailac ❤️

Level 210 Stories100 Comments100 Login

❤️Im a girl who loves reading and writing ??? I also love to write songs??❤️

Other Articles

Previous

ބޭވަފާތެރިވުމުން ޔާރާ – 5

Next

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 4

Next
February 25, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 4

Previews
February 25, 2021

ބޭވަފާތެރިވުމުން ޔާރާ – 5



All Right Reserved!