Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންމަޒުމޫނު

ފުރާވަރު އުމުރުގައި ކުދިންނަށް ކައްކަން ދަސްކޮށްދިނުން. މުހިންމު ކަމެއް.

Lam'aa Level 6100 Login10 Stories
February 22, 2021 2 Mins Read
0 Comments

 

ފުރާވަރު އުމުރުގައި ކުދިންނަށް ކައްކަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. އެކަމުން ގެއްލުމެއް ނުވާއިރު، އެކަމުން ނުހަނު ގިނަގުނަ ފައިދާތަކެއްވެއެވެ. މާދަމާ ކެއްކޭނީ އަދު ކައްކަން ދަސްކުރި އެއްޗެކެވެ.

ކުދިން ކާހިތް ނުވާ އެތައް އެއްޗެއް އަމިއްލައަށް މީރު ގޮތްގޮތަށް ތައްޔާރު ކޮށްގެން ކައި އުޅެއެވެ. ކުދިން ކައްކަން ހިތް ޖައްސުވާ އެކަން ކުރަން ފެށުމުން މިއީވެސް ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިގޮތަށް ތައްޔާރު ކުރާ ކާނާއަށް ތަޢުރީފު ކުރުމަކީ އެކުދިން އެކަމަށް ހިތް ޖެހޭލެއް އަވަސްވާކަމެކެވެ. އެކަމަށް ހިތުގައި ޝައުގުވެރިކަން އުފެދޭ ކަމެކެވެ.

ތިމާ ބަލިވާ ދުވަހު ކައްކަދޭން ހުރީ ހަމަ އެ ދަރިފުޅެވެ. މިއީ ތިބޭފުޅުންނަށް އެކުދިންނަށް ކައްކަދޭން ދަސްކޮށްދިނުމުން ފަސޭހަވާނެ ގޮތެކެވެ. އެކަން އެކުދިން ކުރާ ހިތުން ކުރާނެއެވެ. ނަމަވެސް އެއީ އެކުދިންނަށް އެކަން ހެޔޮގޮތުގައި ދަސްކޮށްދިނީމައެވެ. ގަދަކަމަކުން ނޫނެވެ. ގަދަކަމުން ދަސްކޮށްދޭން އުޅިފިނަމަ، އެކުދިންގެ ނުހުމާއި ކުރިމަތިލާން ޖެހޭ ފަހަރު އަންނާނެއެވެ.

ކެއްކުމަކީ އެންމެން އެކަތިގަނޑަކަށްވެ ގުޅިގެން ކުރެވޭނެކަމެކެވެ. ޚާއްޞަކޮށް ބޮޑެތި ކެއްކުންތައް ކައްކަނީ ކަމުގައި ވަނީނަމައެވެ. ކެއްކުމަކީ އެންމެންގެ ތެރޭ ކުއްޖާއަށް އުޅެން ދަސްވެގެންދެއެވެ.

ދިރިއުޅުމުގައި އިދިކީލީ ވިސްނުން އަންނަ ފަހަރުވެސް ދާނެއެވެ. އެކަހަލަ ހާލަތްތަކުގައި ކެއްކުން ކަހަލަ ތިމާގެ ފުރިހަމަ ސަމާލުކަން އެކަމަކަށް ދޭންޖެހޭ ކަންކަން ކުރުމުން އިދިކީލީ ވިސްނުމުން ދުރުވެލަން ފުރުސަތު ލިބިދެއެވެ. އަދި ތަޒާ ސިކުނޑި އަކުން އެ ކަމަކާ ދޭތެރޭގައި ވިސްނާލައި ފަހި ވިސްނުން ގެނެވެއެވެ.

މައިންބަފައިންނާއި ވާހަކަ ދައްކާލަން ކުދިން ބޭނުން ނަމަވެސް ނުކެރިފަ ތިބޭތަން ވަރަށް ގިނައިން ފެނެއެވެ. އެހެން ނަމަވެސް، ކުދިންނަށް މިކަހަލަ ކަންކަން ކުރަން ދަސްކޮށްދީ ކުދިންނާއި ގުޅިގެން އުޅޭނަމަ، ބުނަން ބޭނުންވާ އެއްޗެއް ބުނަން ފަސޭހަވާނެއެވެ.. އަދި ދެމެދުގައިވާ ގުޅުން ވަރުގަދަ ވާނެއެވެ.

އަޅުގަނޑަށް ދިމާވި ކުޑަ ކުޑަ ހާދިސާއެއް ހިމަނާލާނަމެވެ. އަޅުގަނޑުގެ މަންމަ އޮތީ ހުންއާސްގެން ނުތެދުވެވޭ ވަރުވެފައެވެ. ގޭގައި އުޅުނީ ފަހަރިއާއި އަޅުގަނޑު އެކަންޏެވެ. ކަން ދިމާ ކުރީ ނުހަނު ދެރަކޮށެވެ. ފަހަރިއަކަށް ރޮށި ފިހަން ފުށް މޮޑޭކަށް ނޭނގެއެވެ. ފަހަރި އަޅުގަނޑު ގާތު އެވާހަކަ ބުނީ ލަދުވެތިކަމާ އެކުވެ. އަޅުގަނޑު ހެދުމު އަތް ކުރި އޮޅާލާ ބުރުގާގައި ގޮށެއް ޖަހާ ފުށްގަނޑު މޮޑެން ތައްޔާރު ވެލީމެވެ. ފުށްގަނޑު މެޑެ ރޮށި ދަމަން ތައްޔާރު ވެލީމާ ރޮށި ދަމާ ފޯލި އަޅުގަނޑު އަތުން އަތިލައި ތިމަންނަ ދަމާ ދާނަމޭ ކޮއެ ރޮށި ފިހާށޭ ބުންޏެވެ. ދާދި އިހަކަށް ދުވަހު ފަހަރި ކައިވެނި ޕާޓީގައި ނަގާފައި ހުރި ފޮޓޯ ތަކުގެ ވާހަކަ ދައްކަން ފެށުމުން އޭރު ތިމަންނަ އުޅުނީ ހަތަރެއްގައޭ އަޅުގަނޑަށް ބުނެވުނެވެ. ދެން ފަހަރި ބުނީ ކީކޭކަން އިނގޭ ހެއްޔެވެ؟ “އަހަރެން އަސްލު އޭރު ނުހިތަން ތީ އެހާ ކުޑަ ކުއްޖެއް ކަމަކައް، އާން އޭރުވެސް ބަދިގެއަށް ވަދެހަދާވިއްޔަ” ފަހަރީގެ މި ބަސް ތަކަށް ހިނިތުން ވެލުން ނޫން އިތުރު ކަމެއް ކުރާކަށް އަޅުގަނޑަކަށް ނޭނގުނެވެ. ކިޔުންތެރިންނަށް ގަބޫލު ނުކުރެވުނަސް އެއީ އަޅުގަނޑު ގުރޭޑް ހަތަރެއްގައި އުޅެނިކޮށް ހިނގި ކަމެކެވެ.

އިސްވެ ދިޔަ ހާދިސާއިން ފުރާވަރުގައި ކައްކަން ދަސްނުކުރުމުން ފަހުން އެކަމުން ދެރަ ލިބޭނެކަން ކިތަންމެ ރަނގަޅަކަށް ވެސް ހާމަ ވެގެން ހިނގައްޖެއެވެ. ތިޔަބޭޅުންގެ ދަރިންނަށް މިދުވަސް އައުމުގެ ކުރިން ކައްކަން ދަސްކޮށްދޭށެވެ.

ކެއްކުމަކީ ހުނަރެކެވެ. މަސައްކަތް ކޮށްފިނަމަ އެންމެނަށްވެސް ކުރިއެރުވިދާނެ ހުނަރެކެވެ. ވަކި ޖިންސެއް ވަކި އުމުރެއް ނެތެވެ. ތިމާގެ ދަރި ކިޔަވަނީއޭ، ތިމާގެ ދަރި ކިޔަވައިގެން މޮޅުވާނޭ ބުންޏަކަސް އަދި ނިމުނީ އެއް ނޫނެވެ. ކިޔަވައިގެން އަދި އަމިއްލަ މީހާގެ “ޕްރޮފެޝަނަލް ލައިފް” ކާމިޔާބު ކުރެވުނަސް “ޕާސަނަލް ލައިފް” ކާމިޔާބުވުމަށް ވުރެ ގާތީ ނުވުމެވެ. މީހަކު މީހަކަށް ވާނީ ގަދައަޅައި މަސައްކަތް ކޮށްގެންނެވެ.

-ނިމުނީ-

Share Article

Follow Me Written By

Lam'aa

Level 6100 Login10 Stories

I love to read and write stories. Both negative and positive comments are welcomed ?

Other Articles

Previous

އިމްތިޙާން 60

Next

ރީމާ – 5

Next
February 22, 2021

ރީމާ – 5

Previews
February 22, 2021

އިމްތިޙާން 60



All Right Reserved!