Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭޤަރާރު

Rain lover Level 310 Stories100 Comments100 Login
February 14, 2021 6 Mins Read
3 Comments

މުޅ މާހައުލުވަނީ ކުލަބޮކިތަކާއި ތަފާތު ޑިސައިންތަކުން ފަޅުފިލުވާލެވިފައެވެ. ‘ޔައީޝް ވެޑްސް ހަމްނާ’ ޖަހާފައިވި ލިޔުންކޮޅު ކިޔާލާ ކޮންމެ މީހަކަށްވެސް އެއީ ކައިވެނި ހަފްލާއެއްކަން އެނގިގެން ދާނެއެވެ. ހޯލުގެ މެދުގައި ބަހައްޓާފައި ހުރި މޭޒުދޮށުގައި އިން ޒުވާނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ކުލަވަރެވެ. އެހެނަސް އެހިތް ބޭޤަރާރު ވަމުން ދިޔައީ އެހިތުގެ މަލިކާ ދެކެެލުމަށެވެ. ހޯލުގެ މައި ގޭޓުން ވަދެގެންދިޔަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ނަޒަރުތައްވަނީ އަމާޒުވެފައެވެ. ހަސަދަވެރި ކަމުގެ ނަޒަރުތަކާއި މަރުހަބާގެ ނަޒަރުތަކެވެ. އޮޅަލި ކުލައިގެ ހަންގަނޑާއިއެކު އެކުއްޖާއަށް ލިބިފައިވަނީ އާދަޔާއި ޚިލާފު ރީތި ކަމެކެވެ. ހުދުކުލައިގެ ފަސްބައިފުޅާ ކައިވެނީގެ ހެދުމުގައި އެއަންހެންކުއްޖާ ވަރަށްވެސް ފުރިހަމައެވެ. ހުދުކުލައިގެ ލޭސް ބުރުގާގެ ތެރެއިން އެހިތުގެ ބަށްޓަމަށްވާ މޫނު ފެންނަނީ
ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. ކަޅުކަންގަދަ އެސްފިޔަތަކުގައިވަނީ މަސްކަރާ އަޅާލެވިފައެވެ. ބޮޑު ދެލޮލުގެ ތެރޭ ގައިދުވެފައިވާ މުށިކުލައިގެ ކަޅިން ފެންނަނީ އާދަޔާއި ޚިލާފު ވިދުމަކާއި މައުސޫމް ކަމެކެވެ. ތުނިތުންފަތް ވަނީ ގަދަ ރަތްކުލައަކުން ފަވާލެވިފައެވެ. މޭޒ ދޮށުގައި އިން ޔައީޝަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެލެވުނެވެ. “މައި ލަވްލީ ޕްރިންސެސް ހަމްނާ!” ޔައީޝަށް ވައިއަޑުން ކިޔާލެވުނެވެ. ހާސްކަމާއިއެކުވެސް ހަމްނާ ހިނިތުން ވެލުމުން އޭނާގެ އަންނާރު އޮށްތަކެއް ފަދަ ހުދުހުދު ދަތްތައް ފެނިލިއެވެ. ހަމްނާ ގޮސް އިށީނީ ޔައީޝާއި ޖެހިގެން ހުރި ގޮނޑީގައެވެ. ނަޒަރު
ހަތަރުކަޅި ހަމަވުމުން ލަދުވެތިކަމާއިއެކު ދެމީހުންވެސް އިސްޖަހާލިއެވެ.
** **
ޤާޟީ ކައިވެނީގެ ޚުތުބާ ލައިދެމުން ދިޔައިރު ދެމީހުންވެސް ދިޔައީ ރަނގަޅަށް އޭގައި ކިޔާ އެއްޗެއް އަޑުއަހަމުންނެވެ. ޤާޟީ އަނބި ގަބޫލު ކޮށްފިންހޭ އަހާލިއެވެ. “އަނބި ޤަބޫލު ކޮށްފިން” ޔައީޝްގެ ފިރިހެންވަންތަ އަޑުން އެޖުމްލަ އިވުމާއިއެކު ހަމްނާ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލިއެވެ. އުފާވެރިކަމުގެ މުތީތައް ލޮލުން ބަބުޅައިގަތެވެ. މަޑުމަޑުން ތުންފަތް ހަރަކާތް ކޮށްލަމުން ހިނިތުންވެލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންވެސް ފީނައިގަތީ މާޒީއަށެވެ.
_______
6 މަސް ކުރި
ޓިކްޓޮކް ހުޅުވާލަމުން އާ ވީޑިޔޯއެއް ހެދުމަށް ހަމްނާ އަވަސްވެގަތެވެ. ކެމެރާ ޖައްސާލަމުން އޭނާގެ ފަރިފަރި ހަރަަކާތްތައް ފޯނުގެ ކުރިމަތީ ދައްކާލިއެވެ. ރާއްޖޭގެ ޓިކްޓޮކް ކުއީންގެ ނަމުން މަޝްހޫރުވެފައިވާ ހަމްނާގެ 1 މިލިޔަން ފޮލޯވަރުން ތިބެއެވެ. އެކައުންޓްވެސް ވެރިފައި ވެފައިވުމީ އޭނާއަށް ލިބިފައިވާ އުފާވެރިކަމެކެވެ. ވީޑިޔޯ އަޕްލޯޑު ކޮށްލުމާއެކު އެތައް ލައިކްތަކެއް އެއްފަހަރާ ލިބުނެވެ. މީހުން ހަމްނާ ޓިކްޓޮކްގެ އާ ވީޑިޔޯއެއް އަޕްލޯޑު ނުކޮށްގެން ތިބިކަހަލައެވެ. އެތައް ކޮމެންޓަކަށް ރިޕްލައި ކުރަމުން ދިޔަ ހަމްނާ ހުއްޓުން އެރީ ފެނުނު ކޮމެންޓެއްގެ ސަބަބުންނެވެ. “ހަމްނާ ވަރަށް ލޯބި. އަދި ރީތި” ޔައީ ކިންގް ކިޔާ މީހަކު ކޮށްފައިވި ކޮމެންޓެކެވެ. އެވަގުތު އޭނާ ފޮލޯ ކޮށްލުމުން ހަމްނާވެސް ފޮލޯ ބެކް ކުރިއެވެ. ދެމީހުން ބައްދަލްވީ އެހިސާބުންނެވެ.
** **
ވާހަކަ ދެއްކި ދެއްކުމުން އެނގުނު ގޮތުގައި ޔައީޝަކީ ހަމްނާ މަންމަ މިންނާގެ ރަހްމަތްތެރިޔެއް ކަމަށްވާ ރަޝީދާ އާއި މަޝްހުރު ވިޔަފާރިވެރިޔާ ނައީމުގެ ދަރިޔެކެވެ. މިހުރިހާ ދުވަހު މެލޭޝިޔާގައި ކިޔަވަން ހުރުމުން ނުފެނި ގިނަދުވަސްވެފައި ވާތީ ހަމްނާވެސް ޔައިޝް މަތިން ހަނދާން ނެތުނީއެވެ. ނަމަވެސް ކުޑައިރު ދެމީހުން ކުޅެއުޅުނު ހަނދާން ޔައީޝް ވެޔޯލައެވެ. ބައްދަލްވިތާ 3 މަސްވީއިރު ދެމެދުގައި ވަނީ ގާތްގުޅުމެއް އުފެދިފައެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކު ދެކެ ވަކިނުވެވޭ ވަރަށް ލޯބިވެވިފައި ވީއިރު އެކަން ބަހުން ހާމަ ނުކުރިޔަސް އަމަލުތަކުން ދެމީހުންވެސް ވަރަށް ރަނގަޅަށް އެކަން ހާމަކުރެއެވެ. ކެތް ނުކުރެވިގެން ލޯބި ހުށަހެޅީ ހަމްނާއެވެ. ކުރިއްސުރެ އެދިއެދި ހުރި ފުރުސަަތަކަށް ވުމުން ޔައީޝްވެސް އެއެދުން ބަލައިގަތެވެ. ހަމްނާގެ ހތުގައިވާ އެންްމެ ބޮޑު ބިރަކީ ޔައީޝް ބީވެގެން ހިނގައިދާނެކަމުގެ ބިރެވެ. ސަބަބަކީ ޔައީޝަށް ލިބިފައިވާ ރީތި ސިފައެވެ. ދޮން ހަންގަނޑާއި ހަތަރެސްކަން ބަށްޓަމަށްވާ މޫނެވެ. ކަޅުކަންގަދަ ކަޅިއާއި ރީތި ބަށްޓަމަކަށްވާ މޫނެވެ. ޖިމަށްގޮސް ކޮށާ މަށާފައިވި ބައިމަތިފުޅާ ކަސްރަތީ ހަށިގަނޑެވެ. އިސްތަށިގަނޑު ސްޓައިލްކޮށްފައި ނުހުންނަ އިރެއް ނުދާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުމުރުން 20 އަހަރުވެފައި ކިތައްމެެ މަޝްހޫރަސް އޭނާއަށ އެކާމިޔާބީ ދެއްވި ފަރާތް މަތިން އޭނާ ހަނދާން ނައްތާ ނުލައެވެ. ޔައީޝްވެސް ހަމްނާއަށްވުރެ ބޮޑީ ދޮޅުއަހަރެވެ. ދެމީހުންގެ ލޯބީގެ ބަގީޗާގައި މާފޮޅުވާ ވައދުވަމުން ދިޔަތާ ފަސްމަސް ފަހުން އެމީހުންގެ ކައިވެނި އިއުލާުނު ކުރެވިގެން ދިޔައީ ދެއާއިލާއަށްވެސް އުފާވެރިކަން ގެނެސްދެމުންނެވެ. ދެއާއިލާގެ ފުރިހަމަ ރުހުމާއިއެކު އޭގެ އެއްމަސްފަހުން އެމީހުންގެ ގުޅުން ރަސްމީކުރިއެވެ. ލޯބީގެ ވާފަށުގައި ނުމޮހޭނެހާ ބާރަށް ގޮށްޖަހާލިއެވެ. އެލޯތްބަށް ހަސަދަވެރިވެފައިވާ އަންހެނަކު ހުރިކަން ނޭނގިއެވެ.
** **
މިހާރު
ޔައީޝްގެ އުޅަނބޮށީގައި އަތް އަޅުވާލައިގެން ހަމްނާ ހިނގާލާފައި ދިޔައީ ދެމީހުން ތިބުމަށް ޚާއްސަ ކުރެވިފައިވާ މާލަމަށެވެ. ނޫކުލައާއި ހުދުކުލައިގެ މާތަކުން ހެދިފައިވި ބެކްގްރައުންޑް ނުހަނު ފުރިހަަމައެވެ. މޭޒުމަތީގައި ބެހެއްޓިފައި ހުރި ކުކުޅ ބިރިޔާންޏާއި، ސްޕެގެޓީ އަދި ހިމަހަނޑުލު ބަތާއި ކަނޑުކުކުޅު އަދި އަލުވި ރިހައިގެ ވަސްގަނޑު ކިތައްމެހާވެސް މީރެވެެ. މެހެމާނުން ސަލާންކޮށްފައި ދެމަފިރިންގެ ލިސްޓަށް އިތުރުވި ދެމަފިރިންނަށް ދިޔައީ ތަހުނިޔާ އަރިސް ކުރަމުންނެވެ. ވަލީމާ ނިމުނުއިރު ގަޑިން ހުރީ 12 ޖަހާފައެވެ. ވަރުބަލިކަމާއިއެކު ބެކްގްރައުންޑްގައި އިން އުނދޯލީގައި ދެމީހުންވެސް ޖައްސާލިއެވެ. ދެމަފިރިންގެ ލޯބިވެތި ފޮޓޯޝޫޓަށްފަހު ކައިގެން ދިޔައީ ގެއަށެވެ.
** **
ކޮޓަރިއަށް ވަންގޮތަށް މޭޒުމަތީގައި ހުރި ކިރުތަށިން ޔައީޝް އެއްބައި ބޮއެފައި އަނެއްބައި ހަމްނާއަށް ދިނެވެ. އެއަށްފަހު ސުންނަތް ނަމާދުކޮށް ކައިވެނީގައި ބަރަކާތް ލެއްވުން އެދި ދުއާކުރިއެވެ. ދެމީހުންގެ ދެމެދު ބަދަލުކުރެވުނު މަސްތީ ނަޒަރުތަކަށްފަހު ދެމީހުންގެ އަންނައުނު ބިންމަތިން ޖާގަ ހޯދިއެވެ. ފާރުން ފެންނަމުންދިޔަ ދެމީހުންގެ ހިޔަނި އެއްވީ އެވަަގުތުއެވެ..
** **
ބަރާބަރު ހަފްތާއެއް ކައިވެންޏަށް ވެގެން ދިޔައިރު ޔައީޝްގެ ބޮޑުދައިތަގެ ދަރިފުޅު މައިނާ ދޭ ރުޅިވެރި ނަޒަރުތައް ފާހަގަ ކުރެވެމުން ދިޔައެވެ. ނަމަވެސް ބޮޑުދައިތަ ނައީމާ ނުހަނު ހެވެވެ. ކޮންމެ ދުވަހަކު ހޭލުމުން ކޮފީތައްޓެއްވެސް ގިރާފައ ދެއެވެ. ކޮންމެ ކޮނމެ ޝޭމްޕޫއެއް ނުލެވޭތީ ޝޭމްޕޫވެސް ދެނީ ނައީމާއެވެ. ޔައީޝްދެކެ ލޯބިވާ ފަދައިން އޭނާގެ އަނބިމީހާ ދެކެވެސް ލޯބިވާތީ އޭނާ ހިތްހަމަޖެހެއެވެ. ނަމަވެސް ބޮޑުދައިތަގެ ހިތުގައިވާ އެއްޗެއް އެނގޭނަމަ ލޯބިވާ އަނބިމީހާ އެފަދަ އަނދަވަޅަަކަށް ވައްޓައިނުލާނެކަން ޔަގީނެވެ.
** **
މަސްދުވަސް ފާއިތުވެގެން ދިޔައިރު އާދަޔާއި ޚިލާފުކަމެއް ހަމްނާއަށް ދިޔައީ ފާހަގަ ވަމންނެވެ. އާދަޔާއި ޚިލާފަށް ބޮލުން އިސްްތަށި ފައިބައެވެ. ކަންފަތަށް ކަފަބުރު ކޮށްޕާލިޔަސް ލޭ ނުކުމެއެވެ. ކުޅު ޖެހިޔަސް ހުންްނަނީ ލެޔެވެ. އަބަދު ހުންނަނީ ވަރުބަލި ވާގޮތް ވެފައެވެ. ކަމެއް ކުރާހިތެއް ނުވެއެވެ. މިކަންްތައް ބޮޑުވާން ފެށުމުން ހަމްނާ ޑޮކްޓަރަށްް ދައްކަން ދިޔައެވެ. އެހެނަސް ޑޮކްޓަރުގެ ފަރާތުންވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. އެލާޖިކެއް ކަމަށްްބުނެ ދިނީ ފާޑެއްގެ ބޭސްތަކެކެވެ. ޔައީޝާއި ހިއްސާކުރުމުން އޭނާ ކަންބޮޑުވިއެވެ. ވަގުތުން ވަގުތަށް މެލޭޝިޔާއަށް ފުރަން ޓިކެޓް ނެގިއެވެ.
** **
ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސިއިރު ތުނިތުނިކޮށް ދިޔައީ ވާރޭ ވެހެމުންނެވެ. އެވަގުތު ހަމްނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކީއްވެކަމެއް ނޭނގެއެވެ. ޔައީޝް ވަގުތުން ޓެކްސީއެއް ހޯދައިގެން ހަމްނާ ގެންދިޔައީ ބީކޮން ހޮސްޕިޓަލަށެވެ. އެމަޖެންސީގައި ދިޔުމުން ހަމްނާއަށް ނުހަނު ފަސޭހައިން ބޭނުންވާ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބުނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަމްނާގެ މޫނުންވެސް ފެންދަމާލައިފިއެވެ. ފުރޮޅުލީ ގޮނޑިއެއްގައި ޑޮކްޓަރުގެ ކޮޓަރިއަށް ވެއްދިއެވެ. “ކިހިނެއްވަނީ؟” ޑޮކްޓަރު އިނގިރޭސި ބަހުން އަހާލިއެވެ. “އަބަދު ވަރުބަލިވެފައި ހުންނަނީ. ކަމެއް ކުރާހިތެއް ނުވޭ. ނޭފަތުންނާއި ކަންފަތުންނާއި އަނގައިންވެސް ލޭފައިބަނީ. ބޮލުން އިސްތަށިވެސް ފައިބާ.” ހަމްނާ ވާގޮތް ކިޔައިދިނެވެ. ޑޮކްޓަރުގެ ދެލޯ ބޮޑުވިތަން އެދެމީހުންނަށް ވަރަށް ރަނގަޅަށް ފެނުނެވެެ. “އަހަރެންގެ ތިމާގެ ކުއްޖަކަށްވެސްވީ ތިޔަހެން. އަހަރެން އޭނަގެ ބްލަޑް ޓެސްޓްތައް ހަދާލިއިރު ލޭގައި ހުރީ ނުރައްކާތެރި ޒަހަރެއް ކަމަށްވާ ބެންޒީން. އަވަހަށް ޓެސްޓްތައް ހަދާލަން ފެނޭ” ޑޮކްޓަރު ހާސްކަމާއިއެކު ބުނުމުން ހަމްނާގެ ޒުވާން ހިތަށްވެސް ބިރުވެރިކަން ވަނެވެ. ހަމްނާގެ ލޭނެގުމަށްފަހު މިރޭ ނަތީޖާ ބަލައި އައުމަށް އެންގިއެވެ.
** **
އިރުއޮއްސެމުން ދިޔައިރު ހަމްނާ އިނީ މިންނާއަށް ގުޅަައިގެންނެވެ. ޙާލަތުގެ ގޮތުން މަންމައަށް ނާންގާ އާދެވުމުން ހަމްނާ ދެރަވިއެވެ. އަދި ޑޮކްޓަރުގެ ތިމާގެ ކުއްޖާއަށް ދިމާވި ހާދިސާ ކިޔާދިނެވެ. “ޞުބްޙާނަﷲ. ތިއަށްވުރެ އިތުރަށް އަޅުކަމުގައި މަޝްއޫލުވާން މަންމައަށް ފެންނަނީ.” މިންނާގެ އަޑުގައި ހުރި ތުރުތުރު އެޅުން ހަމްނާއަށް ކިތައްމެހާވެސް ރަނގަޅަށް ފާހަގަވިއެވެ.
** **
ޑޮކްޓަރުގެ ހާސްވެފައިވާ މޫނުފެނި ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް ލިބުނެވެ. “ކިހިނެއް ވީތޯ؟” ހާސްކަމާއެކު ޔައީޝަށް ސުވާލުކޮށްލެވުނެވެ. “ވަރަށް ގޯސް! ހަމްނާގެ އެތެރެހަށީގައިވެސް ހުރީ ހަމަ ބެންޒީން އިތުރު ފުރާނައެއް ނުދަނީސް މިކަން އެނގުނުކަމީ ނަސީބެއް. ނަސީބުކަން ދިމާކުރިގޮތުން އަހަރެންގެ ތިމާގެ ކުއްޖާ ނިޔާވީ. އެނގުނުއރު މާ ލަސްވީ. އަހަރެން ދޭންއޮތް ނަސޭހަތަކީ އެންމެ ގާތް މީހުންނަށްވެސް އިތުބާރުކުރުމުގައި ހައްދެއް ގެންގުޅޭށޭ. ހަމްނާގެ އެތެރެހަށި ކްލޮރިން އިން ދޮވެލުން ހައްލަކީ. މި ފޯމްގައި ސޮއި ކޮށްލައިފިއްޔާ މިވަގުތުން ވަގުތަށްވެސް މިކަން ކޮށްލެވިދާނެ” ޑޮކްޓަރު ބުނެލިއެވެ. ޔަޢީޝް ފޯމުގައި ސޮއި ކޮށްލީ އެންމެ ސިކުންތަކުވެސް އޭނާގެ ހިތުގެ އާޝިގު ނުރައްކަލުގެ ތެރޭގައި ބަހައްޓަން ބޭނުން ނުވުމުންނެވެ.
** **
2 ގަޑިއިރު ފަސް
އައިސީޔޫއިން ޑޮކްޓަރު ނުކުމެ ހަމްނާ ނުރައްކަލުން ބޭރުވިކަމުގެ އުފާވެރި ޚަބަރު ދިނެވެ. ޔައީޝަަށް ހެއްދެވި ފަރާތަށް ހަމްދު ކޮށްލެވުނެވެ. ހަމްނާއަށް މިވަަގުތު ނިދިފައި ވުމުން އެތަނަށް ވަންނާކަށް ޔައީޝް ގަސްދެއް ނުކުރިއެވެ
** **
“ކިހާބޮޑު ބަލާއެއްތަ؟ ޔައީޝް އިޒް މައިން. ފާޑެއްގެ ކަޅު ބި* އެއް. އޭތިން އަހަރެމެން ހީކުރިހާ ގަމާރެއް ނުވިތާ. ދެން ހަދާނީ ފަހުގެ އެތިފަހަރު. އެނގިދާނެތާ؟” މައިނާގެ މޫނުވަނީ ރުޅިން ރަތްވެފައެވެ. އަދި އިނގިރޭސިން ހަމްނާއަށް ނިސްބަތްކޮށް ހަޑިބަހެއް ބުނެލިއެވެ. އަދި ތުންފަތަށް މަކަރުވެރި ހިނިތުންވުމެއްވެސް ވެރިކޮށްލީ ވާނެގޮތް ނޭނގޭ ހާލުގައެވެ.
** **
ހާލު ރަނގަޅުވުމުން ހަމްނާ ހޮސްޕިޓަލުން ޑިސްޗަރޖް ކުރިއެވެ. ގެއަށް ދެވުނުހާ އަވަހަކަށް ރާއްޖެ ދިޔުމަށް ޓިކެޓް ނެގިއެވެ. ވީހާވެސް ޚަރަދުކުޑަކޮަށް ކަންކަން ނިންމާލެވުމުން ހިތްހަމަޖެހުނެވެ. އަދި މައިންބަފައިންނަށްް ގުޅާ ރާއްޖެ ދާން އުޅޭ ޚަބަރު ދިނެވެ.
** **
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުން ފަސިންޖަރުންތައް އޭގެން ފޭބުމަށް އަވަސްވެގަތެވެ. ޙަމްނާއާއި ޔައީޝްވެސް އަތުގުޅުވާލައިގެން ލަގެޖްތައް ނަގަން ދިޔައެވެ. ބަލިން ފަސޭހަވިފަހުން ފުރަތަމަ ފަހަަރަށް ހަމްނާގެ ތުންފަަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވީ އެވަގުތުކޮޅެވެ. ހަމްނާގެ ހިތުގައިވި ސުވާލަކީ އޭނާއަށް ބެންޒީން ދިނީ ކާކުހޭ އެވެ. ނަމަވެސް އެއްކަމެއްވެސް ހަނދާންވާ ގޮތެއް ނުވިއެވެ. ނަމަވެސް މާބޮޑަށް އެކަމާޢި ނުވިސްނުމަށް އަމިއްލަ ނަފްސަށް ބުނެލިއެވެ.
** **
ކާރު ބްރިޖްމަތިން ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގައި އެވެ. ދުއްވަމުން ދިޔަަ ޔައީޝަކަށް ފަހަތުން އަންނަ ބޮޑު ޕިކަޕެއް ނުފެނެއެވެ. އޭތި ފެނުނީ ދެތިން ފޫޓު ގާތްވި ފަހުންނެވެ. ދޮރު ހުޅުވާފައި ޔައީޝް ކާރުން ފުންމާލިއެވެ. ހަމްނާގެ މަތިން ހަނދާންވެސް އެވަގުތު ނެތެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރަން އުޅެގެން އެންމެ ލޯބިވި ބައިވެރިޔާ މަތިންވެސް ހަނދާން ނެތުނީއެވެ. ހިނދުކޮޅެއްގެ ތެރޭ ބާރު ސްޕީޑްގައި އައި ޕިކަޕް ހަމްނާއިން ކާރުގައި ޖެހުނެވެ. ކާރު ފުރޮޅެމުން ފުރޮޅެމުންގޮސް ބްރިޖް ރެއިލިންތައްވެސް ހަލާކު ކޮށްލާފައި ވެއްޓުނީ މޫދަށެވެ. ހަމްނާގެ ހަޅޭކުގެ އަޑު އިވުމުން އަދިވެސް ހަމްނާގެ ފުރާނަ ހުރިކަން ޔަގީންވިއެވެ. ހިނދުކޮޅެއްގެ ތެރޭ ފުލުހުންނާއި ސިފައިން އައިސް ކްރައިމް ސީން ޓޭޕް ދަމާލިއެވެ.
** **
ސިފައިން ކުރި ބުރަ މަސައްކަތުން 10 ޖެހިއިރު ގެއްލުނު ހަމްނާ ކަނޑުގެ 25 މީޓަރު އަޑިން ފެނުނީ މެންދުރު 12 ޖެހިއިރު އެވެ. ސިފައިންގެ ކޯސްޓްގާޑުގައި ހަމްނާ ގެންދިޔައިރު ވިންދު ހުރިނަމަވެސް ނޭވާ ނުލައެވެ ކެނޑިނޭޅި ސީޕީއާރު ދެމުން ދިޔައިރު ގިނައަދަދަަކަށް ހަށިގަނޑުން ލޭވެސް ވަނީ ބޭރުވެފަައެވެ ފުރާނަ ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު ކިތައްމެ ކުޑަޔަސް ޑޮކްޓަރުންގެ ޓީމުން ހިތްވަރު އެލުވާ ނުލައެވެ.
** **
ޔައީޝަށް އެޚަބަރު ލިބުމާއެކު ހުރީ އައި.ޖީ.އެމް ހޮސްޕިޓަލް ތެރޭގައިއެވެ. ހާލު ސީރިޔަސް ވުމުގެ ސަބަބުން ހަމްނާ ބަދަލުކުރެވުނީ އައި.ސީ.ޔޫ އަށެވެ. އަައި.ސީޔޫގެ ދރުމަތީ ދކޮޅަށް ހިނގަހިނގާ ހުއްޓާ ހަމްނާއާއި ޔައީޝްގެ މައިންބަފައިންވެސް އެތަނަށް އައެވެ. “އަސްލު ކިހިނެއްތަވީ ދަަރިފުޅާ؟” ރޮވިފަައހުރެ މިންނާ އަަހާލިއެވެ. “ނޭނގެ ކުއްލިއަަކަށް ޕިކަޕެއް ބާރު ސްޕޑުގައި އައިސް ކާރުގައި ޖެހުނީ” ޔަައީޝަށްވެސް ރޮވުނެވެ. “ޢަހަރެން ހީކުރީ ހަމްނާވެސް ކާރުން ފުންމާލީ ކަމަށް” ޔައީޝަށްވަަނީ ވަރަށް އަސަަރުކޮށްފައެވެ. ފުލުހުންގެ ޓީމެއް އެވަަގުތު އެތަނަށް އައެވެ. “ޕިކަޕް ދުއްވަން އިން ބިދޭސީ މީހާ ވަނީ ހަައްޔަަރުކުރެވިފައި. އޭނާ ބުނނީ މިއީ ދުރާލާ ބަަޔަކު ރާވައިގެން ފައިސާދީގެން ކޮށްފައި އޮތްކަމެއް ކަމަަށް. އެއީ.. މައިނާއާއި ނަައީމާކަމަށް ބިދޭސީ މީހާ ބުނަނީ” ފުލުސްމީހާ ބުނެލިއެވެ. އެއާއެކު މާހަައުލުގައި ބޮމެއް ގޮއްވާލެވުނު ފަދައެވެ ނައީމާ ފަަަހަތަށް ޖެހިލިއިރު އޭނާގެ ނިތުން ދާހިއްލައެވެ. “ރަނގަޅު. ހަަމްނާ އެކްސިޑންޓް ކޮށްލަން ފަައިސާ ދިނީ އަހަރެންނާއި މަންމަ. ކޮފީތަަށްޓަށާއި ޝޭމްޕޫ ފުޅިއަަށް ޒަހަަަރު އެޅީވެސް އަހަަންނާއި މަަންމަ ބައިވެރިވެގެން. އަހަރެން ބޭނުންވީ ޔައީޝްގެ ލޯބި. ގަދަބާރުން ލޯބި ނުހޯދޭނެކަން އަހަންނަށް އިހްސާސްވެއްޖެ. އަހަރެން، އަހަރެންގެ ކުށް ޤަބޫލުކުރަން. އެކަމަަށް ކޮންމެ އަދަބެއް ދިނަސް ހެޔޮ. އަަހަރެން ބޭނުންވަނީ ހަމްނާއާއި ޔައީޝްގެ މައާފް” ރޮވިފަައިހުރެ މައިނާ ބުނެލިއެވެ. އަދި އަމިއްލަައަށް ފުލުހުންނާއި ހަވާލުވިއެވެ. “ޗީޑި ނައީމާ. ތީތަ އަހަރެން ނަައީމާއަށް ދިން ތަރުބިޔަތަކީ. ބިކަަހާލުގައި ހުވަފތްވެފައ އންދާ އަމިއްލަ ގެއިންވެސް ހިޔާވަހިކަން ދިނިން. އެކަމަކު އަހަރންގެ ދަރިފުޅުގެ އފާތައް ވެއްޔާއި މޮޑެލީ. ފުލުހުން! މީނަ ހައްޔަރުކުރޭ. މީނައަށް އެކަށީގެންވަނ ކުޑަގޮޅި” ނަައީމު އަމުރުކޮށްލިއެވެ. ފުުލުހުން ނައީމާގެ އަތުގައި ބިޑި އަޅުވައިގެން ގެންދިޔައެވެ. “ނޫން ބޭބޭ. އަހަަރެން ނުގެންދޭ” ނައީމާގެ އާދޭސްތކުން ނައީމުގެ ހިތަކަށް އަަސަރެއް ނުކުރިއެވެ. ޔައީޝްވެސް ބުނީ ހަމްްނާ މާފްކޮށްފިނަމަ އޭނާވެސް މާފްކުރާނެ ކަމަށެވެ. އިރުކޮޅަކުން ޑޮކްޓަރު ނުކުތެވެ. “ހަމްނާގެ ސިކުނޑިއަަށްވަނީ ލޭއޅިފައި. އޮޕަރޭޝަން ކުރަން ތައްޔާރުވަަމުން ދަަނީ” ޑޮކްޓަރު މިހެން ބުނެ އެތެރެއަށް ވަނެވެ. ޔައީޝަށް އިސްތަށިގަނޑުގައ އަތްހާކާލެވުނެވެ. އިރކޮޅަކުން ހުދުފޮތިން ނިވާކުރވިފައިވި ހަަމްނަާގެ ހަަށިގަނޑު އޮޕަރޭޝަން ތިއޭޓަރަށް ވެއްދުނެވެ. ރަތްބޮކި ފެހިބޮތްކަށް ބަދަލުވާންދެން އިންތިޒާރު ކުރެވެން ފެށިއެވެ.
*** **
5 ގަޑިއިރުގެ އޮޕަރޭޝަނަކަށްފހު ޑޮކްޓަރު ނުުކުތެވެ. “ޢޮޕަރޭޝަން ކާމިޔާބު، ނަމަވެސް ހަމްނާއަށް އުއްމީދު ކަނޑާލެވިފައި އެވަނީ. ކޮންމެވެސް އެއްފަރާތަކަށް އެތެރެއަަށް ވަދެވިދާނެ!” ޑޮކްޓަރުގެ ވާހަަކައިން ޔައީޝްގެ މޫނުމަތި މިލާމޯޅިވިއެވެ. އަވަސް އަަވަހަށް އެތެރެއަށް ވަންއިރު ހަމްނާ އޮތް ހާލުފެނި ހިތަށް އަސަރުކުރިއެވެ. އެކި މެޝިނުތަކުގެ އެހީގައ ނޭވާލަމުން ދިޔަ ހަަމްްނާފެނި ޔައީޝަށް ރޮއެގަނެވުނެވެ. އާދޭސްކޮށް ތެދުވުމަށް އެދި ރުޔެވެ. ނަމަވެސް ހަމްނާގ ހަރަކާތެއް ނުފެނުމުން އައިކޮޅަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ އަތަށް ބާރުވެލިއވެ. މެޝިނުތަކުގެ އަޑުވެސް ބާރުވެލިއެވެ. ހަމްނާ ލޯހުޅުވާލިއެވެ. ޑޮކްޓަރުން އެތަަނަށް އައިސް އެތަނުން ޔައީޝް ނެރުނެވެ. އިރުކޮޅެއްފަހުން ޑޮކްޓަރު ނުކުމެ ހަމްނާ ހޭއެރިވާހަކަ ބުނެލއެވެ. އެެއީ އަޖައިބެއްފަދަ ކަމެއްކަމަށްވެސް ޑޮކްޓަރުން ބުންޏެވެ. ޔައީޝް އަވަސް އަވަހަށްް އެތެރެއަށް ވަނެވެ. ލޯތްބާއެކު ޔައީޝްާއި ދިމާލަށްް ބަލަހައްްޓައިގެން އޮތް ހަމްނާފެނި ޔައީޝްގެ ހިތްް ލޯބިން ފުރުނެވެ. ދުވެފައި ގޮސް ހަމްނާގެ ގައިގައި ބައްދާލިއވެ. އަދި ހަމްނާ އެކްސިޑެންޓްވާން މދުވެރިވި ސބަބ ކިޔައދިނެވެ. “އަހަރެންްގެ ހިތުގައި އެމީހުންނާއި ދޭތެރޭ އެއްވެސް ބުރަކަމެއް ނެތްް” ހަމްނާ ބުނެލިއެވެ. “އެކަމަކު ކީއްވެ؟” ޔައީޝްް ފާޑަކަށް އަހާލިއެވެ. “އެކަކު އަނެކަކަށް ނަފްރތު ކޮށްްގެންތިބެ ވީކަަމެއް ނުވާކަމަކަށްް ނުހެދޭނެ” ހަމްނާ ބުނެލިއެވެ. އެއާއެކު އިތުރަށް ޔައީޝްގެ ހިތުގައި ހަމްނާގެ މައްޗަށް ލޯބި އުފެދުނެވެ. “ދެންަ ޔައީ ދޫކޮށްފައި ނުދައްޗޭ” ޔައީޝް ބުނެލިއެވެ. “އިންޝާﷲ” ހަމްނާ ބުނެލިއެވެ. ދެމީހުން ބައްދާލީ ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާފަދައަކުންނެވެ.

=ނިމުނީ=

މިވާހަކައަކީ އަޅުގަނޑުގެ ބެސްްޓްްް ފްރެންޑެއް ކަމަށްވާ ހަމްްނާއަށް ލިޔެފއިވާ ވާހަކައެކެވ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

މަންޒިލް 30

Next

ބޭވަފާތެރިވުމުން ޔާރާ – 1

Next
February 14, 2021

ބޭވަފާތެރިވުމުން ޔާރާ – 1

Previews
February 13, 2021

މަންޒިލް 30

3 Comments!

  1. redlailacrose says:
    February 14, 2021 at 5:35 pm

    Nice story ???? hope to get such a am nice stry to read again ?? stay safe bye

    1. Rain lover says:
      February 15, 2021 at 7:28 pm

      Thank you redlailacrose for your amazing comment. This really means a lot for me.. yeah I started uploading my new silsilaa vaahaka. Hope you would read that. Stay safe and bye. ❤❤❤????

  2. Rain lover says:
    February 14, 2021 at 7:16 pm

    Afterr a looooooong break. Here is a short story. And there is 1 more thing,. I started uploading my new story beyvafaatheri vumun yaara. hope you all would enjoy reading that story. And leave your thoughts in comments section ❤

Comments are closed.



All Right Reserved!