Skip to content
އެސްފިޔަ

ހަޔާތުގެ ބައިވެރިޔާ

ޖ

ހަޔާތުގަ މަގެ ތިއީ ޚާއްސަވި މަގޭލޯބިވި ތިބައިވެރިޔާ
އޮޔާލެވިގެން ހަޔާތްނުމެދޭ މިތާ ވާނަމަ ތިބައިވެރިޔާ
އިރާތަރިހަނދު އެކީހެކިކޮށް އެތަށް ވައުދާ ހުވާ ތިކުރީ
ބިރާ އުފަލާ އެކީއަދުވެސް ވެޔޭއަދު ހަމަ ތިބައިވެރިޔާ
ތިއީދަންމަރު އުޖާލާކުރި އަލިންތިޔަވީ މަގޭމިހަޔާތް
ތިއީއަލިވޮށް ތިއީ އިރަކީ ތިއީ ހަނދަކީ ތިބައިވެރިޔާ
ތިއޭމަންޒިލް ތިއޭ ގަނޑުވަރު މަގޭހިތްވެސް އެދޭ ދިޔުމަށް
ދެނީ މަދަދޭ މަގޭއުފަލަށް ވުމަށްވާސިލް ތިބައިވެރިޔާ
ތިފިނިފެންމާ ނުވޭކަށްޓެއް އަހާހޯދާ މިދުނިޔޭގާ
ތިފިނިކަން ލިބި ދެޔެހިތަށްމީ ބަލާލައިފައި ތިބައިވެރިޔާ

Comments (1)

  1. redlailacrose

    Here’s my new poem.this poem was asked to write by begirl hope you like it.stay safe everyone.please leave a like even if you can’t comment

Comments are closed.