Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނު

ކިޔަވާ ދުވަސްވަރު އެހެނިހެން ހުނަރުތައް ދަސްކުރުމީ ފައިދާހުރި ކަމެއްހެއްޔެވެ؟

jadhullah Level 1
February 6, 2021 2 Mins Read
1 Comment

އިހަކަށް ދުވަހު އަޅުގަނޑު މަގުމަތިން ދަމުން އެކުވެރިން ކޮޅަކާ ބައްދަލުވިއިރު އެވެރިން ދައްކަމުންދިޔައީ ސްކޫލްގެ އިތުރު ހަރަކާތަށް މިއަހަރު ބޭއްވެން ނެތްވާހަކައެވެ. އެތަނުން ދެސޮރަކު ވަރަށް ރުޅިއައިސްފާ ހުރެ އަޑަށް ބާރުލާލައިފާ އެބަބުނެއެވެ.” ސްކޫލުން އެކަޑެމިކް ގޮތުން ދަށްކުދިންނަށް އޮތް ފުރުސަތުތައް ހަނިކުރަނީއެވެ” މިވެރީން މިކިޔާ އެއްޗަކާއި ހެދި ހިތައް އެރިއެވެ. މިމައުލޫއާ ބެހޭގޮތުން އަޅުގަނޑުވެސް އެއްޗެކޭ ބުނެލާ ތިޔަބޭފުޅުންގެ ޚިޔާލު ހޯދާލުން ބުއްދިވެރިއެވެ. އައްސަވާށެވެ!

މާމަމެންކާފަމެން ވަރަށް ގިނައިން ކިޔާ އުޅެއެވެ. “ދަރިންނޭވެ! ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ.” މީގެމާނަ ތިޔަބޭފުޅުންނަށް އެނގިލައްވަނީ ކިހާވަރަކަށް ތޯއެވެ؟ މި ޙަޤީގަތް މިއަދުގެ ޖީލުތަކުން ފެންނަނީ ކިހާ މިންވަރަކަށް ތޯއެވެ؟ މަތީ ފާސްތަކާއި ސަނަދުތައް ހޯދައިގެން ކިޔެވުމުގެ ދައުރު ނީމޭއިރު ތިމާގެ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރަން ނުދަންނަ އެތައް ބަޔަކު މިއަދު ރާއްޖޭގެ މާހައުލުންވެސް ފެންނަކަމީ ހިތާމަ ކުރާންޖެހޭ ކަމެކެވެ. އަޅުގަނޑުގެ ޚިޔާލެއް ހިއްސާކޮށްލާނެމެވެ. ނަމަވެސް ޤަބޫލުކުރުމާއި ނުކުރުން މިދޫކޮށްލަނީ ތިޔަބޭފުޅުންނަށެވެ. އަޅުގަނޑުގެ ނަޒަރުގައި ކިޔަވަމުން ވަޒީފާ އަދާކުރުން ނުވަތަ “ޕާޓްޓައިމް ވޯކިން”އަކީ ވަރަށް މުހިއްމުކަމެކެވެ. ސަބަބަކީތޯއެވެ! ސަބަބަކީ މިހެން އުޅޭ އުޅުމުގައި ތިމާޔަށް ހަޔާތުގެ ފޮނިމީރުކަން ލިބިގަންނަން ދަސްވާކަމެވެ. ތިމާގެ ވިސްނުން ތަރއްޤީވެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކަށް އަމަލީ ހައްލު ދަސްވާކަމެވެ.

ސުކޫލުން ބޭރުގައި ތަޖުރިބާ ޙާސިލްކުރުމުގެ ވާހަކަވެސް ދެކެވިއްޖެއެވެ. ދެން އޮތީ ސްކޫލުތަކުގެ އެތެރެފާރުގައި އޮތްބައެވެ. ބޭންޑް، ކެޑޭޓް، ސްކައުޓް ފަދަ ކަންކަމަކީ އަޅުގަނޑުގެ ނަޒަރުގައި ދަރިވަރުންގެ ކިޔެވުމަށް އެޅޭ ހުރަހެއް ނޫނެވެ. އަޅުގަނޑުމެން ކިލާހުގައި އިލްމެއް އުނގެނެނީއެވެ. ނުވަތަ ކަމަކާ ބެހޭގޮތުން މައުލޫމާތުތަކެއް އެއްކުރަނީއެވެ. ނަމަވެސް މި މައުލޫމާތުތަކުގެ ބޭނުންހިފަން ދަސްވަނީ މިފަދަ އިތުރު ހަރަކާތްތަކުންނެވެ. އިޚްތިރާމް ކުރުމާއި އަޅާލުމާއި އެހީވުން ފަދަ ކަންކަން ދަސވަނީ މިފަދަ ކަންކަމުންނެވެ. އިންސާނާގެ ސިކުނޑީގައި ގިނަވަގުތު ހަރުލައި ހުންނަނީ ތިމާ އަބަދުވެސް ކުރަމުން އަންނަ ކަންކަމެވެ. އެހެންކަމަށްވާނަމަ ސުކޫލު ދައުރުގާ އިތުރު ހަރަކާތްތަކާއި ހުނަރުތައް ދަސްކުރުން މުހިއްމު ނުވޭބާއެވެ؟

މިހާހިސާބުން ކިޔުންތެރީންނަށް ހީވެފައި އޮންނާނީ އަޅުގަނޑަކީ ހަމައެކަނި، ހަލާދަނޑީގެ އެއްކޮޅު ބަލައިގެން އުޅޭ މީހެއްކަމުގައެވެ. ނަމަވެސް މިކަމުގެ ސަބަބުން ވާނެ ގެއްލުންތަކެއްވެސް މިތަނުގައި ދަންނަވާލާނަމެވެ. ކިޔަވަމުން އިތުރު ކަންކަމާއި ބޯގާނަންވެއްޖެނަމަ ކިޔެވުން ނޫނީ ދެންއުކުރާ އެހެންކަމެއްގެމަތިން ފޫހިވުމަކީ އިންސާނީ ތަބީއަތުގައި ލައްވާފައިވާކަމެކެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލަކީ ތަފާތު އަޚުލާޤުގެ ތަފާތު ވިސްނުންތަކާއި ފިކުރުތަކުގެ މީހުން އުޅޭ ތަނެކެވެ. އެގޮތުން ނުބައި އަޚުލާގެއްގެ ބަޔަކު އުޅޭތަނަކާއި ދިމާވެއްޖެނަމަ ތިބާގެ ގައިގައި އެފަދަ ސިފަތަކެއް އަށެގެންފާނެއެވެ. ކަނބުރު ގެޔަށް ވަނިއްޔާ އަޅިބުރާ ބީދާއިންނެވެ. މިހެންކަންވެއްޖެނަމަ ކުލާހުގައި މަޑުން ނުއިދުވޭފަދަ ހާލަތްތަށް ދިމާވެދާނެއެވެ.

ނަމަވެސް މިފަދަ މައްސަލަތައް ފެންނަމިންވަރުމަދުކަމުގައި ދަންނަވާލަންޖެހެއެވެ. ކިޔަވާ ދުވަސްވަރު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާމެދު ތިޔަބޭފުޅުން ދެކިލައްވަނީ ކިހިނަކުންތޯއެވެ؟ ކޮންމެބޭފުޅަކުވެސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މިކަމާ ވިސްނާލާށެވެ؟ އޭރަށް ފަހަރުގައި ތިޔަބޭފުޅުންގެ ހަޔާތުގެ ޕްލޭން ތަފާތުކޮށްލަންޖެހި ވެސްދާނެއެވެ.

Share Article

Follow Me Written By

jadhullah

Level 1

Other Articles

Previous

އަންހެނުންގެ ހިތުގެ ބަލީގެ ދުވަސް

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (7)

Next
February 6, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (7)

Previews
February 5, 2021

އަންހެނުންގެ ހިތުގެ ބަލީގެ ދުވަސް

One Comment

  1. redlailacrose says:
    February 7, 2021 at 8:33 pm

    I believe its really important to learn other skills during studying years.???so they’ll be well ready for life when they leave school???

Comments are closed.



All Right Reserved!