Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބަރުބާދުވެ ދިޔަ ހަޔާތް
ކުރުވާހަކަ

ބަރުބާދުވެ ދިޔަ ހަޔާތް

_shaha_ Level 1
February 6, 2021 2 Mins Read
1 Comment

އެއީ ނަވާރަސަތޭކައިގެ ފަހުކޮޅެވެ. އަތޮޅުތެރެ އޭ ބުނުމުން އެީ ވަރަށް ދަށު ދަރަޖައިގެ ބަޔަކު ދިރިއުޅޭ ތަނެކޭ ބައެއް މޭހިންނަށް ހީވި ނަމަވެސް ގަބޫލު ކުރަނ ޖެހޭ ހަގީގަތަކީ އަތޮޅުތެރޭގެ ރަށް ތަކުގައި ވެސް ހަމަ މާލެ އެކޭ އެއް ފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅު ނަތީޖާ ނެރޭ، އަޚްލާގު ރިވެތި ދަރިވަރުނއނާއި މީހުން އުޅޭކަމެވެ.

އެގޮތުން އަޔާނާ އާއި އައިނީ އަކީ ވެސް އުތުރުގެ ރަށެއްގްއި ކިޔަވަމުން އަންނަ ނަމޫނާ ދެ އެކުވެރިންނެވެ. ކިޔެވުމުގެ ރޮނގުން ރަށު ސްކޫލް ގެ އެންމެ އިސް ސަފުގައި ދެކުދިން އެކުއެކީގައި ފައި ހަމަ ކުރަމުން ދާއިރު އެމިހުންގެ ރިވެތި އަޚްލާގުގެ ސަބަބުން އެކުދިން ވަނީ ރަށު މީހުންގެ ގަދާރާއި އިޚްތިރާމް ހޯދާފައެވެ.

ނަމަވެސް ކަންކަން ބަދަލު ވެގެން ދާން ނެގީ މަދު ދުވަސް ކޮޅެކެވެ. ރަށުސްކޫލުން އޯލެވެލް އިމްތިހާނު ނިންމުމަށްފަހު ދެކުދިންވެސް ހަމަ ރަށުގައި ތިބެގެން އޭލެވެލް ވެސް ނިންމައިލާށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ގުރޭޑު އެގާރައިގެ ކިޔެވުން ނިމުނު ދުވަހެވެ. ދުވަހުގެ ކިޔެވުން ނިމުމާއެކު، އާދައިގެ މަތިން އަޔާނާ އާއި އައިނީ އެކުގައި ގެޔާދިމާއަށް މިސްރާބު ޖެހިއެވެ. ދެއެކުވެރިން ވެސް ވާހަކަ ދައްކަމުން ދިޔައީ ތައުލީމީ ހަޔާތް ނިންމުމަށް ފަހު ކުރިއަށް ދާނެ ރޮނގަކާ ބެހޭގޮތުންނެވެ. އަޔާނާ ބޭނުން ވަނީ ޑޮކްޓަރަކަށް ވާށެވެ. އެއީ އޭނާ ގެ އާއިލާގައި މިވަގުތު ހުރި ހަމައެކަނި މީހާ ކަމުގައިވާ އޭނާގެ މަންމަ އަށް ޖެހިފައިވާ ބަލި ދެނެގަނެ، އެ މަންމަ އަށް ޝިފާއެއް ހޯދައި ދިނުމަށް ޓަކައެވެ. މިއާ ޚިލާފަށް އައިނީ ބޭނުން ވަނީ އިންޖީނިއަރަކަށް ވާށެވެ. އޭނާގެ އާއިލާ އަކީ ބޮޑު އަދި އެހާމެ ތަނަވަސް އާއިލާ އެއް ކަމުން އަޔާނާ ފަދައިން ފައިސާގެ ދަތިކަމަކަށް އައިނީ ވިސްނާކަށް ނުޖެހެއެވެ. ބޮޑުވެގެން އޭނާ ކުރަން ބޭނުންވާ ކޮންމެ ކަމެްވެސް ހަމަ ކުރަން ވީ އެވެ.

ވާހަކައިގަ ތިބެގެން ދެކުދިންނަށް ދެވުނީ ވަކި ހިސާބަކަށެވެ. އަޔާނާ އާއި އައިނީ ގެ ކަންފަތުގައި ގުގުމައިގެން ދިޔައީ ރަށު އެންބިްުލައިންސުގެ ބާރު ސައިރެންގެ އަޑެވެ. ރަށަކީ ނުރައްކާތެރި އެކްސިޑެންޓްތައް މަދު އަދި އެހާމެ އަމާން ރަށެއްކަމުން އެ އަޑާއެކު ދެ ކުދިންގެ ހިތުގައި ނޭނގޭ ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ދެކުދިން ދެކުދިންނަށް ބަލާލުމަށްފަހު އަވަސް ފިޔަވަޅުތަކެކްގައި ހޮސްޕިޓަލަށް މިސރާބުޖެހީ ވެގެން އުޅެނީ ކުޑަކަމެއް ނޫންކަމުގައި އެކުދިންގެ ހިތް ބުނާތީއެވެ.

ހޮސްޕިޓަލު ބޭރަށ މީހުން ދިޔައީ ޖަމާވަމުންނެވެ. އެންމެ ގާތުގައި ހުރި މީހާކަމުގައި އަހާލުމުން ބުނީ ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުކުރެވި މޫދަށް ވެއްޓުނީ ކަމުގައެވެ. އަދި ދިޔަ ބާރުމިނުގައި އަތިރިމަތީގައި ތެލިދޮންނަން އޮތް އަޔާނާގެ މަންމަގެ ގައިގައި ޖެހި އއޭނާވެސް މޫދަށް ވެއްޓުނީ ކަމުގައި ބުންޏެވެ. އަޔާނާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި އެއްޗަކުން ޖެހި ހެންނެވެ. ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭގެ އިރުކޮޅެއްފަހުން ޑޮކްޓަރު ނުކުމެފައި ބުނި ޖުމްލައިން އޭނާގެ ހަޔާތް ވެސް ހުއްޓުންފަދައެވެ. އޭނާގެ ލޯބިވާ މަންމަ މިދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާއުކީއެވެ.

އެދުވަހުގެ ފަހުން އަޔާނާ އެއްކޮށް ބަދަލުވެގެން ދިޔައެވެ. އައިނި އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް ވިކަމެއްނެތެވެ. އަޔާނާ ދިޔައީ އަޅާލާނެ އާރެއް ޔާރެއް ނެތި މަގުމަތީ ގިނަ ވަމުންނެވެ. ނުބައި އެކުވެރިންނާ ޖެހި ހަޔާތް ބަރުބާދު ވަމުންނެވެ. މަސްތުވާ ތަކެއްޗާއި ރަލުގެ އަވައިގައި ޖެހިފައި ވަނޔ ދުރުވާން އުންދަގޫވާ ވަރަށެވެ. އެތައް ފަހަރަކު ހައްޔަރުކޮށް ނަސޭހަތްދީފިއެވެ. އަދި ދެން އަންނާނީ 10 ަހަރުގެ ޖަލު ހުކުމެއް ކަމަށް ބުނެ އެންމެ ފަހު ފަހަަރަށް ދޫކޮށްލުމާއެކު އަޔާނާއަށް އަމިއްލަ މީހާއާމެދު ވިސްނާލެވި ބަދަލުވާން ބޭނުންވެއެވެ.

ރަނގަޅު ވުމަށްޓަކައި އެތައް ޑޮކްޓަރުންނަކަށް ދައްކައި ޓެސްޓުތައް ހެދުމަށްފަހު ނަތީޖާ ބަލާދިޔަ ވަގުތު އެތެރޭގައި އިން މީ ހާ ފެނިފައި އޭނާ ހުއްޓުން އެރިއެވެ. އެއީ އޭނާ ގެ އެކުވެރި އައިނީ އެވެ.އޭރު ޑޮކްޓަރަކަށް ވުމުގެ ވިސްނުން ވެސް ނުގެންގުޅެ އައިނީ މިއަދު އެއިނީ އޭނާގެ ކުރިމަތީގައެވެ. އައިނީ އަށް ވެސް އެހާ ދުވަހަށް ފަހު އޭނާ ގެ އެކުވެރިޔާ ފެނުން އިރު އަޔާނާ ބަދަލުވެފައި ވާ ވަރު އިހުސާސްވެ ލޮލުން ކަރުނަ ނީރާލި އެވެ.އެ ދުވަސްވީ އެކުވެރިޔާއަށް މިއަދު ދޭންޖެހިފައިވާ ހަބަރުން ފަސްޖެހުނު ނަމަވެސ ހިތަވަރާއެކު ހަގީގަތް ހާމަކުރިއެވެ. އަޔާނާ ހުރީ ލިވާ ފެއިލްވެ ފަހު ސްޓޭޖުގައެވެ. އަޔާނާ އަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ނަމަވެސް އޭނާ އަޒުމާއެކު ހިތަވަރު ކުރިއެވެ.

މިއަދު އަޔާނާ އަކީ ލިވާ ޓްރާންސްޕްލާންޓު ހަދައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އަޚްލާގު ރިވެތި ޒުވާނެކެވެ. އަޔާނާގެ މި ބަދަލުގެ ފަހަތުގައި ވަނީ އައިނީގެ ލިތްހެޔޮ ކަމާއި އޯގާތެރިކަމެވެ. އަޔާނާ ދެކޭގޮތުގައި އައިނީ އާނުލައި އަޔާނާ އަޔާނާ އަކަށް ނުވާނެއެވެ.

ނިމުނީ

Share Article

Follow Me Written By

_shaha_

Level 1

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (7)

Next

މައއިވަންތަ ލޯބި.

Next
February 6, 2021

މައއިވަންތަ ލޯބި.

Previews
February 6, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (7)

One Comment

  1. redlailacrose says:
    February 7, 2021 at 8:29 pm

    Nice stry. Good work. Hope to get to read nice stry like this

Comments are closed.



All Right Reserved!