Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެ ދުވަސް

Zuko
Zuko Level 1
January 20, 2021 2 Mins Read
0 Comments

އަހަންނަކީ އުމުރުން 23 އަހަރު ފުރިފައިވާ ޒުވަނަކީމެއެވެ . އެކި ދުވަސް ވަރު އެކި ކަހަލަ ކަންތައް ތައް ދިމާވެފައި ވާ ޒުވާނަކީމެއެވެ . އެކި ކަހަލަ ގޮންޖެހުން ތަކާ ކުރިމަތި ކުރުވައިފައި ވާ ޒުވާނަކީމެއެވެ . މި ވާހަކައިން ކޮންމެ ވެސް ކަހަލައިގެ އިބުރަތެއް ލިބޭނެ ކަމަށް ހީ ކުރަމެއެވެ .

##########################

އަހަރެން ހަދާނުގައި ހުންނަށް ފެށި ދުވަހުން ފެށިގެން އަދި އަހަރެންނަށް އަދި ހިތް ދަތި ކަމަކާ ކުރިމަތި ނުލަމެއެވެ . އަހަރެން ބޭނުން ވާ ކަމެއް ފުރިހަމަ ވަމުން ދެއެވެ . ކޮންމެ ދުވަހަކު ވެސް އަހަރެން ފައްޓަނީ ފަތިސް ނަމާދު ކުރުމުންނެއެވެ . އެއީ އަހަރެންގެ ކަށީގައި ހަރުލާފައި ހުންނަ ކަމެކެވެ .

ނަމަވެސް އަހަރެން ގެ ދިރިއުޅުން މަޑު މަޑުން ބަދަލު ވަމުން އަންނަ ކަން އަހަންނަށް އިހުސާސް ކުރެވެން ފެށިއެވެ . ނަމަވެސް އަހަރެން އެކަމަކަށް އެއްވެސް ފަރުވާ އެއް ނުބަހަޓަމެއެވެ . އެއީ އަހަރެން ކިޔެވުން އެންމެ ފަހަރު ކަމުން ނެއެވެ . އޯލެވެލް އަށް ތައްޔާރު ވަމުން ދިޔައީމެއެވެ . އެ އަހަރަކީ 2015 ވަނަ އަހަރެއެވެ . ވަރަށް ވެސް ހިތް ވަރު ކުރީމެއެވެ . ކޮންމެ ކަމެއް ވެސް ވާނީ ރަގަޅަކަށް ބުނާތީއެވެ . ކުދިންގެ ބުލީ ކުރުމާއި އަދި އެ ނޫން ވެސް ކަންކަމާ އަހަރެން ކުރިމަތި ލީމެއެވެ .

ބައެއް ޓީޗަރުން ގެ ފަރާތުން ވެސް ލިބެމުން ދަނީ ހިތް ދަތި ކަން ކަމެއެވެ . ކޮންމެ އަކަސް އަހަރެން އެކަންކަމާ ކުރިމަތި ލީމެވެއެވެ .

###########

ޖީސީ އޯލެވެލް ނިމިއްޖެއެވެ . ސްކޫލް ކިޔެވުން ވެސް ނިމުނީއެވެ . މުޅިން އާ މާހައުލަކަށް އަހަރެން ނިކުތީމެއެވެ . އެއީ ޒުވާންނުން އުޅޭ މާހައުލެއެވެ . އެކި ކަހަލައިގެ މީހުންނާ ވެސް ދިމާވިއެވެ . އެ މުޖުތަމައުން ވެސް އަހަރެންނަގައިގަތީ އެހެން ކަހަލަ ކަންކަމެއެވެ . ގޮތް ނޭގޭ އެތަކެއް ކަމެއް އަހަރެން ކުރިމަތި ލީމެއެވެ . އަހަރެން ދެކެ ނަފުރަތު ކުރާ މީހުންނަކީ އަހަރެން އެންމެ ގާތް އެކުވެރިންނަށް ހެދީމެއެވެ . އަހަރެން އެއްކޮށް ދިރިއުޅުން ބަދަލު ވެގެން ދިޔައެއެވެ . ނަމާދު ކުރުމާ ވެސް ދުރުވެގެން ދިޔައެވެ . އަބަދު ވެސް އުޅެމުން ދަނީ އެމީހުންނާ އެކު ކޮފީ ބުޔުމާއި ސަކަރާތް ޖެހުމުގައެވެ . ނަމަވެސް އަހަރެން އެއްކޮށް އަނެއްކާ ވެސް ބަދަލު ވީ 2018 ވަނަ އަހަރު ދިމާވި އަންހެން ކުއްޖެގެ ސަބަބުންނެއެވެ . އެއީ ( ނަން ހާމަ ނުކުރަން ) އަހަރެން ދެކެ ލޯބިވާ ވަރަށް ރަގަޅު ކުއްޖެކެވެ . ނަމަވެސް އަހަންނަށް އޭނަ ގައިގައި ޖެހުނީ ކޮޅުފައެވެ . އޭނަގެ ރުޔުމާއި ކުރި އާދޭސް އަހަރެންނަށް ވީ ބޭކާރު ކަމަކަށެއެވެ . ނަމަވެސް  އަހަރެންނަށް ޓަކައި އެތަކެއް ޤުރުބާން ތަކެއް ވިއެއެވެ .

###########

2018 އޭޕްރީލް 5 ވަނަ ދުވަހަކީ އަހަރުމެން 2 މީހުން ވަކި ވި ދުވަހެއެވެ . އެ ހިސާބުން އަހަންނަށް އިހުސާސް ކުރެވުނު ކަހަލަ އެއެވެ . އަހަރެންނަށް ޓަކައި ޤުރުބާން ވީ ކުއްޖަކު އެއްލައި މި ލެވުނީ ކީއްވެގެން ބާވައެވެ . އަހަރެެން ރަގަޅު ކުރަން ހުރި ކުއްޖާ މި އެއްލައިލެވުނީ ކީއްވެގެން ބާވައެވެ . ނަމަވެސް އެކަން ހިގައި އެ ދިޔައީ އަހަންނަށް ކުރެވުނު ވަރަށް ވެސް ހިތްދަތި ދުވަހަކަށެއެވެ . އަހަންނަށްޓަކައި ކަރުނަ އަޅާ ފައި އެދިޔަޢީ ވަރަށް ވެސް ރަގަޅު އަންހެން ކުއްޖެކެވެ .

#######

ނަމަވެސް އަހަރެން އެ އަންހެން ކުއްޖާގެ ފަރާތުން އެތަކެއް ބާވަރު ކަންތައް ދަސްވެގެން ދިޔައެވެ . އެއީ

1) ލޮއިތްބަކީ ކުޅޭ ކުޅޭ އެއްޗެއް ނޫންކަން

2) އެމީހަކު ގައިގައި ހުންނަ ނުބާ ސިފަ ތައް ދުރު ކުރެވޭނެ ކަން

3) ދޮގު ހަދައިގެން ދިރިއުޅުމެއް ނުފެންނާނެކަން

އެތަކެއް ބައިވަރު ކަންތަކެވެ

###

ލޮބުވެތި ޒުވާނުން ……. ޒުވާން ކޮންމެ އަންހެން ކުއްޖެއްވެސް އަދި ފިރިހެން ކުއްޖެއް ވެސް ދޮގު ހަދައިގެން ދިރިއުޅުން ނުފަށާތި އެއީ ދޮގު ހަދައިގެން އެއްވެސް ކަމެއް ނުވާ ކަމެއެވެ .  ތެދުވެރި ކަމާއެކު އޯގާތެރި ކަމާއެކު ކަމެއް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ހީކުރަމެއެވެ

Share Article

Zuko
Follow Me Written By

Zuko

Level 1

Other Articles

Previous

ހިރާސް 6

Next

މަންޒިލް 26

Next
January 20, 2021

މަންޒިލް 26

Previews
January 20, 2021

ހިރާސް 6



All Right Reserved!