Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަދީނީ

މާތް އުސްތާޒު = ދީނީ ވާހަކަ =

Aashii
Aashii Level 310 Stories100 Login
January 10, 2021 One Min Read
0 Comments

 

ވަރަށް ކުރީޒަމާނެއްގައި ވަރަށް ބޮޑު އިލްމުވެރިއަކު މަސްޖިދުއްނަބަވީގެ ފެންޑާގައި އޭނަގެ ދަރިވަރުންނަށް ހަދީޡް ކިޔަވައިދެއްވަމުން ގެންދެވިއެވެ. މި މާތް މިސްކިތަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން އެރަށުގައި ބިނާކުރެއްވި މިސްކިތެވެ.

މިވާހަކަގައި މިނަންގަނެވުނު މާތް އިލްމުވެރިޔަކީ އިމާމު މާލިކުގެފާނެވެ. އެކަލޭގެފާނަށް މާތް ރަސްކަލާނގެ ދެއްވައިފައިވާ މަތިވެރި ދަރަޖައިވެ ސަބަބުން ނުހަނު ދުރު ހިސާބުގެ ރަށްރަށުން ވެސް ކިޔަވާ ކުދިން އެކަނލޭނގެ ފާނުގެ އަރިހަށް ކިޔަވަން އާދެއެވެ. އަދި އައިސް އިލްމު އުނގެނެއެވެ. އެކަލޭގެފާނު ލިޔުއްވި ހަދީޡް ފޮތްތަކުގެ ތެރެއިން އެއްފޮތަކީ “މުޢައްޠާ އިމާމު މާލިކު” މިއެވެ. މިފޮތަކީ ދީނުގެ އިލްމު ކިޔަވާކުދިން ކިޔަވަމުން ގެންދަވާ ފޮތެވެ.

އެއްުވަހަކު އިމާމު މާލިކުގެފާނު މިގޮތަށް، ކުދީންނަށް ހަދީޡް ކިޔަވައިދެއްވަމުން ގެންދަވަނިކޮށް އެކަލޭގެފާނުގެ ހެދުން ކޮޅުގެ ދަށުން އުނަގަނޑުފުޅުގެ މަތީގައި ނަގުލުން ދާއްޓެއް ކަށި ޖަހައިފިއެވެ. ނަގުލުންދާށި ކަށިޖެހީމާ އެކަލޭނގެ ފާނަށް ވަރަށް ތަދުފުޅުވިއެވެ. ނަމަވެސް ހަދީޡަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން އެވަރުގަދަ ވޭނަށް ކެތްކުރެއްވިއެވެ.

ކޮންމެއަކަސް ނަގުލުންދާށި އެއްފަހަރު ކަށިޖަހައި އަނެއްފަހަރު ވެސް އުނަގަނޑުފުޅުގެ މަތީގައި ކަށި ޖަހައިފިއެވެ. ނަމަވެސް މާލިކުގެފާނު ދެންވެސް ހަމައެއްވެސް ކަހަލަ ކަންބޮޑުވެ ވަޑައިގަތުމެއް ބޭރަކަށް ފާޅު ނުކުރައްވައެވެ. ނަމަވެސް ވީތަދުފުޅުންނާއި ނެގި ވޭނަކުން މޫނުފުޅުގެ ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. މިކަން އަރިހުގައި ތިބި ކުދިންނަށްވެސް އެނގޭ ވަރުވިއެވެ.

މިހާލުކޮޅުގައި އިންނަވައިގެން، އެކަލޭގެ ފާނު ކުދިންނަށް ފިލާވަޅު ނަންގަވައި ނިންމަވައި ދެއްވިއެވެ. ނިމިވަޑައިގަތުމުން، ކިޔަވާ ކުއްޖަކު ގާތުގައި ވިދާޅުވިއެވެ. އަހަރެންގެ މިހެދުން ހިއްލާލާފައި، އަހަރެންގެ އުނަގަނޑު މަތީގައި މިއުޅެނީ ކޮން އެއްޗެއްތޯ ނިކަން ބަލާދީ ބަލާށެވެ.

ކިޔާވާ ކުއްޖާ، އެހެދުން އުފުލާލިއިރު އެތަނުގައިއ އޮތީ ބޮޑު ނަގުލަން ދާއްޓެކެވެ. އެތަށްތާކަށް ކަށިޖަހާފައި ހުއްޓެވެ. އެކިޔަވާ ކުއްޖާ ހަމަ އެވަގު އޭތި މަރާލައިފިއެވެ. ދެން ކިޔަވާ ކުދިން އިމާމު އަރިހުގައި ބުނުއްވިއެވެ.

“މާތް ސާހިބާއެވެ! އެހާ އުނދަގޫ ހާލުގައިވެސް ކަލޭގެފާނު ފިލާވަޅު ކުރިޔަށް ގެންދެވީއެވެ. އަޅުގަނޑު މެންގެ ގާތުގައި އެވާހަކަ ދެންނެވިނަމަ އެނަގުލުންދާށި ވަގުތުން ހިރާލީމު ނޫންހެއްޔެވެ؟ ..”

އެކަލޭގެފާނު ވިދާޅުވިއެވެ.

” އަހަންނަށްވީ އުނދަގުލުގެ ސަބަބުން ތިޔަހެން ހެއްދެވިނަމަ، އެފިލާވަޅު ޖެހޭނީ މެދުކަނޑާލާކަށް ނޫންހެއްޔެވެ. އޭރުން  ތިޔަކުދިންނަށް ގެއްލުންވާނެއެވެ. އަދި އެކަން އެހެން އޮތްވާ ތެދުވެރި އިސްލާމެއްގެ ނަބިއްޔާގެ ހަދީޡްފުޅު ތަކާއިމެދު އޮންނަންވީ އިހްތިރާމާއި ގަދަރުވެސް ފޮހެވިގެން ހިނގައިދާނެއެވެ.”

( ނިމުނީ )

ކެޓެގެރީ : ކުރުވާހަކަ، ހަޤީޤީ ވާހަކަ، ދީނީ ވާހަކަ

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

love is sour n sweet
Previous

ހުދާއްކޮ 17

Next

ސައިރެން – ޓްރެއިލާރ

Next
January 10, 2021

ސައިރެން – ޓްރެއިލާރ

Previews
January 10, 2021

ހުދާއްކޮ 17

love is sour n sweet


All Right Reserved!