Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
love is sour n sweet
ހިތާމަމަޖާލޯބި

ހުދާއްކޮ 16

Cutie AAI Level 110 Stories
January 8, 2021 4 Mins Read
0 Comments

އެނދުމަތީގައި އިށީދެގެން އިން ތާނިމްގެ ހިތުގައި ދިޔައީ އެތައް ސުވާލުތަކެއް އެބުރެމުންނެވެ.ހަގީގަތުގައި ތާނިމް ހުރީ ހުދާ އެހުރިހާ އެއްޗެއް ސާމިހުއާއި ދިމާލަށް ކިޔުމުން އަންތަރީސްވެފައެވެ.ހަމަ އެހެންމެ އެވަގުތުގައި ކަން ހިގާދިޔަގޮތް އަކުރުން އަކުރަށް އަޑުއަހަން ތާނިމް ހުރި ކެއްމަދުވެފައެވެ.ތާނިމް ހިތަށް އަރަމުން ދިޔައެވެ.ދެން ހުދާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟މިހަރު ސާމިހުވެސް އޭނަގެ ހިތް ހުދާގެ ކުރިމަތީގައި ހުޅުވައިފިއެވެ.ހަމަ އެހެންމެ ހުދާގެ ވާހަކަތަކުން ހުދާ ޔައިޝް ދެކެ ގަޔާ ވާހެން ވެސް ތާނިމްއަށް ހީވާން ފަށައިފިއެވެ.ކޮންމެއަކަސް މިހުރިހައި ކަމެއްގެ މެދުގައި ބެދޭކަށް ތާނިމްއަކަށް ލާހިކެއް ނޫނެވެ.

ޔައިޝް އާއި ތާނިމް އާއި ހުދާ ކޮޓަރިޔަށް ދިޔުމުން ކޮޓާރިޔަށް ދާން ބޭނުން ވެފައި ހުރި ނަމަވެސް ސަނާ އާއި ސާމިހު އެކަނި އެތަނަށް ދޫކޮއްލާފައި ދާން ނުކުރެމުން ހަމީދާ ހުރީ އެތަނުގައި މަޑު ކޮއްގެންނެވެ.އޭރު ސަނާ ހުރީ ވެދިޔަ ކަންކަމާ ހުރެ ބޮލަށް ތަދެއް އަރާފައެވެ.އެއްފަހަރާ އެތަށްކަމެއް ކުރި މައްޗައް އައުމުން ވާނީވެސް އެހެން ތާއެވެ.ހަޤީޤަތުގައި ސަނާ ގަބޫލު ކުރީ ސާމިހު ދެއްކި ވާހަކަ ތަކެވެ.ސަނާގެ ހިތުގައި މިހާރު ހުދާ އާއި ދޭތެރެގައިވެސް ނަފްރަތު އުފެދެން ފެށިއެވެ.ސަނާއަށް އިހުސާސް ކުރެވެމުން ދިޔައީ ހުދާވެސް މިހާރު ޔައިޝް އާއި ގަޔާވާ ކަމަށެވެ.މާގިނަ ވަގުތެއް އެތަނުގައި މަޑުކުރަން ނުހަދައި ސާމިހު އެގެއިން ނުކުނަން ދިޔައެވެ.ފަހަތުން ސަނާވެސް ނިކުމެގެން ދިޔައެވެ.ހަމީދާ ހުރީ ވެދިޔަ ކަންނަމުގެ ސަބަބުން ބޯގޮވާން ކައިރިވެފައެވެ.ކުޑައިރުއްސުރެން އެންމެ ގާތްކޮށް އުޅުނު މީހުން ފަޅި ސިކުންތެއްގެ ތެރޭގައި ވަކިވެގެން ދިޔުމުންނެވެ..

މޫނުގައި އަތް އަޅައިގެން އިން ޔައިޝް މޫނުން އަތް ނެގީ ހުދާ ތެދުވެ އެދުގައި އިށީންހެން ހީވެގެން ނެވެ.ބަލައިލި އިރު ހުދާ އިނީ ތެދުވެ ތާނނިމްގެ އަތުގައި ހިފައިގެން ތަނިމްގެ އަތުން އޭނަގެ މޫނު ފޮރުވައިގެން ނެވެ. ބަލާބެލުމަށް ހީވަނީ ހުދާ އެއިނީ ރޯން ކަމަށެވެ.ތާނިމްވެސް އީނީ ހުދާ ހަމައަކަށް އެޅުމުން އެވާހަކަ ދައްކަނެ ކަމުގެ އުންމީދުގައެވެ.ފަސް މިނުޓް ފަހުން ހުދާތެދުވެ މޫނު ފޮހެލިއެވެ.އަދިމަޑުމަޑުން ޔައިޝް އާ ދިމާލަށް ބަލައިލިއެވެ.އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.

“ކާން އަންނަންވިނުން…؟” އެކަކު އަނެކަކަށް ބަލައިގެން ތިބި ހުދާ އާއި ޔައިޝް ދިޔައީ ހަމީދާގެ އަޑު ޖެހުމުން ސިއްސައިގެންނެވެ.އެއްވެސް ކަމެއް ނުވާފަދައިން ދެމީހުން ދުރު ބަލަންފެށިއެވެ.އެވަގުތު އެދެމީހުންގެ ހަރަކާތްތައް ބަލަންހުރި ތާނިމްގެ ގާތަތް ނުލަފާ ހިންޔެއް އައެވެ.މިތަން ހުދާ އާއި ޔައިޝްއަށް ފެނުމުން ދެމީހުން ތާނިމްއަށް ލޯއަޅާލިއެވެ.
“ކޮބާ؟ނުކަންތަ ތިތިބީ؟” މާހައުލުގައިވާ ނުތަނަވަވަސްކަން ކަޑުވައި ލުމުގެ ގޮތުން މަޖާ ރާގެއްގައި ހަމީދާ ބުނެލިއެވެ.
“ނޫނޭދެން.. މިތަނުގައި ބަގިޗާއެއް ހެދޭތޯ  މަޑުކޮއްގެން މިހުރީ… އެކަމް ހަމީ ތިފަނިކޮއްލީނު.. ހެހެހ… ” ތާނިމް ބުނެލިއެވެ. ވަގުތުން ހުދާ އާއި ޔައިޝްގެ މޫނު ރަތްވެގެން ދިޔައެވެ.

“އަމް.. އެބަ އަންނަމު މޫނު ދޮވެގެން” ހުދާ މަޑުމަޑުން ބުނެލިއެވެ.
“ޔެޝް. އަޅުންވެސް އެބަ އަންނަމު ކުޑާކޮއް ފޮރެޝްވެގެން.. ރޫމަށްގޮސް” ޔައިޝް ވެސް ބުނެލިއެވެ.
“މީ ޔައިޝްގެ ރުމެއް ނޫންތަ؟އައި ތޮޓް.. އާހް…” ތާނިމްއަށް ބުންވުނީ އެވަރަށެވެ. ހުދާ ތާނިމްގެ ގައިގައި ބާލީހަކުން ބޮޑީއެއް އެޅިއެވެ.
“އައްދޭ. އައްދޭ. ކުދިން ބްލަޝް ވަނީތަ؟”ތާނިމް އަދިވެސް ހުއްޓާކަށް ނޫޅެއެވެ.
“ދެން ދޮންތަބޭ… ” ހުދާ ތުންކޮޅު މަޖާ ގޮތަކަށް  ތުންކޮޅު އޫކޮއްލަމުން ބުނެލިއެވެ.ވަގުތު އެތާތިބި ތިން މީހުންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
“ހެ.ހެއް.. އޯކޭ. ދެންވެސް ލަސް ނުކޮއް އާދޭ އޯކޭ؟” ތާނިމް އަމާން ދިނުމަށްފަހު ނުކުންނަން ހިގައި ގަތެވެ. ފަހަތުން ހަމީދާ އާއި ޔައިޝް ވެސް ނުކުމެގެން ދިޔައެވެ.ނުކުންނަމުން އެބުރި ހުދާއާ ދިމާލަށް ބަލައިލިއެވެ. ހުދާއަށްމިތަން ފެނުމުން ލަދުން އިސް ޖަހާލިއެވެ.އެވަގުތު ޔައިޝްގެ ގާތަށް ހިނިއައެވެ.މި މަންޒަރު ބަލަން ހުރި ތާނިމް އާއި ހަމީދާ ގާތަށް ވެސް ނުލަފާ ހިންޔެއް އައެވެ.ނަމަވެސް އެވަގުތު އަނެއްކާ ދިމާ ކުރަން ފާށައިފިނަމަ އެކަން އަވަހަކަށް ނުހުއްޓެނެކަން ވިސްނޭތީވެ އެފަހަރަށް ހުއްޓާލީއެވެ.

ދިމާ ކުރާ ފާޑަކަށް އެންމެން ބަލާފައި ދިޔުމުން އެންމެން އެދިޔާއީ ނުލަފާ އެއްޗެއް ހިތަތް އަރުވައިގެން ކަން ހުދާއަށް އިނގުނެވެ.ލަދުގަނެފައި މޫގައި އަތް ހާކާލުމަށްފަހު ފާހަނައަށްވަދެ ފެން ވަރައި ހަދައި ލައިގެން ނުކުތެވެ.އަދި އަލަމާރިން  ކަޅު ޖާރޒީއަކާއި ކަޅު ޖިންސެއް ނަގައިގެން ލިޔެވެ.އަދި ކުޑަކޮށް ރީތިވެލައިގެން ބޭރަށް ނުކުތެވެ.

“ކޮބާތަ ހުޑިޗް؟ ހާދަލަހޭ.. ފެންވަރަން ދިޔަމީހީ.. ޔަޤިން މުޅި ފާހަނާއިގަ މުށިތައްވެސް ބަދަލު ކޮއްފަ ކަންނޭގެ ނުކުންނ……….” ޔައިޝް އެހާ ހިސާބަށް ބުނެލުމަށް ފަހު ހުއްޓުން އެރިއެވެ.ވީ ކިހިނެއްތޯ ބަލަން ތާނިމް އާއި ހަމީދާ ޔައިޝްގެ ކަޅި ހުރި ދިމާލަށް ބަލައި ލިއެވެ.އެވަގުތު ހުދާ ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ.

“އަހަމް.. އަހަމް.. ޔައިޝް…” ” މް މް… ޔެސް ދޮ.. ދޮން.ބޭ…” ޔައިޝްގެ ނިތުގައި ފުއްޓައްކެއް ޖެހުމަށްފަހު ތާނިމް ގޮވާލުމުން އަޅައަޅައިން ކަހަލަ ގޮތަކަށް ޔައިޝް ޖަވާބުދިނެވެ.ހަމީދާއަށް ވެސް ހިނިތުން ވެލެވުނެވެ.

“އެއްކަލަ މީހުން ދޯ.. ޔަޤީނޭ އަހަރެންގެ ގައިން ކަން މަސް އެކަނީ… ދެން ދައްކާނެ ހިކި ވާހަކަ.. ތިހެން މަސް ކާ ކަމުގައި ވަންޔާ އަހަރެންވެސް ހިކޭނެ ދޯ ދެން..”އެންމެން ހުދާ އާއި ދިމާލަށް ބަލައި ތިބުމުން ލަދުގަތް ވަރެއްގެ ބޮޑުކަމުން މޮޅު ޑްރާމާއެއް ޖައްސާލިއެވެ.

“ދެން އަޅެފަހެ އެއީ އަހަރެމެންގެ މައްސަލަ އެއްތަ…. އަމިއްލަ އަށް މަސް ކާން ދޭން ވިއްޔާ އުޅެނީ ދެން މަސް ކާނެއެއްނު… ދައްކާ ވާހަކަ.. ދޯ. ޔައިޝް” ތާނިމް ބުނެލިއެވެ.ޔައިޝްއަށް ދޯ ދެމުންނެވެ. އެތުރަށް ދެމީހުން ލަދު ގަންނުވާލުމުގެ މަގުސަދު ގައެވެ.

“މް.. އާން އެހެންޔާ… އަހަރެމެން މަސްކައިގެން ނެއް ނޫން.. ހޫޑީޗް ހިމަ ވަނީ ހަމަ ނުކައި ހުރެގެން… މާބޮޑަށް ފަލަ ވެދާނެތީ ޔޯލަ…”ޔައިޝް ވެސް ދެރަ ނުވާން ވެގެން ބުނެލިއެވެ.

“ހޫޑީޗް؟؟؟؟” ތާނިމް އާއި ހަމީދާއަށް އެތަންކޮޅު އަޅައިގަތުމުން ސުވާލުގެ ރާގަށް  ‘ހޫޑިޗް’ ކިޔާލިއެވެ.ވަގުތުން ހުދާ އާއި ޔައިޝްގެ މޫނު ރަތް ވެގެން ދިޔައެވެ. އެއީ މިޔަދު ސަކަރާތް ޖެހުމުގެ ތެރެއިން ޔައިޝްއަށް ހުދާ އާއި ދިމާލަށް ކިޔުނު ނަމެކެވެ.

“އެ..އެ..އެއީ.. އަނެއ… މީ .. އަނެއް ހުދ” ” ސާބަސް އެއި މިއީ އައިމީ ނޫޑުލީހެ ނުކިޔާ ބުނެބަލަ ރީއްޗަށް ތިމަންނަ ހުދާއްކޮ އާ ދިމާލަށް ލޯބިން ކިޔާ ނަމޭ އެއީ. ދޯ ހަމީ” ތާނިމް އަނެއްކާވެސް ދިމާ ކޮއްލިއެވެ.

“އާން ދެން… ދެން މާ ބޮޑަށް ސަކަރާތް ނުޖަހާ ކާންފަށާ… ހުދާ އާދޭ އަވަހަށް ކާން”ހަމީދާ ބުނެލިއެވެ.

“ނުކާނަން އަހަނެއް.. ބުނޭ މޯމް ކައިރީ އަހަރެން މީރޭ ނުކާނަމޭ.” ހުދާމެން ގެއިން އައި ގޮތަށް އެދު މައްޗަށް ވެއްޓިގަތް ގޮތަކަށް އަދިވެސް ސާމިހު އެ އޮތީ އެތާގައެވެ.މީހަކާ އަގައިން ވެސް އެބުނެލީ އަދި ކިރިޔާއެވެ.ސާމިހު ނުކާން ދެކޮޅު ހެދުމުން ސަނާވެސް އައި ކޮޅަށް އަބުރާ ހިގައި ގަތެވެ. ކިތަންމެ ވަރަކަށް އާދޭސް ކުރިޔަކަށް ސާމިހު ނުކާނެ ކަން އިނގޭ ތިއެވެ.

“ކޮބާ؟ދޮންބެ.. އަދިވެސް ނުހޭލާތަ… ؟” ސާމިހު ބާލައި ދިޔަ ސަނާ އައުމާއި އެކު ސަނާގެ މަންމަ ސައީދާ އަހައި ލިއެވެ.

” ނާދޭ. ބުނީ މިރެޔަކު ނުކާނަމޯ… ހޭލާ އޮތީ ދިޔައިރުވެސް” ސަނާ ބުނެލިއެވެ.

” ކިހިނެއް ވެފަތަ ސާމިހު އެހުންނަނީ މިޔަދު ހުދާމެން ގެޔަށް ގޮސްސަ އައިފަހުން… ދަރިފުޅުވެސް ތިހުންނަނީ. ނެގި މަޑޫވެފަ އަނެއްކާ އެގޭގަ ކަމެއް ވީތަ….” ސައީދާއަށް ކަމެއް ހެން ހީވެގެން އަހާލިއެވެ.

” ނޫން މަންމާ.. އަނެއްހެން ނުވޭ ކަމެއް… މާބޮޑަށް ސަކަރާތް ޖެހުނީމަ ވަރުބަލީ ވަނީ މާބޮޑަށް.. ދެން ދޮންބެވެސް މިޔަދު ދަތުރެއް ކޮއްލާފަ އައިސް ރެސްޓޭއްވެސް ނުކޮއް ގޮސް އެހާ ސަކަރާތް ޖެހީމަ ދެން ވަރުބަލިވެސް ވާނެއެއްނު. މޯމް މާ ބޮޑަށޭ ވިސްނަނީ.. އެހާ ކުޑަ ކަމަކާވެސް..” ހިއްވަރު ކޮއްލާފައި ކަމެއް ނުވާކަމަށް ބުނެ ސަނާ ދޮގެއް ހަދާލިއެވެ.އަދި އެއީ ހަޤިޤަތްކަން ސައިދާއަށް ޤާބޫލު ކުރެއް ވުމަށްޓާކައި ކުޑަ ހިނިގަނޑެއްވެސް ޖަހައި ލިއެވެ. ސަނާގެ މި އަމަލުން ސައީދާއަށް ވެސް ގަބޫލު ކުރެ ވުނީ އެއްވެސް ކަމެއް ނުވާ ކަމަށެވެ.އެހެން ކަމުން ކެޔޮމާއިގެން މަޝްއޫލު ވެގަތެވެ.

“އޭ… ހޫޑިޗް…. ޔައިޝްގެ ޕެން ދިނީމެއްނު ރޭގަ ދޮންބެ…. އެ ހިފައިގެން އައިސްބަ” މަޖާވެލާފައި ތާނިމް ހުދާ އަށް ގޮވާލީ ޔައިޝް ހުދާއަށް ގޮވާ ނަމުންނެވެ.

” އޭ.. ދޮންބޭ.. ތީތި ކަނޑަ އިންގޭ އަހަރެން ހެދި ނަމެއް ދެން.. ދޮންބެ ކީމަ ކަނޑަ ދޯ..”ޔައިޝް ތާނިމް އަށް ބުނެލިއެވެ.

” އޯކޭ އޭ ދެން… ނުކިޔާނަން އަހަރެމެންނެއް… ޔާއިޝްގެ ހުދާގެ ނަން ޔައިޝްއަށް. ދެން ވެސް ލަސް ނުކޮއް ގޮސް ހުދާއްކޮ  އާދެބަ.. ޕެން ހިފައިގެން…” ތާނިމް ބުނެލިއެވެ. ހުދާ ސިޑިން އަރައިގެން ކޮޓާރިޔައަށް ދިޔައެވެ. އިރުކޮޅަކުން ޕެން ހިފައިގެން އައެވެ.

” ލެޓްސްގޯ އެވެރިވަން… މިރޭ ހިގާ ކާލީ ޕީލީ ބަލަން…” ޔައިޝް ބުނެލިއެވެ،

” އޯކޭ ހިނގާ…” މިހެން ބުނެ ތާނިމް ޕެން ހިފައިގެން ގޮސް ޓީވީއަށް ޖެހިއެވެ. އަދި އެ ފިލްމު އަޅުވައިލިއެވެ.

“ސަނާ އާއި ސާމިހު އާ ތިބިނަމަ ދޯ… ގުރުޕް.. ބޮޑު ކޮއްލަން..”

“ނުނިމޭ”

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cutie AAI

Level 110 Stories

Hi guys.i am AMINATH AAYA IQBAL.I am 14 year old.share almost all experience with all my loving readers.writter of "hudhaahkko".will accept all ur ideas and comments no matter gud or bad.will always luv u all.I.A. will always be in touch with u all. Hangouts:[email protected]

Other Articles

Previous

ހިރާސް 4

Next

ޢުމުރަށް އެކުގާ (1)

Next
January 8, 2021

ޢުމުރަށް އެކުގާ (1)

Previews
January 8, 2021

ހިރާސް 4



All Right Reserved!