Skip to content
އެސްފިޔަ

ބަބުރު ސޮރު

 ކުޑަ ސޮރު ނުނިދައިގެން އަހަރެން މީނަ ދާހިށްލާ ފޯވީއެވެ. އެކަމަކު އެސޮރު އަދި ނިދި ފިޔައެއް ޖަހާލަން ހިތަށްވެސް ނާރުވާ ތޯއްޗެކެވެ. 2 އަހަރަށް އަޅާފައި އޮތަސް ހަލަނިކަމުން ހީވަނީ އެހެން ކަމެއް ހެންނެވެ. އެއްތާ އިރުކޮޅެއްވަންދެން ހަރު ނުލައެވެ. މިހާރުވެސް ބަލާބަލާށެވެ. ބާލީސް މަތީ ބާއްވައިގެން ތަޅުވާ ތަޅުވާ މިހާރު އަހަރެންގެ ދެ ކޮނޑުގައި ރިއްސައިގަނެއްޖެއެވެ. ނަމަވެސް އެސޮރު ހަތަރެސް ފައި ހީވަނީ ވެށެމުންދަ ރޯނުގަނޑެއް ހެންނެވެ. އަހަރެން ގާތު ރުޅިއައިސްފައި އެއްޗެކޭ ބުނީމާ ދެން ފެށީ ރޯށެވެ. ދެން ޖެހުނީ ހުއްޓައި ނުލައިގެން ތެޅޭށެވެ. މިހާރު އެއޮއް މެންދުރުވީއެވެ. އަދި މިއުޅެނީ މެންދުރަށް ނުވެސް ކައްކާވިއްޔާއެވެ. ދޮށީ މަންޖެ މަދަރުސާއިން އަންނަންވާއިރަށް ބަތްކޮޅެއް ކެކޭތޯ ކޮންމެހެންވެސް އެބަ ބަލަންޖެހެއެވެ.

   ނަސީބަކުން މަގިނައިރުތަކެއްނުވެ ރޮއެ ރޮއެ ވަރުބަލި ވުމުގެ ސަބަބުން ކުޑަ ސޮރު ނިދައިފިއެވެ. އެ ސޮރު ރީތިކުރަން ގެންގުޅޭ ސާމާނުތައް އެއިރު ހުރީ އެނދުމަތީގައެވެ. އެއީވެސް އަނެއްކަންތަކެވެ. ރީތިކުރާ ސާމާނުތައްވެސް ގެންގުޅެން ޖެހެނީ ފޮރުވައިގެންނެވެ. ފުނަލާއި ތެޔޮފުޅިއަށް ވަރު ހުންނަވަރުން ހީވަނީ އެހެންކަމެއް ހެންނެވެ. އަދި އަނދުން ދަޅު ފެނިއްޖެނަމަ ހީވާނީ އުޑުގައި ޖެހިފައި ބިމުގައި ޖެހިދާނެހެންނެވެ. ނުދީފިއްޔާ ދެން ފަށާނީ ރޯށެވެ. ދީފިއްޔާ މުޅި ދުވަސް ހަރާބު ވީއެވެ. ދެން ޖެހޭނީ އެސޮރު ގައިން އަނދުން ފިލުވަން ދުވާށެވެ.

   ރީތިވާ ސާމާނުތަށް ވަށިގަނޑަށް އެޅުމަށްފަހު ވަށިގަނޑު ބެހެއްޓީ މޭޒުމަތީގައެވެ. އަހަރެން އަވަސް އަވަހަށް ގޮސް ބަތްތެލި އުދުމަށްފަހު އިލޮށީފަތި ހިފައިގެން ނުކުތީ ގޭގެ ވަލު ފަޅިއަށެވެ. ދުވަސްވަރަކީ ވަރަށް ބޮޑުކޮށް ގެވަޅު ދޫކުރާ ދުވަސްވަރަކަށްވުމުން އަހަރެމެން ގޯތި ފުދޭވަރަކަށް ބޮޑުވާނެއެވެ. ގޭގެ އިމާރާތް ހުންނަނީ ކުޑަތަންކޮޅެއްގައެވެ. ބާކީ އޮންނަ ބޮޑުބައި އޮންނާނީ ފަޅަށެވެ. ބަނބުކޭލާއި ފޭރާއި ހިކަނދި ފަތާއި މިފަދަ ގަސްގަހުން ފުރިފައެވެ.

  ކުނިކަހަން ފަށައިފީމެވެ. ވީ އިރުކޮޅެކެވެ. ކާޅުތައް ގޮވަން ފަށައިފިއެވެ. ކާޅަށްވުރެ އަހަރެން ރުޅިއަންނަ އެހެން އެއްޗެއް މި ދުނިޔެއަކު ނުހުންނާނެއެވެ. ކާޅުތައްވެސް ހީވަނީ އަހަންނާ ޖެއްސުމަށް އުޅޭހެންނެވެ. އާނ ފަހެ މީހަކު އަޖައިބެއް ނުވާނެހެއްޔެވެ؟ އެކަތި ގޮވާލާއިރަށް އަނެކަތި ގޮވައިގަނެއެވެ. އަހަންނަށް ކެތް ކުރެވުނީ ވަކި ވަރަކަށެވެ. އައި ރުޅީގައި ކައިރީގައި ހުރި އުނބުތަށް ނަގާ އެއްޗެހި ގޮވައިގަތުމަށްފަހު އުކައިގަތީމެވެ. ކާޅުތައް ބައްރާލުމަށްފަހު އަނެއްކާވެސް ކުނިކެހުމައިގެން ކުރިއަށް ދިޔައީމެވެ.

  ކުނިކެހުމަށްފަހު ކުނިތައް ނަގަން އޮއްވާ ދުވަންފެށީ ބަތްތެލި އަނދާ ވަހެވެ. ކުންޏަކާ ކުންޏެކެވެ. ބަޑި ބަޑި ޖަހާފައި އަހަރެން ދުއްވައުގަތީ ބަދިގެއަށެވެ. އަސްތާ ކަމަކުދާކަށްވެތެވެ. މުޅި ބަދިގޭގައި އޮތީ ހުސްދުމެވެ. ލޯ ކުޑަކޮށްލުމަށްފަހު ބަދިގެއަށް ވަދެފީމެވެ. އަދި އުނދުނުން ދެތިން ދަރުގަނޑު ދަމާ ނެރެފީމެވެ. ދުންގަނޑު މައިތިރިވީ އޭގެ ފަހުންނެވެ.

   ހުރިހާކަމެއް ހަމަޖެހުނުއިރު އަހަރެންހުރީ ދާހިއްލާ ފޯވެފައެވެ. ނިތްކުރިން ދާފޮހެލަމުން އަހަރެން ބަދިގެއިން ނުކުމެ ނުކުމެ ހުއްޓާ އެއިވުނީ މަދަރުސާ ނިމޭގައިޑީގައި ޖަހާ ރަނގަބީލުގެ އަޑެވެ. އިރުކޮޅަކުން މަގޭ ދޮށީ މަންޖެ އަންނާނެއެވެ. އަހަރެން އަވަސްވެގަތީ ކާންހެދުމަށްޓަކައި ތަށިތަށް ދޮންނާށެވެ. ގޭ ގެ އަނެއްފަޅީގައި ހުރި ބުންބާ ކައިރީގައި ތަށިދޮންނަން ހުއްޓާ މަގޭ ކަންފަތް ހޭލައްވާލީ މަގޭ ދޮށީ މަންޖެގެ ތޫނު ހަޅޭކުގެ އަޑެވެ. ހަމައެއާއެކު ކުޑަސޮރުގެ ރުއިމުގެ އަޑުވެސް ގުގުމައިގެން ދިޔައެވެ. ތަށިތަށް ދޫކޮށްލުމަސްފަހު ދުންޖަހާފައި އަހަރެންދިޔައީ ގޭތެރެއަށެވެ.

    ސުބުޙާނަﷲ އެވެ. މަގޭ ދޮށީ މަންޖެ އޮތީ ޚަބަރު ހުސްވެގެން ގޭތެރެއަށް ވެއްޓިފައެވެ. ޔުނީފޯމައެކީގައެވެ. ކައިރީގާ ކިޔަވަން ގެންގުޅޭ ދެތިންފޮތެއް ވެއްޓިފައި އޮތެވެ.

   އެއިރު ކުޑަސޮރު ކޮޓަރި ދޮރުމަތީގައި ރޯން ހުއްޓެވެ. އަސްތާއެވެ. މިފަހަރު އަނދުން ދަޅުގެ ދުވަސް ދިޔައީއެވެ. ކުޑަސޮރު ހީވަނީ ކަޅު ދެލިމާލިގަނޑެއް ހެންނެވެ. މުޅި ގައިގަޔާއި މޫނުމަތީގައި ހުރީ ހުސް އަނދުނެވެ. އަހަރެން ދުވެފައި ގޮސް އެސޮރު އުރައިފީމެވެ. ކޮޓަރިއަށް ވަންއިރު ކަމަކުދާކަށްނެތެވެ. ރީތިވާ ސާމާނު އަޅާފައިހުރި ވަށިގަނޑު އޮތީ ބިންމަތީގައެވެ. އަނދުން ދަޅު އޮތީ އެބަޑިބަޑިން ޖައްސާލާފައެވެ. އަހަރެން އަވަސް އަވަހަށް ފެންއަޅައިގެން ދޮށީމަންޖެ ހޭއެރުވީމެވެ. ކަންތަށް ވީގޮތް އެނގުނީ އޭގެ ފަހުންނެވެ.

   މިއަދު މަދަރުސާގައި މުދައްރިއްސަކު ކިޔައިދިނީ ކަޅު ބަބުރު ސޮރުގެ ބިރުވެރި ވާހަކައެކޯލައެވެ. އެ ވާހަކަ އަޑުއަހައިގެން އެ މަންޖެ ބިރުންހުރެ ގެއަށް ވަދެގެން އަންނަނިކޮށް ދޮރުމަތީގައި ހުއްޓާފެނުނީ އެ ބުނާކަހަލަ ކަޅު ބަބުރު އެއްޗެކޯލައެވެ. އެ މަންޖެ ހޭނެތުނީ މިކަމަހުރެ ބިރުންނެވެ. ވީ ގޮތް ކިޔައިދިނުމުން އަހަރެންގެ ގާތަށް އައީ ހިންޏެވެ. މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސަމާސާ އަދަބެކެވެ.

ނިމުނީ

Comments (53)

  1. ަުaukko

    wow…awesome..luv this1

  2. ަުaukko

    soooo……im the first dhwww

  3. reader

    hehehe… v v v v interestin….:-D

  4. ifaa

    Serious koh mibuny, mi story v v v majaa.. 🙂

  5. shiaa

    🙂 🙂 🙂 nan fenuny ma ves hevijje. he he he he

  6. shiaa

    hyhy halaaku vejje. varah majaa ingey mi story hoody . he he he he 🙂 🙂 🙂

  7. shiaa

    dhen esoru dhelimaali gandenhen bahattanytha ? fenves nuvaruvaa 🙂

  8. Dhil

    Nice

  9. zaa

    V majaa 🙂

  10. Cutish

    Ma vx hy hy hyhalaaku vejje… Vvvvv majaa and nice story eh ….

  11. Me

    Hehehe… Hoody you are the best…! You’ve made my day…! Love the ibaaraaii thah… Keep it up Bro….! Me

  12. Hoody

    hehehe….. thankx all readers…. 🙂

  13. neem

    Hoody hama ekani vaahaka liyaakah nun dhw molhy.. samaasaa adahabu liyan vx hama fahkka hx kiyaafa..
    Fahkka adheebeh, adheeb hoody dhww.. hehe..
    V v nice, n v fahkka.. thnxx

  14. Hoody

    hehehe… thnk you neem… 🙂

  15. Nabhaan

    hahaha…vrh majr…..nd vrh nice ingey

  16. sif

    hahaha
    vvvvv maja.

  17. Hoody

    Thnx naboo and sif… 🙂

  18. mooko

    I love this story….. thanks hoody…… keep it up! <3

  19. shiaa

    . he he he this was the funniest story i had ever read. thanks hoody . mihaa funny story eh genes dhi nyma 🙂 🙂 he he he he . kobaa kalhufinifn maa season 2. hope kuran avahah up kuran fashaane kamah

  20. Hoody

    Thnkx mooko and shiaa…
    Shiaa, Black rose season 2 vex genes deveythoa mibalanee…. In Sha Allah, dhn maa gina dhuvahaku inthizaaru kuraakah nujehyne… 🙂

  21. july

    wowwww….this story is also amaxing….hoody haada molhey dhw….keep it up

  22. Cutish

    Hama aslu thr hoooddyyy…. Alhey avas khba dhn madeh vx nukure veyne…… Plxxxxxx…….

  23. dantes

    Varah majaaa

  24. faai

    Hehe,, saabas hoody ah

  25. Crazi

    Dhigu vahaka ehge inthizaaru gah mihar hunnah thaa vrh gina dhuvas vehje….

  26. mary

    LOLL

  27. kiaraa

    hehehehe…. Good hoody

  28. zee

    Wow.awsom story.keep it up goofy.

  29. yaal

    Varah reethi

  30. juma

    hahaha! vara majaa. u made my day hoody… ur the best… stii waitig for kalhu finifenmaa season 2… avahah genesdhehchey!!

  31. Jumayyil

    Hoody… Ur Di bst…nice story.

  32. Ryan

    Majaaa vaahaka eh…. Knirakun kalhu fini fenmaa season 2 nikunnaany….

  33. nihaa

    Vrh majaa…

  34. sad

    salhi

  35. shiaa

    hama key madhuvefa hoody 🙂 black rose fesheyne day akah

  36. ninni

    Wow

  37. Zaahee

    mivaahaka vex reethi

  38. au

    really really funny your stories are really nice you have the telent, Islamic ministryin baava competitionga baiverivaathi

  39. ifaa

    Vvvvv majaa story eh

  40. MadhY

    varah majaa hee hee haaaku.. mikahala majaa vaahaka ginain liyebala plx

  41. iarer

    wow u rock

  42. Aarsh

    awesome ……………. hoody rockszzxzxzxz

  43. Aarsh

    awesome…. hoody u rockxxzxzxzxzx

  44. Aarsh

    Awesome…… Hooody u rockzzxzxzx

  45. Aarsh

    U rockzxzxzxxz

  46. Aarsh

    I luv dis hoody u r the best

  47. miraa

    wow….v majaa keep it up

  48. two two

    This is so funny, hemun hemun gos faahana ah dhaanves vehgje. ???

  49. Aarny

    omg.. this is fun…. varah majaaaa. heehee halaaku vaavaru vefa mihuriiii

  50. mal-mal

    hahhaaaaahahahhahaa!! varah majaaa ??? I just love this!!

  51. Mubby

    OMG this is such a funny story..

  52. Samha

    Wow!!majaa soreh;-)

  53. Kajal

    Hoody..
    If you don’t mind I am asking….
    Where are you from???
    I mean island.

Comments are closed.