Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީ

ދަހިކަން

Aashii
Aashii Level 310 Stories100 Login
December 31, 2020 2 Mins Read
0 Comments

އާދައިގެ މަތިންް މުސަޅު، އޭތީގެ ހޮރުން ނުކުތެވެ. އޭތި މިސްރާބުޖެހީ އޭތީގެ މަންމަ ގެޔަށެވެ. އިރުއުދަރެހުންްްްް ތިރިވެ އިރުއޮއްްސެން ކައިރިވެފައި ވާތީ އަވަހަށް އެތަނަށ ދެވޭނެ ކަމާއިމެދު ޝައްކެވެ. ނަމަވެސް މުސަޅު އޭތީގެ ހިތްވަރު ދުލެއް ނުކުރެއެވެ. އަވަހަށް ދެވޭތޯ އޭތި ވަރަށް މަސައްކަތް ކުރެއެވެ..

ދުރެވެ. މާދުރެވެ. އިވެނީ އަޑެކެވެ. ހަޅޭއްލަވާ އަޑެވެ. މުސަޅު އެއީީީީީީީީީީ ކޮންއަޑެއްތޯ ނުބަލާ ދާން ބޭނުމެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން އެ ތަނާއި ދިމާލަށް ދަތުރުކުރަން ފެއްޓިއެވެ.
މިހާރު އެތަނާއި ވަރަށް ގާތް ވެއްޖެއެވެ. އެއީ ކުޑަ ހޮހޮޅައެކެވެ. މުސަޅު އެތަނުން ބޯ ދިއްކޮށްލާ ބަލާލިއިރު ހިޔަޅެކެވެ. މުސަޅު ތުރުތުރު އަޅައިގަތެވެ. ނަމަވެސް ބެއްޔެވެ. އެއީ ކުޑަކުޑަ ގޮމޮށި މީދަލެކެވެ. އޭތީގެ ބުރަ މަސައްކަތުން ހޯދައިފައި ހުރި ކާއެއްޗެހި، މި ހިޔަޅުު ފޭރެނީއެވެ.
އެއީ އެހާ ނުބައި އެއްޗެއް ބާއޭ މުސަޅު ހިތަށް އެރިއެވެ .

މުސަޅު އޭތީގެ މަންޒިލަށް ދާން ލަސްވާނެތީ ފަހުން އެ މީދަލަށް އެހީވުމުގެ ނިޔަތުގައި ހިނގައްޖެއެެެވެ.

~~~~~~~~~
ދުވަސް ކޮޅެއް ފަހުން
~~~~~~~~~
ދޮރުގައި ޓަކި ދޭ އަޑަށް މުސަޅު އުފަލުން ގޮސް ދޮރު ހުޅުވައިލިއެވެ. މިއަދު މިއީ އޭތީގެ އުފަންދުވަހެވެ.. ނާންނާނަމޭ ބުނެފައިވެސްް ކޮއްކޮ ހަމަ އައީތާއެވެ .
ދޮރު ހުޅުވާލިއިރު ފެނުނު މޫނަކުން މުސަޅުގެ އުފާާވެރިކަން ވަގުތުން ނެތިގެން ދިޔައެވެ. ދޮރު ޖަހާލަން އަތް ހަރަކާތް ކުރީވެސް ބޭއިޚްތިޔާރުގައެވެ. ނަމަވެސް ހިޔަޅު މާ ހުޝިޔާރެވެ. ދޮރު ޖަހާލަން އުޅެނިކޮށް އެ ދޮރު ތެރެއިން އެތެރެޔަށް ދެމިގަތެވެ.

“އަހަންނަށް އިނގޭ ތި މުސަޅަށް އެނގޭ ކަން އަހަރެން މީދަލަށް ހެދި ގޮތް …….. އެ ވާހަކަ މުޅި ދުނިޔޭގަ ފަތުރައިލިޔަސް މައްސަލައެއް ނެތް …. އެކަމަކު މިހާރު އެވާހަކަ ދައްކާނެ ކަމެއް ނެތް ….. އަހަރެން މިއައީ މަޢާފަށް އެދެން … އަހަރެން އޭގެ ދެގުނަ ބަދަލު މީދަލަށް ހޯދައިދީފިން .. މީދަލަކަށް ނޭނގޭނެ އަހަރެން ދިން އެއްޗެއް ކަމެއް … އެނގުނީމަ އޭތި ބިރުގަންނާނެ ..”
މުސަޅަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ހިޔަޅު ކިޔައިދިނެވެ.
” ކިހިނެތް އެނގުނީ އަހަންނަށް އެނގޭކަން ….”
މުސަޅުގެ ހިތުގައި އުފެދުނު ސުވާލު ކުރިއެވެ.

” އިނގުނު ގޮތަކަށް އިނގުނީ ….. އަހަންނަށް އެނގޭ އެއްޗަކީ އަހަންނަށް ވަރަށް ބޮޑު ފިލާވަޅެއް ދަސްވެއްޖެކަން .. އެއީ އެހެން މީހުންގެ މުދަަލަށް ދަހިވެތިވުމުގެ ނުބައިކަން … މުސަޅު މީދަލުގެ ގާތުގައި މި ވާހަކަ ބުނާތި ..”
އެނބުރި ދަމުން ހިޔަޅު ބުނެލިއެވެ. އޭތި ދިމާކުރީ އެގެއިން ނިކުންނާށެވެ.
ނަމަވެސް މީދަލުގެ ކިބައިން މާފަށް އެދެއްޗޭ މުސަޅު ގޮވައިލިއެވެ. ހިޔަޅު ބޯ ޖަހައިލަމުން އެގެއިން ނުކުތެވެ.

މިއަދު ހިޔަޅާއި މުސަޅު އަދި މީދަލަކީ އެކުވެރި ތިން މިތުރުންނެވެ.
އެކުވެރިކަމުގެ ލާމަސީލު ނަމޫނާ ދައްކަމުން މުޅި ދުނިޔެއަށް ހޮވފައިވި ބަޔެކެވެ. އެހީތެރިއެވެ. އޯގާތެރިއެވެ.
އަޅާލައެވެ. ކެތްތެރިކަމުގެ ދެވަނަ އެއް ނުވާ ފަދައެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ޕަބްޖީ

Next

ތިޙިޔާލުގާ 9

Next
December 31, 2020

ތިޙިޔާލުގާ 9

Previews
December 31, 2020

ޕަބްޖީ



All Right Reserved!