Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
love is sour n sweet
ހިތާމަމަޖާލޯބި

ހުދާއްކޮ 15

Cutie AAI Level 110 Stories
January 2, 2021 3 Mins Read
0 Comments

ލަވައެއް ކިޔަމުން ކޮޓަރިން ނުކުމެގެން އައި ސާމިހުއަށް ފެނުނީ ދުވަހަކުވެސް އޭނަ ފެންނަން އުންމީދު ކޮއްގެން ހުރި މަންޒަރެއް ނޫނެވެ.ސާމިހުގެ ދެ ލޯ ވެސް ދެންމެ ދެންމެ ފުންމައުގެން ނުކުމެދާނެޔޭ ހިވާކަހަލަ އެވެ. ފެނުނު މަންޒަރުން ހުއްޓުން އަރާފައި ސާމިހު ހުރި އިރު އެ ދެލޮލުން އަލިފާން ކަނި ބުރަކަހަލަ އެވެ.

ހުދާ…..!ޔައިޝް.! މިކޮންކަމެއް……..” “ސާމިހު ސާމިހު ހީކުރާކަހަލަ ކަމެއ…” ” ހުއްޓާލާ ހުއްޓާލާ މަށަށް ނޭނގިގެންނެއް ނޫޅޭމޭ. ކަލޭ ކޮންމެހެން މޮޅޭތި ވާހަކަ ތައްދައްކާނެ ކަމެއްނެތް.ލޮލުންފެނި އަތުން ހިފީމަވެސް އަދި އެބަކިޔައޭ ތިހީ ކުރާ ކަހަލަ ކަމެއް ނުވޭ.ބަލަ ކަލޭމެން މާލެ މީހުން ރަށްރަށަށް އައިސް އަންހެން ކުދިންނަށް ދަޅަ ދައްކާފަ ކުރާނެހާ ކަމެއްކޮއްފަ މާލެ ދާނީ.އެއައްފަހުން ނޭގޭނެ އެއަންހެން ކުއްޖާއަކީ ކާކު ކަންވެސް.އެންމެފަހުން ފަލީހަތްވާއިރު ހުރިހާ ލަދެއް އަންހެން ކުއްޖާ…..” ” ސާމިހު!މިހާރު މާމައްޗަށް އިނގޭ ތިދަނީ.ބުނެފީމެއްނު ތި ހީ…..” ” ވަރިހަމަ ހަމަ އަހަރެން ހީކުރާކަހަލަ ކަމެއް ހަމަ މިތަނުގައި ހިނގަނީ.ކަލޭއަށް ނޭނގޭނީތަ މަ ހުދާ ދެކެ ލޯބިވާކަން އޭ؟ހަމަ ނޭނގެނީތަ އަހަރެންގެ އަމަލުތަކުން ކަލޭއަށް ނޭނގޭތަ.އަދި އެބަކިޔާ އޭ ތިހިކުރާ ކަހަލަ  ކަމެއް ނުވެޔޭ.އާން ރަނގަޅު ގަބޫލު ކޮއްފިން.ގަބޫލު ކޮއްފިން އެކަހަލަ ކަމެއް ނުހިގާކަން އެކަމަކު ކަލޭ އުޅުނީ އެހެން ކަންތައް ކުރާކަށްނު.މަގޭ ދުށީމޭ ކަލޭ ހުދާއާއި ކި…” ސާމިހުއަށް ބުނެވުނީ މިހާ ހިސާބަށެވެ.ހުދާގެ އަތުގެ ހޫނު ހަމަލާއެއް ސާމިހުގެ މޫނު މައްޗަށް އެރިއެވެ.

“ބުނަން ވާނުވާގަ ހުރެގެން މީހުންނާއި ދިމާލަށް އެއްޗެހި ނުކިޔާތި.އާން.އިނގޭ ފުރަތަމަ ސާމިހު މިތަނަށް އައިއިރު އަހަރެމެން ތިބި ގޮތުން ސާމިހުއަށް މާނަ ނެނގޭނީ އެހެންކަން.އެކަމަކު އެންމެ ފަހަރަކުވެސް މީހަކު ކިޔާ އެއްޗެއް އަޑުއެހިއްޔާ ވަނީ ކިހިނެއް.ތިގޮތަށް ފެންނަހާ އެއްޗެއް ތެދުދޮގު ނުބަލާ ގަބޫލު ކުރާތިއޭ ސާމިހުއަށް ސާރާވެސް ގެއްލެން ޖެހުނީ.އެދުވަހުވެސް ތަނެއް ދޮރެއްނުބަލާ އެފަކީރާ ދިމާލަށް ހިތު ހުރި އެއްޗެއް ގޮވާލީ. ހަމަ މިހެން.މިއަދު ތިހެދިގޮތަށް.ސާމިހުއަށް އިންގޭތަ އެދުވަހު ސާރާ ބައްދައިގެން ހުރީ ކާކުގެ ގައިގަ ކަން؟ކީއްވެކަން؟ކިޔައި ދޭންވީތަ؟އަޑުއަހާ. އެދުވަހު ގަދަ ވިއްސާރައިގައި ސާމިހު ސާރާ ގާތު ރީތިވެގެން އަތިރިޔަށް އަންނާށޭ ބުނެގެން ސާރާ އައީ.އަތިރިޔާ ދިމާލަށް އައި ވަގުތު މިރަށަށް އަރައި އުޅުނު ދޯނިޔެއްގެ ބައެއް އޭނަޔާ ފޮށުނީ.ނުވިތާކަށް އެތަނުން އެކަކު އޭނަގަޔަށް އަތްލީ. އެވަގުތު އެތަނުން މީހަކު އައިސް އެތަނުން ސާރާ ސަލާމަތް ކުރި.ސާމިހުއަށް އިނގޭނެ ސާރާއަކީ ކުރިންވެސް އެކަހަލަ ކަމެއްގެ ޝިކާރަޔަކަށް ވެފަ ހުރި ކުއްޖެއްކަން. ދެން ވިސްނާލަ އެކުއްޖާއަށް އެވަގުތު ކުރާނެ އިހުސާސް.އެހެންވެ ސާރާ އެވަގުތު  ޖިޔާން ގެ ގައިގައި ބައްދައިގެން ހުރީ.އެވަގުތު އޭނަ ބިރުގަނެފަ ހުރިވަރުން.އެކަމަކުވެސް އެދުވަހުވެސް ސާމިހު ކަންތައްކުރީ ހަމަ ތިހެން.އެދުވަހު ދެކޮޅު ބަލައިލި ނަމަ މިއަދު ސާމިހުގެ ގާތުގައި ސާރާ ހުރީސް.އިނގޭ ދުވަހަކުވެސް މިރަށުން ދުށް މީހަކަށް ނުވާތީ އެކަހަލަ އެއްޗެއް ހިތާ އަރާފާނެކަން.އެދުވަހު ބުނީމެއްނު ސާރާ އާ ދިމާލަށް ރަށަށް އަރާ ކޮންމެ މީހެއްގެ ފަހަތުން ދުވާ މީހެކޭވެސް.ތާކުއޮތް ދޯނިއެއްގެ މީހާކާ ރައްޓޭހިވެގެން ވާނެ ފައިދާއެއް ނޯންނާނޭ.އެކަމަކު ބާލާބަ މިއަދު ހަމަ އެ ދޯނިގާ އެދުވަހު މިރަށަށްއައި މީހައެއްކޮށް ސާރާ އެއުޅޭނީ.އިންޝާﷲ އެދެމީޙުން އެތިބީ ދެމީހުން 18 ފުރުމުން އިންނަން ތައްޔާރާށް. ދެފަރާތުގެ އަޢިލާއިންވެސް އެކަމާ ރުހިގަބޫލު.އެންޑް އޯލްސޯ ހީވޯސް ނޮޓްއަ ފިޝާމޭން.އޭނަ ހަމަ އެކަނި އެކްސްޕީރިއެއްސް ކޮއްލަން ޗުއްޓީ ތެރޭގަ އެދޯނިން އައީ.އެއީ އޭނަގެ ބައްޕަގެ ކުން ފުނީގެ ދޯންޔަކަށް ވާތީ.އެދުވަސްތަކުގައިވެސް ކަމެއް އެކްސް ޕޮލޯ ކޮއްލަން އޭނަ އައީ.ކޮންޕެނީއޭ ބުނީމަ ސުވާލު އުފެދިއްޖެދޯ.އިނގޭތަ ޖިޔާން އަކީ މާލޭގެ ނަންމަޝަހޫރު ހޫރު ޖޭއެންޑްއޭ ކުން ފުނީގެ އޯނާ. އަހަރެންގެ ބައްޕަގެ ކުންފުނިނއެޗް އެން އެޗް ކުންފުނީގެ ހިއްސާ އޮންނަ ކުންފުނިއެއް އެއީ.އަދިއަދަށް ދާޏްދެންވެސް އަހަރެން މިވާހަކަތައް ނުބުނީ ސާރާގެ އެދުމަކަށް ސާރާ ބޭނުމެއް ނުވޭ ތިކަހަލަ މީހަކަށް ހާގީގަތް ކިޔައި ދެންވެސް.ސާމިހު ދުއާވެސް ކުރީމެއްނު ޖިޔާން އާއި ސާރާއަށް ހަލާކު ހުރިކަމަށް.އެކަމަކުވެސް އެދެމީހުންގެ ރަނގަޅު ކަމުން އެ ދެމީހުން ސާމިހުއަށް މާފުކޮއްފި. އަދި ސާމިހުއަށް ރަނގަޅު އުފާ ފާގަތި ދިރި އުޅުމެއް ލިބތޯވެސް އެދެމީހުން ދުއާކުރި. އަދިވެސް އެއްޗެއް ނުވިސްނޭތަ.” ހުދާއަށް މިހާހިސާބަށް ބުނެވުނު އިރު ހުރީ ރަނގަޅަށްވެސް ގިސްލެވިފައެވެ.އައިސްފައި ހުރި ރުޅިން ހަމީދާ ،ތާނިމް އަދި ސަނާގެ ކުރިމަތީގައި ސާމިހުގެ ހަޔާތުގެ ސަފްހާއެއް ކިޔާލިއެވެ. .ނަމަވެސް ހިއްވަރު ކޮއްލާފައި އަނެއްކާވެސް ފެށިއެވެ.

“ދެން މިއަދު މިތާ ހިގި ކަންތައް.އިނގޭތަ އެވަގުތު އެހެން ތިބެން ޖެހުނީ ކީއްވެކަން.އެވަގުތު އެހެން ތީބީ ކިއްވެކަން.އަޑުއަހާ.ކަންވީގޮތަކީ ޔައިޝްއަކީ ޕާސްޓްގައި ކޮންމެވެސް ކަމަކާ ސަފާކޮއްފަ ހުރި މީހެއް .އެހެންވެ އަހަރެން ޔައިޝް ކައިރިން އެހީ ވީކީއްތޯ.އެކަމަކު އެވަގުތު ޔައިޝްގެ ހާލަތު ހުރިގޮތުން އެ ވާހަކަތައް ކިޔައި ދިނުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އަހަނަށް އިނގުނީ.އެހެންވެ އަހަރެން ބުނީ ޔައިޝް ގަތުގައި ޔައިޝްއަށް ކޮންފޮޓޭބަލް ވަގުތެއްގައި ކިޔައި ދޭށޭ.އަހަރެން ލޯމަރައިގެން ހުރީ އެއީ ޔައިޝް ތިމަންނަޔަށް އިތުބާރު ކުރާށޭ ބުނީމަ އެޔަށް އިޖާބަ ދިނުމުގެ ގޮތުން.އަހަރެންގެ އަތް ޔައިޝްގެ މޫނުގައި ހުރި އެއީ ޔައިޝްގެ ލޮލުން ފޭބިކަރުނަތަޢް ފޮހެދޭން.ޔައިޝްގެ ލޮލުން ކަރުނަ އޮހޮރޭތަން ބަލަން އަހަންނަށް ކެއްނުކުރެވިގެން އެހެން ކަންތައް ކުރީ.އަދި ބުނަން ޔައިޝްއަކީ ތިހާ ފިލްތީ މީހެއްނޫން.އިންފޭކްޓް ޔޫއާދި ވަން.އެކަލަ އެއްޗެސް ހިތައް އަރާނީވެސް އެކަލަ ގޮތްގޮތަށް އުޅޭ މިހުން.ހަދާން ކުރާތި ދެން ދުވަހަކުވެސް ޔައިޝް އާއި ދިމާލަށްވެސް އަހަންނާ ދިމާލަށްވެސް އެކަހަލަ އެއްޗެއް ނުކިޔާތި.ވަންމޯ އަހަރެންނާ ވާހަކަދައްކަންވެސް ހިތައްނާރުވާތި.ތީ މީގެފަހުން އަހަރެން ދަންނަ މީޙެއް ނޫން.ޖަސްޓް ގެޓް ލޮސްޓް ފޮރޮމް މައި އައި ސައިޓް.” މިހުރިހާ އެއްޗެސް ކިޔައި ނުމުނު އިރު ހުދާގެ އަޑުގައި ވަނީ ހިތާމައާއި ޝަކުވާއާއި ރުޅިވެރިކަމެވެ.ވާނީވެސް އެހެން ތާއެވެ.ހުދާ ހީކުރީ އެއްފަހަރު ކަންތަށްއެހެން ވެފަ ހުރުމުން ދެވަނަ ފަހަރަށް އެއްޗެކޭ ބުނުމުގެ ކުރިން ސާމިހު ވިސްނާލާނެކަމަށެވެ.ހަމަ އެހެންމެ ދުވަހަކުވެސް އެ ސިފައިން ސާމިހު ހުދާއައި ދިމާލަށް އެއްޗެކާ ކިޔާނެ ކަމަކަށް ހުދާއެއް ހީޔެއް ނުކުރެއެވެ.ދެލޮލުން ފައިބަ ފައިބަ ހުރި ކަރުނަތައް ފޮހެމުން ހުދާ ކޮޓާރިއާ ދިމާލަށް ހިގައިގަތެވެ.ފަހަތުން ޔައިޝްއާއި ތާނިމްވެސް ދިޔައެވެ.

ކޮޓާރިޔަށް ވަދެ ހުދާ އެދުމައްޗަށް ވެއްޓިގަތެވެ.އަދި މޫނުގައި ބާލިސް އެޅުމަށްފަހު ރޯން ފެށިއެވެ.އެވަގުތު ޔައިޝް ހުރި ހަދާނެ ގޮތެއް ނޭގިފައެވެ.އޭނާއަށް ހީވަނީ މިހުރިހައި ކަމެއް މިވަނީ އޭނާގެ ސަބަބުން ކަމަށެވެ.މި ހުރިހާ ކަމެއްގެ ޒިންމާ ޔައިޝްއަށް އެޅުވުނީ އަމިއްލަ ބޮލުގައި އެވެ.ހުދާއަށް ވަގުތު ދިނުމުގެ ގޮތުން ތާނިމް ގޮސް އެދުގެ އެއްފަޅިގައި އިށީނުމުން ޔައިޝް ގޮސް އިށީނީ އެތަނުގައި ހުރި ސޯފާގައެވެ.ސޯފާގައި އިށީނުމަށްފަހު ޔައިޝް މޫނުގައި އަތް އެޅިއެވެ.

އެދުމަތީގައި އިށީދެގެން އިން ތާނިމްގެ ހިތުގައި ދިޔައީ އެތައް ސުވާލުތަކެއް އެބުރެމުންނެވެ.ހަގީގަތުގައި ތާނިމް ހުރީ ހުދާ އެހުރިހާ އެއްޗެއް ސާމިހުއާއި ދިމާލަށް ކިޔުމުން އަންތަރީސްވެފައެވެ.ހަމަ އެހެންމެ އެވަގުތުގައި ކަން ހިގާދިޔަގޮތް އަކުރުން އަކުރަށް އަޑުއަހަން ތާނިމް ހުރި ކެއްމަދުވެފައެވެ.ތާނިމް ހިތަށް އަރަމުން ދިޔައެވެ.ދެން ހުދާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟މިހަރު ސާމިހުވެސް އޭނަގެ ހިތް ހުދާގެ ކުރިމަތީގައި ހުޅުވައިފިއެވެ.ހަމަ އެހެންމެ ހުދާގެވާހަކަތަކުން ހުދާ ޔައިޝް ދެކެ ގަޔާ ވާހެންވެސް ތާނިމްއަށް ހީވާން ފަށައިފިއެވެ.ކޮންމެއަކަސް މިހުރިހައި ކަމެއްގެ މެދުގައި ބެދޭކަށް ތާނިމްއަކަށް ލާހިކެއް ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cutie AAI

Level 110 Stories

Hi guys.i am AMINATH AAYA IQBAL.I am 14 year old.share almost all experience with all my loving readers.writter of "hudhaahkko".will accept all ur ideas and comments no matter gud or bad.will always luv u all.I.A. will always be in touch with u all. Hangouts:[email protected]

Other Articles

Previous

ފަތްގަނޑު ފުރޭތަ 9

Next

ކުރުވާހަކަ

Next
January 2, 2021

ކުރުވާހަކަ

Previews
January 2, 2021

ފަތްގަނޑު ފުރޭތަ 9



All Right Reserved!