Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތިޔަ އިންތިޒާރުގާ

🌹YEOJA🌹 Level 610 Stories100 Login100 Comments
December 19, 2020 3 Mins Read
1 Comment

ހަވީރުގެ ހިތްގައިމު ވަގުތު ރީމާ އިނީ ރަށުގެ އަތިރިމަތީގައެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ގެ ހިތްހަމަ ޖެހުން ލިބިގަތުމަށް ރީމާ އަތިރިމަށްޗައް އާދެއެވެ. މިއަދަކީ ވެސް ހަމަ މިކަހަލަ ދުވަހެކެވެ. މިއަދު ރީމާ އަތިރިމައްޗަށް އައިތާ މާގިނައިރެށް ނުވެ ރީމާ އިށީން ތާ ކައިރީގައި ޒުވާން އުމުރުގެ ފިރިހެން ކުއްޖެއް އައިސް ޖައްސާލިއެވެ. ވިސްނުމަކަށް ރީމާ ގެށްލިފައި އިނުމުން މީހަކު އައިކަމެށް ރީމާ އަކަށް ނޭނގެއެވެ. ނަމަވެސް އިރުތަކެށް ނުވެ ރީމާ އަށް ވެސް އެތާގައި އިން ފިރިހެން ކުއްޖާ ލޮލުގައި އަޅާ ގަތެވެ. ފިރިހެން ވަންތަ ކަމެއް ހުންނަ މި ޒުވާނާ  އާއި ދިމާއަށް އާޝޯހުވެފައި ރީމާ ބަލާލިއެވެ. އެމީހާ އާއި ދިމާއަށް ބަލައިގެން އިން ރީމާ ސިހުނީ އެ ޒުވާނާ ކަރުކެހިލުމުން ނެވެ. ފާޑަކަށް ރީމާ ރަކިވިއެވެ. މާގިނައިރު އެ ޒުވާނާ އާއި ދިމާލަށް ބަލައިގެން އިނދެވުމުން ނެވެ. ” ހައި ، އަހަންނަކީ މާއިޝް ، މިތަނަށް ކޮންމެ ދުވަހަކު ވެސް ތިކުއްޖާ އަންނަން ދޯ ،” ރީމާ އާއި ދިމާއަށް ބަލާލަމުން މާއިޝް މިހެން ބުނެލިއިރު އެރީތި މޫނުގައި ހިނިތުންވުމެށް އިނެވެ. ” ހައި ، މީ ރީމާ ، ޔެސް އަންނަން މިތަނަށް ވަރަށް ހިންހަމަޖެހޭ މިތަނުގާ އެހެން ވެ އަންނަނީ ،” މާއިޝް އާއި ދިމާއަށް ބަލާ ލަމުން ރީމާ މިހެން ބުނެލިއިރު ފަޑު ހިނިތުންވުމެއް އެތުންފަތުގައި ވެއެވެ. ” އާން ވަރަށް ހިތްހަމަ ޖެހޭ އަސްލުވެސް ، އަހަރެން ވެސް ކުރީ ދުވަހަކު މިރަށަށް އައީ އެން މިތަނަށް އަންނަން ކޮންމެ ދުވަހަކު ވެސް އައިފަހުން ރީ ފެނޭ އަހަންނަށް  ދެން މިއަދު ހިތަށް އެރީ ރީ އާ ވާހަކަ ދައްކާލާ ނީ އޭ އެހެން ވެ މިއައީ” އެތް ނޭ ވާގެ މަތިން މާއިޝް މިހުރިހާ އެށް ޗެއް ކިޔާލިއެވެ. މާއިޝް އެހާ ގާތް ގޮތަކަށް ވާހަކަ ދެއްކުމުން ރިމާ އަށް އެހެން ކަހަލަ ގޮތެއް ވިއެވެ. ނަމަވެސް އެކަން ނުދައްކަން ހިނިތުންވެލިއެވެ. މިގޮތަށް އިރުއޮއްސެން ދެން ދެމީހުން އެކި ވާހަކާ ގައި ތިއްބެވެ. މާއިޝް ގެ ގިނަވާހަކަ ތަކުން އެނގޭ ގޮތުގައި އެއީ މިރަށަށް ޗުއްޓީ އަކަށް އައިއްސާހުރި މީހެއްކަން އިނގެއެވެ. ބަންގި ގޮވަން ގާތްވެފައި ވަނިކޮށް ރީމާ އަށް ގެއަށް އައިސް ވަދެވުނެވެ. ވަންހެން ހީނުވެ ނަމާދަށް ގޮވަން ފެށިއެވެ. އަވަސްއަރުވާލުމަށް ފަހު ރީމާ ކޮޓަރިއަށް ވަދެ ނަމާދު ކުރަން އުޅެގަތެވެ. ނަމާދުކޮށް ނިންމާލި ރީމާ ގެ މޫނުމަތީގައި ހިނިތުންވުމެށް ވެއެވެ. ރީމާ ގެ ހިޔާލުތަކުގައި ވަނީ މާއިޝް އެވެ. އާއެކެވެ. ރީމާ އަށް މިވަނީ މާއިޝް އަށް ހިތްކިޔާފައެވެ. ފުރަތަމަ ނަޒަރުންނެވެ. ރަކިހިނިތުންވުމެއް އެތުންފަތުގައި ވާއިރު ރީމާ ނުލާހިކު ރީތިކަމަށް ދައްކައެވެ.

އަނެއް ދުވަހުގެ ހެދުނެވެ. ރީމާ އަށް ވަގުތު ގުނެމުން ދަނީ ހަވީރުވާނެ އިރަކަށެވެ. މާއިޝް ގެ ސޫރަ ދެކިލާހިތުން ރީމާ ހުރީ މޮޔަވެފައެވެ. މިއީ އަދި އެއްދުވަހުން ވީވަރެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު ރީމާ އަތިރިމަށްޗައް ތަންކޮޅެއް ކުރިން ދިޔައެވެ. އެހެން އިންދާ ރީމާ ސިއްސާގެން ދިޔައީ ފަހަތުން މީހަކު އޭނާ ގެ ކަންފަތް ދިށުގައި ހަޅޭ ލަވާގަތުމުންނެވެ. ސިއްސާގެން ދިޔަވަރުން ރީމާ ގެ އަނގައިން މަޑު ހަޅޭކެށް ބޭރުވިއެވެ. މޭމަތީގައި އަތް އަޅާގެން ހުރެ ފަހަތް ބަލާލި ރީމާ ގެ މޫނުގެ ކުލްވަރު ބަދަލުވީ ބިދިބިދިފައި ހޭން އޮތް މާއިޝް ފެނުމުންނެވެ. މާއިޝް ހޭން އޮތް ގޮތުން ރީމާ އަކަށް ވެސް ނުހީއެތް ނުހުރެވުނެވެ. ދެމީހުން ގެ ވެސް ހިނިގަނޑު މަތަވީ އިރުކޮޅެއްފަހުންނެވެ. ދެމީހުން ގެ ލޮލުން ވެސް ފެން އައިސްފައިވެއެވެ. އެއްޔެއެކޭ އެއްފަދައިން މިއަދުވެސް ދެމީހުން އެކިއެކި ވާހަކައިގައި ތިއްބެވެ. ” ރީ އަހަރެން ރީ ކައިރި ވާހަކަ އެތް ބުނަން ބޭނުން” ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން މާއިޝް ނުތަނަވަސް ވެ ހުރެ ރީމާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

” ކޮންވާހަކައެތް އަނެއްކާ” އާދައިގެ ގޮތަކަށް ރީމާ ބުނެލިއެވެ.

” މި އަނެތް ރީ އަހަންނާ ރަށްޓެހިވާނަންތަ ، އަހަންނަށް ރީ ފުރަތަމަ ފެނުނު ދުވަހުން ވެސް މި ހިތަށް ގޮތެއް ވެލި ، އެހެން ވެ ކޮންމެ ދުވަހަކު ވެސް އަހަރެން މިތަނަށް އަންނަން ރީއަށް ހިތްފުރޭ ވަރަށް ބަލަން ރީ އަށް ނޭނގި ، ދެން އެއްޔެ އަހަރެންނަށް ކެތްނުވެގެން ރީ ކައިރިއަށް އައީ، ދެން ބުނެބަލަ އަހަންނާ ރަށްޓެހިވާނަން ތަ،” ވެލިގަނޑުމަތީ ގައި އޮތް ރީމާ ގެ އަތުގައި ހިފާލަމުން މާއިޝް މިހެން ބުނެލިއެވެ. އެއިރު ރީމާ ގެ ދެލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދަވިދަ ހުއްޓެވެ. ހަމަޖެހިލަމުން ރީމާ ވެސް ބޯޖަހާލިއެވެ. ވީއުފަލަކުން މާއިޝް ރީމާ ގައިގައި ބައްދާލިއެވެ. ރީމާ ވެސް މާއިޝް ގައިގައި ބައްދާލިއެވެ. މިއަދު އަތިރިމަތިން ގެއަށް އައި ރީމާ ގެ ތުންފަތުގައި ވަނީ ނުފިލާހިނިތުންވުމެކެވެ. އެރޭ ރީމާ އަށް ނިދުނީވެސް ފޯނުން މާއިޝް އާއި ވާހަކަ ދައްކަން އޮތްވައެވެ. ލޯބީގެ އެތަށް މަލެއް ކޮންމެ ދުވަހަކު ވެސް މި ދެލޯބިވެރިން ފޮޅުވައެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ. އުފާވެރިކަމުގައި ދުވަސްތައް ހޭދަކުރަމުން ދިޔައީ ކުރިއަށް އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެތް ނުވާހާލުއެވެ.

މިއަދުވެސް ރީމާ އަތިރިމަށްޗަށް ދިޔައީ މާއިޝް އާއި ބައްދަލުކުރުމުގެ ނިޔަތުގައެވެ. ގޮސްމިފަހަރު ރީމާ އިނީ އޭނާ ކުރިން އިންނަ ތަނާ ކައިރީގައި ހުރި ހެއްލާ އުނދޯލީގައެވެ. މޫދާ ދިމާއަށް ބަލަން އިންރީމާ އިރުކޯކޮޅާ ފަރާތް ފަރާތް ބަލައެވެ. މާއިޝް ގެ ހިލަމެށް ނުވާތީ ރީމާ ހުރީ ފުދޭވަރަކަށް ކަންބޮޑުވެފައެވެ. އިރުއޮއްސުނުއިރުވެސް މާއިޝް އެށް ރީމާ ކައިރިއަކަށް ނާދެއެވެ. ކަންބޮޑުވަމުން ދިޔަ ހާލު ރީމާ ވެސް ލަސްވާތީ ގެއާދިމާލަށް މިސްރާބުޖެހިއެވެ. ގެއަށް ގޮސް ރީމާ އެތަށް ފަހަރެއް ގެ މަތިން މާއިޝް އަށް ގުޅަން މަސަތްކައް ކުރިއެވެ. ނަމަވެސް މާއިޝް ފޯނެއް ނުނަގައެވެ. އެންމެ ފަހުން މާޔޫސް ވެގެން ރީމާ ފޯނުބާއްވާފައި ނަމާދަށް އެރިއެވެ. މާދަމާ އަތިރިމަށްޗައްދާން ރީމާ ނިންމިއެވެ.

އޭގެ އަނެއްދުވަހު ވެސް ރީމާ ހަމަ އެހެންޔާ ދާގަނޑިއަށް އަތިރިމަށްޗައް ދިޔައީ މާއިޝް ފެންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އިރުއޮއްސުނު އިރުވެސް މާއިޝް ގެހިލަމެއް ނުވުމުން ރީމާ ހިތުގައި ޖެހުނެވެ. އެތްވެސް އިހްތިޔާރަކާ ނުލާ ކަރުނާގެ ރޮނގު ރޮނގު އެ ބޮޑު ދެލޮލުން ފައިބަން ފެށްޓިއެވެ. މިއަދުވެސް މާޔޫސީ ކަންމަތީގައި ހުރެ ރީމާ ގެއަށް ދިޔައެވެ.

އެގޮތަށް ހަފްތާ އެށް ވިއިރުވެސް މާއިޝް ގެ ހަބަރެށް ރީމާ އަކަށް ނުވެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ރީމާ އަތިރިމަށްޗަށް ދެއެވެ. މާއިޝް އަންނާނެ ކަމުގެ އުންމީދު އެ މަޢުސޫމު ހިތުގައި ވެއެވެ.

(ނިމުނީ)

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 8

Next

ތީ ލޯތްބަކީ 1

Next
December 19, 2020

ތީ ލޯތްބަކީ 1

Previews
December 19, 2020

ދޫކޮށްނުލާނަމޭ ކަލާ – 8

One Comment

  1. YEOJA says:
    December 20, 2020 at 7:12 am

    Heii guysss ????
    Hope u all like this stry too❤️❤️
    Stay safe and take gud care alll❤️❤️
    An lysm ❤️❤️❤️

Comments are closed.



All Right Reserved!