Skip to content
އެސްފިޔަ

ވަކިވިނަމަވެސް.

ވަކިވިނަމަވެސް.

 

“ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެހެން ކަމުން އެކި މީހުން ދެކޭނީ އެކި ހުވަފެންތަކެވެ. ކޮންމެ މީހެއްވެސް  އެ މީހެއް ގެ ރާސްތާ  އުޖާލާ ވާން  އެދޭނެވެ.ހުވަފެންތައް ދެކޭނީ ނިދީގައި ަޮވެގެންނެވެ. ނަމަވެސް  އެ ކަން ހާސިލް ކުރާނީ ހޭލާ ތިބެ ހިތްވަރާއި އަޒުމާއެކު އެވެ.

އެ ހުވަފެން އަހަރެން ވެސް ދެކުނީމެވެ.

ގްރޭޑް އެކަކުން ފެށިގެން ދެކެމުން އަޢި ވަރަށް ފޮނި ހުވަފެންތަކެވެ. ކުރަމުން އައީ ފޮނި  އުންމީދު ތަކެކެވެ.ނަމަވެސް އަހަރެންގެ ދިރި އުޅުމުގެ މަގު އޮޅުނީއެވެ. މިސްރާބު ބަދަލު ކޮށްލެވުނީއެވެ.

އަހަރެންނަށް ކުރެވުނީ އަހަރެންގެ ހުވަފެންތައް ވިއްސި ވިހާގެން ދާ ކަހަލަ އަމަލެކެވެ. އޭރު އެއއީ ގޯސް ކަމެއް ކަން އަހަންނަށް އިނގެނީ ފަހެ ކިހިނަކުން ހެއްޔެވެ.؟

އަހަންނަށް ކުރެވުނީ ކުށެކެވެ. ފުރާވަރު އުމުރަށް އެޅުމާއެކު ފިރިހެން ކުދިންގެ ލޯބީގެ ހުށައެޅުންތައް ލިބެން ފެށިއެވެ. ގުނާ އަދަދު ނުކުރެވޭހާވެސް ގިނައިންނެވެ.

ހުރިހާ އެންމެންގެ ހުށައުޅުން ވެސް އަހަރެން ބަލައެަް ނުގަންނަމެވެ. ނަމަވެސް… ނަމަވެސް…. އަހަރެންނަށް ކުއްޖަކަށް އާ ބަސް ބުނެވުނެވެ. އެތަކެއް މަލެަްއް ފޮޅުވީމެވެ. ވަޢުދާ ހުވާ ކުރީމެވެ. އުންމީދު ކުރެވުނީ މާ ބޮޑަށެވެ. ފަހުން ދެރަވާނެ ކަމެއް ނޭނގެ އެވެ. އަހަރެނަވެސް ލޯބީގެ ބަގީޗާއަށް ގެއްލުނެވެ.

ނަމަވެސް އެ ބަގީޗާގެ ފޮޅިފައި ހުރި މާތައް މިލައި މޯޅި ވީ ނޭނގި ހުއްޓއެވެ. ގަބޫލެއް ހަމަ އެކަކަށް ވެސް ނުމެ ކުރެވޭނެވެ. އޭނާ އަހަންނާ ވަކިވިނަމަވެސް… ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެވެ. ދުވަހަކު ވެސް ލޯތއްބެއް މި ހިތަކުން ނުފިލާނެވެ. ވަކިވިނަމަވެސް އިނަތިޒާރު ލޯބިން ކުރާނަމެވެ.”

އާލިފްގެ ލޮލުން ކަރުނަތައް އައީ އިޚްތިޔާރަކާއި ނުލައެވެ.

“މަންމާ…!” ކެތް ނުވެގެން މަންމަގެ ގައިގައި ބައްދާލަމުން އާލިފް ބުނެލިއެވެ.

މިއަދު އެ ޑައިރީ ފެނުނަސް ކުރާނީ ފަހެ ކީއް ހެއްޔެވެ؟

ހޮސްޕިޓަލްގެ ކޮޓަރިއެއްގައި އެތަކެއް މެޝިން ތަކަކާއި ހޮޅިތަކެއްގެ އެހީގައި ދުނިޔޭގައި އެ އޮތީ އެ ޑައިރީ ލިޔުނު ފަރާތެވެ. އާއެކެވެ ލައުރީން އެވެ.

“ވަކިވިނަމަވެސް އަބދުވެސް ލޯބިވާން.” އާލިފަ ލައުރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

 

 

 

 

 

ނިމުނީ..