Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ކިރުތަށި

ifaaaa Level 1
December 7, 2020 3 Mins Read
2 Comments

އެއްސަހަރެއްގައި އެކަނި ދިރިއުޅެމުން އަންނަ ފިރިހެން ކުއްޖަކު އުޅުނެވެ. މިކުއްޖާ އަކީ ހިތްހެޔޮ ރަނގަޅު މިޒާޖެއްގެ ކުއްޖެކެވެ. އެއްދުވަހު ހަމަ އެހެން ދުވަސް ތަކެކޭ އެއްފަދައިން ޝަހުދު ފަންސޫރާއި ކަރުދާސް ވިއްކަން ނިކުތެވެ. “މިހިރީ ފަންސޫރާއި ކަރުދާސް. އަވަހަށް އާދޭ ގަންނަން އާދޭ! ” ޝަހުދު އެހެންޏާ ވެސް ގޮވާ ގޮތަށް ގޮވަން ފެށިއެވެ.

މިހެން ދަނިކޮށް ދިގުވެފައި ހުރި ވިނަގަނޑެއް ކޮށަން ހުރި މުސްކުޅި ދައިތަ އަކާއި ދިމާވިއެވެ. “ދައިތާ ފަންސޫރާއި ކަރުދާސް ގަންނާނަންތަ.” ޝަހުދު ދައިތަ ފެނުމާއި އެކު ހެން ބުންޏެވެ. “ނޫން ކޮއްކޮ! ތިއީ ދައްތަ ބޭނުން ކުރާ އެއްޗެއް ނޫނޭ” ދައިތަ ޝަހުދު އަށް ބުނެލައިފައި ވިނަގަނޑު ކޮށުމައިގެން ކުރިއަށް ދިޔައެވެ. “ދައިތާ ތި ވިނަ ގަނޑު ގެނޭ ކޮށާލަދޭނަން” ޝަހުދު ދައިތަ އަށް ވިނަ ގަނޑު ކޮށާލަ ދިނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ ކޮއްކޮ. ކޮއްކޮ ނެތް ނަމަ ހާދަ އުނދަގޫ ވާނެ އޭ” އެ ދައިތަ ޝަހުދު އަށް ޝުކުރުކުރަމުންނެވެ އަދާކުރިއެވެ. ” ނޫނޭ! ތީ އެއްވެސް ކަމެއް ނޫނޭ” ޝަހުދު އަނެއްކާވެސް މަގަށް ނިކުތެވެ.

އެހެން ދަނިކޮށް ގަހެއްގެ ދަށުގައި ކުޅެން ތިބި އޭނާގެ އެކުވެރިންނާއި ދިމާވިއެވެ. “ޝަހުދު އަންނަގަ ކުޅެން” ހަމްދާން ޝަހުދު އަށް ގޮވިއެވެ. ” ވަގުތެއް ނެތް ބައެއް އެއްޗެހި ވިއްކާލަން ވެސް ޖެހޭ އެބަ” ޝަހުދު އޭނާގެ އެކުވެރިންނަށް ބުނެފައި އަނެއްކާވެސް ހިނގައިގަތެވެ.

“އައްދިއްޔޯތް” ޝަހުދު އަށް އައިދިން ހަޅޭއްލަވައި ގަތް އަޑު އިވުނެވެ. ޝަހުދު ބާރަށް ދުވެފައި އެދިމާއަށް ދިޔައެވެ. އޭރު އައިދިން ގަސް ކައިރިއަށް ވެއްޓިފައި އޮތެވެ. އޭނާގެ ދެ އެކުވެރިން އޭނާގެ ކައިރީގައި ހުއްޓެވެ. “އަވަސް ކުރޭ ގެނޭ ފޮތިކޮޅަކާއި އައިސް ފެންފޮދެއް. އެކަކު ވެސް ކައިރި ނުވާތި ” ޝަހުދު އަވަހަށް އޭނާގެ އެކުވެރިންނަށް ބުންޏެވެ. ޝަހުދު ފޮތިކޮޅު އައްސާލިއެވެ ” ދެން އެކަކު ވެސް ކައިރި ނުވާތި.. މި ފަޔަށް ލުއި ވީމާ ނޫނީ މި ފައި ބޭނުން ނުކުރާތި އިނގޭ” ޝަހުދު އައިދިން އަށް ބުންޏެވެ. “ވާ ސަރީ މިހާރު ވެސް ލުއި ވެއްޖެ. ޝަހުދު ހާދަ މޮޅޭ.” އައިދިން ޝަހުދުގެ ހުނަރަށް ތަޢުރީފު ކުރިއެވެ. “އާނ ޝަހުދު ހަމަ ޖެހޭނީ ޑޮކްޓަރަކަށް ވާން” ނޫހު ވެސް ހުރީ އަޖައިބު ވެފައެވެ. ޝަހުދު އިސް ޖަހާލިއެވެ. އޭނާގެ ހުވަފެނަކީ ވެސް ޑޮކްޓަރަކަށް ވުމެވެ. މިހާރުވެސް ސޫކޫލުގެ ފީވެސް ހަމަޖެއްސެނީ ކިރިޔާއެވެ. “އަހަރެންގެ މޮޔަ ކަމާއެވެ. މިވަރުން ޑަކުޓަރަކަށް ވެވޭނެ ހެއްޔެވެ؟ ޑަކުޓަރަކަށް ވުމުގެ ވިސްނުން ދޫކޮށްލަންވީއެވެ.

ޝަހުދު ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ފެންފޮދެއް ލިބޭތޯ އޭނާ ފެނުނު ގެއަކާއި ދިމާއަށެވެ. ގޮސް އެ ގޭގެ ދޮރުގައި ޓަކި ޖަހާ ލިއެވެ. އެކޮޅުން ދޮރު ހުޅުވީ އޭނާގެ ސުކޫލު ކުއްޖެއް ކަމަށްވާ ސަމާ އެވެ. “ސަމާ އަހަރެންނަށް ފެން ފޮދެއް ދެވިދާނެތަ ” ޝަހުދު ސަމާ ގާތު ފެންފޮދަކަށް އެދުނެވެ. ޝަހުދު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ ވަރު ދެރަވެފައެވެ. ޝަހުދު ވަރުބަލިވެފައި ހުރުމުން ސަމާ ބަދިގެއަށް ވަނެވެ. ޝަހުދު އެތަނުގައި ހުރި ސޯފާ ގޮނޑީގައި އިށީނދެލިއެވެ. އިރުކޮޅެއް ފަހުން ސަމާ އައީ ބޮޑު ކިރު ތައްޓެއް ހިފައިގެންނެވެ. ސަމާ އައިސް ޝަހުދު އަށް ކިރުތަށި ދިއްކޮށްލިއެވެ. ޝަހުދު ކިރުތަށި މީރުކޮށް ބޯލިއެވެ. “މި ކިހާވަރަކަށް” ޝަހުދު ހުރީ އެހާ ބޮޑު ކިރުތައްޓެއް ކަމަށް ވުމުން އަގު އަރާނެކަން އޭނާއަށް އެނގެއެވެ. “އަގަކީ ޝަހުދުގެ ހިތްހެޔޮކަމާއި މީހުންނަށް އެހީވާ އެހީވުން. އަދި އެމީހަކު ކުރާ ރަނގަޅު ކަމެއް ބޭކާރެއް ނުވާނެއެވެ. އަނބުރާ ކޮންމެވެސް ދުވަހަކުން ލިބޭނެއެވެ.” ސަމާގެ ހިތްވަރުން ޝަހުދުގެ ހިތްވަރު ގަދަ ވިއެވެ. އޭނާ އެގެއިން ނިކުތެވެ. ކިރުތަށި ބޯލުމުން ޝަހުދުގެ ގައިގައި ވަރު ޖެހި ސިކުނޑި ތާޒާ ވިއެވެ.

އެތަށް ދުވަހެއް ފަހެވެ. ސަމާ ބޮޑު ވެއްޖެއެވެ. ސަމާ ވަރަށް ބޮޑަށް ބަލިވިއެވެ. އެހެން ކަމުން ޑަކުޓަރަށް ދައްކަން ޖެހިއްޖެއެވެ. ސަމާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. ސަމާގެ ޑަކުޓަރު ސަމާ ވަރަށް ރަނގަޅަށް ބަލައެވެ. ދެތިން ހަފްތާގެ ތެރޭ ސަމާ މުޅީން ރަނގަޅު ވިއެވެ. “ބައްޕާ އަހަރެން ތިން ހަފުތާ މިއުޅުނީ ހޮސްޕިޓަލުގައި އަދި ލާރި ނުދައްކަމެއްނު. މިހާ ގިނަ ލާރި ކިހިނެއް ހޯދާނި؟” ސަމާ ބައްޕަ ކުރެން އަހާލިއެވެ. ބައްޕަ އެތާގައި އުޅޭ ރިސެޕްޝަންގައި މަސައްކަތް ކުރާ ކުއްޖާ ގާތު ކިހާވަރެއްތޯ އެހިއެވެ. އެކުއްޖާ ހީނލާފައި ބުންޏެވެ. ” ލާރި ވަނީ ދައްކާ ނިމިފައި” އެކުއްޖާ ގަނޑު ސަމާ އަށް ދިއްކޮށްލިއެވެ. “އެކަމަކު ކާކު ” ސަމާ އާއި އޭނާގެ ބައްޕަ ހަލީލް ހުރި ހައިރާންވެފައެވެ. ” ސަމާގެ ޑަކުޓަރު ޑޮކުޓަރ ޝަހުދު” އެކުއްޖާ ޖަވާބު ދިނެވެ. ސަމާ ގަނޑުގެ ފަހަތް ބަލާލި އެވެ. “މިއީ އަހަރެންނަށް ދިން ކިރުތަށި އަގެވެ. ސަމާ ބުނިހެން އެމީހަކު ކުރާ ރަނގަޅު ކަމެއް ބޭކާރެއް ނުވާނެއެވެ. ލިބެނީ އަނބުރާ އެވެ. ސަމާގެ ހިތްވަރުން މިއަދު މިހުރީ ޑަކުޓަރަކަށް ވެފައެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ” ސަމާ ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. ސަމާ ހަނދާން ވިއެވެ. މިއީ އޭނާ ކިރުތަށި ދިން ކުއްޖާއެވެ. ސަމާ އަށް ރޯވުނެވެ.

ނިމުނީ

Share Article

Follow Me Written By

ifaaaa

Level 1

Other Articles

Previous

ތިން ލަފްޒުން (ފަހުބައި)

Next

މި ހިތުން މަޤާމޭ މި ދެނީ 13

Next
December 7, 2020

މި ހިތުން މަޤާމޭ މި ދެނީ 13

Previews
December 7, 2020

ތިން ލަފްޒުން (ފަހުބައި)

2 Comments!

  1. Unknown girls says:
    December 7, 2020 at 12:45 pm

    Me ee alhugandu ge vaahaka eh
    Mi othy copy paste cohlaafa
    Egothah ehen meehun ge vaahaka copy paste kurumaky me ehaa rangalhu kameh noon
    Then egothah nahadhaane kamah umeedhu Kuran amila ah liyanya liyaal

  2. RrYn says:
    December 7, 2020 at 2:14 pm

    copy eh dhw!!

Comments are closed.



All Right Reserved!