ބަދަލުވި ޙަޔާތް
އަރައިގެން އައި އިރާ އެކު ބޭރަ ތެރެކުނިކަހަން ޖަނާ ނިކުތެވެ. އަވަސް އަވަސް އަރުވާ ލައިފައި ކުނިކަހާ ނިންމާލައިފައި ޖަނާ ދިޔައި ބަދިގެއަށެވެ. މީ ކޮންމެ ދުވަހަކަގެ ވެސް ހާލެވެ. ގޭގޭގައި ގެން ގުޅޭ ނޯކަރުންނައް ވުރެވެސް ޖަނާގެ ހާލު ދަށެވެ. ގެއަކީ ހުސް އަންހެނުން އުޅޭ ގެއަކައް ވެފައި ވީ ނަމަވެސް ގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހެނީ ޖަނާ އެކަނި މާ އެކަނި އެވެ. މިގޭގައި ޖަނާ ގެ އިތުރުން ޖަނާ ގެ ދޮންމަންމަ ނަފީސާ އާއި ދެން ހުންނަނީ ޖަނާގެ އެއްބަފާ ކުއްޖެއް ކަމައް ވާ ސަމާ އެވެ. ދެމީހުންނަކީ ވެސް ޒީލަގަދަ ދެމީހުންނެވެ. ޖަނާ ގެ ބައްޕަ ވަނީ މަސްދަތުރެއްގައި ކަނޑުމަތީ ހިނގާ ދިޔަ ނުރައްކާ ތެރި ހާދިސާ އެއް ގައި މި ފަނާ ވެނިވި ދުނިޔެއިން ޢަލްވަދާޢުކިޔާ ފައެވެ. ބައްޕަ ގެ މަރައް ފަހު ޖަނާ އުޅެނީ އަމިއްލަ ގޭގަގި ނޯކަރެއްގެ މަގާމުގައެވެ. ނަފީސާ ވެސް އަތުން ޖަނާ އައް އަނިޔާ ނުކުރިއަސް ދުލުން ކިޔާ ބަސްބަހުން ޖަނާ އައް އެތައް ގޮތަކައް އަނިޔާ ކުރެވެއެވެ. ކޮންމެ ދުވަހަކު ވެސް ޖަނާ ދެރަކުރުމައް އެތައް ބަހެއް އެ އަނިޔާ ވެރިވި ދުލުން ނެރޭނެ އެވެ.
ހެނދުނުގެ ސައިހަދަން ހުރި ޖަނާ ސިއްސާގެން ދިޔައީ ނަފީސާ ގެ ބާރު ހަޅޭކާ އެކުއެވެ. މި އީ ކޮންމެ ހެނދުނެއް ގެ ވެސް ހާލެވެ. ނަފީސާ އައް އިރުއަރާނީ ރުޅިމޫނުންނެވެ. ” ބަލަ ކަލޭ މީ ކިހިނެއް ތަ މިތަން ތާހިރުކޮއްފައި ، މަހިތައް އަރާ މީވާ ސަހާދެއް އަންހެނެކޭ، ކަމެއް ކުރާކައް އިނގެނީ ކީ ނޫން ، މިވަރު މީހުން ގޮވާގެންނެއް ނުވާނެ ،” ސިޓިންރޫމްގައި ހުރި ކުޑަ މޭޒުމަތީގައި ކިލާ ހުރުމުން ނަފީސާ ޖަނާ އާއި ދިމާލައް ހަޅޭ ލަވާ ގަތެވެ. ” މަންމާ އަހަންނައް މަޢާފް ކުރޭ އަދި ތިދިމާލެއް ސާފެއް ނުކުރަން ، އެކަމަކު މިހާރުމިދަނީ،” އިސްޖަހާ ގެން ހުރެ ޖަނާ މިހެން ބުނެލިއެވެ. ” މަށައް ކޮންމެހެން މަންމަ ކިޔާނެކަމެއް ނެތް ، މަމީ ކަލޭގެ ދޮންއަމާ އެއްނު، ކަލޭގެ އަމާ ވީ ކައްވަޅުގާ ، ކަލޭ ވެސް އިތުރައް ނޮހުރުއްޕާން ނުކޮއް އަމާ ކައިރިއައް ދާން ވީނު،” ސޯފާ އިން ތެދުވަމުން ނަފީސާ މިހެން ބުނެފައި ވަތީ ބަދިގެއަށެވެ. އެއިރު ޖަނާ ގެ ލޮލުން ތާޒާ ކަރުނަ އެއް ވެސް އިހުތިޔާ ރެއް ނުލާ ފައިބަމުން ދިޔައެވެ. މަންމަ މަތިން ހަނދާން ވުމުން އިތުރައް ރޮވުނެވެ. ” ކާކައް ދައްކަން ތަ ރޯން ތިހުރީ ، ކަލޭ ރޯން ނުހުރެ ހަމަ މިހާރު މިހިރަ މައްސުނި ގަނޑު މޮޑެން އާދޭ،” ބަދިގެއިން ނިކުންނަމުން ރޯންހުރި ޖަނާ އާއި ދިމާލައް މިހެން ބުނަމުން ސޯފާ ގައި އިށީން ދެލިއެވެ. ރޮމުން ރޮމުން ހުރެ ޖަނާ ބަދިގެއައް ވަދެފައި ދިހަ މިނެޓުން ސައިހަދާ ނިންމާ ލައިފައި ނަފީސާ އައް ގޮވާފައި ދިޔައީ ދޮންނައް އަޅާށެވެ.
އެއިރު ނަފީސާ ނުލާހިކު ހެވިދިލިފައި ހުރެ އޭނާ ގެ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަ ދައްކަމުން ބަދިގެއައް ވަންނަން ދިޔައެވެ. އެއިރު ވެސް ޖަނާ ގެ ލޮލުން ކަރުނަ ނުހިކެއެވެ. ދޮންނައް އަޅާ ފައި ބަދިގެއައް ވަން ޖަނާ އައް ނަފީސާ ގޮވާ ލުމުން ކިޔަމަން ވާ އަޅަކުހެން މަޑު ދުވުމެއްގައި ނަފިސާ ކައިރި ގޮސް ހުއްޓުނެވެ.
” މިއަދު ހަވީރު ހާއިރު އަންނާނެ މިރަށައް މާލޭގައި ހުރި އަހަރެން ގެ އެކުވެރިޔާ ޒާހިދާ ގެ ދަރި މާއިން އޭނަ މިރަށުގައި މަޑުކުރާނެ ދެދުވަހައް، އޭނާ ދާއިރު ކަލޭ ޖެހޭނެ އޭނާ އާއި ކައިވެނި ކޮއްގެން ދާން ، މަށައް ހަޔޮ ކަލޭ މިކައިވެންޏައް ނުގަބޫލަސް ގަބޫލަސް، ކަލޭ ޖެހޭނެ މިކައިވެނި ކުރަން، އޭނާ ވެސް މިކައިވެންޏައް ގަބޫލު.” ނަފީސާ އެއް ނޭވާގެ މަތިން މިހުރިހައި އެއްޗެއް ކިޔާނިންމާލައިފައި ޖަނާ ގެ މޫނު މައްޗައް ބަލާލިއެވެ. ޖަނާގެ މޫނު މަތީ ހައިރާން ކަން ވާއިރު ދެލޯ ވަނީ ފެންކަޅިވެފައެވެ. ” ދެން ދޭ ގޮސް މާއިން އައިސް ހުންނާނެ ކޮޓަރި ސާފުކުރަން” ނުލަފާ ހިނިގަނޑަކާ އެކު ނަފީސާ މިހެން ބުނެލިއެވެ. ޖަނާ ވެސް އެއްވެސް އެއްޗެއް ނުބުނެ ހިނގާގަތީ އެ ކޮޓަރި ސާފު ކުރާށެވެ. އެއިރު ޖަނާ ގެ މޫނުމަތީ ގެ ކުލަވަރު ވަނީ އޮއްސިފައެވެ. ނުވެސް ދަންނަ މީހަކާ އިންނައް ވީމައި އަދިވަކިން ޖަނާ ހުރީ ނުތަނަވަސް ވެފައެވެ.
ކޮޓާރި ސާފުކޮއްފައި މޮޕްލައި ކަންތައް ކޮއް ނިންމާލައިފައި ޖަނާ ހިންދަމާލިއިރު ހުރީ ހެނދުނު ދިހައެއް ވެސް ޖަހާފައެވެ. ހެނދުނު ތެދުވި ގޮތައް އެއްޗެއް އަނގައައް ނުލައި ހުރުމުން ޖަނާ ހުރީ ބަނޑުހައިވެގެން ގޮސް ހާންތި ވާވަރު ވެފައެވެ. އެއްޗެއް އަނގަޔައް ލާނީ އޭ ހިތާ ކައިގެއައް ވަން ޖަނާ ހުއްޓުން އެރީ ސައިބޯން އިން ސަމާ ފެނިފައެވެ. ސަމާ އައް ޖަނާ ފެނުމުން ރުޅިމޫނު ހަދައިގެން ހުރެ ކައި ނިންމާލައިފައި ކުޑާމިނުން ކޭތަށިވެސް ނުދޮވެލާ ބަދިގެއިން ނިކުމެގެން ދިޔައީ ޖަނާ ގައިގައި ކުޑަކޮއްޖެހިފައެވެ. މި ގޮތައް ސަމާ ކަންތައް ކުރުމުން ޖަނާ ނުވެއްޓުނީ ކިރިޔާ އެވެ. މިކަމައް މާބޮޑައް އަޅާ ނުލައި ޖަނާ އަވަސް ވެގަތީ އަރު ތެރެއައް ކާއެއްޗެއް ލުމަށެވެ.
މެންދުރު ގެ ހޫނު ގަދަ ވަގުތު ޖަނާ ހުރީ ބޭރު ގައި ހުރި ރޯނުގައި ހިތްކަން އަޅާ ފައި ހުރި އެއްޗެހި ނެގުމުގައި އަވަދި ނެތިއެވެ. އެއްޗެހިތައް ނަގާ ފައި އެއެއްޗެއް ހުންނަން ޖެހޭ މަގާމަކައް އެއެއްޗެއް ލާފައި ކޮޓާރިއާދިމާ ލައް ދާން މިސްރާބުޖެހި ޖަނާގެ ފިޔަވަޅުތައް ހުއްޓުމަކައް އައީ ފަހަތުން ނަފީސާ ގޮވާލުމުންނެވެ. ” ޖަނާ ދޭބަލަ މި ޝޯލް އިސްތިރި ކޮއްލައިގެން އަންނައް ވަރައް އަވަސް ކުރާތި ދެންމެއަކު ޒާހިދާ ގުޅާފައި ބުނެއްޖެ މިހާރު މާއިން ލަފާ ގަނޑި އަވަސް ވާނެއޭ ، ހެނދުނު ހާއިރު ފުރާފިއޭ ، އެހެން މާ އަވަސް ކުރާތި ، ޖަނާ ވެސް އަވަސް ކޮއްގެން މާއިން އަންނަން ވާއިރައް ރިތިވެގެން ހުންނާތި” މިހެން ބުނެފައި ނަފީސާ ގޮސް ސޯފާ ގައި އިށީން ދެ ގެން އޭނާ ގެ ފޯނާ ކުޅެން ފައްޓިއެވެ. ޖަނާ ވެސް އަވަސް ވެގަތީ އެ ޝޯލް އިސްތިރި ކުރާށެވެ. އިސްތިރި ކުރަމުން ދިޔަ ޖަނާ ގެ ދެލޯބިޑުވީ އިސްތިރި ޝޯލް ގައި ހިފުމުންނެވެ. އެއިރު ޝޯލް ގެ ބޮޑު ބައެއް ވަނީ އިރައިގެން ގޮސްފައެވެ. ހަދާނެ ގޮތެއް ނޭގިފައި ހުރި ޖަނާ ސިއްސާގެން ދިޔައީ ކޯމައްޗައް އަރާގަން ހޫނު ހަމަލާއިންނެވެ. ނަފީސާ ޖެހިލެއް ބާރުކަމުން ޖަނާ ދިޔައީ އެއްލިގަނެގެންނެވެ. ޓައިލްތައް މައްޗައް ވެއްޓުނު ލެއް ބާރުކަމުން ޖަނާ އިނީ ތެދުވަން ވެސް އުނދަގޫ ވެފައެވެ. ” ހުރި ހަޔާތް ކުޑަކަން ބަލާބަލަ، ތީ އަހަރެން ހާދަ އަގުބޮޑު ކޮއްގަން ޝޯލް އެކޭ ، މިބުނީ ރަނގަޅަކައް ކަމެއް ކުރާކައް ނޭގޭނެ މިހިރަ އަންހެނާ އަކައް ، އަދި މަށައް ކޮއްލެވުނު ވަރު ކުޑައެއް ނު” މިހެން ކިޔާފައި ނަފިސާ ޖަނާ ގެ އަތުގައި ހިފާ ނަގަމުން ، މޭޒުމަތީ ގައި ހޫނު ކޮއްފައި ހުރި އިސްތިރި ނަގައި ޖަނާ ގެ އަތުގައި ޖެއްސިއެވެ. ނެގި ދިލައަކުން ޖަނާ އައް ބާރަކައް ހަޅޭ ލަވައިގަތެވެ. އެއިރު ޖަނާގެ އަތް ނޫފަ ގަނެފައި އޮތެވެ. ދޮންހަންގަޑު ރަތް ވެފައި އޮތެވެ. ނަފިސާ ވެސް އިސްތިރި ބާއްވާފައި ގޮސް ކޮޓަރިއައް ވަދެ ދޮރު ވެސް ބަންލާފައި ޖަހާލިއެވެ. ހުރިހާ ރުޅިއެއް އެ ކުށެއް ނެތް ދޮރައް ބޭލިކަހަލައެވެ. އެއިރު ހުރިހާ މަންޒަރެއް ބަލަން އަމިއްލަ ކޮޓަރި ދޮރުމަތީގައި ހުރި ސަމާ އައް ކެއްވި އެހިސާބަށެވެ. ދުވެފައި ކަހަލަ ގޮތަކައް ގޮސް ތިރި ވެފައި އިން ޖަނާ ގެ ކައިރިއައް ތިރި ވިއެވެ. އެއިރު ޖަނާ އިން ހާލުން ސަމާ ވެސް ދެލޮލުން ކަރުނަ އައެވެ.
” ޖަނާ ހިނގާ ތިތާގައި ބޭސް އަޅަން ދާން، ތިތަން ސަކަރާތް ވެދާނެ،” މިހެން ކިޔާފައި ސަމާ ހިތްވަރާއެކު ޖަނާ ނަގަމުން އޭނާ ގެ ކޮޓަރިއައް ހިނގާ ގަތެވެ. ސަމާ ހުރީ ނަފީސާ ކަންތައްކުރި ގޮތުން ނުލާހިކު ރުޅިއައިސްއައެވެ. ކުރީގައި ސަމާ ވެސް ޖަނާ އައް ހެޔޮކޮއް ނިހިތާހުރި އެއް ކަމަކު މިއަދު ސަމާއެހުރީ ޖަނާ އާއި އެއްކޮޅަށެވެ.
ބޭސް އަޅާ ނިމުނު އިރު ވެސް ޖަނާ އައް ރޮވެއެވެ. ގިސްލެވޭ ހާލު ޖަނާ އައް ނޭވާ ލާން ވެސް އުނދަގޫވީ ކަހަލަ އެވެ. ” ދައްތާ އަހަންނައް މާފް ކުރޭ ، ކުރިން އަހަންނައް ދައްތަ އާއި ދޭތެރޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަކައް ނޫން ، މިޙާރު އަހަރެންނައް ވިސްނިއްޖެ ” ޖަނާ އާއި ދިމާލައް ބަލާލަމުން ސަމާ މިހެން ބުނެލިއެވެ. ” ދައްތަ ވަރައް އުފާވެއްޖެ ސަމާ އައް ވިސްނުނީމާ ، ދައްތަ މާފް ކޮއްފިން ސަމާ އައް،” ހަމައަކައް އެޅިލަމުން ޖަނާ މިހެން ބުނެލިއެވެ. ސަމާ ވެސް ޖަނާ އައް ހިނިތުންވުމެއް ދިނުމައްފަހު ޖަނާ ގައިގައި ބައްދާލިއެވެ. ” ސަމާ ދެން ދައްތަ ދަނީ މަންމަ އެބުނާ މާއިން އެއް އަންނައް ވާއިރައް ރެޑިވާން ވެސް އެބަޖެހޭ ” ސަމާ ގައިން ދޫކޮއްލަމުން ޖަނާ މިހެން ބުނެ ކޮޓަރިން ނިކުމެގެން އަމިއްލަ ކޮޓަރިއައް ދިޔައީ ވެސް ހިތްވަރުންނެވެ.
ހަތަރެއް ޖެހި އިރު ސަމާ އާއި ޖަނާ ރީތިވެލައިގެން އުޅުނީ ނަފީސާ މާއިން ގޮވާގެން އަންނައް ވާއިރައް ސައިހަދާށެވެ. އިރުކޮޅެއް ނުވެ ބައެއްގެ ހިލަމެއް ވެގެން ޖަނާ ފަހަތައް އެބުރެލިއެވެ. ފިރިހެންވަންތަ ރީތި ފިރިހެނެއް އެއިރު ގޭތެރެ އައް ވަންނަނީއެވެ. ނަފީސާ އެއިރު ހެމުން ހެމުން ބަދިގެއާއި ދިމާއައް އަންނަނީއެވެ. ” މާއިން މިހުރީ މާއިން އިންނައް އުޅޭ ކުއްޖާ ، ޖަނާ ،” ކައިގެ ދޮރުމަތީގައި ހުރި ޖަނާ އައް އިޝާރާތް ކުރަމުން ނަފީސާ މިހެން ބުނެލިއެވެ.
އެއިރު މާއިން ހުރީ ޖަނާ ގެ ރީތި ކަމައް ގެއްލި ހުސްވެފައެވެ.
ދެން ތިހެން ނުހުރެ އެއްޗެއް ކާލަން އަންނަގަ، މާދަމާ އައް ފަހު ޖަނާ އެއީ މާއިން ގެ މީހެއް ، އެހެން މާ ބަލަންވިވަރަކައް ބެލޭނެ އެއައް ފަހު،” މިފަހަރު ވެސް ނަފީސާ ވާހަކަ ދައްކަމުން މިހެން ބުނެލިއެވެ.
” ހެހެހެހެހެހެ…. އާން ދޯ.” މާއިން އޭނާ ގެ ފިރިހެންވަންތަ އަޑުން މިހެން ބުނެލިއެވެ.
ހަވީރު ގެ ސަޔައް އިންސާފު ކުރުމައް ފަހު ނަފީސާ ގެ އެދުމައް ޖަނާ މާއިން އާއި އެކު ގެއިން ނިކުތީ މާއިން އަށް ރަށަތެރެ ދައްކާލުމަށެވެ.
ދެމީހުން ގެ ދެމެދު ވަނީ ހަމަހިމޭން ކަމެވެ. މާއިން ދިޔައީ ޖަނާ އާއި ދިމާލައް ބަލަމުން ނެވެ. މާއިން ބަލާ ވަރުން ޖަނާ ހުރީ ފާޑަކައް ލަދުގަނެފައެވެ. ” އަހަންނައް މިރަށުގެ ތުނޑި ދައްކާލަން ހިނގާބަލަ” ދެމީހުން ގެ ދެމެދުވާ ހަމަހިމޭން ކަން ނައްތާލަމުން މާއިން މިހެން ބުނެލިއެވެ. ޖަނާ ވެސް ބޯޖަހާލަމުން މިސްރާބު ތުނޑިއާއި ދިމާލައް ބަދަލުކޮއްލިއެވެ. ތުނޑިއައް ދިޔައިރު އެރަށުގެ ގިނަމީހުން އެއިރު އެތަނުގައި އެކި ކުޅިވަރު ތަކުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. އެއް ބައިމީހުން މޫދައް އެރެމުން ދިޔައިރު އަނެއް ބައި ޒުވާން ފުރާގެ ކުދިން ފޮޓޯ ނެގުމުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. ލޯބިވެރިން މާފޮޅުވަން އައިސް ފާލެއް ވެސް ވަކި މަދެއް ނޫނެވެ. ޖަނާ އާއި މާއިން ދޮންވެލިގަނޑު މަތީގައި އިށީދެލުމައް މިސްރާބުޖެހިއެވެ. ދުވަސް ގަނޑަކައް ފަހު މިކަހަލ ހިތްގައިމު ތަނަކައް އާދެވުމުން ޖަނާ ގެ ހިތް ހީވަނީ އުފަލުން ނަށާ ހެންނެވެ. ” ސޯ ޖަނާ ޓެލްމީ މޯ އެބައުޓް ޔޫ” މާއިން މިހެން އަހާލީ ޖަނާ ގެ ދޮންމޫނައް ނަޒަރު ހިންގާލަމުންނެވެ. ” ވެއިޓް ޖަނާ ގެ ކޯމައްޗައް ކިހިނެއް ވެފައި ތިހުރީ ރަތް ވެފައެއް ނު ތިހުރީ” އަނެއްކާ ވެސް މާއިން ވާހަކަ ދައްކަމުން މިހެން ބުނެލިއެވެ. މާއިންއެހެން ބުނުމުން ހިނިތުންވެވިފައި އިން ޖަނާ ގެ ތުންފަތުން ހިނިތުން ވުން ގެއްލިގެން ދިޔައެވެ. މިއަދުގެ ހާދިސާ ހަނދާން ވުމުން ޖަނާގެ ލޮލުން ކަރުނައައެވެ. އިސްޖަހާގެން އިނދެ ޖަނާ ލޮލުން އަންނަމުން ދިޔަ ކަރުނަ ތައް ފޮހެލަމުން ޖަނާ ހަމަޖެހިލިއެވެ. ” ކަމެއް ވެފައެއް ނޫން އެއީކީ އެއް، ދެން ހިނގާ ގެއައް ދާން މިހާރު އެއޮއް އިރު އޮއްސެނީނު” މިހެން ކިޔާފައި ޖަނާ ވެލިގަނޑުމަތިން ތެދުވެ ގައިން ވެލިފޮޅާލިއެވެ. މާއިން ވެސް ޖަނާ ގެ ބަހައް ކިޔަމަން ވަމުން ތެދުވެ ހިނގާގަތެވެ. ދެމީހުން އެކުގައި ހިނގާފައި ގެއައް ދިޔައިރު ވެސް އެކަކު ވެސް އަނގައިން ނުބުނެއެވެ. އެ ހަމަހިމޭން ކަންމަތީގައި ގެއާ ހިސާބައް ދެވުނެވެ.
ރޭނގަޑުގެ ހަމަހިމޭން ވަގުތެވެ. މާއިން އިނީ ގެއިން ބޭރުގައި އިން ޖޯލީގައި ފުންހިޔާލެއްގައެވެ. އެވަގުތު ވީ ސަމާ ވެސް ގެއިން ބޭރު ގައި އުޅެފައި ގެއައް ވަން ވަގުތެވެ. ” އައްދޭ މާއިން ކޮންހިޔާލެއްގާ” މާއިން ކައިރި ހުހައް ހުރި ޖޯލީގައި އިށީންނަމުން ސަމާ އަހާލިއެވެ.
” ހިޔާލެއްގައެއް ނޫން ދޯ، ސަމާ އަހަން ނައް ބުނެދީފާނަން ތަ ޖަނާ ގެ ކޮލަށާ އަތައް ވެފައި ހުރި ގޮތް، ޖަނާ ކައިރި އަހަރެން އެހިން ކޮލައް ކީއްވެފަހޭ ބުނީ މާ ވެސް ބުނި ކަމެއް ނުވެޔޯ، އަހަރެން ޖަނާ ކައިރި އެހީ ހަމަ އެކަނި ކޮލުގެ ވާހަކަ ، އެކަމަކު އަހަރެން ދުށިން އޭނާ ގެ އަތް ވެސް މިކަމެއް އޭނާ އަކައް ނޭނގޭނެ،” ސަމާ އާއި ދިމާލައް ބަލަމުން މާއިން މިހުރިހާ އެއްޗެއް އެއް ނޭވާއިން ކިޔާނިންމާލިއެވެ. ސަމާ ހުރިހާ ފަރާތެއް ބަލަމުން އެންމެ ފަހުން ހަޤީޤަތް ކިޔާދޭން ވީ ވަގުތަކީ މީއޭ ހިތައްއަރާ ފައި ޖަނާގެ ހަޔާ ތާ ބެހޭގޮތުން އަލިފުން ފެށިގެން ޔާއައް ކިޔާދިނެވެ. ސަމާ ގެ ވާހަކަ ތައް އަޑުހަން އިން މާއިން ގެ ލޮލުން ވެސް ކަރުނަ އާދެއެވެ. ޖަނާ ގެ ހާލައް ހަމްދަރުދީ ވާހާލު މާއިން އޭނާ އާއި ޖަނާ ގެ ކައިވެނި މާދަމާ ހެނދުނައް އަވަސް ކުރަން ނިންމިއެވެ. އަދި ކައިވެނި ނިންމާ ގޮތައް މާލެ ފުރަން ވެސް ނިންމިއެވެ. ބޮޑު ކައިވެންޏެއް ނުކުރާއިރު ހަމައެކަނި ކޯޓުގައި ކައިވެނި ނިންމާލަން މާއިން ކަނޑައެޅިއެވެ.
އަރައިގެން އައި އިރާއެކު ޖަނާ އައް އޭނާ ގެ ކައިވެނި އަވަސް ވި ހަބަރު ސަމާގެ ފަރާތުން ލިބުނެވެ. ހަޤީޤަތުގައި މިހާރު ޖަނާ އައް މާއިން ވަރައް ކަމުދެއެވެ. ޖަނާ އައް މާއިން ދެކެ މި ދެދުވަސް ތެރޭގައި ވަނީ ލޯބިވެވިފައެވެ. ނަމަވެސް މިކަން އަދި ސިއްރުކުރީ މާއިން ގެ ހިތުގައި ވާއެއްޖެއް ނޭނގޭތިއެވެ. މިކަން ވެސް ވަނީ ހަމަ އެކަނި ޖަނާ ގެ ހިތުތެރޭގައި ވަންހަނާ ވެފައެވެ.
ޖަނާ އާއި މާއިން ގެ ކައިވެނީ ގެ ކަންތައް ނިމުނު އިރު ހުރީ އެގާރަ ޖަހަން ވެސް ކައިރި ވެފައެވެ. އެހެން ކަމުން އެއް ވެސް ލަސްތަކެއް ނުކޮއް މާލެ ދާން ފުރަން ތައްޔާރުވާން ދިޔައެވެ.
ޖަނާ މެންނައް މާލެ އާދެވުނު އިރު މެންދުރުގެ ބޮޑުބައި ގޮއްސިއެވެ. ޖަނާ ހުރީ މާލެ ފެނުމުން ބޯއަނބުރާ ކަހަލަ ގޮތެއް ވެފައެވެ. މޫނު މައްޗައް ވަތްތަރެއް ޖައްސާ ގެން ހުރި އިރު ނިކަން މަޢުސޫމް ކަމައް ދައްކައެވެ. މާއިން އައް މިމަންޒަރު ފެނުމުން މޫނުމައްޗައް ރީތި ހިނިތުންވުމެއް ވެރިވިއެވެ. މާއިރުތަކެއް ނުވެ ކާރިއައް ހުއްޓުނު ކާރައް އަރައިގެން ދެމީހުން ގެޔާދިމާލައް މިސްރާބުޖެހިއެވެ.
” އަހަ ދަރިފުޅާ ، އަވަހައް ވަދޭ ،” ގޭގެ ބޮޑު ދޮރު ހުޅުވަމުން ޒާހިދާ މާއިން އާއި ޖަނާ އަތުގައި ހިފައިގެން ވަނުމައް ތަންދެއްކިއެވެ. ޖަނާ ވެސް ނުތަނަވަސް ވެފައި ވާ ހިތާއެކު އެތެރެއައް ވަނެވެ.
ޒާހިދާ ގެ އެދުމައް މާއިން ދިޔައީ ޖަނާ ގޮވާގެން އޭނާ ގެ ކޮޓަރިއަށެވެ. ޒާހިދާ ގެ ހިތްހެޔޮކަން ފެނި ޖަނާ ގެ ނުތަނަވަސް ވެފައި ވާ ހިތް ވެސް ވަނީ ހަމަޔަކައް އެޅިފައެވެ. ” ޖަނާ ދާނަން ދޯ އަހަން ނާއެކު ރަސްފަންނައް ، ހަވީރު ޖަނާ ކައިރި ބުނަން ވެފައި އޮތް ވާހަކަ އެއް އެބައިން،” ކޮޓަރިއައް ވަދެވުމުން މާއިން ޖަނާ ގެ އަތުގައި ހިފަމުން މިހެން ބުނެލިއެވެ. ޖަނާ ވެސް ޖަވާބުގައި ހިނިތުންވެލަމުން ބޯޖަހާލިއެވެ. ދެމަފިރިން ދެން ދިޔައީ ޒާހިދާ ގޮވާތީ ސައިބޯށެވެ.
ހަވީރު ފަހެއްޖެހި އިރު މާއިން އާއި ޖަނާ ތިބީ ރަސްފަންނުގައެވެ. ވަގުތުގެ ގޮތުން މިގަނޑީ މީހުން ގިނަހެން ވެސް ހީވެއެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑި ތަކުން ގޮޑިއެއް ގައި އިށީން ދެގެން ދެމީހުން ތިބިއިރު އެދޭތެރޭގައި ވަނީ ހަމަ ހިމޭން ކަމެވެ. ” ޖަނާ އަހަން ނައް އިނގޭ ރަށުގައި ޖަނާ އުޅުނު ހާލު، ޖަނާ ގެ މަންމަ ޖަނާ އައް ދިން އަނިޔާ،” ހިތްވަރާއެކު މާއިން މިހެން ބުނެލިއެވެ. އެއިރު ދެލޯބޮޑުކޮއްގެން ޖަނާ އިސްޖަހާލީ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެމުންނެވެ. ” ލުކް ޖަނާ މިހާރު ނުޖެހޭނެ ޖަނާ ދެރަވާކައް ، ދެން ޖަނާ އައް އަނިޔާ ކުރާނެ މީހެއް ނުހުންނާނެ، އަހަރެން ހުއްޓާ ދެން ޖަނާ ގައިގައި އިނގިޅލި ކުރި ވެސް ޖައްސާލާ ކައް ނުކެރޭނެ އެކަކައް ވެސް، ” ޖަނާ ގެ އަތުގައި ހިފާލަމުން މާއިން މިހުރިހާ އެއްޗެއް ކިޔެވެ. ޖަނާ ވެސް ކަރުނަ އާއި އެކު އިސްއުފުލާލާ މާއިން އާއި ދިމާލައް ބަލާލިއެވެ. ” ޖަނާ އައި ލަވްޔޫ ، އަހްނައް ޖަނާ ދެކެ ލޯބިވެވިއްޖެ، ޖަނާ ފެނުނު ފުރަތަމަ ދުވަހުން ވެސް އަހަރެން ގެ ހިތައް ގޮތެއް ވެލި، އަހަރެން ޖަނާ އާއި ކައިވެނި ކުރަން އެއްބަސް ވީ ވެސް މަންމަ ގެ އެދުމައް ، އެއިރު ޖަނާ ހުންނަގޮތެއް ނުވަތަ ތީ ކާކު ކަމެއް ވެސް އަހަން ނަކައް ނޭނގޭ، ވަރައް އުފާ ވެއްޖެ އަހަރެން ޖަނާ އައް އިންނައް އެއްބަސް ވެވުނީތީ ، ޖަނާ އައި ރިއަލީ ލަވްޔޫ،” އުފާވެރި ކަމުގެ ކަރުނައާއި އެކު މާއިން މިހެން ބުނެލިއެވެ. އެއިރު ޖަނާ ގެ މޫނުމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ. ” މާއިން އައި ލަވްޔު ޓޫ ،” މިހެން ބުނެ ޖަނާ މާއިން ގައިގައި ބައްދާލިއެވެ.
ކުރީގައި ހިތާމަ ނޫން އެއްޗެއް ނުވާ ޖަނާ ގެ ހަޔާތައް އުފާވެރި ކަމުގެ ދުވަސްތައް އަންނައް ފެށީ މިހިސާބުންނެވެ. ކުރީގައި ލިބޭ އަނިޔާތަކުގެ ބަދަލުގައި މިހާރު ލިބެނީ ހުސްވެސް ލޮއިއްބެވެ. މަންމަ އެއް ފަދައިން ލޯބިވާ މަންމަ އަކާ އަމިއްލަ ފުރާނަ އައް ވުރެވެސް ޖަނާ ދެކެ ލޯބިވާ ފިރިމީހާ އެއް ލިބުމުން ޖަނާ ހުންނަނީ އުފަލުން ފޮޅިފައެވެ. ހިނިތުންވުމެއް ނުވާ އެ މޫނު މަތީގައި އަބަދައް ވެސް މިހާރުވަނީ ހިނިތުންވުމެކެވެ. މި ގޮތުގައި އަބަދުހުރުމަކީ މިއީ ޖަނާ ގެ އުންމީދެކެވެ.
(ނިމުނީ)
7 Comments!
Comments are closed.




Masha Allah bestie v reethi mi vaahaka vx❤️❤️❤️❤️❤️❤️❤️❤️
Keep it up lwbi??????????????????
Waiting for a new story of u lwbi☺️
Love u so much lwbivaa❤️❤️❤️❤️❤️?????????
Be safe & take care❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank uuu soooo much xeeen❤️
Glade that u love it❤️
ISA vrh avaha new stry eh vss submit kohlaana❤️
Love u more.❤️
And u too stay safe and take care ❤️
Mi stry vess hurihaa readers ah kamudhaane kama unmeedu kuran
stay safe readers 🙂
Wow Maashallah v reethi mi story vx♥️♥️♥️
Kon irakun new story eh kiyaalan libeynee
Stay safe n Tc loabikolhooo ♥️♥️♥️♥️
Lysm n Mysm
Thank uuuu sooo much $#!f#@@❤️
Glade u like it❤️
ISA today or tomorrow submit kohlaana new stry eh❤️
Keep waiting darl❤️
U tooo stay safe and TC darl❤️
Lymmmmm n my❤️
Masha Allah?
Story hama varah reethi .. and varah kamudhey???????????????????
Stay safe and take care.
Thank u sooo much Mary zaakko ❤️
Vrh ufaa vehje stry kamudiyaamaa❤️
U tooo stay safe and take good care❤️