ލޯބިން ޢުމުރައް ވާނަން
20 އަހަރުގެ ލިޔުޝާ ސިސްސާގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ކޮއްޓާލަމުންނެވެ. އަވަސް އަވަހައް ފަހައްބަލާލި ލިޔުޝާގެ ފިޔާތޮށި ކުލައިގެ ތުންފަތައް ހިނުތުން ވުމެއްވެރިވީ ކައިރީގާ ފިރިހެންވަންތަ ހިނިތުންވުމެއް ތުންފަތައް ވެރިކޮއްގެން ހުރި ލިޔާން ފެނުމުންނެވެ.
ލިޔާން އަކީ ލިޔުޝާގެ ސުކޫލް ދައުރުއްސުރެ އެއްކުލާހެއްގާ ކިޔަވަން އުޅުނު ލިޔުޝާ ގެ އެންމެ ގާތް އެކުވެރިޔާ އެވެ. ލިޔާން އަކީވެސް ލިޔުޝާ އެކޭއެއްފަދައިން 20 އަހަރުވެފައި ވާ ޒުވާނެކެވެ.
” ސާބަސް އިނގޭ ލިޔާނޫ ، ލިޔު ދިޔައީ ސިސްސާގެންނޭ، ކިރިޔާ ބިރުން މިއިންތަނުން ދުއްވާ ނުގަނެވުނީ” ލިޔާން އައިސް ލިޔުޝާ ގެ ކައިރީ އިށީނުމުން ލިޔުޝާ ތުންދަމާލާފާ ޝަކުވާކޮއްލިއެވެ. އޭރު ލިޔާން އިނީ ލިޔުޝާގެ މޫނުމައްޗައް ޖެއްސި ވައްތަރުން ހޭށެވެ. ލިޔުޝާގެ ބޭބީ ސިފައަކީ ލިޔާން އައް ވަރައް ކަމުދާ ސިފައެކެވެ. ލިޔާން ހޭން ހެދުމުން ލިޔުޝާ ލިޔާން ގައިގައި ބޮޑިއެއް އަޅާލިއެވެ. ” ސާބަހޭ ލިޔޫ ބޭބީ، ތީދެން ވަރެއް އިނގޭ،އަހަރެން ލިޔުޝާ އައް ގޮއާލިޔަސް ދާނީ ސިއްސާގެން ތީއެވަރު މީހެންނު ދޯ” ލާނެއް ހިނިތުންވުމެއް ތުންފަތައް ވެރިކުރަމުން ލިޔާން މިހެން ބުނެލިއެވެ . ” ހޫން ދެން ހެވޭ ، ހިނގާ ގެއައް ދަމާ ދެން ، ލިޔާން އާހަދާގެން އަހަންނައް އިރުއޮއްސޭ މަންޒަރުވެސް ނުފެނުނު ވީއްޔަ” ތުންއަބުރާލަމުން ލިޔުޝާ މިހެން ބުނެލީ ކޮއްޅައް ތެދުވަމުންނެވެ. ” ބަލާބަލަ އަދިވެސް މަތަ، މަގޭގެ ދެލޮލުން ދޯ ލިޔުބޭބީ ތަންތަން ބަލަނީ ހަހަހަހަހަހަހަ” ލިޔާން ވެސް ތެދުވަމުން މިހެންބުނެލީ ލިޔުޝާ އާ ދިމާލައް ބަލަމުންނެވެ. ލިޔާން އެހެން ބުނުމުން ލިޔުޝާ ގެ ދޮންމޫނައް ވަގުތުން ޖަންބުކުލަ ވެރިވިއެވެ. އެއްޗެކޭ ނުބުނެ އެތަނުން ހިނގާ ގަންނަން ލިޔުޝާ މިސްރާބުޖެހީ ދެން އިތުރައް އެއްޗެއް ބުނެފިނަމަލަދުގަންނާނީ އޭނާ ކަން އިނގޭތީއެވެ. ލިޔާން ވެސް ލިޔުޝާ އާއި އެއްވަރައް ހިނގާގަތީ ހެމުންނެވެ.
މެންދަމު އަލިވެ އެކެއް ޖެހިއިރުވެސް ތަނަވަސް ބޮޑުކޮޓަރީ އޮތް ލިޔާން ގެ ލޮލައް ނިންޖެއް ނާދެވެ. ސަބަބަކީ ލިޔުޝާ އެވެ. މިހާރަކައް އައިސް ލިޔާން އައް މާބޮޑައް ލިޔުޝާ އާދެމެދު ދަނީ ވިސްނެމުންނެވެ. ލިޔުޝާ ފެނުމުން ހިތައް ނޭނގޭ ހާ އުފަލެއް ލިބެޔެވެ. އަބަދުވެސް ލިޔުޝާ ދުށުމައް މިހިތް އެދެނީ އެވެ. އާނއެކެވެ. ލިޔާންއައް މިވަނީ ލޯބިވެވިފައެވެ. މިކަން ލިޔާން ވެސް ދަނީ ގަބޫލުކުރަމުންނެވެ. މިއިން ދުވަހަކުވެސް އަންހެން ކުއްޖަކައް އެފަދަ ނަޒަރަކުން ބަލާނުލާ ހުރި ލިޔާން އައް މިވަނީ ލޯބިވެވިފައެވެ. އެވެސް އެންމެ ގާތް އެކުވެރިޔާއާއެވެ. ލިޔުޝާ ހާސިލްކުރުމައް ހިތުއި ވަރުގަދަ އަޒުމެއްކަނޑައަޅަމުން ލޯމަރާލީ ލިޔުޝާގެ ހަނދާން ތަކުގައެވެ.
ފަތިހުފަތިހާ ތެދުވެގެން ގޭދޮއް ކުނިކަހަން އޮއް ލިޔުޝާ ގެ ހިޔާލުތަކުގައިވަނީ ލިޔާން އެވެ. ލިޔާން ކުރާ ޖެއްސުންތައް ހިތައް ގެނެވޭ ހާ ކޮންމެ ވަގުތަކު އެތުންފަތައް ފިރިހެން ކުދިން ގެ ހިތް ތައް ކަތިލާފަދަ ރީތި ހިނިތުންވުމެއް ވެރިވެއެވެ. ލިޔާން ގެ ހިޔާލުތަކުން ލިޔުޝާ އައް ނިކުމެވުނީ ގޭތެރެއިން އޭނާގެ މަންމަ ގޮވާލުމުންނެވެ.
ލިޔުޝާ ގެ ޒުވާން ހިތުގައިވަނީ ލިޔާން ގެ ނަން ބޮޑުއަކުރުން ފެވިފައެވެ. ދެމީހުން ދެމީހުންނައްވެސް މިވަނީ އެކަކު އަނެކަކުދެކެ އިންތިހާއައް ލޯބިވެވިފައެވެ. ނަމަވެސް އެކަކުއަނެކަކައް މިކަން އަންގަން ވެސް ދެމީހުން ވަނީ ފަސްޖެހިފައެވެ.
ހަވީރުގެ ހިތްގާމު ވަގުތުގައި ލިޔުޝާ އިނީ ގޭތެރޭހުރި ޖޯލިގައި އޭނާގެ ޑައިރީ ގައި މިހާރު ފަހަކައްއައިސް އޭނާ އައް މިވާގޮތާ ބެހޭ ގޮތުން ލިޔާށެވެ. އޭނާ މިވާހަކަތައް ހިއްސާކުރާނެ އެކުވެރިއެއް ނުހުންނާތީ ލިޔުޝާ ގެ ހިތުއިވާހާ އެއްޗެއް ދަނީ މި ޑައިރީގައި ލިޔަމުންނެވެ. ލިޔާން ކާރި މިވާހަކަ ބުނަން ލިޔުޝާ ފަސްޖެހެއެވެ. ލިޔުޝާ އިސްނަގާގެން ލިޔާން އައް ލޯބިހުށައަޅަން ލާހިކު ނުކެރެއެވެ. އެހެން ލިޔެލިޔެ އިންދާ ގޭގެ ދޮރު ހުޅުވުނު އަޑައް ލިޔުޝާ އިސްއުފުލާލިއެވެ. ދޮރުހުޅުވާފައި ވަން ލިޔާން ފެނި ލިޔުޝާ އައް ހުރެވުނީ ދެލޯ ބޮޑުކޮއްލާގެންނެވެ. ލިޔާން އައް މިމަންޒަރުފެނުމުން އެއްބުމަހިއްލާލާފާ އަތުގެ އިށާރާތުން ކިހިނެއްވީތޯ އަހާލިއެވެ. ” ކަމެއްނުވޭ ކުއްލިއަކައް ލިޔާން ފެނުނީ މާ ޝޮކްވީ، ދެން އަޅާނުލާ،” ޑައިރީ ލައްޕާލާފައި ސިއްރުސިއްރުން ފަހަތައް ލަމުން ލިޔުޝާ ބުންޏެވެ. ” އޯއެހެންތަ ، ކޯންޗެއް ތިފޮރުވަނީ، ” ލިޔުޝާ ކާއިރި ހުހައް ހުރި ޖޯލީގައި އިށީނަނަމުން ބުނެލިއެވެ.” އެއްޗެއް އެބަފޮރުވާތަ އަހަރެން އެ، ހޫންތިއެއްނޫނޭ ކިހިނެއްވީ މިގެއައް ކުއްލިއަކައް” ލިޔާން އައް ބަލާލަމުން ލިޔުޝާ މިހެން ބުނެލިއެވެ. ” އޯކޭ އޭދެން، ލިޔޫ މަތިން މިސްވާވަރުން މިއައީ ” މަޖަލަކައް ނަމަވެސް ލިޔާން އެ އިއްވާލީ އޭނާގެ ހިތުގައިވާ ބަސްކޮޅެވެ. ލިޔާން ބުނިއެތި އަޑުއިވިފާ ލިޔުޝާ ގެ މޫނުމައްޗައް ޖަންބުކުލަވެރިޥީ ބަސްބުނާ ހާ ހިނދުކޮޅެއްގެ ތެރޭއެވެ. ” ލިޔޫ ބްލަޝް ވެފާ ހުންނައިރުވަރައް ލޯބި” މިފަހަރު ވެސް ލިޔާން ބުނެލި ބަސްތަކުން ލިޔުޝާ ލަދުގަނުން ނޫކަމެއް ނުވިއެވެ. ” ދެން ހަޔޯ ލިޔާން ގަނޑާ ވަރައް ފޫހި” މިހެން ކިޔާފާ ލިޔުޝާ ހިނިގަނޑެއް ޖަހާލެވުނީ ލިޔާން މޫނުމައްޗައް ޖައްސާފައިން ވައްތަރުންނެވެ.
މަޤްރިބް ނަމާދު ބަންގިޔާ ޖެހެން ދެން ލިޔާން އާއި ލިޔުޝާ ވާހަކައި ގައިތިއްބެވެ. ވާހަކާ ގައި އިންނައިރު ލިޔާން އައް ދޭތެރެއިން ލިޔުޝާ އޭނައައް ގެއްލިފާއިންނަކަން ފާހަގަ ކުރެވުނެވެ. މިހެންފެންނަ ކޮންމެ ފަހަރަކު ލިޔާން ގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. އަދި ލިޔުޝާ ހާސިލް ކުރުމުގެ އުންމީދުވެސް ބޮޑުވެގެން ދިޔައެވެ.
މަޤްރިބްނަމާދުގެ ބަންގިޔާއެއްކޮއް ލިޔާން މިސްކިތާ ހަމައައް މިސްރާބުޖެހިއެވެ. މަގުމަތިން ދިޔައިރުވެސް ލިޔާން ގެ ހިޔާލުގައިވަނީ ލިޔުޝާ އެވެ. އަދި ވީހާވެސް އަވަހަކައް ލިޔުޝާ ހާސިލް ކުރަން ނިންމިއެވެ. އަދި ކަންކުރާނެ ގޮއްވެސް އެވަގުތު ސިނކުޑީގައި ރާވާލިއެވެ.
އަނެއްދުވަހުގެ މެންދުރުވަގުތެވެ. ލިޔުޝާ އާއި ލިޔާން އިނީ އަތިރިމަތީ އެލުވާފައިން ހެއްލާ އުނދޯލީގައެވެ. ” ލިޔޫ އަހަރެން ވާހަކައެއްބުނަންތަ” ވާހަކާ ގެ ތެރެއިން ލިޔާން އޭނާގެ ޕްލޭން އާއެއްގޮތައް މަސެއްކައް ފެށިއެވެ.
” ހޫމް ބުނެބަލަ” ލިޔާން އައް ބަލާލަމުން ލިޔުޝާ މިހެން ބުނެލީ އިވެން މިއޮޅެނީ ކިހާވަރެއްގެ ވާހަކައެއްކަން ނޭނގި ހުރެއެވެ. ” ލިޔޫ އައި ތިންކް އައިއެމް އިން ލަވް” ލިޔުޝާ ގެ މޫނައް ފުންކޮއް ބަލާލަމުން ލިޔާން މިހެން ބުނެލީ ލިޔުޝާ ގެ މޫނުމައްޗައް އަރާ ކުލަވަރު ދެނެގަންނައް ތައްޔާރައް އިނދެއެވެ.
ލިޔާން ގެ ފަރާތުން އިވުނު ޖުމްލައިން ލިޔުޝާ އައް ލުބުނީ ކުއްލި ސިހުމެކެވެ. ހީވީ މީހަކު ހިތުގައި ހިފާ ބާރުކޮއްލިހެންނެވެ. ދެލޯ ފެންކަޅިވިއެވެ. މިކަން ރޭކާލުމުން އަނެއްފަރާތައް އެބުރެ ހަމަ ޖެހިލަމުން ލިޔާން އާ ވީފަޅިއައް އެބުރުނެވެ. ލިޔުޝާ އައް ނޭނގުނު ކަމަކީ ލިޔާން އައް މިހުރިހާ މަންޒަރެއް ރީއްޗައްވެސް ފެނުނުކަމެވެ. ” އެހެންތަ ، ސޯހޫއިސްދަ ލަކީގާރލް، މިރަށުކުއްޖެއްތަ އަނެއްކާ” ނުވާކަމަކައް ހަދަމުން ލިޔުޝާ ވެސް މިހެން ބުނެލީ ހިތައް ތަދުވަމުން ދާ ހާލުއެވެ. ” އާން މިރަށުކުއްޖެއް، އަހަރެން އޭނަދެކެ ވަރައް ވެސް ބޮޑައް ލޯބިވޭ، އެން މިއޮޅެނީ ޕްރޮޕޯސް ކުރަން މާދަމާ ނައިޓްގާ، ކާކުކަމެއް ނުއެއްބުނެވޭނެ، ލިޔޫ ޖެހޭނީ މާދަމާ އަހަންނާއެކުދާން އެކުއްޖާ ބަލާލަން ދާން، ދާނައްދޯ” އާދޭހާ އެކު ލިޔާން މިހެން ބުނެލީ މޫނުމައްޗައް ދެރަވާފަދަ ކުލަވަރެއް ގެންނަމުންނެވެ. ” އޯ އެހެން ، އަހަރެން ދާން ވީއޭ ނޫން ނެއް ދާހިތެއް” ލިޔާން އެހެން ކުއްޖަކާ އެކު ހޭދަކުރާ ލޯބީގެ ވަގުތު ކޮޅުބަލަން ކެއްނުވާނެކަން އިނގޭތީ ލިޔުޝާ އެކަން އިންކާރުކުރިއެވެ. ” ޕްލީސް ލިއު އަޅެ ހިނގާ ބަ އަހަންނާއެކު ދާން ، ޕްލީޒް ދެން ހިނގާބަ” މިފަހަރުވެސް ލިޔާން މިހެން ބުނެލީ މޫނުމައްޗައް ދެރަވާފަދަ ކުލަވަރެއް ގެންނަމުންނެވެ. ދާހިތް ނުވެފާ ހުއްޓަސް ލިޔާން އެވަރައް އާދޭސް ކުރާއިރު ލިޔާން އާއެކީ ދާން ލިޔުޝާ އެއްބަސް ވިއެވެ.
” އޯކޭ ދާނަން ކޮންތާކައް ދާން ވީ އަހަރެން” އިސްޖެހިފާވާ ހާލު ލިޔުޝާ މިހެން ބުނެލިއެވެ. ” ބީޗް އައް އާދޭ އެއިޓް ތާރޓީ ގާ ، ތެންކްސް ލިޔޫ” . ލިޔުޝާ ގެ އިސްޖެހިފާ މޫނައް ބަލާލަމުން ލިޔާން ބުނެލިއެވެ. ލިޔުޝާ އެގޮތައް ދެރަކޮއްލެވުނީމާ ލިޔާން އިނީ އިންތިހާ އައް ވެސް ދެރަވެފައެވެ.
” ލިޔާން އަހަރެން ދެން ދަނީ އިނގޭ ގެއައް ، މަންމަ ހުންނާ މިހާރު އަހަރެން ގެ އިންތިޒާރުގައި މެންދުރު ނުކާ.” ކުރެކިފައިވާ އަޑާއެކު ލިޔުޝާ މިހެން ބުނެލިއެވެ. ” އޯކޭ ، މާދަން ރޭއަންނާއްޗޭ އިނގޭ” ލިޔާން ތުންފަތައް ހިނިތުން ވުމެއް ގެންނަމުން މިހެން ބުނެލިއެވެ.
މަގުމަތިން ހިނގާފާ ދިޔައިރުވެސް ލިޔުޝާ އައް ވިސްނެނީ ލިޔާން ބުނި އެއްޗަކާ މެދުއެވެ. އަދި ލިޔާން އާއެހެން އަންހެން ކުއްޖަކާ ދެމެދު ހޭދަވާ ލޯބީގެ ވަގުތު ކޮޅު އޭނާ އައް ބަލަން ހުރެވޭނެބާ އޭވެސް ހިތައްއަރަމުން ދިޔައީ އެތައް ފަހަރަކުއެވެ. ލިޔުޝާ އައް ހިޔާލުތަކުން ނިކުމެވުނީ ގެއާ ހިސާބައް އާދެވުމުންނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ލިޔުޝާ ހުރީ ލިޔާން ބުނެގެން އަތިރިމައްޗައް ދާން ތައްޔާރުވެގެންނެވެ. އައްގަނޑި ވިހިހާކައްހާއިރު ގޭން ނިކުމެގެން ލިޔުޝާ މިސްރާބުޖެހީ ގެއާ މާދުރުނޫން އަތިރިމައްޗަށެވެ.
ސީދާ އައްގަނޑި ބަޔައް އަތިރިމައްޗައް ލިޔުޝާ އާއިރު އެދިމާވަނީ އުއްބައްތިތަކުން ދިއްލާލާފައެވެ. ސާދަ ވިލޭރޭގެ ހަނދު އުޑުގައި ރަސްކަން ކުރަމުން ދާތީ އެދިމާ ވަނީ ރީތި އަލިއަކުން އަލިވެފައެވެ.
ރީއްޗައް އަތިރިމައްޗައް ފޭބިއިރު ލިޔުޝާ އައް ހުރެވުނީ އަޖައިބުވެފައެވެ. އެތަން ރީތިކޮއްފާ އޮއްލެއް ފުރިހަމަ ކަމައް ހިތާހިތުން ތަޢުރީފު ގެ ބަސް ކޮޅެއް އަމިއްލަ ހިތުގައި ރައްކާކޮއްލިއެވެ.
ދޮންވެލިތައްމަތީ ގައި ރަތް ކުލާގެ ފިނިފެން މަލުގެ ފިޔަތަކުން ވަނީ ހިތެއް ހެދިފައެވެ. އެހިތުގެ ތެރޭގާ ހަމަ ފިނިފެންމަކުގެ ފިޔައިން އައިލަވް ޔޫ ޖަހާފައި އިންއިރު ވަކި ނަމެއް ޖަހާފައެއް ނެތެވެ.
ލިޔުޝާ ވަށާގެން ވާ މާހައުލައް ނަޒަރު ހިންގާލީ ލިޔާން އާ ލިޔާން ލޯބި ހުށައަޅަން އުޅޭ ކުއްޖާ ފެން ނަން ނެތުމުންނެވެ. ވަށާގެން އެބުރުނުއިރުވެސް ލިޔާން މެން ފެންނަން ނެތުމުން ލިޔުޝާ ކުޑަކޮއް ބިރުގަތެވެ. ހާސް ވާ ގޮއްވިއެވެ. އެހެން ހުރެފާ ހުރިފަޅިނޫން އަނެއް ފަޅިއައް އެބުރުނު ލިޔުޝާ އައް ދެލޯބޮޑު ކޮއްލެވުނީ އޭނާ ގެ ކުރިމައްޗައް އެއްފާމައްޗައް ތިރިވެއިން ލިޔާން ފެނިފައެވެ. އެއްފާމައްޗައް ލިޔާން ތިރިވެގެން އިންއިރު އެއްއަތުގައި ރަތްކުލައިގެ ފިނިފެންމާ ބޮޑިއެއް އޮއިރު އަނެއްއަތުގައި ދަނބުކުލައިގެ މަހުމާ ފޮތީގެ ފޮއްޓެއް އޮތެވެ.
” ލިޔާން މީ ކޮންކަމެއް ތަ ، އަހަރެން މީ ތިބުނާ އަންހެން ކުއްޖާ އެއް ނޫނޭ ، އަހަރެން ފަހަތައް އެބުރިގެން ހުރީ މާނޭނގުނީ ދޯ” ލިޔާން ކަންތައް ކުރި ގޮތުން ހައިރާން ވެ ހުރެ ލިޔުޝާ ބުނެލިއެވެ.
” އަހަރެން ލޯބި ހުށައަޅަން އުޅޭ ކުއްޖާ ހުރީ އަހަރެން ކުރިމަތީ، އަހަރެން ލޯބިވަނީ ލިޔުޝާ ދެކެ، އައިލަވް ޔޫ ލިޔޫ، ތީ އަހަރެން ގެ ފުރަތަމަ ލޮއިއްބަކީ އަދި އެންމެ ފަހު ލޯބިވެސް މެ، އަހަން ނައް އެނގޭ ލިޔޫ ވެސް އަހަރެން ދެކެ ލޯބިވާކަން، ވެދާނެ އެހެންނޫނީ އެއީ އަހަން ނައް ވެވުނު ކުއްހީއަކައް ވެސް ، އެކަމަކު އަހަރެން ފުރަތަމަ ފަހަރައް ކުއްޖެއްދެކެ ލޯބިވާވާހަކަ ބުނި ދުވަހު ލިޔުޝާ އައް ވިވަރު އަހަރެން ދުށިން ، ދެން ބުނެބަލަ އަހަރެންގެ ޕޮރޮޕޯސަލް ޤަބޫލުކުރާނަން ތަ،” އެއްފައްޗަކައް ލިޔާން ހުރިހާ އެއްޗެއް ކިޔާލީ ނުތަނަވަސް ވެ ހުރެއެވެ.
” ލިޔާން” ލިޔުޝާ އައް ބުނެވުނީ މިހާ ހިސާބަށެވެ. ލޮލުން އެއްވެސް އިޙުތިޔާރެއް ނެތި ކަރުނަތައް އަންނައް ފަށާފިއެވެ. ނަމަވެސް އެއީ އުފާވެރި ކަމުގެ ކަރުނައެވެ. ފުރަތަމަ ވެވުނު ލޯބި ހާސިލް ވިއޭ ހިތައް އެރުމުން ތުންފަތައް ރީތި ހިނިތުން ވުމެއް ވެރިވިއެވެ. ކަރުނަވީ ދެލޮލާ އެކު ލިޔުޝާ ބޯޖަހާލިއެވެ. އަދި ކަނާއައް ދިއްކޮއްލިއެވެ.
ލިޔާން އައް އުފަލުގެ ކޮޅެއް ނެތެވެ. މާބޮޑި ލިޔުޝާ އަތައް ދީފައި އަތުގައި އޮއް މަހުމާ ފޮތީގެ ފޮށި ހުޅުވާފައި އޭގެ ތެރޭ އޮއް ރިހިކުލައިގެ އަނގޮއްޓިއެވެ. އެއަނގޮއްޓީ ގެ މެދުގައި އިން ހިތުތެރޭގައި ހުދުކުލައިގެ މެދުސައިޒުގެ ރީތި ޑައިމަންޑް އެއް އިނުމުން ނުލާހިކު ފުރިހަމައެވެ.
އަނގޮއްޓި އަޅުވާ ދީފައި ލިޔާން ލިޔުޝާ ގެނެސް އެއަތުތެރޭގައި ފޮރުވާލީ ދޫނުކޮއްލާނަމޭ ބުނާފަދައިން ނެވެ. ” އައިލަވް ޔޫ ލިޔޫ، ދުވަހަކު ވެސް ދޫކޮއްފައެއް ނުދާނައް،ލިޔޫ އާއެކު މުޅި ޢުމުރައް ވެސް ވާނަން އިންޝާ ﷲ، އެން ސޮރީ ފުރަތަމަ ލިޔޫ ތަޅުވާލެވުނީމާ ، އަސްލު ލިޔޫ އައް ސަޕްރައިޒް އެއްދޭން ވެގެން އެހެންވެ.” ލިޔުޝާ ގައިގައި ބާރައް ބައްދާލަމުން ލިޔާން މިހެން ބުނެލިއެވެ. ” އައިލަވްޔޫ މޯރް ލިޔާން ، އިޓްސް އޯކޭ އޭ ވަރައް ސަޕްރައިޒް އަސްލުވެސް.”
ދެން އެމާހައުލުގައި ގުގުމާލީ ދެ ލޯބިވެރިންގެ ހުނުމުގެ އަޑެވެ. ދެމީހުން ވެސް ވަނި އެކަކު އަނެކަކުއެންމެ ލޯބިވާ މީހާ ލިބުމުން އިންތިހާއައް ވެސް އުފާވެފައެވެ. އެރެއިން ފަށާ ގެން ލިޔާން އަދި ލިޔުޝާ ވެސް ވަނީ ލޯބިވެރިން ގެ ލިސްޓައް އިތުރުވެވިފައެވެ.
(ނިމުނީ)
6 Comments!
Comments are closed.




heii dear readers
here is my second short stry
hope u all will like it
love u all
stay safe readers
Story hama varah Reethi?
Excellent work darling ?
Love you more loawbii ?
❤️❤️❤️❤️Masha Allah V reethi vaahaka vx…& eneme furathama liunu vaahaka vx
???????????????????????Keep it up doonyaa
☺️Hope to see a new story of u
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Love u so much
Stay Safe & Tc
Wowww vvvvvvvvv reethi mi story you haadha molhey story liyan
BTW waiting for another stry
Stay safe and tc
Thank u sooo much luhoo for this lovely cmnt❤️❤️❤️
ahahah?? molutha galde to Hear that luhoo❤️❤️❤️
Yh insha Allah vrh avaha new stry eh genesdeyna ❤️❤️❤️???
Stay safe An take care luhoo❤️❤️❤️
Masha Allah V reethi mi story vx…keep it up..1st vaahaka vx varah reethi ingey
Waiting for the next story
Love u
Stay Safe & tc