Skip to content
އެސްފިޔަ

ހަހުރަ ( ޓްރެއިލާ )

މިވާހަކައަކީ ބިރުވެރި އަދި ލޯބީގެ ވާހަކައެކެވެ. މިވާހަކައިގައި 4 މީހެއްގެ ދިރިއުޅުމަށް އަލިއަޅުވާލާނެއެވެ. އެމީހުން ލޯބި ހޯދަން ކުރާ މަސައްކަތާއި އެލޯބި ކާމިޔާބުވާ ގޮތެވެ. ދިރިއުޅުމުގެ އަޑިގުޑަންތަކާއި އުސްގަނޑު ތަކެވެ. މިއީ ސަޖަން އާއި ރުހާން އަދި ރޫނާއާއި އަލްޔަސްގެ ދިރިއުޅުމަށް އަލިއަޅުވާލައިގެން ލިޔާ ވާހަކައެކެވެ.
ޝަޚްޞިއްޔަތުގެ ތައާރަފް:
___________________
ސަޖަން – ފަޤީރު ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެނަސް ސަކީނާއާއި މުހައްމަދުފުޅު ސަޖަން ބަލާބޮޑުކުރީ ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައެވެ. ހިތްތިރިވެފައި އޯގާތެރިއެވެ. ނަމަވެސް އެއީ ހަލަނި އަދި ލާނެތް ކުއްޖެކެވެ. އުމުރުން 18 އަހަރުގެ ސަޖަން އަކީ ހަމުގެ ކުލައަލި ކުއްޖެކެވެ. ރަން އިސްތަށަގަަނޑާއި އިހި ކަނދުރައެވެ. ހިތިފަތު ބުމައާއި ބޯ އެސްފިޔަތަކެވެ. ނާޒުކު ތުންފަތާއި ރީތި ބަށްޓަމަކަށްވާ ނޭފަތެވެ. އެއީ ރީތިކަމުގެ އިންތިހާއެވެ. ސަަޖަންގެ ނަސީބަކީ އެރީތިކަމެވެ. އަދި ސަަޖަންގެ ބަލިފަޔަކީވެސް ހަމަ އެރީތިކަމެވެ.
___________________
ރުހާން: މެދުފަންތީގެ އާއިލާއެއްގައިތިބި ދެކުދީންގެ ތެރެއިން ފިރިހެން ކުއްޖެކެވެ. އިސްލާމްްދީނާއި އަޚްލާގް އަދި ލަދު ހަޔާތަކީ ކޮބައިކަންވެސް 19 އަހަރުގެ ރުހާންއަަކަށް ނޭނގެއެވެ. އުޅެނީ ހިތުހުރި ގޮތަކަށެވެ. ނަސީމާއާއި ހުސައިންގެ އެއްވެސް ސިފައެއް އެދަރިފުޅގެ ނެތެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް އެއީ ފޫނެއްފަޔަށް ފެންފުރުންފަދަ ކަމެކެވެ. ކަރުގައި ރިހި ފަށެކެވެ. ކޮންމެ އިނގިއްޔަކަށް އަނގޮއްޓެއް ލައްވާފައިވެއެވެ. ކަންފަތާއި ނޭފަތް ތޮރުފާ އެއްޗެހި ލައްވާފައި ހުރެއެވެ، ދިގު އިސްތަށިގަނޑު ބުރިކަށީގެ މެދާއިހަމައަށް އަރައެވެ. ދޭތެެ ދޭތެރެއިން މަސްތުވާ ތަކެތީގެ މައްސަަލައެއް ނޫނީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރާނެއެވެ. އެއީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. ނަމަވެސް ރުހާންގެ އެނުބައި އަނދިރި ހަޔާތް އަލިކޮށްދެނީ ސަޖަންއެވެ.
____________________
ރޫނާ: ރޫނާއަކީ ރުހާންގެ ކޮއްކޮއެވެ. ރުހާންގެ އިދިކޮޅު ސިފަތައް މިލްކުކޮށްލައިގެންް ހުރި ކުއްޖެކެވެ. ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ. ބަސްމަދު މަޑުމައިތިރި ކުއްޖެކެވެ. 18 އަހަރުގެ އެ ނާޒުކު އަންހެން ކުއްޖާއަކީވެސް ހުތުރު ކުއްޖެއް ނޫނެވެ. ކުލައަލި ހަންގަނޑެވެ. ހިތުގެ ބަށްޓަމަށްވާ މޫނާއި ތުނި ތުންފަތެވެ. ބޮޑު ލޮލާއި ބޯ އެސްފިޔަތަކެވެ. މީގެ އިތުރުން ގުދުރަތުން ރޫނާއަށް ދިގު ފަން އިސްތަށިިގަނޑެއް ދެއްވާފައިވެއެވެ. ދީނަސް ލޯބިކުރާ އަޚްލާގު ރަނގަޅު ޒުވާނެއްވެސް މެއެވެ
______________________
އުމުރުން 20 އަހަރުގެ އަލްޔަސްއަކީ މުއްސަނދި އާއިލާއަކަށް އުފަން އަންހެންކުދިން ހިތްކިޔާކަހަލަ ސިފަަތަކެއްގެ ވެރިއެެކެވެ. ކުޑައިރު ބުނާއިރު ބޭނުންހާ އެއްޗެެއް ބުނާވަގުތު ހޯދައިދިނުމުގެ ހިތި ނަތީޖާއަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ކޮންމެ ގަޑިއަކު ބަދަލްކުރާ ބޮކްސާފަދައިން އަންހެން ކުދިން ބަދަލުކުރާނެއެވެ. ޒަމާނީގޮތުން ބުނާނަމަ ‘ ޕްލޭބޯއީ ‘ އެކެވެ. ނަމަވެސް މިކުޅިވަރުވެސް ހުއްޓި އޭނާއަށް އެންމެފަހުން ލޯބިވެވެނީ ރޫނާދެކެއެވެ.

ޓްރެއިލަރ ކަމުދިޔަ ކަމަށް ހީކުރަން، ފުރަތަަމަ ބައި ގެނެސްދެވޭނީ: 01/12/2020 ގައި

Comments (4)

  1. Luhoo

    Varah reethi… Heevey mi vaahaka v reethi vaane hn… Btw keep going… Gud luck for your exam
    Name change kurytha
    Tc n stay safe

  2. Aishath Shawa

    Amoaii.. is this a trailer… ehaa ehaa eh noon trailer eh.. bt luking forwrd.. best of luck ..vhk reethivaane kamah ummydhukuran.. gavaidhun up kohdheynekamahvx ummydhukuran?????

  3. ?Ril?

    Heii nerf
    Vrh heeveyy kuree stry hen mi stry vess reethi vaanehen
    Good luck in this stry
    Biruveri vaahaka eh dhw mee
    I kinda don’t like scary stories vrh biruganey hehehhe
    Ekamku vess nerf ge mi stry kiyaana ISA
    Btw Ril kurin baeh stry ge fahun up kohfaa in part ah vess cmnt eh publish eh nuvi kaneyge
    Waiting for it ingeyyyy
    See u soon
    Stay safe

    1. ?Ril?
      ?Ril?

      Baeh noon ingey kurin nerf up kuri stry ge vaahak bunefaa eynee hehehhe mistake dhw

Comments are closed.