Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭއިޙްތިޔާރުގައި 3

Azkii Level 110 Stories
November 4, 2020 7 Mins Read
0 Comments

” އާނ ތިނޫން ގޮތެއް ނެތް… އޭނަ ހޯދަން ވޭތުވެދިޔަ އަށްއަހަރު ތެރޭގައި އަހަންނަށް ނުކުރެވެނީ ކޮންކަމެއް… އެއްވެސް ސޯޝަލް މީޑިއާ އަކުންވެސް އަދި އެހެން ގޮތަކުންވެސް އަހަންނަށް އޭނައެއް ނުހޯދުނު… ހޯދުނު ނަމަވެސް އަހަންނަށް ކުރެވޭނެކަމެއް ނެތިސް ކަންނޭނގެ… އިޝާނީ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އިޝާނި އަހަރެންދެކެ ލޯބުވާވަރު އަހަންނަށް އެނގޭ.. އެހެންނޫނަސް އިޝާނީ ކާފަ އަހަރުމެންނަށްޓަކާ.. އަހަރުމެންގެ މަންމައަށްޓަކައި ކޮށްދިން ކަންތައް މަތިން ހަނދާން ނައްތާލާނީ ކިހިނެއް… އެމީހުންގެ ހިތްހަލާކުކޮށްލާކަށް އަހަންނަކަށް ނުކެރޭނެ… ” އެއްދިމާއަކަށް ބަލަހައްޓައިގެން އިނދެ މަނަން ބުންޏެވެ. ޔުމްނާއަށް މަނަންގެ ބުރަކަށީގައި ފިރުމާލެވުނީ މަނަންގެ ހާލާއިމެދު ހަމްދަރުދީވާ ހާލުގައެވެ.

ޒަހުވާއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާމްވާ އަޑަށެވެ. ކަންނެތް ކަމާއި އެކު ފޯނު ނަގާ އެލާމް ކަނޑާލުމަށްފަހު ގަޑިބަލާލިއެވެ. ފަތިހު ފަހެއް ޖެހީއެވެ. އަވަހަށް ތެދުވެ ފެންވަރާލައިގެން ފަތިސް ނަމާދުކުރިއެވެ. ހެނދުނުގެ ޒިކުރުތައް ކިޔާ ނިންމާލުމަށްފަހު ބަދިގެއަށް ދިޔައީ މީރުކޮފީއެއް ތައްޔާރުކޮށްލުމަށެވެ. މިއަދުމީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަސްކަމަށްވުމާއި އެކު ހަށިގަނޑުގައި ހަކަތަ ބަހައްޓަން ޒަހުވާ ބޭނުންވެއެވެ. ބަދިގެއަށް ވަންއިރު އިރާދާ ބަދިގެ ތެރޭގައި ހަރަކާތްތެރި ވަމުންދިޔައެވެ. ދުވާ ކޮފީގެ މީރުވަހުން އިރާދާ ކޮފީ ތައްޔާރުކުރަނީކަން ޒަހުވާއަށް އެނގުނެވެ.

” ޒަހުވާ!! ކޮފީ ބޯން ދޯ ތިއައީ.. ދޭ މޭޒުކައިރީގައި އިށީންނަން. ދައްތަ އެބަދަން ކޮފީއެއް ހަދައިގެން… ” އިރާދާ ހިތްހެޔޮކަމާއި އެކު ބުންޏެވެ.

” ނޫން ދައްތާ އެންމެ ރަނގަޅޭ އަޅުގަނޑު ކޮފީއެއް ހަދާލަފާނަން..” ޒަހުވާ ބުންޏެވެ.

” ދައްތަ ހަދާ ކޮފީ ނުބައެއް ނުވާނޭ… ދޭބަލަ.. ކޮންކަހަލަ ކޮފީއެއްތަ ޒަހުވާ ބޮނީ..” އިރާދާ ހިނިތުންވެލަމުން ބުންޏެވެ.

” ނުބައިވީމައެއްނޫނޭ..ހެހެހެ… އޯކޭ ކަޅުކޮފީއެއް.. ” އެހެން ބުނެލަމުން ޒަހުވާ ގޮސް ކާގެއަށް ވަނެވެ. މޭޒުކައިރީގައި ފޯނާއި ކުޅެން އިން ރަވާން ފެނުމުން ޒަހުވާ ޖެހިލުންވާ ގޮތްވިއެވެ. އަނބުރާލާފައި ދާން އުޅުނު ވަގުތު ހުއްޓެން ޖެހުނީ ރަވާންގެ އަޑުއިވިފައެވެ.

” އަހަރެންނަކީ ހަފައި ކާ އެއްޗެއް ނޫން… މިފަހަރުވެސް ތިއުޅެނީ މަންމަ ލައްވާ އަހަންނަށް ލެކްޗަރެއް ދޭންތަ… ” ބަދިގޭގައި ހުންނަ މީހަކަށް ނީވޭގޮތަށް މަޑުމަޑުން ރަވާން ބުންޏެވެ. ޒަހުވާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަކަށް ބޯހޫރާލަމުން އައިސް މޭޒުގެ އަނެއް ފަރާތުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ދެއަތް މޭޒުމަތީގައި ބާއްވާލަމުން ދެއަތް ދެއަތާ މޮޑެން ފެށީ ކަންބޮޑުވެފައި އިނދެއެވެ. ރަވާންގެ މޫނަށް ޒަހުވާ ބަލާލީ ވާހަކައެއް ބުނަން ބޭނުންވެފައި އިން ފަދައަކުންނެވެ.

” އަހަރެންގެ މޫނުމަތީގައި އެއްޗެއް ލިޔެފަ އޮތީތަ އެވަރަށް ތިބަލަނީ…” ޒަހުވާގެ ބެލުމުން އުނދަގޫވެ ފޯނަށް ބަލަހައްޓައިގެން އިނދެ ރަވާން ބުންޏެވެ. އަވަސްއަވަހަށް ޒަހުވާ އިސްޖަހާލީ ލަދުގަތްވަރުންނެވެ.

” ނޫން… އަސްލު… މާފަށް އެދެން ބޭނުންވެފަ މިހުންނަނީ… އެދުވަހު ޒަހޫއަށް ކުރެވުނީ ވަރަށް ސިލީ ސުވާލެއް… އައި ޝުޑުންޓް ހޭވް އާސްކްޑް އަ ސްޓުޕިޑް ކުއެޝަން ލައިކް ދެޓް.. އޭރު އަސްލު އިޝާނީ އެއީ ކާކުކަންވެސް އޭރު ޒަހޫއަކަށް ނޭނގެ.. އެހެންވެ އައި ކުޑުންޓ ސޭ އެނީތިންގް.. ” ޒަހުވާ އިސްޖަހާލައިގެން އިނދެ ބުންޏެވެ. ރަވާން ފޯނުން ނަޒަރުން ވަކިކޮށްލާ ޒަހުވާގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން މައުސޫމުކަމާއި ތެދުވެރިކަން ނޫންއެއްޗެއް ރަވާންއަކަށް ނުފެނުނެވެ. އެހެން އަންހެންކުދިންނާއި ތަފާތުކަމެއް ޒަހުވާގެ ކިބައިގައި ވެއެވެ.

” އިޓްސް އޯކޭ.. މައި ފޯލްޓް ޓޫ….” ރުންކުރު ބަހެއް ބުނަން ނުކެރި ރަވާން ތަންކޮޅެއް މަޑުމައިތިރިކަމާއި އެކު ބުންޏެވެ. ޒަހުވާއަށްވެސް ބަލާލެވުނީ ރަވާން ޖަވާބުދިންލެއް މަޑުމައިތިރި ކަމުންނެވެ.

” އަސްލު ހުރިހާވެސް ނުބަޔަކީ އެއިޝާނީ… އައި ޖަސްޓް ހޭޓް ހަރ… ނުބެހެވޭ ކަމެއް ނޯންނާނެ… މާ ގަޓު  މީހަކަށް ވެގެން އުޅޭނީ… އެކަމަކު ހަމަ ބޮޑު ކަވަރޑްއެއް އެއީ… މާރީތިމީހަކަށް ވެގެން އުޅޭނީ މީހުންނަށް ދައްކަން ވެގެން… އެކަމަކު އެއްވެސް ރީތިކަމެއް ހުރި އަންހެނެއްނޫން އެއީ.. ޒަހުވާވެސް އޭނައާއި އެއްކޮށް ވަރަށް ބަލައިގެން އުޅޭނީ… އެއީ އެހެން މީހުންގެ އިހުސާސްތަކަށް ޤަދަރުނުކުރާ ހިތްހަރު އަންހެނެއް…” ރަވާން ފައްޗަކަށް އަމުނާލިއެވެ. ޒަހުވާ އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ޒަހުވާ އެންމެ ބޮޑަށް ފާހަގަވީ ރަވާންގެ ފަހު ޖުމްލައެވެ. އެޖުމްލަ ބުނެލިއިރު ރަވާންގެ އަޑުގައި ހިތާމަވެރި އަސަރެއް ހުރިކަން ޙުދު ރަވާނަށްވެސް ފާހަގަވިހެނެއް ހިޔެއްނުވެއެވެ. އެހެންނޫނީ އެއީ ޒަހުވާއަށް ހީވިގޮތެއް ކަމަށްވެސް ވެދާނޭ ޒަހުވާގެ ހިތަށް އެރިއެވެ.

” މޯނިން ޒަހޫ…. ” ފަހަތުން އިވުނު ރަމްޝާގެ އަޑާއިއެކު ޒަހުވާ ފަހަތަށް ބަލާލިއެވެ. ކާގެއަށް ވަދެގެން އައި ރަމްޝާގެ މޫނުމަތީގައި އަދިވެސް ވަނީ ނިދީގެ އަސަރެވެ. ޒަހުވާއަށް ހިނިތުންވުމެއް ދެމުން ރަމްޝާ ޒަހުވާ ކައިރީގައި ހުރި ގޮނޑިދަމާލާފައި އިށީނެވެ. އެވަގުތުވީ ކޮފީ ތައްޔާރުކޮށްގެން އިރާދާ ނިކުތް ވަގުތަށެވެ.

” ބަލާބަލަ މަންމާ.. މަންމަ ބުނާނެ ކޮއްކޮއަށް ހެޔޮކޮށް ހިތާށޭ.. އެކަމަކު ވަންގޮތަށް އެބަނޑުއެއްބަފާ ބޭބެ އިންދާ މާދުރުމީހުންނަށް ހެނދުނުގެ ސަލާމް އެގޮވަނީ… ” ރަވާން ޝަކުވާކޮށްލިއެވެ. ރަމްޝާ ދަތްތަކަށް ބާރުކޮށްލަމުން ރަވާންއާއި ދިމާއަށް ކަޅިއަޅާލިއެވެ.

” ރަމްޝާ ކޮންވައްތަރަކަށް ތިއުޅެނީ.. ރަވާން އަކީ ރަމްޝާގެ ހުރި ހަމައެކަނި އެއްބަނޑު މީހަކީ.. ރަނގަޅަށް ބަހެއް ނުބުނެވޭ ތާނގައި އިޙުތިރާމްކުރަން ދަސްކޮށްބަލަ” ރަމްޝާއަށް ކޮފީތަށި ދެމުން އިރާދާ ބުންޏެވެ. ރަމްޝާ ވަކިއެއްޗެއް ނުބުނު ކޮފީތަށިން ކޯވަރެއް ބޯލީ ރަވާންއާއި ދިމާއަށް ކަޅިއަޅާލަމުންނެވެ.

” ދައްތާ ކޮބާ އާޒިމްބެ…” ޒަހުވާ އަހާލިއެވެ.

” މިސްކިތަށް ދިޔަ ގޮތަށް އަދި ނާދޭ.. ޔަގީން މިހާރު ގުރޫޕު އެއްކޮށްގެން ވާހަކައިގަ ކަން ތިބޭނީ.. އަންހެނުނަށްވުރެ ކަންތައް ބޮޑުބައެއް އެއީ ހުވާ…” އިރާދާގެ ޖަވާބު އައި ގޮތުން ޒަހުވާއާއި ރަމްޝާއަށް ހެވުނެވެ.

” ރަމް ޑިއުޓީ ތަ… ” ޒަހުވާ އަހާލިއެވެ.

” ނޫން.. ޒަހޫ ފަރސްޓް ޑޭ ދޯ… ކަންބޮޑުނުވޭ އިޝް އުޅޭނެ.. މިއަދު އިންނާނެ ހުރިހާ އިސް ޑޮކްޓަރުންނާއި އަލަށް ޖޮއިން ކުރި ދެކުދިންގެ މީޓިން އެއް.. އެތާނގަ އިންނާނެ އިޝްވެސް.. ކޮޒް އިޝްގެ އެޕްރޫވަލް ބޭނުންވާނެ ހޮސްޕިޓަލްގެ ކޮންމެ ނިންމުމެއްގަވެސް..ޕްލަސް އިޝް އަކީ ނަރސަސް ޑިޕާރޓްމެންޓްގެ އެންމެ އިސްމީހާ އެންޑް އިޝް ވަރަށް ހިތްހެޔޮވާނެ.. ސޯ ނޯނީޑްޓު ވޮރީ…” ރަމްޝާ ބުނެލިއެވެ. ރަމްޝާ އިޝާނީގެ އެހާ ތަޢުރީފު ކުރާއިރު ޒަހުވާއަށް ރަވާންއާއި ދިމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ރަވާން އިންގޮތުން ޒަހުވާ ކައިރިއަށް ހިނިއައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިނދާލިއެވެ.

 

………………………….

ވަޒީފާއަށްދާން ތައްޔާރުވަމުން ދިޔައިރު ޒަހުވާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ފުރަތަމަ ދުވަސްކަމަށްވުމާއި އެކު ޒަހުވާ ލައިގެން ހުރީ އޭނާގެ މަންމަ ދީމާގެ އަތުން ފަހާފައި ދިން ހެދުމެކެވެ. ހުދުކުލައިގެ ހެދުމުގެ ރަތާއި އޮރެންޖް ކުލައިގެ ކުދިމާތަކެއް ޖަހާފައިވާއިރު އޭގެމަތިން ހުދު ކުލައިގެ ކާޑިގަންއެއް ލާފައިވެއެވެ. ރަތްކުލައިގެ ޝޯލް އަޅާލާފައި ހުރިއިރު އެމޫނުގެ ދޮންކަން އިތުރުވެފައިވެއެވެ. މަޑުރަތްކުލައިގެ ގްލޯސްއެއް ޖައްސާލުމަށްފަހު މަޑުމުށިކުލައިގެ ކޮންޓެކްޓް ލެންސް ލޮލަށް ލައްވާލިއެވެ. އެންމެ ފަހު ކަމަކަށް ޒަހުވާއަށް އެންމެ މީރުވަސް ދުވާ ޑާރެޖް ސެންޓް ފުޅިން ސެންޓްކޮޅެއް ބުރުވާލުމަށްފަހު ދަބަހާއި ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އެވަގުތުވީ ފުލުހުންގެ ޔުނިފޯރމްގައި ހުރި ރަވާންވެސް ކޮޓަރިން ނިކުތްވަގުތަށެވެ.

” ރަވާން ދަރިފުޅާ ޒަހުވާ ހޮސްޕިޓަލަށް ލައިދީފަ ދާންވީނު…” ގޯތިތެރެއަށް ނިކުންނަން ދިޔަ އިރާދާ ބުންޏެވެ. ރަވާން އެއްޗެއް ބުނަން އަނގަހުޅުވާލާފައިވެސް ހުއްޓުނީ ޒަހުވާ ވާހަކަ ދައްކަން ފެށުމުންނެވެ.

” އެއްޗެއް ހީނުކުރާތި ދައްތާ.. ޒަހޫ އެއްވެސް ފިރިހެނެއްގެ ސައިކަލު ފަހަތަކަށް ނާރަން… އެހެންނޫނަސް ޒަހޫ ބޭނުންވަނީ ހިނގާލާފައި ދާން… އިއްޔަގަ ރަމްއާއި އިޝް ހޮސްޕިޓަލަށްދާނެ މަގު ދަސްކޮށްދިން…” ޒަހުވާ ބުންޏެވެ.

” އެހެންތަ.. ﷲ ތަޢާލާ ޒަހުވާއަށް ހެޔޮ ރަހުމަތް ލައްވާށި..” އެހެން ބުނުމަށްފަހު އިރާދާ ގޯތިތެރެއަށް ނިކުމެގެން ދިޔައެވެ. ރަވާންއަށް ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ. މިޒަމާނުގައި ޒަހުވާ ކަހަލަ އަޙުލާޤު ރަނގަޅު ކުދިން މަދުވާނެކަން ޔަގީނެވެ. ޒަހުވާ ނިކުމެގެން ދިޔައިރުވެސް ރަވާންއަށް ޒަހުވާއާއި ދޭތެރޭގައި ވިސްނާލަން ހުރެވުނީއެވެ.

 

 

” މިއަދު އަލަށް ޖޮއިން ކުރާ ދެކުދީންގެ އިންފޯ ފޮނުވާފަތަ އިނީ” ހޮސްޕިޓަލްގެ އޮފީސް ބައިގެ އޮފީހުގެ ކުޑަދޮރުން ބޭރުން ބަލަންހުރި މަނަން ، ހެޑް ޑޮކްޓަރ ފަރާޝް ކައިރީގައި އަހާލިއެވެ. ފަރާޝްއަކީ އެތެރެހަށީގެ ޑޮކްޓަރުންގެ އެންމެ އިސް ޑޮކްޓަރެވެ. ހޮސްޕިޓަލްގެ އެންމެ އިސް ޑޮކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ސަރޖަން ޑރ މަނަން އާއި އިންޓަރަނަލް މެޑިސިން ޑރ ފަރާޝް އާއި ސައިކިއޭޓްރީ ޑރ މަލްދާ އަދި ކާރޑިއޮލޮޖީ ޑރ ޝިމާޒެވެ. އޭގެ އިތުރުން އިޝާނީ އެވެ.

 

” އާނ އެބައިން ފޮނުވާފަ… ނަޒީލާ ކިޔާ ކުއްޖަކާ ޒަހު…ރާ… ކިޔާކުއްޖެއް… ވެއިޓް” ލެޕްޓޮޕަށް ބަލަހައްޓައިގެން އިނދެ ޑރ ފަރާޝް ބުންޏެވެ. ފަހުން ބުނި ނަން އަޑިއިވި މަނަންގެ މެޔަށް ފިނިވެގެން ދިޔައެވެ.

” މިކުއްޖާގެ ނަން މީނދީ އޮޅިފަހެން ހީވަނީ.. އައި ޑީ ކާޑުގަ އިނީ އެހެންނަމެއް އިންފޮމޭޝަން ފޯރމްގަ މީނދީ އެހެން ނަމެއް…” ޑރ ފަރާޝް ބުންޏެވެ.

” ކޮންނަމެއްތަ އަސްލު ކިޔަނީ…” ފަރާޝްއާއި ވީ ފަރާތަށް އެނބުރިލަމުން މަނަން އަހާލިއިރު މަނަންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ޑރ ފަރާޝްއަށް ނަން ބުނެވުމުގެ ކުރިން ސެކެޓްރީއެއް ކަމުގައިވާ ލިޔާނާ ޓަކިޖަހާލާފައި އެތެރެއަށް ވަނެވެ.

” ޑރ… ދެކުދިން އައިސް އެބަތިބި.. އެތެރެއަށް ވައްދަން ވީތޯ…” ލިޔާނާ އަހާލިއެވެ. ޑރ ފަރާޝް ބަލާލީ މަނަންއަށެވެ.

” ޑރ މަލްދާ އިޒް ސިކް… ޑރ ޝިމާޒަކީ ދުވަހަކު ގަޑިއަށް އަންނަ މީހެއް ނޫން… އިޝާނީއަށް އާދެވޭނީ ކާފައަށް ބެރޭކްފާސްޓް ދީފަ.. ސޯ އައި ގެސް އިޓްސް ޔޫ އެންޑް މީ” ޑރ ފަރާޝްއަށް ބަލާލަމުން މަނަން ބުންޏެވެ. ޑރ ފަރާޝް އަތުގެ އިޝާރާތުން ދެކުދިން އެތެރެއަށް ވެއްދުމަށް ބުންޏެވެ އެވަގުތު މަނަން ފޯނުނަގާ ޑރ ޝިމާޒަށް ގުޅަން މަސައްކަތްކުރަން ފެށިއެވެ.

” ނަޒީލާ އާއި ޒަހުވާ ދޯ.. އިށީންދޭ…” ޑރ ފަރާޝް ހިތްހެޔޮކަމާއި އެކު އެތެރެއަށް ވަން ނަޒީލާއާއި ޒަހުވާއަށް ބުންޏެވެ. ޒަހުވާގެ ނަން އިވި މަނަންއަށް އެދިމާއަށް ބަލާލެވުނީ ކުއްލިއަކަށެވެ. އެވަގުތުވީ ޒަހުވާ ވެސް މަނަންއާއި ދިމާއަށް ބަލާލި ވަގުތަށެވެ. ޒަހުވާގެ މުޅި ހަށިގަނޑަށް ފިނިވެ މީހާ ގަނޑުވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ ސޫރަ ފެނި ޒަހުވާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މިރަށައް އައި ހަޤީޤީ މަޤްސަދު މިފަދަ ގޮތަކަށް ފެނިދާނެކަމަކަށް ޒަހުވާއަށް ހީކުރެވިފައެއް ނެތެވެ. ކުރެވެމުން ދިޔައީ ހުރިހާ އިޙުސާސެއް އެކުވެފައިވާ ކަހަލަ އިހުސާސެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

” މާ…ން…” ތުންފަތް ހަރަކާތް ކުރިނަމަވެސް ޒަހުވާގެ އަޑެއް ނުނިކުތެވެ. ހިންދިރުވާލަމުން ޒަހުވާއަށް ހެވެން އުޅުނެވެ. ނަމަވެސް ދެވަނަ ހިނދުގައި ހިތަށް ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައީ ކީއްވެކަމެއް ނޭނގުނެވެ. ހިތަށް ކުރަމުންދިޔަ ފުންއަސަރު ޒަހުވާގެ ދެލޮލުން ކަރުނައިގެ ސިފައިގާ ފާޅުވަމުން ދިޔައެވެ.

މަނަންގެ ހާލު އެއަށްވުރެ މާގޯހެވެ. އަތުން ކޮފީތަށިވެއްޓި މުޅިތަނަށް ބުރައިގެން ދިޔައީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ކުރިމަތިން ފެންނަމުން ދިޔައީ މިހުރިހާ ދުވަހު އޭނާ ހޯދަން މަސައްކަތްކުރި އަންހެންކުއްޖާއެވެ. ވޭތުވެދިޔަ އަށްއަހަރު ތެރޭގައި އެކިގޮތް ގޮތުންވެސް ހޯދާ ނުފެނުނު މީހެއް މިފަދަ ގޮތަކަށް ފެނިދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ. ޒަހުވާއަށް ގޮވާލަން ބޭނުންވިނަމަވެސް ދޫހަރަކާތެއް ނުކުރިއެވެ. އަތްފައި ގަނޑުވެ މުޅި މީހާ ދާހިއްލާލީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޒަހުވާގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުން މިވަގުތު ޒަހުވާވެސް ހުރީ އޭނާ ހުރި ކަހަލަ ހާލަތެއްގައިކަން މަނަންއަށް ވިސްނުނެވެ.

“ޑރ.. މަނަން.. ޑރ މަނަން.. އާ ޔޫ އޯކޭ…” މަނަން އަށް ހޭވެރިކަންވީ އޭނާގެ ކޮނޑުގައި ޑރ ފަރާޝް ހިފައި ތަޅުވާލުމުންނެވެ. ހުރެވުނީ އޭނާ މަސައްކަތް ކުރާ ތަނުގައި ކަމާއި ކުރިމަތީގައި އެތިބީ އޭނާގެ މުވައްޒަފުންކަންވެސް އިހުސާސް ކުރެވުނީ ދެނެވެ.

” ސޮރީ… ލިޔާނާ މަސައްކަތުމީހެއް ފޮނުވާ މިތަން ސާފުކޮށްލަން…” މީހާ ހަމައަކަށް އަޅުވާލަން މަސައްކަތް ކުރަމުން މަނަން ބުންޏެވެ. އޭރުވެސް ޒަހުވާ އެހުރިގޮތަށް މަނަންއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ލިޔާނާވެސް ބޯޖަހާލުމަށްފަހު އެތަނުން ނިކުތެވެ.

 

” ޒަހުވާ… ނަޒީލާ އަވަހަށް އިށީނދެލާ” މަނަންވެސް ގޮނޑީގައި ހަމަޖެހިލުމާއި އެކު ފަރާޝް ބުނެލިއެވެ. ޒަހުވާ މަޑުމަޑުން އައިސް އިށީން އިރުވެސް އޭނަގެ ނަޒަރުވަނީ މަނަންއަށް ހުއްޓިފައެވެ. މަނަންއަށް ވާހަކަ ދައްކަން ނުފެށިގެން އުޅެނިކޮށް އެތެރެއަށް ވަދެގެން އައީ އިޝާނީއެވެ.

” ސޮރީ ސޮރީ.. ވަރަށް ލަސްވެއްޖެ ދޯ…” މަނަން ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށިންނަމުން އިޝާނީ ބުންޏެވެ. ޒަހުވާ ފެނުމުން ހިނިތުންވެލަމުން އަތުން ހަނާއަޅާލީ ހިތްހެޔޮކަމާއި އެކީގައެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދިޔައިރުވެސް ޒަހުވާގެ ނަޒަރު އިރުއިރުކޮޅާ މަނަންއަށް ދަތުރުކޮށްލައެވެ. މަނަންއަށް ވާހަކަ ދައްކަން އުނދަގޫވެގެން އުޅޭހެން ހީވުމުން އޭނާގެ ބައިވެސް ކުރިއަށް ގެންދިޔައީ ޑރ ފަރާޝްއެވެ. މަނަންގެ ޠަބީޢަތަށް އައި ކުއްލި ބަދަލުގެ ސަބަބުން އިޝާނީގެ އިތުރުން ފަރާޝްވެސް އިނީ އަޖައިބުވެ އަންތަރީސްވެފައެވެ.

ބައްދަލުވުން ނިމުމާއި އެކު މަނަން އިންތަނުން ތެދުވީ ކުއްލިއަކަށެވެ. އެތާތިބި އެހެންމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

” ސޮރީ.. އަހ… އައި ނީޑް ޓު ގޯ ސަމްވެއަރ.. ބާކީ އިންސްޓްރަކްޝަން އިޝާނީ ކިޔައިދޭނެ..ވެލްކަމް ޓު ހަސީ ކެއަރ ހޮސްޕިޓަލް… ހޭވް އަ ގުޑް ޑޭ…” ޒަހުވާއާއި ނަޒަރު ސީދާ ނުކުރަން މަސައްކަތް ކުރަމުން މަނަން ބުންޏެވެ. އެއަށްފަހު އޭނާގެ ހުދުކުލައިގެ ކޯޓާއި ސްޓެތޮސްކޯޕް ހިފައިގެން އެތަނުން ނިކުތެވެ. ޑރ ފަރާޝް އިޝާނީއަށް ބަލާލުމުން އިޝާނީވެސް ދެކޮނޑުއަރުވާލީ އޭނައަށްވެސް ވީގޮތެއް ނޭނގޭކަމަށް ބުނުމުގެ ގޮތުންނެވެ.

” ސޯ… ތިންމަސް ވަންދެން ކޮންމެ ކުއްޖެއްވެސް ވަރކ ކުރާނީ އެކި ޑިޕަރޓްމެންޓް ތަކުގަ… އެގޮތުން ކޮންމެ ޑިޕަރޓްމެންޓެއްގަ ވަރކް ކުރަންޖެހޭނީ ހަފްތާއެއް ވަނދެން… ޑިއުޓީތައް ހަމަޖައްސާނީ އެޑިޕާރޓްމެންޓެއްގައި ހުންނަ ހެޑް ނަރސް… ދެން އިތުރު މައުލޫމާތެއް ބޭނުންވިއްޔާ އަޅުގަނޑަށް ކޮންޓެކްޓް ކޮށްލަދެއްވާ.. އެހެންވީމަ މިއަދު ނަޒީލާ ޑިއުޓީ ސްޓަރޓް ކުރާނީ އެމަރޖެންސީ ރޫމުން… އެންޑް ޒަހުވާ ސްޓަރޓް ކުރާނީ ގައިނީ ޑިޕަރޓްމެންޓުން…ސޯ ގުޑް ލަކް.. ހޭވް އަ ނައިސް ޑޭ… އަވަހަށް ދާންވީ ޑިއުޓީއަށް ޖޮއިން ކުރަން…” އިޝާނީ ހިނިތުންވެލަމުން ބުންޏެވެ. ނަޒީލާގެ ފަހަތުން ޒަހުވާވެސް އެތަނުން ނިކުންނަން ދިޔައެވެ. އެނާގެ ސިކުނޑީގައި ބޮޑު ހައިޖާނުގަނޑެއް އުފެދިފައިވާ ކަހަލައެވެ. ލިފްޓާއި ދިމާއަށް ދިޔަވަގުތު ހުއްޓެން ޖެހުނީ އިޝާނީ ގޮވާލި އަޑުއިވުމުންނެވެ.

” ހާދަ ފާޑަކަށް ތިހުންނަނީ.. މޫނު ހީވަނީ ހުދުކަފަކޮޅަކަށް ވެފަ ހުރިހެން… ވަރަށް ބިރުންތަ ތިހިރީ…” ލިފްޓުގެ ފިތަށް ފިތާލަމުން އިޝާނީ އަހާލިއެވެ.

” ޑރ.. މަ..މަނަ..ން…” ޒަހުވާއަށް ބުނެވުނެވެ.

” އޯވްހް…. ޑރ މަނަންގެ ބިހޭވިއަރ ހެދި ނަރވަސްވެފަ ދޯ ތިހުންނަނީ.. ޑޯންޓް ވޮރީ މަނަން އެއީ ވަރަށް ނައިސް މީހެއް.. އެއަށްވުރެ ހިތްހެޔޮ ރަނގަޅު ޑޮކްޓަރެއް މުޅިމި ހޮސްޕިޓަލްގައިވެސް ނުހުންނާނެ.. އެއީ އެންމެ ސްވީޓް އެންމެ މޮޅު އެންމެ ހޭންޑްސަމް ޑރ..” ލިފްޓު ހުޅުވުމާއި އެކު ލިފްޓަށް އަރަމުން އިޝާނީ ބުންޏެވެ. އިޝާނީގެ ފަހަތުން ޒަހުވާވެސް ލިފްޓަށް އެރިއެވެ.

” އިޝް ދަންނަ މީހެއްތަ ޑރ މަނަން އެއީ.. ” ޒަހުވާ އެސުވާލުކޮށްލީ ލިބޭނެ ޖަވާބުން އޭނާގެ ހިތްކުދި ކުދިވާނެކަން ނޭނގޭ ހާލުގައެވެ.

” ހެހެހ.. އަހަންނަށްވުރެ ބޮޑަށް އެނގޭނެ މީހަކު ހިޔެއް ނުވޭ ދެން ހުންނާނެހެނެއް… ޑރ މަނަން އެއީ އަހަރެންގެ ޓު ބީ ހަޒްބަންޑް… ހީ އިޒް ދަ ލަވް އޮފް މައި ލައިފް.. ވީ އާރ ގޮއިން ގެޓް މެރިޑް ވެރީ ސޫން…” އިޝާނީގެ ޖުމްލަތައް ޒަހުވާއަށް އިވެމުން ދިޔައީ ހޮނު ގުގުރި ތަކެއް ފަދައިންނެވެ. ކޮންމެ ލަފްޒެއް ޒަހުވާގެ ހިތަށް ހެރޭ ތޫނު ކަށިތަކެއް ފަދައެވެ. ހިނިތުންވާންވެސް ނޭނގިފައި ގަނޑުވެފައި ހުރެވުނީއެވެ.

” ނުފައިބަންތަ…” ލިފްޓު ހުޅުވުމުން ފައިބާން ދިޔަ އިޝާނީ އަހާލިއެވެ.

” ޒަ.. ޒަހޫ އެ.. އެއްޗެއް ހަނދާންނެތި ބާ..ބާއްވާފަ މިއައީ..” އުނދަގުލާއި އެކު އެހެން ބުނަމުން ޒަހުވާ ލިފްޓު ކްލޯޒްކޮށްލީ އިޝާނީއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީއެވެ. އިޝާނީވެސް މާބޮޑު ކަމަކަށް ނުހަދާ ކުރިއަށް ހިނގައިގަތެވެ.

 

ހޮސްޕިޓަލްގެ ޓެރަސް މަތީގައި ދެޖީބަށް އަތްޖަހައިގެން ކޮޅަށް ހުރި މަނަންގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަމުން ދިޔަ މޫދަށެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ކިތަންމެ ހިތްގައިމު ނަމަވެސް ހިތަށްވެރިވެފައި ވަނީ އިންތިހާ ދަރަޖައިގެ ނުތަނަވަސްވެރިކަމެވެ. އަށްއަހަރުއްސުރެ ހިތުގައި ރަސްކަން ކުރަމުން ދިޔަ ހިތުގެ ރާނީ ހޯދުމަށްޓަކައި މަނަންއަށް އެތައް މަސައްކަތެއް ކުރެވުނެވެ. މީގެ ދެތިން ދުވަސްކުރިން ފެނުނު ނަމަވެސް އެހިތުގެ ރާނީ އޭނާގެ މިލްކަކަށް ހެދިސްކަން ޔަގީނެވެ. ނަމަވެސް މިއީ ތަޤުދީރު ނިޔާކުރިގޮތެވެ. އިޝާނީ ކައިރީގައި ކައިވެނިކުރަން ބުނެވި ދުވަސްވެސް ކަނޑައެޅިއްޖެއެވެ. ދިރިހުރުމުގެ އެއްވެސް އުއްމީދެއް ނެތް މުސްކުޅިއަކާއި އަޅާލާނެ އިތުރުމީހަކު ނެތް އެކަނިވެރި އަންހެންކުއްޖެއްގެ ހިތްހަލާކުކޮށްލާނެ ހިތްވަރެއް މަނަންގެ ކިބައަކު ނެތެވެ. މަނަންގެ ހިތުގެ ރާނީ އޭނާއަށް ފެނުނުއިރު ވަގުތުމިވަނީ ވަރަށް ބޮޑަށްވެސް ފާއިތުވެފައެވެ. ދެން ކުރެވޭނެ އިތުރުކަމެއް ނެތެވެ. ޒަހުވާ މަތިން ހަނދާން ނައްތާލަން އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ޒަހުވާ އެވަރަށް ކުރިމަތިން ފެންނައިރު ހަނދާން ނައްތާލެވޭނެ ކަމާއި މެދު މަނަން އަށް ޝައްކެވެ. ފިރިހެނެއް ނަމަވެސް ލޯބި ނުލިބުމުގެ ސަބަބުން ހިތަށް ކުރަމުން ދިޔައީ ވަރަށްވެސް ފުން އަސަރެކެވެ. އިރުއިރުކޮޅާ ހިންދިރުވަމުން ދިޔައީ ނުރޯން ކެތްތެރިވަމުންނެވެ.

 

މުޅި ދުވަހު ޒަހުވާއަށް އެއްވެސް މަސައްކަތެއް ރަނގަޅަކަށް ނުކުރެވުނެވެ. ހިތަށް ކުރަމުން ދިޔަ ފުންއަސަރާއި އެކު ރޯން ބޭނުންވި ނަމަވެސް ޒަހުވާ ކެތްތެރި ވެވޭތޯ ބެލިއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތުގައި ފަރުވާ ކުޑަ ކުރެވި ޑިޕާރޓްމެންޓް ހެޑްގެ ފަރާތުން ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނެވެ. ޑިއުޓީ ނިމުމާއި އެކު އެންމެ އިރުކޮޅަކުވެސް މަޑުނުކޮށް ދަބަސް ހިފައިގެން ގެއަށް ދާން ޒަހުވާ ހިނގައިގެތެވެ. ހޮސްޕިޓަލުން ނިކުންނަން އައި ވަގުތު މިފަހަރުވެސް ހުއްޓެން ޖެހުނީ އިޝާނީގެ އަޑުއިވިފައެވެ.

” އާރ ޔޫ އޯކޭ ޒަހޫ… ހެޑް ނަރސްގެ ވަރަށް ކޮމްޕްލެއިން އައި ޒަހޫއާއި ބެހޭގޮތުން… ބަލީތަ… ” ހިތްހެޔޮކަމާއި އެކު އިޝާނީ އަހާލިއެވެ. އިޝާނީގެ ހިތްހެޔޮ ކަމާއި އޯގާތެރިކަން ފެނި ޒަހުވާގެ ކެތްތެރިކަން ކޮޅުންލިއެވެ.ބޭއިޙްތިޔާރުގައި ތުންފިއްތާލެވުމާއި އެކު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ.

” ޒަހޫ ކިހިނެއްވީ…” އެމަންޒަރު ފެނި އިޝާނީ އަހާލީ ޒަހުވާއާއި މެދު ކަންބޮޑުވެފައިވާ ހާލުގައެވެ.

” ޕްލީޒް އިޝް.. މިވަގުތު އަހަރެން ބޭނުމީ ގެއަށް ދާން… ޕްލީޒް ލީވް މީ އަލޯން..” އިޝާނީގެ ކުރިމަތީގައި އޭނާގެ ހިތް ބަންޑުން ކޮށްލެވިދާނެކަމުގެ ބިރަށް އިޝާނީ އާއި ދުރަށް ދާން ބާރަށް ހިނގައިގަތެވެ. ކަންބޮޑުވެފައި ޒަހުވާއާއި ދިމާއަށް ބަލަހައްޓައިގެން އިޝާނީއަށް ހުރެވުނީއެވެ.

-ނުނިމޭ

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް-24

Next

ހިތި ނިމުން 13

Next
November 5, 2020

ހިތި ނިމުން 13

Previews
November 4, 2020

ނޭދެމޭ ވަކިވުމެއް-24



All Right Reserved!