Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވަކިވުމުން 1

Lam'aa Level 6100 Login10 Stories
October 22, 2020 2 Mins Read
0 Comments

ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުގެ ތުނޑީގައި އިށީނދެ އިން ފިރިހެން ކުއްޖާއަށް އެންމެން ދެމުން އެދަނީ ހަމްދަރުދީގެ ނަޒަރެވެ. ބަލާ ބެލުމަށް މިފިރިހެން ކުއްޖާއަށް ވާނީ 14 އަހަރެވެ. ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައި ވިޔަސް އޭގެން އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ. މިވަގުތު އޭނާ ނުރުޔެއްކަމަކު ލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

 

—–އަކްނާންގެ (އެ ފިރިހެން ކުއްޖާގެ) ނަޒަރުން—–

 

މިތަނަށް ކިތަންމެ ހިތްގައިމު ވައި ޖެހުނަސް އެކަމަކުން އަހަރެންގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. ވޭން ނޫން އެއްޗެއް މިވަގުތު އަހަރެންގެ ހިތަކަށް ނުލިބެއެވެ. އަހަރެންގެ އުފާވެރި ހަޔާތް ވިއްސިވިހާލި ވެއްޖެއެވެ. ހިތުގައި އެތަކެއް ކޫރުމެއް އެޅިއްޖެއެވެ.

 

މައިންބަފައިންގެ ސަބަބުން ދަރިން ބިކަވެޔޭ ބުނާ ބުނުން އަހަރެން ކުރިޔަކުން ގަބޫލެއް ނުކުރަމެވެ. ނަމަވެސް މިއަދު އެކަން ގަބޫލު ކުރަން މަޖުބޫރު ވެއްޖެއެވެ. އާންއެކެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވަކިވީއެވެ. އަހަރެންނާއި އަހަރެންގެ ދެ ކޮއްކޮ ބިކަވީއެވެ.

 

މަންމަ ވަޒީފާއަށް ދާން ފެށި ސަބަބަކީވެސް މީކަން އަހަރެންގެ ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. މަންމަ އާއި ބައްޕަ ރޭގަނޑު ގަޑީ ކޮންމެވެސް ވަރަކަށް ޒުވާބު ކުރާތީ އަހަރެން ދުށީމެވެ. ނަމަވެސް އަޅާނުލީ އެއީ އެ މީހުންގެ ޒާތީ ކަމަކަށް ވާތީއެވެ.

 

މަންމަމެންގެ ޒުވާބު ހޫނުވާ ރޭރޭ އަހަރެންނަށް ނިދުން ވަނީ އުނދަގޫ ކަމަކަށެވެ. ކިޔެވުމަށް ދެވޭ ސަމާލުކަން ވެސް ކުޑަ ވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ނަގާ ޓެސްޓު ތަކުން ފާސްވާގޮތް ނުވެ ދެއެވެ. ކިޔެވުން ދުވަހަކަށް ވުރެ ދުވަހެއް ދައްވަމުން ދާތީ އެކަމާ ބޮލުގައި ރިއްސައި ގަނެއެވެ. ނަމަވެސް ހަމަ ވިސްނެނީ މަންމަމެންގެ ހީނަރުވެފައިވާ ގުޅުމާ ދޭތެރޭއެވެ. އެތައް ދަމެއް ވަންދެން ނުނިދި އޮންނަން ޖެހެއެވެ.

 

މަންމަމެން ވަކިވި ސަބަބު މިއަދު އަހަރެންނަށް އެނގިއްޖެއެވެ. ބައްޕަ މަންމަގެ މައްޗަށް އެހެން އަންހެނަކު އިހްތިޔާރު ކުރީއެވެ. މިކަންވީ އަހަރެންގެ ކަރުނަތައް ހިފަހައްޓާލަން އުނދަގޫވު ކަމަކަށެވެ. ފިރިހެނަކަސް އޮންނާނީ ހަމަ އެހެން އިންސާނުން ފަދައިން ހިތެއް ވިއްޔާއެވެ.

 

މަންމަ ވަރި ކުރުމަށްފަހު ބައްޕަ ބަދަލުވީ ބައްޕަގެ ގެޔަށެވެ. އަހަރެން ކޮންމެ ހުކުރު ދުވަހަކު ހުކުރުން ފައިބައިގެން ބައްޕަ ގެޔަށް ދަމެވެ. ނަމަވެސް ދެން ކަންތައް ކުރަންވީ ގޮތާމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ބައްޕައަށް ދެން މުހިންމު ވާނީ ބައްޕަގެ ދަރިން ބާވައޭ ނޫނީ ބައްޕަގެ ދޮން ދަރިން ބާވައޭ އަހަރެންގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ.

 

ކޮންމެއަކަސް އަހަރެންގެ ހިތިގައި ޝަކުވާތައް ވަނީ ފުނިޖެހިފައެވެ. އެ ޝަކުވާތައް ބޭރު ކޮއްލަން ނުހަނު ބޭނުމެވެ. ނަމަވެސް މި ކެހިވެރި ދުނިޔޭގައި އިތުބާރު ކުރާނީ ވަކި ކާކަށް ހެއްޔެވެ؟

 

********

 

އަކްނާންއަށް ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި ކޮންމެސް މީހަކު އަތް ޖައްސާލީމައެވެ. ފަހަތް ބަލާލި އިރު  ހުރީ…..

 

(ނުނިމޭ)

Share Article

Follow Me Written By

Lam'aa

Level 6100 Login10 Stories

I love to read and write stories. Both negative and positive comments are welcomed ?

Other Articles

Previous

ރާހަ

Next

އަންނަންދެން ހުންނާނަން ލޯބިން 9

Next
October 22, 2020

އަންނަންދެން ހުންނާނަން ލޯބިން 9

Previews
October 22, 2020

ރާހަ



All Right Reserved!