ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (7)
*ބަންގްޓަން ގަރލްސްގެ ނަޒަރުން*
ގާތް ގަނޑަކަށް ފަސް މިނޭޓުގެ ތެރޭގައި ޔޫނުސް އަށާއި ނައިލީއަށް ހޮޓެލަށް އާދެވުނެވެ. ނައިލީ ދިޔަގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލައި، ލައިގެން ހުރި ހެދުންތަ ދާ ވަށިގަނޑަށް ލިއެވެ. އަދި އޭނާ ފާހަނައަށް ވަނީ ތުވާލިވެސް ިފައިންނެވެ.
‘ކޮބާ ދިހަ މިނެޓުވެ ފަނަރަ މިނަޓުވެސް ވީއޭ..’ ކާރުގެ ޑޭޝްބޯޑު މަތީގައިއިން ދިއްލޭ ދިޖިޓަލް ގަޑި އަށް ނަޒަރު ހިންގާލަމުން ނިޒްކާ ކިޔައިގަތެވެ. އޭރު ނަވްރީން އިނީ އޭނާގެ ފޯނުން ބީޓީއެސްގެ ބްލެކް ސްވާން ބަލާށެވެ. ‘އޭތް ނަރުގަނޑޫ.. ކިހިނެތްވެފައިތަ ތި އިންނަނީ..’ އީނާލް އަށް އަނެއްކާވެސް ނަވްރީންއަށް ޖެއްސުން ކޮށް ނުލާ ނުހުރެވުނެވެ. ‘ދެން ހަމަ ބްލެކް ސްވާން ބެލީމަ ނަވްގެ ހިތަށް ގޮތް ތަކެއްވޭ.. އެކަން ތަޖުރިބާ ކޮށްލަންށޯ..’ ނަވްރީން ލަވަ ހުއްޓާލުމަށްފަހު ވާހަކަ ދެއްކިއެވެ. ‘ދެން ނަވޫ.. ތިހާ ފިނޑިވާކަށް ނުވާނެ.. ބީޓީއެސް ފެނުނީއޭކިޔާފަ ތިހާ ވަރަށް މަޑުން އިންނަން ހެޔޮ ނުވާނެ.. އެހެންނޫނަސް ބީޓީއެސް ދެކެ ކިތަންމެ ވަރަކަށް ލޯބި ވިޔަސް އަހަރެމެންނެއް އަޅައެއްނުގަންނާެ އެމީހުންގެ ލޮލަކަށް.. ހިޔެއް ނުވޭ އެމީހުންނަށް އަހަރެމެން އިނގޭނެ ހެނެއްވެސް..’ ލަވްޒާ އޭނާގެ ޚިޔާލު ބުނެދިނެވެ. ނަވްރީން އެއީ ތެދެއް ކަމަށް ގަބޫލު ކުރަން ބޭނުން ވިޔަސް އެކަމެއް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ ވާހަކަ ބަދަލު ކޮއްލިއެވެ. ‘ދީބަ ނަވްގެ ލެޕްޓޮޕް..’ ނަވްރީން ފަހަތަށް އެނބުރި ބުނެލިއެވެ. ‘ލެޕްޓޮޕޭ.. ކޮން ލެޕްޓޮޕެއް؟؟’ ޒައިނީ ސުވާލު ކުރިއެވެ. ‘ކާރުގެ ފަހަތުގަ އިން ނަވްގެ ދަބަސްތެރޭގަ..’ ‘ކޮން ދަބަހެއް؟؟ ނަވް އަތުގައެއްނޫންތަ ދަބަސް ތިޔޮތީ؟؟..’ ޒައިނީ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ނަވްރީން ދިޔައީ އޭނާގެ ލެޕްޓޮޕް ދިނުމަށް އާދޭސް ކުރަމުންނެވެ. ޒައިނީ އެންމެ ފަހުން ފަހަތައް އެނބުރި ކާރުގެ ފަހަތުގައި އިން ދަބަސް ނަގާ ނަވްރީން އަށް ދިއްކޮށްލިއެވެ. ޝުކުރުކުރާ ހާލުގައި ނަވްރީން އޭގައި ހިފައި އެތެރެއިގައި އޮތް މެކްބުކް އެއަރ ނެގި އެވެ. ނިޒްކާ އަށް އެހެން ލެޕްޓޮޕެއްވެސް ފެނުނުހެން ހީވުމުން ނަވްރީންގެ ދަބަސްތެރެ ބަލާލިއެވެ. ‘ސުބުހާނަﷲ.. އަދި ޑެލް އެކްސް ޕީ އެސް 13 އެއްވެސް އެބޮތް.. ނަވްރީނޫ..’ ނިޒްކާ ހައިރާން ވެފައި ހުރި ތަން ފެނުމުން ނަވްރީން އަށް މަޖާވިއެވެ. އަދި އިތުރަށް އޭނާގެ އަތުގައި ކުރިން އޮތް ދަބަހުން އައިޕެޑްއެއް ނެގި އެވެ. ނިޒްކާ ލޯ ބޮޑު ކޮށްލިއެވެ. ‘ތި ހުރިހާ އެއްޗެއް ތި ގެނައީ ކީއްކުރަން؟؟ ފިހާރައެއް ހުޅުވައި ތީއްޗިހި ވިއްކަންތަ؟؟..’ ނިޒްކާ ހުރީ އަސްލަށްވެސް ހައިރާންވެފައެވެ. ފަހަތުގައި ތިބި އެހެން އަންހެން ކުދިން ތައް ވެސް ހުރީ ނަވްރީން އާއި ދިމާލަށް ބަލަން ތިއްބެވެ. ‘ދެން ކުޑަ އެއްޗެއް ޗެކް ކޮއްލަން އެއީ..’ މިހެން ބުނެ ނަވްރީން އޭނާގެ އެ ލެޕްޓޮޕް ހުޅުވައިލާ ފައިލް އަކަށް ފިތާލާއިރަށް ބީޓީއެސް ގެ ލަވަތައް ފުރާ އޭގެއިން ފެންނަމުން ދިޔައެވެ. ‘މަޑުކޮށްބަ.. ބީޓީއެސް ގެ ހުންނަނީ އެންމެ 23 ލަވައެއްނޫންތަ؟؟ ތިހުރިހާ ލަވަ އެއް ނުހުންނާނެ..’ ޔޫލިީން ނަވްރީންގެ ލެޕްޓޮޕްއާއި ދިމާލަށް ގުދުވެލަމުން ވާހަކަ ދެއްކިއެވެ. ‘ނޫނޭ.. އެމީހުން އެންމެ ތޭވީސް ސިންގަލްސް ރިލީޒް ކުރީ.. ދެން ސޯލޯ ކޮށާއި ޑުއޯ ކޮންނާއި ޓްރިއޯ ކޮށް ވެސް ހުންނާނެ ބައިވަރު.. ބީސައިޑްސް ގިނަ ވާނީ..’ ނަވްރީން ވާހަކަ ދައްކަމުން ދިޔައިރު އަނެއްކާވެސް އެ އަންހެން ކުދިން ހައިރާން ވިއެވެ. ބީޓީއެސް އާ ބެހޭގޮތުން މިހާ ވަރަށް މައުލޫމާތު އެނގޭ ކުއްޖަކު އަދި ދިމާނުވާތީ ކަންނޭގެއެވެ. ނަވްރީން އެތަނުން ލަވަ އަކަށް ފިތާލުމާއެކު ލަވަ އެއް ޕްލޭވިއެވެ. ނަމަވެސް ހަމަ އެވަގުތު ޔޫލީން ވެސް ލަވަ އެއް ޖަހާލިއެވެ. ދެ ކުދިންނަށްވެސް އިއްތިފާގުން ޖެހުނީ އެއްލަވަ އެކެވެ. ‘ވެއިޓިންގ ފޯ ޔޫ އަންޕަންމާން.. ވެއިޓިންގް ފޯ ޔޫ އަންޕަންމާން..’ ދެ ކުދިން އެ ލަވައާއިއެކު ލަވަ ކިޔަން ފެށިއެވެ. ‘މިހާރު ތީ ކޮން ލަވަ އެއް؟’ ތުގާ އިރުކޮޅަކު ލަވަ އަޑު އަހާލަން ހުރުމަށް ފަހު ވާހަކަ ދެއްކިއެވެ. ‘އިޓްސް އަންޕަންމާން’ މިފަހަރު ވެސް ނަވްރީން އާއި ޔޫލީން އެއްފަހަރާ ބުނެލިއެވެ. ދެކުދިން އެކަކު އަނެކަކުގެ މޫނަށް ބަލާލައިފައި ހިނިތުންވެލިއެވެ. ‘އަން.. ޕަން.. މަން.. އެހެން ދޯ ކިޔަނީ..؟’ ލަވްޒާ ލަސްލަހުން ނަން ކިޔާލިއެވެ. ޔަގީން ކޮށްލުމުގެ ގޮތުންނެވެ. ‘އާން އެހެން..’ ނަވްރީން އެވަގުތު ވާހަކަ ދެއްކުމަށް ލަވަ ޕޯސް ކޮށްފަ އިން ހިސާބުން އަނެއްކާވެސް ޕްލޭ ކޮށްލިއެވެ. ‘ޖޮމް ޑޮ ހިމެއިލް ނައިބޫލެއި.. ލެމި ހިއަރ ޔަ ސޭ.. ލެމި ހިއަރ ޔަ ސޭ.. ނޯޔެ ހިމި ޑްވައިޖުލެއި..’ އަނެއްކާވެސް ދެކުދިން ލަވަ ކިޔަން ފެށިއެވެ. ނަމަވެސް މިފަހަރު ލެޕްޓޮޕް އަށް ވައިބަރ ނޯޓިފިކޭޝަންއެއް އައުމުން އޭނާ އަވަސް އަވަހަށް އޭތި ހުޅުވައިލިއެވެ. އަދި އެ މެސެޖް އަށް ރައްދު ދިނުމަށް ފަހު އޭނާ އެހެން އެޕްލިކޭޝަން އެއް ހުޅުވައިލިއެވެ. ޔޫލީން ވެސް ލަވަ ޕްލޭ ކޮށްލުމަށް ފަހު ހެޑް ސެޓް ކަންފަތަށް ލައްވާލައިފައި އެ އަޑު އަހަން ލޯ މަރައިލާގެން އޮތެވެ. ‘ކީޕް ބޯލިންގ ބޯލިންގ ސްޓިލް ބަންގްޓަން.. ‘ ބާކީ ތިބި އަންހެން ކުދިންގެ ހާލަކީ ތޯއްޗެވެ. ކުޑަދޮރުން ބޭރު ބަލަން އެކުދިން ފެށީ ޔޫނުސްމެން އަނބުރާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.
‘ނައިލީ.. އަވަސް ކުރޭ.. މިހާރު އެކުދިން ކާރު ތެރޭގައި ނުކުރާކަމެއް ނޯންނާނެ..’ ޔޫނުސް ނައިލީ ހުރި ކޮޓަރީގައި ޓަކި ޖަހާލަމުންޔޫނުސް ގޮވިއެވެ. އޭނާ އެތާ އެހެން ގޮވާތާ މިހާރު ފަނަރަ ވަރަކަށް މިނެޓު ވެދާނެއެވެ. ‘މަޑު ކުރޭ.. ނައި މި ނިމެނީ..’ ނައިލީ އޭނާގެ ފާހަނަ އިން ނުކުތް ވަގުތު ޔޫނުސް ގޮވާ އަޑު އިވުމުން އަވަސް އަވަހަށް ބުނެލިއެވެ. އޭރު ނިޒްކާގެ ދިހަ މިސް ކޯލު އޭނާގެ ފޯނަށް އައިސްފައިވެއެވެ. ނައިލީ ޗުސްތަޅާލުމަށްފަހު އޭނާ ލާން ނަގާފަ އޮތް ފެހި ކުލައިގެ އަތް ދިގު ކަކުލާ ހަމަ އަށް ދާ ހެދުމަކާއި ކަޅު ސްކިނީ ލިއެވެ. އަދި ބޮލުގައި ރީތި ކޮށް ހުޅިއެއް ޖަހާލުމަށް ފަހު ބޮލުގައި އަޅާފޮތި ކޮޅު އަޅައިފައި އޭނާގެ ނޫ ކުލައިގެ ޝޯލު ހޯދަން ކަބަޑު ތެރެ ހާވަން ފެށިއެވެ. އިރުކޮޅެއް ނުވި އޭތި އޭނާ އަށް ފެނުމުން އަވަސް އަވަހަށް ޝޯލް އަޅައި އެތަން މިތަނަށް ޕިން ޖެހުމަށް ފަހު ފޯނާއި ދަބަސް ހިފައިގެން އެ ކޮޓަރިން ނުކުތެވެ.
‘މި އައީނުން.. ދެން ހިނގާ ދާން..’ ނައިލީ ކޮޓަރި ތަޅުލުމަށް ފަހު ބޭރުގައި މަޑު ކޮށްގެން ހުރި ޔޫނުސް އާއި ދިމާލަށް ހިނގައިގަތެވެ. އޭރު ޔޫނުސް އިނީ ސައިކަލް މަތީގައެވެ. ފޯނުން ކޮންމެސް މީހަކާއި ވާހަަކަ ދައްކަން ހުރުމުން ނައިލީ އެހެން އެއްވެސް ބަހެހް ނުބުނެ ސައިކަލަށް އެރިއެވެ. ޔޫނުސް ފޯނު ބޭއްވުމަށް ފަހު ސައިކަލު ދުއްވާލިއެވެ.
‘އެޔޮއް އައީ..’ ނިޒްކާ ފަހަތަށް އެނބުރި ބަލާލި ވަގުތު ޔޫނުސް އާއި ނައިލީ އެދިމާލަށް އަންނަތަން ފެނުމުން އޭނާ އަތް ހޫރުވަން ފެށިއެވެ. ނަމަވެސް އޭނާގެ އަތް ގޮސް ޖެހުނީ ލެޕްޓޮޕް ދަބަހަސް ލާން އުޅުނު ނަވްރީންގެ ލޮލުގައެވެ. ‘އައްދިޔޯތް..’ ނަވްރީންގެ ލޮލަށް ދިލަ ތަދެއް އެރުމުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ޔޫނުސް ސައިކަލުން ފައިބަ ކުރީ ސީޓަށް އަރާ ކާރަށް ތަޅުދަނޑި ޖަހާލިއެވެ. އެވަގުތު ނައިލީ ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
‘މިއަދުގެ ތީމް ގައުމީ ދުވަހަށް ބަދަލުވީތަ؟’ ޔޫލީން އަށް ނައިލީ ލައިގެން ހުރި ހެދުން ފެނިފައި ބުނެވެވުނެވެ. ‘ނޫން ދެން މީތި ލާހިތް ވީ..’ ޔޫނުސް ކާރު ދުއްވާލިއެވެ. ‘ކޮންތާކަށް ދާން ވީ އެހެންމަ.. ކޭއެފްސީ އަށް ދޯ..’ ޔޫނުސް ނިޒްކާއަށާއި ނަވްރީން އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. ‘ނޫން މާލޭގަ ދުއްވާލައިފަ އަންނާނީ..’ ލަވްޒާ އާފުރިލަމުން ބުންޏެވެ. އެވަގުތު ބާރު ސްޕީޑެއްގައި ދިޔަ ވޭނެއް ފެނި ނަވްރީންގެ މޫނުމަތި ލޭކޮޅެއް ނެތްފަދަ އެވެ. ޖިންނި އެއް ފެނުމުން ވާގޮތަށް ނަވްރީން އަށް ވިޔެވެ. ‘މިހާރު އެ ކާރަށް ހިތް ކީތަ؟ ނަވް ތީދެން ބޮޑު ވަރު..’ އީނާލް އަށް ނަވްރީންއަށް އެއައި ކުއްލި ބަދަލު ފެނުނެވެ. ހަމަ އެއާކު އޭނާއަށް ދިމާކޮއްނުލާ ނުހުރެވުނެވެ. އެހެން އީނާލް ބުނުމާއެކު ނަވްރީން އާއި ޒައިނީ ނޫން އެހެން ހުރިހާ އެންމެން ހޭންފެށިއެވެ. ނަވްރީން މޫނު ކުނިކޮށްލައިގެން އިނީއެވެ. ‘ނޫނޭ.. ނަވް އަށް ތިހެން ނުކިޔާ.. އަހަރެންވެސް މީނީ ވަރަށް ނަރވަސް ކޮއް..’ ޒައިނީ އީނާލްގެ ބޮލުގައި ހިފަމުން ބުންޏެވެ. ‘އާ އީ ޒައިނީވެސް ހިތް ކީދޯ.. ދެން.. އާހްހް ތަދުވޭ..’ އީނާލް ހެމުން ވާޙަކަ ދެއްކި އިރު ވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ޒައިނީގެ އަތް ނެއްޓުވޭތޯއެވެ. ‘ބަލަ އެއީ ބީޓީއެސް ގެ ވޭން އޭ ބަލަ…’ ޒައިނީ އަތް ތިރި ކޮއްލިއެވެ. އޭރު ޔޫނުސްގެ ކާރު ބްރިޖް އާއި ހަމަ އަށް ފޯރިއެވެ. ހަމަ އެއާއެކު، ޒައިނީ އެބުނާ ވޭން ބްރިޖް އަށް އަރައިގެން ހިގައްޖެއެވެ. ‘ޒައި އަށް ކިހިނެތް އެ އިނގެނީ؟؟’ އީނާލް ހައިރާންވެ ހުރެ އެއްސެވެ. ‘ދެން އަ ސްމޯލް ގެސް..’ ޒައިނީ ލޯ އަޅައިލަމުން ބުނެލިއެވެ.
ދިހަ ވަރަކަށް މިނެޓު ފަހުން ޔޫނުސްގެ ކާރު މާލޭގެ މަގުމަތީގައި ދުއްވަމުން ދިޔައެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި މަގުގެ ދެފަރާތުގައި ގަސް އިންދައިފައި ހުރުމުން މާލޭގައި އުޅެ ބޮޑުވި ނަވްރީން އާއިި ޔޫލިން ހުރީ ހައިރާން ވެފައެވެ. ނަމަވެސް ބާކީ ތިބި ކުދިން މާލެ އެންމެފަހުން އެރި އިރެއް ހަނދާނުގައި ނެތުމުން އެކުދިން މަގު ތަކަށް ބަލަމުން ދިޔައީ އާށޯހުވެ ހުރެއެވެ. ‘މިހާރު މިތާ ގަސް ވެސް އިންދީ ދޯ؟’ ނަވްރީން ޔޫނުސްގެ އަތުގައި ކުޑަކޮއް ހިފާލައިފައި އަހާލިއެވެ. ނިޒްކާ އޭރު ދިޔައީ ފޮޓޯ ނަގަމުންނެވެ. ޔޫނުސް ހޫމް އަޅުވާލުން ނޫން އެހެން ބަހެއް ނުބުނުމުން ނަވްރީން ހުރީ ހައިރާނ ވެފައެވެ. އަނެއްކާ ޔޫނުސް އަށް ކިހިނެތް ވީބާވައެވެ؟ ނަވްރީން ސުވާލު ކުރަން އުޅުނު ނަމަވެސް ޔޫނުސްގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓުނުތަން ފެނުމުން އޭނާ ފަސްޖެހުނެވެ. އޭނާ ޔޫނުސްގެ އަތުން ދޫކޮށްލިއެވެ. އަނެއްކާ ޔޫނުސް އޭނާދެކެ ހިތްހަމަ ނުޖެހުނީ ބާވައެވެ؟ ނަވްރީންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް މަންޒަރު ބަލަން ހުރި ހަމައެކަނި ކުއްޖާ، ޔޫލީން އަށް ދެނެގަނެވުނީ ކަންނޭގެ އެވެ. އޭނާއަށް ޔޫނުސް ރޯތަން ފެނުމުން ހިތުގައި ރިއްސާލިއެވެ. ނަވްރީންވެސް ހުރީ ހަމަ އެހާލެއްގައެވެ.
‘އަމްމް ޔޫނުސް އަށް ކިހިނެތް ވެފައިތަ އެހުރީ؟’ ޔޫލީން ހަމަ އެކަނި ނައިލީއަށް އިވޭވަރަށް ސުވާލުކޮށްލިއެވެ. ‘ނައި އަކަށް ނޭނގެ.. ދެންމެ ނައި ކޮޓަރިން ނުކުތް އިރު އޭނާ ހުރީ ފޯނެއްގަ.. އެކަމް ފޯނު ބޭއްވި ފަހުން އެއުޅެނީ އެހެން..’ ނައިލީ އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. ‘އަނެއްކާ ލިޒީއަށް ކަމެއް ވީބާ..’ ޔޫލީން އެގޮތަށް ބުނެވެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫނުސް އަށް އެއަޑު ވަރަށް ސާފުކޮސް އިވުނެވެ. ނަވްރީންއަށް ވެސް އިވުނެވެ. ނަމަވެސް ބާކީ ތިބި ކުދިންނަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެކުދިން ތިބީ އެކުދިންގެ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.



Mi part vx varah reethi masha Allah keep it up
Waiting for the next
Luv uuu ❤️❤️❤️
Thankss Maany.. luv u too
Wow mi part ves vrh sali ❤️❤️❤️❤️
Masha Allah keep it up ❤️❤️❤️❤️❤️
Rageeney Ril Ah ves bts fenihjehyaa vaane evaru kan hehehe❤️❤️❤️????❤️❤️❤️
Wow black Swan i Love that song❤️❤️❤️❤️❤️
Yoonus Ah kihineh veee baa anehkaa❤️❤️❤️
So curious ❤️❤️❤️
Waiting for the next part ❤️❤️❤️
Love uuuu❤️❤️❤️
Stay safe❤️❤️❤️
Thanks Ril.. hehehe i know right.. yess me too blackswan is really nice right.. lets see wht happened to yunus right? luv u too
-ARMY-
Maasha Allah ❤️❤️❤️
Wowwww mi part vx v furihama ????
Ryn vx v beynun BTS kudhin balaalan ??
Vvv curious kohlaafa thi nihmaaly ?
Waiting waiting waiting ❤️❤️❤️❤️
Lysm all ❤️❤️❤️❤️
Be safe ❤️❤️❤️
Thanks RYN.. thanks again.. yes vrh beynun dhw bts balaalan.. hehehe.. yess keep waiting ly too
-ARMY-
Vrh vrh vrh reethi mi part vx ❤❤❤❤❤❤??????curiously waiting for the nxt part ???❤??????????❤❤❤❤lysm all??❤?❤❤❤❤❤❤❤be safe ?❤?❤❤?❤
Thankx. Shyn. Insha allah soon next part. ☺️
_?CUTIE AAI?_
Woww..vrh reethi ❤️❤️❤️ avahah bts entry veba??….curiously waiting??
lysm all ??
Arn dhww… Ma vs mi wait kuranyy hama e bayah… Bruhh vrh reethi ingeyy mi bai vs… Vrh obi… ??…. Bulletproof gurls dhn in bai thankolheh avahah up kohdhehcheyy….. Curiously waitinggggg ??…. And stay safe gurlssssss…
Salanghae.. ❤️❤️❤️❤️
Thankx. Insha allah soon bts ge entry annane kamah balamaa dhw.?
-?CUTIE AAI?-
Thankx. Soon kamah balamaa dhw.?
@rausher
-?CUTIE AAI?-
Cutie AAi… Dhn nuliyany tha hudhaakko vaahaka…. Vrh gina dhuvas v ma…. Vaahaka vrh reethi eyyy rau ah…. Plxxx avahah up kohdhehcheyy….. Lysm… Tc… ❤️❤️❤️
excuse me but, isnt SUGA pronounced as SHUGA and not the only S sound
kury vaahakaiga inii hus S laigen kiyaaa kamah,
i thnk his stage name came to origin from the word SUGAR because of his sweetness and cuteness, so they called him SUGA
varah maafahh edhen negative comment ahh veema,
mi vaahaka majaa ingey, ibaaraay kurun thah varah kamudhey
Maa Shaa Allah
보라해 ☺☺☻☻
U got it all wrong dear
i got some wrong!! his name derived from shooting guard
that’s the only part i lightly got wrong, but if you tell me truly, and give proof i will accept, cause i like and respect A.R.M.Y.s
When next part??
very soon..