ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (6)
** ބީޓީއެސްގެ ނަޒަރުން **
“އަހްހް..” ޕާކުގެ ބެންޗްގައި އިށީނދެ ހަމަޖެހިލަމުން ޔޫމިން އާފުރިލިއެވެ. އެހެން އިރުކޮޅަކު އިނުމަށް ފަހު ބިންމަތީގައި އަރާމު ކުރަން އޮތް ޒަކުވާންގެ ކައިރީގައި އުޑުފައިން އިށީނދެ ޔޫމިން ޒަކުވާންގެ ކޮނޑުގައި ޖަހާލިއެވެ. “ހާދަ ހަމަޖެހިލާފައި..؟ ތިހެން އޮއްވާ ނިދިދާނެ..” ޔޫމިން އެހެން ބުނުމާއި އެކީގައި ޒަކުވާން ތެދުވެ އިށީނދެއްޖެއެވެ. “ދެން ހަމަޖެހޭނެދޯ..؟ ބިލްބޯރޑް ޓޮޕް ހަންޑްރެޑް ލިސްޓުގެ އެންމެ މަތީގައި އަހަރެމެންގެ ލަވައެއް އޮތީމައި..” ޒަކުވާން ބުނެލިއެވެ. “ޑައިނަމައިޓްގެ ވާހަކަދޯ..؟ ޔާ.. ހަމަ އަސްލަށްވެސް އެކަމާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.. އެކަމް މިއަދު އަނެއްކާ އާ ލަވައަކަށް ޝޫޓިންގ..” ޔޫމިން އޭނާގެ ފެންފުޅިން ކޯވަރެއް ބޯލުމަށްފަހު ވާހަކަ ދެއްކިއެވެ.
ޒަކުވާންގެ ގާތަށް ކުޑަކޮށް ހިނިއައެވެ. “އާނ ޝޫޓިންގ ނިންމާލާފައި ދާގޮތަށް ގޮސް އެނދަށް ވިއްޔަ ދާނީ.. ޝުގަރ.. ހަހަހަހަ..” ޒަކުވާން ހީނގަތެވެ. ޔޫމިން އާއި ނިދީގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުން އެނގޭތީއެވެ.
“ދެން ޖޭކޭ..!” ޔޫމިން ތުން އޫކޮށްލަމުން ތެދުވިއެވެ. “ސެޖީން އެބަ ގޮވާ.. އަހަރެން މި ދަނީ އޭނަ ކައިރިއަށް.. ބައިދަވޭ.. އަހަރެންނަށް ކިޔަނީ ޝުގަރ އެއްނޫނޭ.. ރީތިކޮށް ބުނިން ސުގާއޭ.. ސުގާއޭ އަހަރެންނަށް ކިޔަނީ..” އެހެން ބުނެލާފައި ޔޫމިން ޝަމީމްގެ ގާތަށް ދާން ހިނގައިގަތެވެ. ޝަމީމް އަކީ ބީޓީއެސްގެ މެނޭޖަރެވެ. އާންމު ނަމުން ނަމަ ‘ސެޖީން’އެވެ.
“ހައް.. އެހެންވެގެންތާ ބޯއި ވިތް ލަވް ގެ ޝޯ އަށް އަރަންވެގެން ހެދި ނޭމްޓެގްގައި ޝުގަރ އޭ ޖަހާފައި އިނީ.. ހަހަހަ..” ޒަކުވާން ތެދުވަމުން ޔޫމިންއަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ބުނެލިއެވެ. ޔޫމިންއަށް ޒަކުވާން އެހެން ބުނި އަޑު ވަރަށް ސާފުކޮށް އިވުނު ނަމަވެސް އެއީ ވީކަމަކަށް ނުހަދާ އޭނާ ޝަމީމްގެ ކައިރީގައި ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.
ޒަކުވާން އެގޮތަށް ހުއްޓާ ކުއްލިއަކަށް އޭނާގެ ބުރަކަށިމައްޗަށް މީހަކު ފުންމައިގެން އެރިއެވެ. ”ދެން ކައިލާނޫ..!” އަކުރުތަކަށް ދަމާލަމުން ޒަކުވާން އޭނާގެ ބުރަކަށީގައި ‘ޕިގީ ބެކް’ ހަދައިގެން އޮތް ކައިލާންއަށް ކުދިކިއެވެ. ކައިލާން ފައިބަމުން ޒަކުވާންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އަދި ހެމުން ހެމުން ދުރަށް ދުއްވައިގަތެވެ. ޒަކުވާންވެސް ކައިލާން އަތު ޖެހޭތޯ ފަހަތުން ދުއްވައިގަތެވެ. އެދިމާލަށް އަންނަމުން ދިޔަ ޔޫމިންއަށް މި މަންޒަރު ފެނުމާއި އެކީގައި ބޯ ހޫރާލެވުނެވެ. “އެދެމީހުން ބޮޑުވާނީ ކޮން ދުވަހަކުން ބާ..؟” ޔޫމިންއަށް ބުނެވުނެވެ. އެއަޑު އިވުމުން ގާތުގައި ހުރި ނައުފަލް ކޮނޑު އަރުވާލާފައި ޖިމްޔާން އާއި އެކީގައި ފޮޓޯ ނަގަން ފެށިއެވެ. “އެއީ އަދި އަނެއްކާ އަނެއް ދެމީހުން.. ހޫން..” ފޮޓޯ ނަގަންފެށި ޖިމްޔާން އާއި ނައުފަލްއާއި ދިމާލަށް ބަލާލާފައި ޔޫމިން އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ.
“ރްރްރްރެޕް މޮންސްޓާ..!” ފޮޓޯ ނަގަމުން ދިޔަ ހުރިހާ ވަގުތަކުހެން ޖިމްޔާން ދިޔައީ ނައުފަލް އާއި ދިމާ ކުރަމުންނެވެ. “ޗިމީ.. ޗިމީ..” ނައުފަލް ވެސް ވަކި ދޫނުކޮށް ޖިމްޔާންއަށް ދިމާކުރަމުން ގެންދިޔައެވެ. އެދެމީހުން ދިޔައީ ނަގާ ކޮންމެ ފޮޓޯއެއްހެން އިންސްޓަގްރާމް އާއި ޓްވިޓަރ ގައިވެސް ހިއްސާ ކުރަމުންނެވެ. ނަމަވެސް އެކަން މެދު ކަނޑާލަން ޖެހުނީ ޖިމްޔާންގެ ފޯނު ޗާޖު ހުސްވުމުންނެވެ. “ދެން.. ޗިމްޗިމް އަކަށްވެސް ނޭނގުނު ވިއްޔާ ތި ފޯނު ޗާޖު ކުރަން.. ޗާޖަށް ޖަހަން ވީގޮތް ދައްކަންވީތަ..؟ ނޫނީ އަހަރެން ތި ޗާޖަރ އަށް ޖަހައިދޭންވީތަ..؟” ނައުފަލް ހިތްހަމަ ނުޖެހިފައި ހުރެ ޖިމްޔާން އާއި ދިމާލަށް ތުން އޫކޮށްލިއެވެ. ޖިމްޔާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާ ކައިލާން ދުވަމުން ދަނިކޮށް ޖިމްޔާންގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ. ޒަކުވާން ވެސް ހަމަ އެ ވަގުތުކޮޅު ގާކޮޅެއްގައި އަޅައިގަނެ ބިންމައްޗަށް ވެއްޓުނު ޖިމްޔާން އާއި ކައިލާންގެ ގައިމައްޗަށް ވެއްޓުނެވެ. ނައުފަލް ކުޑަކޮށް ދުރަށް ޖެހިލީ ދެން ވާނެގޮތް އެނގޭތީ ކަމަށްވެސް ވެދާނެއެވެ.
“ކައިލާންންން..!!” އަޑުގެ ކޮޅަށް ޖިމްޔާން ހަޅޭއްލެވިއެވެ. ކައިލާން އާއި ޒަކުވާން ތެދުވީ ހިނިގަނޑު ހިފަހައްޓައިލައިގެންނެވެ. ޖިމްޔާން ތެދުވެ އެދެމީހުންގެ ބޮލުގައި ޖަހާލާފައި ބެންޗުގައި އިށީންނަން ހިނގައިގަތެވެ. ނައުފަލްއަށް ހީނުގަނެއެއް ނުހުރެވުނެވެ. ބާރުބާރަށް ނައުފަލް ހޭން ފެށުމާއި އެކީގައި ކައިލާން އާއި ޒަކުވާން ވެސް ހީނގަތެވެ.
“އޯކޭ.. ދެން ޝޫޓިންގ ފަށަން އުޅެމާ..؟” ނައުފަލް ކުޑަކޮށް ހަމަޖެހިލާފައި ބުނެލިއެވެ. “މިހެން ހުރެގެންތަ..؟ ބްރޯ.. އަހަރުން މިހުރީ ދަލުން ފެންވަރައިގެން..” ކައިލާން އޭނާ ލައިގެން ހުރި ނޫ ކުލައިގެ ގަމީސް ތިރިއަށް ދަމާލަމުން ބުންޏެވެ. “ނޮޓް މައި ޕްރޮބްލެމް..” ނައުފަލް ބޯ ހޫރާލުމަށްފަހު ޝޫޓިންގ ފެށޭ ތަނުގައި މަޑުކޮށްލިއެވެ. އަދި ސެޖީންއަށް އިޝާރާތް ކޮށްލުމުން ސެޖީން ކެމެރާ ޖައްސާލުމަށްފަހު ލަވަ ޖަހާލިއެވެ. ނަމަވެސް ލަވަ ފެށިގެން ލަވަ ނިމުނުއިރުވެސް ނައުފަލް އާއި ޔޫމިން ފިޔަވާ އެންމެން އެކި ތަންތަނުގައި އިށީނދެގެން ތިއްބެވެ. ޔޫމިން އެކަމާއި ވަރަށް ހިތްހަމަ ނުޖެހުނެވެ. ”އަޅޭ މިއަދު މީ އަޖައިބެއް ފަދަ ދުވަހެއް.. އެހެންނޫނީ މިމީހުން އުޅޭނީ ޝޫޓިންގ ނުނިންމިގެން.. މިފަހަރު އެހެރީނުން ޖެއްސުމަށް އެކި ތަންތާ އިށީނދެގެން..” ޔޫމިން މޫނު ހަދާލިއެވެ. ނަމަވެސް ސެޖީން ހުރިހާ އެންމެން އެއްކޮށްފައި އަލުން ޝޫޓިންގ ފަށާ ކުރިއަށް ގެންދިޔައެވެ.
ގާތްގަނޑަކަށް އެއްގަޑިއިރު ފަހުން ހުރިހާ ފިރިހެން ކުދިން ވިނަގަނޑުގެ މަތީގައި ކުނަލެއް އަޅައިގެން އޭގެ މަތީގައި އިށީނދެގެން ތިއްބެވެ. އެކި ވާހަކައިގައި ތިއްވާ ކުއްލިއަކަށް ޖިމްޔާން އެއް ދިމާލަކަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ހުރިހާ އެންމެންވެސް އެދިމާލަށް ބަލާލިއެވެ. “އެއީ ބަންގްޓަން ގާރލްސްއެއް ނޫންތަ..؟” ކައިލާން އެއްސެވެ. ނައުފަލް އަދި ތަންކޮޅެއް ރީއްޗަށް އެ ދިމާލަށް ބަލާލިއެވެ. އޭރު ކައިލާން ދުރުގައި ހުރި ބެންޗުގައި އިށީނދެލައިގެން އިން އަންހެން ކުދިންތަކުގެ ފޮޓޯއެއް ނަގާލިއެވެ. “ހްމްމް.. އެމީހުންވެސް ރާއްޖޭގައިތަ..؟” އާޝޯހުވެފައި ހުރެ ޒަކުވާން އެއްސެވެ. އޭނާ އަނގަ ނަގައިގެން އިން ގޮތުން މީހަކު ހިނިނައިއްސިއްޔާ ރަނގަޅެވެ.
“ސާބަސް ޒަކުވާންއަށް.. އެމީހުންގެ އަމިއްލަ ގައުމޭ މީ..” ޔޫމިން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ވާހަކަ ދެއްކިއެވެ. އަނެއްކާވެސް އެމީހުންގެ ނަޒަރު ބަންގްޓަން ގަރލްސްއަށް ހުއްޓުނީ ޔޫމިން އޭނާގެ ޖުމްލަ މެދު ކަނޑާލުމުންނެވެ.
އޭރު އެތަނުން އެއް އަންހެން ކުއްޖަކު ކޮޅަސްތެދުވެ އެމީހުންނާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލަން ހުއްޓެވެ. “އެއީ ނަވްރީން ދޯ..؟” ޖިޔާން ވިސްނަލުމަށްފަހު ބުނެލިއެވެ. “އާނ.. އެކަމް އޭނަ އަހަރެމެންނަށް ހާދަ ޝައްކު ކުރެޔޭދޯ..؟ ހެހެހެ..” ނައުފަލްއަށްވެސް ވާހަކަ ނުދައްކާ ނުހުރެވުނެވެ. “ވެދާނެ އޭނަ އަށް އަހަރެމެން މީ ބީޓީއެސްތޯ ޔަގީން ނުކުރެވިގެން އުޅެނީކަމަށްވެސް..” ޖިމްޔާން މިހެން ބުނިތަނާ ހެން ނަވްރީން ދެކޮނޑު އަރުވާލާފައި އަނެއްކާވެސް އިށީނެވެ. އެއާއެކު ހަތް ފިރިހެން ކުދިން އެއްފަހަރާ ހީނގަތެވެ. “އެ ޔަގީން ނުވީ ކަންނޭނގެ.. ދެން ހުންނާނެ ކަންތައްގަނޑެއް.. ހަހަހަހަ..” ޔޫމިންއަށް ޖުމްލަ ނިންމާލެވުނީ ކިރިޔާއެވެ. އޭނާ މިހާއިރު މަތަކޮށްގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއާއެކީ އަނެއްކާވެސް ބާކީ ތިބި އެންމެން ހީނގަތެވެ.
”ޕްސްސްޓް.. އޭތް ބަލާލަ..” ޖިޔާން ވައިއަޑަކުން އެހެން ބުނެލާފައި ލޮލުގެ އެހީގައި ބެންޗުގައި އިށީނދެގެން ހުރި ދެ އަންހެން ކުދިންނަށް އިޝާރާތް ކޮށްލިއެވެ. “ނަވްރީން އެހުރީ.. ދެން އެއިނީ ކާކުތަ..؟” ޖިޔާން ދެލޯ ކުޑަކޮށްލާފައި އެދިމާލަށް ބަލާލީ އެތަނުގައި ހުރި ދެވަނަ އަންހެން ކުއްޖާ އަކީ ކާކުކަން ސާފު ނުވެގެންނެވެ. “އެއީ ޔޫލީންއެއްނު..؟” ކައިލާން ބުނެލިއެވެ. “އާނ.. އެ ޔޫލީން ދޯ..” ޖިޔާން އަނެއްކާވެސް އެ ދިމާލަށް ބަލާލާފައި ކައިލާން އާއި އެއްބަސްވިއެވެ. ނަވްރީން އެއްޗެކޭ ބުނުމާއި އެކު ޔޫލީން އާއި ދެން އެދިމާލަށް ދިޔަ އަންހެން ކުއްޖާ ސިހިފައި އެއްޗެކޭ ބުނެލިހެން ހީވުމާއި އެކީގައި ޔޫމިން ކުޑަކޮށް ބުމަ އަރުވާލައިފިއެވެ. ހަމަ އެވަގުތު އެތަނުގައި ބާކީ ތިބި ބަންގްޓަން ގާރލްސްގެ ސަމާލުކަން ވެސް ނަވްރީން އެ ބުނެލި ވާހަކަ ދަމައިގަތުމުން ޖިމްޔާންއަށް އެ ވެގެން އުޅޭ ގޮތް ކުޑަ ކޮށް ސާފުވިއެވެ. “އެނގިއްޖެ.. މަށަށް ހީވަނީ ނަވްރީން އެބުނީ އަހަރެމެންގެ ވާހަކަ ހެން.. އެހެންނޫނީ އެންމެން އެލާޓަކަށް ނާންނާނެ..” ޖިމްޔާން އޭނާއަށް ވިސްނުނުގޮތް އެހެން އެންމެންނާއި ހިއްސާ ކޮށްލިއެވެ.
“ތިހެން ވެސް ވެދާނެ.. ހާދަ ބޮޑަކަށޭ އެމީހުން އެ ސިއްސައިގެން ދިޔައީ.. ދެޓް ވޯޒް ފަނީ..” އެކަން ވެސް ޒަކުވާންއަށް ވީ މަޖާކަމަކަށެވެ. ކައިލާންވެސް ދޯއޭ ބުނެ ޒަކުވާން އާއި އެކީގައި ހޭންފެށިއެވެ. އިރުކޮޅަކަށް ފަހު ޔޫލީންއާއި ނަވްރީން ތެދުވިތަން ފެނި ޖިޔާން އަނެއްކާ ވެސް އެ ދިމާލަށް ބަލާލިއެވެ. “އެމީހުން އެ ދަނީ ކަންނޭނގެ ދާން…” މިއޮއްހާއިރު ހިމޭނުން އިން ޒާއިކް ބުނެލައިފިއެވެ. ބަންގްޓަން ގަރލްސް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ އެތަނުން އެއް އަންހެން ކުއްޖަކު ލޮޓަސް ފެންގަނޑުގެ ތެރެއަށް ވެއްޓުނު މަންޒަރު ފެނިފައި އެ ހަތް މީހުންނަށް އެއް ފަހަރާ ހީނގަނެވުނެވެ. ޔޫމިން ހެމުން ހެމުން ގޮސް ބަނޑުގައި އަތް އަޅައިގެން ޒާއިކް އާއި ދިމާލަށް ގުދުވިއެވެ. ޖިޔާން އަދި ނައުފަލް ވެސް ހިނިއައިސްފައި އެމަންޒަރު ބަލަން ހުއްޓެވެ. ކައިލާން، ޖިމްޔާން އަދި ޒަކުވާން އޭރު އެކަކު އަނެކަކުގެ ގައިގައި ތަޅަމުން ހީނހީނ ބަލިވަނީއެވެ.
“އެމަންޖެއަށް އަނިޔާވީ ކަންނޭނގެ..” ލޮޓަސް ފެންގަނޑުން އެރި ބިންމަތީގައި ދެމިފައި އޮތުމުން ހިނިއައިސްފައި ޔޫމިން ބުނެލައިފިއެވެ. “ހިޔެއްނުވޭ..” ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން ނައުފަލް ބުނެލިއެވެ. “ނައިލީ ދޯ އެއީ..؟” ޔަގީން ކުރުމުގެ ގޮތުން ޒާއިކް އަހާލައިފިއެވެ. “އާނ.. އެއީ ނައިލީހެން މަށަށްވެސް ހީވަނީ..” ޖިޔާން ބުނެލިއެވެ. އެވަގުތު ނައިލީ ކައިރިއަށް ގޮސް ހުއްޓުނު ފިރިހެން މީހާ ފެނި ނައުފަލް އަވަހަށް ހުނުން ހުއްޓާލާފައި ދުރު ބަލާލިއެވެ. އޭރުވެސް ކައިލާން އާއި ޒަކުވާން ވައްކަޅިން އެ ދިމާލަށް ބަލަމުން ގެންދިޔައީ ދެން ވާނެގޮތެއް ބެލުމަށެވެ. އިރުކޮޅަކުން ނައިލީ ނޫން އެހެން ހުރިހާ އަންހެން ކުދިންތައް ކާރަށް އެރުމުން ޒަކުވާން އާއި ކައިލާން ސިއްރުސިއްރުން ބެލީ އެ ފިރިހެން މީހާ އާއި ނައިލީ އާއި ދިމާލަށެވެ. އެ ފިރިހެން މީހާ ނައިލީ ގޮވައިގެން ސައިކަލުގައި ނައްޓާލި މަންޒަރު ފެނިފައި ޒަކުވާން އާއި ކައިލާން އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ހީނގަތީ ނައިލީއަށް ދެންމެ ކުރިމަތިވި ހާދިސާ ހަނދާންވުމުންނެވެ.
“އޭތް.. ސެޖީން އެބަ ގޮވާ.. އަހަރެމެންވެސް ދާންވީ..” އެމީހުންނަށް ގޮވަމުން އަތް ހޫރުވަމުން ދިޔަ ސެޖީން ފާހަގަވީ ޖިޔާންއަށް އެކަންޏެވެ. “އާދޭ ދާން..” ނައުފަލް ތެދުވެ ތިރީގައި އަތް ދިއްކޮއްގެން އިން ޒާއިކް އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ޒަކުވާން ތެދުވެ ދެއަތުން ކައިލާންގެ އަތުގަޔާއި ޖިމްޔާންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. “ބާރުގަދަޔޭ..” ޖިމްޔާން އެހެން ބުނެލުމުން ޒަކުވާން ފޮނި ކަނޑާލަންވެގެން އެއްމިޔަކަނަށް ހީނލުމުން އޭނާގެ ދަތްތައް ހާމަވެގެން ދިޔައެވެ.
އޭރު ނައުފަލް، ޖިޔާން، ޔޫމިން އަދި ޒާއިކް ކާރަށް އަރައިފިއެވެ. “ތިމީހުން ނާންނަނީތަ ދާން..؟ ކާރަށް އަރުވައިދޭންވީތަ ނޫނީ މިތާ ބަހައްޓާފައި ދާންވީތަ..؟” ނައުފަލް އެހެން ބުނެލުމުން ޖިމްޔާން އަވަހަށް ކާރަށް އެރިއެވެ. ފަހަތުން ސަކަރާތް ޖަހަމުން ކައިލާން އާއި ޒަކުވާންވެސް ކާރަށް އެރިއެވެ.
** ބަންގްޓަން ގަރލްސްގެ ނަޒަރުން **
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Wow wow Mi part ves vrh sali
Masha Allah keep it
Hehehheheheh heeeheee balivehje hehhehe?????????????????????
Bts is so funny Emeehun hey gothun ves heeeheee bali vey Ril ??????????????❤️❤️❤️
But they are so cute❤️❤️❤️❤️❤️?????
Vrh exited vefaa Ril huree Mi part kee iru Awnnn bts❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Class gaa indegen mikiyanee and ehen ve vrh Hini gada hifahataa gen mihuree????? Ekamku ves hevny hehhe?????????????????
I love the both grps vrh majaa de grp ves❤️❤️❤️
Waiting for the next part ❤️❤️❤️???
Saarangey ❤️❤️❤️❤️
Stay safe and take care ❤️❤️❤️❤️
Me first dhw yeyeyey Fainally hehhshe❤️❤️❤️??????
Thanks ril.. yes we will.. hahahaha really.. so happy to hear dat.. hahaha yhh bts vrh majaa dhw real life ga ves.. yes they are cute hehe.. like very.. hehehehe thanks again ril.. saranghae.. luv you
-ARMY-
Mi part vx varah reethi masha Allah speechless
Alhey nailee vehtunu thankolhu kiyaafa Heehee bandah thadhu vehje ???
Waiting for the next
Luv uuu
thanks Maany.. hehehe luv ut oo
Me second dhw ril ah vure 6 minute Lasvee
yess u are dear
Alhey anekka vx eeny anonymous araafa aee I ingee
YEshu we know sis
Varah reethi mi part ves curiously waiting for the next part